ހދ. ވައިކަރަމުރައިދޫގެ ދެކުނު ފަރާތަނަށް އިހި ނަގަން ފޭބި ދެ ދިިވެއްސަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.

މި ދެމީހުންގެ ޙަބަރެއް ނުވުމުގެ ސަބަބުން އެމްއެންޑީއެފް ނޮދާން އޭރިއާ ކޯސްޓު ގާޑުގެ ސުއަޑްރޮން ޑައިވަރުން ވަނީ އެ މީހުން ހޯދުމުުގެ މަސައްކަތްވެސް ކޮށްފައެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާ ގޮތުގައި އެ ދެމީހުންވެސް އިހި ނަގަން ފައިބާފައި ވަނީ ފުޅި އަޅައިގެންނެވެ.

މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް (އެމްއާރްސީސީ) އަށް ލިބިފައި ވަނީ މިއަދު މެންދުރު 13:46 ހާއިރުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެމީހުން ފީނަން ފައިބާފައި ވަނީ މިއަދު ހެނދުނު 11:45 ހާއިރުއެވެ.

ނަމަވެސް، ދާދި ދެންމެއަކު މައުލޫމާތު ލިބުނު ގޮތުގައި މިހާރު އެ ދެމީހުންވެސް ވަނީ ފެނިފައެވެ. އެމީހުން ފަރު މަތީގައި ތިބިތަން ފެނިގައި ވަނީ އެ ދޯނީގެ މީހުންނަށެވެ. 2 މީހުންގެ ހާލުވެސް ރަނގަޅު ކަަމަށް މައުލޫމާތު ލިބެއެވެ.

-އިތުރު ތަފްސީލް އަންނަނީ-