ރޭ އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން އަށް އިއްވާފައިވާ ޙުކުމާ ދެކޮޅު ހެދުމުގެ ގޮތުން ބޭއްވި ޖަލްސާއަށް ފަހު، ޕީޕީއެމް އޮފީސް ދޮށުގައި ސުލްހަވެރިކަމާއެކު ޝުޢޫރު ފާޅުކުރަނިކޮށް ފުލުހުން ހައްޔަރު ކުރި 2 މީހެއްގެ ބަންދަށް 5 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
ފުލުހުން ވަނީ ރޭ އިދިކޮޅު ރައީސް ޔާމީން އަށް އިއްވާފައިވާ "އަނިޔާވެރި ޙުކުމާ ދެކޮޅަށް" ގެ ނަމުގައި ޕީޕީއެމް-ޕީއެންސީގެ ފަރާތްތަކުން ކާނިވަލް ސަރަޙައްދުގައި ބޭއްވި ޖަލްސާއަށްފަހު، ޕީޕީއެމް އޮފީސް ދޮށުގައި ޝުޢޫރުފާޅުކުރަން އެއްވެ ތިބި މީހުންގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްގެން ގެންގޮސްފައެވެ. އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރޭ ޖުމްލަ 7 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުންގެ ތެރެއިން 2 މީހުން ފިޔަވައި އެހެން އެންމެންވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ހާމަކުރިއެެވެ.
ފުލުހުން ވިދާޅުވީ ރޭ ހައްޔަރު ކުރި 2 މީހެއްގެ ބަންދަށް ކޯޓުން މިހާރު 5 ދުވަސް ޖަހާފައިވާ ކަމަށެވެ. ޕީޕީއެމްގެ ބައެއް އިސް ފަރާތްތަކުން އެކަމާ ގުޅިގެން ރޭ ވިދާޅުވީ ސުލްހަވެރިކަމާއެކު މަގުން ދަތުރުކޮށްފައިދާ މީހުންނަށްވެސް ހުރަސް ނޭޅޭ ގޮތަށް، މަޑުމަޑުން، ޕޭވްމެންޓު މަތީގައި ޝުޢޫރު ފާޅުކުރަން ތިބި ބަޔަކު ހައްޔަރު ކޮށްގެން ގެންދަން ޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ޝުޢޫރު ފާޅުކުރި މީހުން ރޭވެސް ވަނީ ރައީސް ޔާމީން ދޫކޮށްލަން ގޮވާލާފައެވެ. މީގެ އިތުރުން ބައެއް ފަރާތްތަކުން، އާދައިގެ މަތިން ރައީސް ޞާލިހު އާއި ފުލުސް ކޮމިޝަނަރު، ހަމީދުގެ އިސްތިޢުފާ އަށް ގޮވާލި އަޑުވެސް ވަނީ އިވިގެން ގޮސްފައެވެ.
ހައްޔަރު ކުރީ ކޮންބައެއް ކަން ހާމަކޮށްލަން ނުކެރުނީ ކީއްވެބާ!؟
ކޮންބައެއްތަ ހައްޔަރު ކުރީ ބުނެލަދީ ބަލާ!!!!!!؟
ރޔ އަށް ކެއްތެރިކަން ދެއްވާ އަނބިކަނބަލުން ނާއި އެމަނިފާނުގެ ދަރިންނަށް ކެއްތެރިކަން ދެއްވާ އެމަނިފާާނުގެ عدو ބަލިކުރއްވާ އަދި މިލޮބުވެތި قوم ގެ عدو ބަލިކޮށް ދެއްވާ ދޭވެ! އަޅަމެނީ ﷲ އަށް أميد އާއި އެކު އެދިއެދި ތިބި ބަޔަކަިމު ވާގި އެދެނީ ﷲ ގެ حضرة امين
عورة ނިވާކުރާ ކޮންމެ އަހެނަކީ މޑޕސަރުކާރެއްގަ ނިބުރަވެރިން އަދި ދަންނަވަންތޯ އަނބިމީހާގެ عورة ނިވާކިރަން މަސައްކަތް ކުރާ ފިރިހެނާ ވެސް މި މޑޕ ސަރުކާރުގަ ވަނީ ނުބުރަވެރި އަކަށް ދަރިނަަށް سنة އާއި قران އޮގޮތް ދަރިންނަށް އުގަންނައިދޭ ކޮންމެ މައެއް ބަފައެއް މި މޑޕ ސަރުކާރުގަ މިހަދަނީ ނިބުރަވެރި އަކައް ޔާﷲ މިމޑޕ ސަރުކާރު ގަދަ ހިއްޕެވުމަކުން ހިޕަވާ اسلام دين މަތިވެރި ކުރައްވާ ރޔ އަށް نصر ދެއްވާ ދޭވެ.امين
ފުލުހުންގެ އަނިޔާވެރިކަން ނިންމޭނީ ރައްޔިތުންގެ ކިބައިން.. ރާއްޖޭގެ ޤާނޫނު އަސާސީން ދެވިފައިވާ ބާރެއް ހަނި ކޮށްފައުވީ ނަމަވެސް ބާރުވެރިންނަކީ ރައްޔިތުން..ސިޔާ މަސައްކަތުގައި ޖަލަށްލީމ ސަޅި...ހައްޔަރުކުރެވުނީ ސިޔާސީ ބަތަލުން...އެމީހުންގެ މުއްދަތު ނުހައްގުންޖަހާ މީހުން ވިސްނަންޖެހޭ ...އުޚުރަވީ ހަޔާތުގައި، ތިޔަ ނުލަފާ ސީޕީ އާއި އިބޫ ނުތިބޭނެ...ފުލުހުންނަކީ ރައްޔިތުންގެ ނޯކަރުން، މުސާރަ ދެނީ ރައްޔިތުން...ރ.ޔާމިން މިނިވަންވާނެ..އިންޝާ ﷲ....
މިހާރު ކޯޓްތައް ތިއޮތީ ތިޔަބައިމީހުންގެ މުށުތެރޭގައި ވީމާހަމަގެންދާއިރައް ދުވަސްޖަހާނެ އަދިވެސް ހޭވެރިކަން ނުވޭ ވާއިރުތިބޭނީ ވާނެއެއްޗެއްވެފަ
ތިޔަކުދިން ހައްޔަރުކުރީ ދަމުނަމާދު ކުރަންތިއްބަތަ