ކުޅުދުއްފުށީ ދެ ފުލުހަކަށް އިންޒާރުދީ، އެ ދެ ފުލުހުންގެ ސައިކަލަށް ގެއްލުންދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނަކަށް ފުލުހުން އަނިޔާކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި މައްސަލާގައި ފުލުހުން ވިދާޅުވި 25 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވަނީ ހުސްވި ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު، 2 ފުލުހަކަށް ބިރުދައްކާ، އިންޒާރުދީ، އެމީހުންގެ މުދަލަށް ގެއްލުން ދިން މައްސަލައެއްގައި ކަމަށެވެ. އޭނާ ފުލުހުންގެ ބަންދަށް ގެންދިޔައިރު އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.


އޭނާ އަށް އަނިޔާ ލިބިފައިވާ ކަން ހާމަވެފައިވަނީ އިއްޔެގެ ވަގުތެއްގައި އޭނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމުންނެވެ. ފުލުހުން ވިދާޅުވީ އޭނާ އިއްޔެ ހޮސްޕިޓަލަށް ގެންދެވިފައިވަނީ އޭނާ ރޯނގާ ޖެހިގެން، ބަލިވެގެން ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔުމުން ކަނާއަތު އިނގިއްޔެއްގައި ރިއްސާ ވާހަކަ އޭނާ ބުނުމުން، ހޮސްޕިޓަލުން އެކްސް-ރޭ ނެގި ނެގުމުން، އިނގިއްޔެއްގެ ކަށިގަނޑަށް ގެއްލުންވެފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް، ފުލުހުން އެކަމާއި ގުޅިގެން މަޢުލޫމާތު ދެމުން މިއަދު ވިދާޅުވެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން 25 އަހަރުގެ ޒުވާނާގެ އެއްބަނޑު އެއްބަފާ ބޭބެއެއް ވަނީ ފުލުހުން އެކަމާއި ގުޅޭގޮތުން ދެއްކި ވާހަކަތައް ދޮގުކޮށްފައެވެ. އޭނާ ބުނީ ފުލުހުން ކުރާ ތުހުމަތަށް އޭނާގެ ކޮއްކޮ ހައްޔަރުކޮށްގެން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގެންގޮސް އަނިޔާކޮށް، އަތުގެ އިނގިޔެއް "ބިންދާލާފައިވާ" ކަމަށެވެ. އެ ޒުވާނާގެ ބޭބެ ބުނިގޮތުގައި ފުލުހުން އޭނާގެ ކޮއްކޮ އަށް އަނިޔާކޮށްފައިވަނީ ގޮޅިއަށް ލުމުގެ ކުރިން، ބިޑި އަޅުވާފައި ބަހައްޓާފައި، އޭނާ ޕޮލިސް ސްޓޭޝަނުގެ ގޮޅިތަކުގެ ޑިއުޓީއަށް ތިބޭ ފުލުހުން ތިބޭ ރޫމަކަށް ވައްދާފައި ކަމަށެވެ. އެގޮތުން އަނިޔާކުރުމުގައި 3 ފުލުހަކު އުޅުނު ކަމަށާއި، އޭނާ އަށް ކޮޅުފައިންނާއި، އަތުންވެސް ހަމަލާދީފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އޭނާގެ ކޮއްކޮގެ ކަނާއަތު ޝަހާދަތް އިނގިލިން ކަށިގަނޑެއް ބިދިފައިވާ ކަމަށް އެ ޒުވާނާގެ ބޭބެ ބުންޏެވެ.

"ވަގުތު" އަށް ލިބިފައިވާ ފޮޓޯ ތަކުން ފެންނަ ގޮތުގައި އަނިޔާކުރި ކަމަށް ބުނާ ޒުވާނާ އަށް އަނިޔާކޮށްފައިވާ ކަމަށް ބެލެވޭ ނިޝާންތަކެއް އަތާއި، ފައިގައިވެސް ހުރި ކަމަށް ފެނެއެވެ.

ފުލުހުން ވިދާޅުވީ އެ ޒުވާނާ އަށް އަނިޔާ ލިބިފައިވަނީ ކިހިނެތްތޯ ބެލުމަށް ފުލުހުން ބަލަން ޖެހޭ ކަންތައްތައް މިހާރު ބަލަމުންދާ ކަމަށާއި،އޭނާގެ އާއިލާ އަށްވެސް ފުލުހުންގެ 'ޕްރޮފެޝަނަލް ސްޓޭންޑާޑްސް' އާ ގުޅޭނެ ނަންބަރު ހިއްސާކޮށް، ކުރިއަށްދާނެ ގޮތް ކިޔާދީފައިވާ ކަމަށެވެ. އެ މައްސަލައިގައި ބަންދުކުރި ޒުވާނާ އިއްޔެ ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ކިނބޫ

  މިމީހުނަށް އިންޒާރުދީ މިމީހުންގެ ސައިކަލަށް ގެއްލުން ދިނީމާ ކޮށްލި ވަރު. މީހަކު ކަތިލާފަ އެއްލާލާފަ އޮއްވާ ފެނުނުތާ 3 ދުވަސް. މިމީހުން ނުވެސް ދެނަހުރިފަދަ. ގަންޖަބޯ ބުނެބަލަ މިމީހުންގެ މުސާރަ ހަލާލުތޯ.

  44
  7
  • ޔޯ

   އަސްލުތަ؟ ޕޮލިސް 3ކުދިން ނަށް އިންޒާރުދީ ސައިކަލަށް ގެއްލުން ދިނީމާ ކޮށްލި ވަރުތަ. ބަލަ ކޮން ގާނޫނަކުންބާ އިންޒާރުދީ ސައިކަލް ތަކަށް ގެއްލުން ދޭން އޮތީ. މަ ހީކުރީ މިސްކިތުގައި އޮއްވާ ތަޅާ އިނގިލި ބިންދީ ކަމަށް.

   22
   9
  • ޓޮއް

   ތިމާ އެނެކާގެ މުދަލައް ގެއްލުންދީ އިންޒާރުދީ ހެދި އިރު މައްސަލަ އެއް ނޫން

   19
   4
 2. ކިނބޫ

  މިމީހުނަށް އިންޒާރުދީ މިމީހުންގެ ސައިކަލަށް ގެއްލުން ދިނީމާ ކޮށްލި ވަރު. މީހަކު ކަތިލާފަ އެއްލާލާފަ އޮއްވާ ފެނުނުތާ 3 ދުވަސް. މިމީހުން ނުވެސް ދެނަހުރިފަދަ. ގަންޖަބޯ ބުނެބަލަ މިމީހުންގެ މުސާރަ ހަލާލުތޯ

  17
  8
 3. ހުސޭނުބޭ

  ފުލުހުން މިހާރު ގަންޖާބޯ ގެންގުޅޭ ތަޅާ ކުދިންކޮޅަށް ވެއްޖެ! މިއީ ދެރަވަރު!

  17
  9
 4. އޮބާމާ

  އިންޒާރު ދީ މުދަލައް ގެއްލުން ދޭ އިރު މައްސަލަ އެއް ނޫން. ތިމާގެ ކޮއްކޮގެ ފަރާތުން އެހެން މީހުންނަށް ގެއްލުން ދޭ އިރު ނަސޭހަތް ދިނުން މާ ރަގަޅުވީސް. އޭރުން މިއަދު ތިހެން ކިޔާކަށް ނުޖެހުނީސް

  16
  4
 5. ގެރި

  ކޮއްލިވަރު ކުޑައީ އަދި ކުޑައީ މި ގައުމައް ޖެހިފައޮއް އޮތް ވަބާއެއްތީ

  8
  2
 6. ޒާ

  ފުލުހުން އަދިވެސް އުޅެނީ ވަރަށް ނޮން
  ޕްރޮފެޝަނަލްކޮށް ކުރިންވެސް ފުލުހުންނަކީ
  ބަންދުގައި ތިބޭމީހުންނަށް އަނިޔާ ކުމުގައި އުޅޭބައެއް. ފުލުހުން ވަރަށް ރީތިވާނެ މަތިއޮމާންކުރަން. އަނިޔާކޮށްގެން ތިކަން ނުހުއްޓުވޭނެ

  8
  4
 7. ހެހެ

  މިމީހުން ރަނގަޅު ވާނެ އެހެން މީހުންނައް ގެއްލުން ދިނަސް. މިއީ މިރަށު މާފިޔާ ގުރޫޕް ކުދިން. ކިތައް މީހުންބާ މިމީހުން ވިއްކާ އެތިކޮޅު ގަންނަނީ؟

 8. ވީޕީއެން

  އިންޒާރުދީ މުދަލަށް ގެއްލުންދީގެން ހައްޔަރުގައި ހުރި ކަމުގައި ވިޔަސް.. އެގޮތަށް އަނިޔާއެއް ނުކުރެވޭނެ.. ރައްޔިތުންގެ ލާރިން މުސާރަ ދީފައި ފުލުހުންނަށް ބާރުތަކެއް ދީފައި އެވަނީ އަމިއްލަ އުދާސްތައް ބޭރުކުރާކަށް ނޫން..

  5
  6
 9. އަލީދީދީ

  މިއަދު ފުލުހުންނަށް އިންޒާރުދީ މުދަލަށް ގެއްލުން ދިނީ. މާދަމާ އާއިލާ އަށް މީހުންނަށް ބިރު ދައްކާ ގެއިން ވައްކަން ކުރީމާ ތިޔަ މީހާގެ ބޭބެ ކޮންތާކަށްބާ ދާނީ މައްސަލަ ހުށައަޅަން، ދޮލޯ މަރާފައި ލަދުން ހުރެ ފުހަށްތޯ ގުޅާނީ

  5
  1
 10. ޙުސެން

  ފުލުހުންނައް އިންޒާރު ދީ މުދަލައް ގެއްލުން ދިނީމަ ތި ކުރިވަރު ކުޑަ. މަ ނަމަ އަތް ބުރިކުރީމުސް

  3
  1
 11. ރައްޔިތުން

  ރައްޔިތުންގެ ލާރިން މުސާރަ ދިނުމަކުން ރައްޔިތުންނަށް އަޅުދާސް ވާކައް ނުޖެހޭނެ. ބަލަ ފުލުހުންނަކީވެސް ރައްޔިތުންނޭ. ހަމަ އެބޭފުޅުންގެވެސް ލާރިޔޭ.

 12. އާދަނު

  ތި ކޮއްލިވަރު ކުޑަ! އެންމެ އަގުބޮޑެތި ސައިކަލު، ފޯނު، އަބަދު އާކިރެވޭ! ޙައްދަވާއިން މަސައްކަތެއްނުކުރޭ! މީނާ ނިސްބަތް ވާ ގޭންގް ގެ ފުލުހުން ކޮޅު ވެރިކަން ބަދަލުވީމާ ވައިކެޓީ!