ރައްޔިތުންގެ މަޖިލިސް ޗުއްޓީ އަށް ގޮސްފައި ވީނަމަވެސް، ރައީސް ޔާމީން އަށް "ހައްގުނޫން ގޮތެއްގައި ކޮށްފައިވާ ޙުކުމާ" ދެކޮޅަށް ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ހާމަކޮށްފިއެވެ.

ޕީޕީއެމް-ޕީއެންސީގެ އިސްފަރާތްތަކުން މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޭދަފުށީ ދާއިރާގެ މެންބަރު، ސަލީމް ވިދާޅުވީ މަޖިލީސް ތެރެއިން ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތުގައި ނަތީޖާ ނުނެރެވުނުނަސް، އެހެން ގޮތްގޮތުން ވެސް އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"އެ މަސައްކަތް މަޖިލިސް ތެރެއިން ނުކުރެވުނު ކަމަށް ވިއަސް، މިއޮތް ދެ މަސް ތެރޭގައި އެހެނިހެން ގޮތްގޮތުން ކުރެވެން ހުރި މަސައްކަތް ކުރާނަން. ރައީސް ޔާމީން އަށް ތާޢީދުކުރައްވާ އަދި ޤައުމު ދެކެ ލޯބިވާ އެންމެހާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލާނީ ރައީސް ޔާމީން ސަލާމަތް ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާށޭ،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާކިޔާލެވޭ ސަފަކަށް ތަރައްޤީ ގެނެސްދެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށާއި، އޭގެ ކުރިން ރާއްޖޭގައި އޮތީ ޖަޒީރާވަންތަ ކުރިއެރުމެއް ކަމަށެވެ. ރައީސް ޔާމީން އަށް އިތުރު ދައުރެއް ލިބިއްޖެނަމަ، ރާއްޖެ މި ސަރަޙައްދުގައި އެންމެ ތަރައްޤީވެފައި އޮތް ޤައުމަށް ހައްދަވާނެ ކަމަށް ޔަޤީންކުރެވޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޖުޑީޝަރީ އިހަށްވުރެ ބޮޑަށް މިހާރު ގޯސްވެފައިވާ ކަމަށެވެ. ވަކިން ޚާއްސަ ގޮތެއްގައި ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓަށް އައްޔަން ކުރާ ބޭފުޅުންނަކީ ސިޔާސީ ބޭފުޅުންނަށް ވެއްޖެ ކަމަށް ސަލީމް ތުހުމަތު ކުރެއްވިއެވެ.

"މިހާރު މި ފެނިގެންދަނީ ބާރު އޮތީމަ، އެބޭފުޅުން ބޭނުން ބަޔަކު ތަންތަނަށް ލަމުންދާ ތަން. މިއަދުވެސް ލެވިގެން ދިޔަ މީހުންގެ ތެރޭގައި އެމީހުންގެ އެކްޓިވިސްޓުން ހިމެނޭ." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ 2020 ގެ ބަޖެޓު ފާސްކުރަން ފާސްކުރީ އެ ބަޖެޓާއި، މުޅި ދިވެހިރާއްޖޭގައި ތިބި ރައްޔިތުންގެ މުސާރަޔާއި، އިނާޔަތްތަކާއި، އަދި ރަށްރަށުގެ ތަރައްޤީއާއި ގުޅިފައިވާތީ ކަމަށާއި އެއްވެސް ގޮތަކަށް އިދިކޮޅު ފަރާތްތަކުން އެ ބަޖެޓާ ދޭތެރޭ ހިތްހަމަޖެހޭތީ ނޫން ކަމަށެވެ.

"އެ ބަޖެޓު ފާސްކޮށްދިނީ ކޮންމެހެން އަޅުގަނޑުމެން އެ ބަޖެޓާ ދޭތެރޭ އެންމެ ހިތްހަމަ ޖެހިގެނެއް ނޫން. އެ ބަޖެޓާ ދޭތެރޭ ހިތްހަމަނުޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އެ ބަޖެޓަކީ ދަރަނި އިންތިހާއަށް މައްޗަށް އޮތް ބަޖެޓެއް. ގާތްގަނޑަކަށް 7 ބިލިއަންގެ ދަރަންޏެއް. އަޅުގަނޑުމެންނަށް އާމްދަނީ ލިބިގެންދާނެ ކަމަކަށް އެބޭފުޅުން ޖަހާފައިވާ އެއްޗަކީ އެއީ ލިބޭނެ އެއްޗެއް ކަމަށް އަޅުގަނޑުމެން ނުބަލަން." ސަލީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޓިނު

    ކކޮންކަމެއްކުރާނީ ؟

    4
    9
  2. ޖަނބެ

    ގޭގަ އޮވެގެން ސަޅިވާހަކަ ނުދައްކާ

    6
    8
  3. އަލީ އަސްފާގު

    ސަލީމް ތިޔަހެން ނުހައްދަވާ، މަޖޫބޫރު ނުކުރައްވާ، ޔާމީނުގެ އަނިޔާވެރިކަން މަނިކުފާނަކަށް ނުފެނޭތޯ. ޖަލިގަ އޭނަ އެހެން މީހުނަށް އަނިޔާ ދެމުންދިޔަ ހަނދާން މަނިކުފާނު މިހާރު ނެތީތޯ.

    4
    16
  4. ިިިީީޕޕ

    ރައީސްޔާމީން އެމްޑީޕީގެ ކާފަރުންގެ ވަކިތަކުން ސަލާމަތްކުރަށް ވާނެގޮތް ﷲމެދުވެރި ކޮއްދެއްވާށި އާމީން

    5
    1