އާ ސަރުކާރުގެ ފުރަތަމަ އަހަރު ނިމެން ކައިރިވެފައި އޮތްއިރު ކޮރޮޕްޝަންގެ އެއްވެސް ކަހަލަ ތުހުމަތެއް ޓޫރިޒަމް މިނިސްޓްރީއަށް އެއްވެސް ފަރާތަކުން ކޮށްފައި ނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޓޫރިސްޓް ފެސިލިޓީސް އިންސްޕެކްޝަން ޓްރެއިނިންގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިނިސްޓްރީ އޮފް ޓޫރިޒަމްއަކީ މީގެ ކުރިން ކޮރޮޕްޝަންގެ އިނގިލި އެންމެ ގިނައިން ދިއްކުރެވިފައިވާ މިނިސްޓްރީކަމަށެވެ. އެހެން ނަމަވެސް އާ ސަރުކާރުގެ ފުރަތަމަ އަހަރު ނިމުނުއިރު ކޮރޮޕްޝަންގެ އެންމެ އިނގިއްޔެއްވެސް އެ މިނިސްޓްރީ އަށް ދިއްކުރެވިފައި ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިއީ ޖަޒީރާ ރާއްޖޭގައި ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށާއި މިނިސްޓްރީގެ ހުރިހާ ތަފާސް ހިސާބެއް މިމަހުގެ 12 ވަނަ ދުވަހު އޮންނަ ޖަލްސާއިން ހުރިހާ ރައްޔިތުންނަށް އާއްމު ކުރާނެ ކަމަށެވެ.

“ރައްޔިތުންގެ މަޖިލީހުން މިނިސްޓްރީއަށް ދިން ބަޖެޓް، އެބަޖެޓުން ހޭދަކުރި މައިގަނޑު ކަންތައް ފާހަގަވެގެންދާނެ. އަދި މީގެ ކުރިން މިއޮންނަ ޓްރަސްޓް ފަންޑާ، އަޅުގަނޑުމެން އައިއިރު ޓްރަސްޓް ފަންޑްގައި ހުރީ ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާ” އަލީ ވަހީދު ވިދާޅުވިއެވެ.

ޓޫރިޒަމަށް އަލަށް ދޫކުރާ ރައްތައް މިމަހުގެ 12 ވަނަ ދުވަހު އޮންނަ ޖަލްސާގައި އިއުލާން ކުރާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ާއަހުމަދު

  މިހާރު ކަރަޕުށަނެއް ނުދޭނެ ދޭނީ ކޮންމެވެސް ބަދަލެއް

  37
  1
 2. ހުސޭނުބޭ

  ކިއްލިތަޅައިގެން މާލެއިން ބޮޑު ގޯއްޗެއް ގަތްމީހާ ކަރަޕްޝަން ނޫން އެހެން ކޮންއެއްޗެއްތަ އޮންނާނީ! އޮޅުވާލާނެކަމެއްނެތް! ކަލޭމެން ބޭނުންވާ ޕަޕެޓުން ތި ތަންތަނަށް ލައިގެން 32 ބިލިއަން ރުފިޔާގެ ބަޖެޓެއް ދިރުވާލީމާ ދެން އަހަރެމެންވެސް ބުނަންވީތަ އެއީ ކަލޭ ކިއްލި ތަޅައިގެން ހޯދި ފައިސާއޭ!

  52
 3. ޕޮގުބާ

  ތިޔަ އެގޭނީ މަގާމް ގެއްލުނީމަ

  43
 4. ޚަރުން

  ކޮބާހޭ ސާވިސް ޗާޖް...ކޮބާހޭ މާލެއިން ގަތް ގޯތި...

  44
 5. ތެދު

  ސުބުހާނަﷲ...މީނަަތަ ކްރަޕްސަނޭ މިކިޔަނީ..

  45
 6. ކާފަބޭ2019

  ތިޔަފަޅާލެވުނީ އެންމެބޮޑު ކަރާ

  48
 7. ކެޔޮޅު

  ކޮރޮޕްސަނުގެ ތުހުމަތުވަނީ ކިހިނެއްވީމާތަ ޤައުމަކައް އެއްކަމެއްނުކޮއްދޭ ދެބަޖެޓުވެސްހުސްވީ ގައިގާ އަލިފާންނުހިފަންޏާ އެދެން ކޮރޮޕްޓުޒީރޯވީތަ؟

  37
 8. ކެޔޮޅު

  މާލެއިން ދެގޯތިގަތީވެސް ކޮރަޕްޓްނުވެ މަޑުންހުންނަމަ ތަންކޮޅެއް ނިވައިވީސް!

  39
 9. ސައިއްޓޭ ރ އުނގޫފާރު

  ޢެއްޗެއް ނުބުނެ ހުރެވޭތޯވަރައް ބަލައިފިން އެކަމް މިކަރާ މިހާރުމީންދީ ދޮންވެފަހެން މަށައްެ އެބަ ހާދަހީވޭ ދޮންކަލޯ ކިހިނެހް ކަމެއްހޯދާނީ މުޅިދޯނީގަ ހަސަނު ދެފައި އަދިބުނަން ކަލޯގެ އަމަޔައް ކަލޯގެ އެއްވެސް އުނިކަމެއް ފެންނާނެތަ(މީ ވަރައް ގިނަވާހަކަ) އަދިބުނަން 2023 ގެ އިންތިހާބް ނިމްމާލާފަ ކަލޯއައް ޓޫރިޒަމް މިނިސްޓްރީ25 އަހަރައް ހަވާލްކުރުމުގެ ވިސްނުން އެބަގެންގުޅެން އެއީ ހަމައެކަނި މިއަހަރު ކަރަޕްސަނުގެ އެއްވެސް އަމަލެއް ހޯދިފަ ނެތުމުން ޖޮބައް ނިކުންނާނީ ގާމާދޫ ޖަލުގަ ހުންނަ ތިކަހަލަ ވަޤުންނައް ހާއްސަ ކޮއްފަ ހުންނަ ގުޅިއަކައް

  31
 10. ގިނިކަނދު1

  ކޮރަޕުޝަނުގެ އެއްވެސް ތުހުމަތެއްނުކުރެވޭނެ ރޮލާ ހަފާ ކެޔަސް އއ.މަތިވެރީ ކާޒާމިޔާ ކިޔާ ބިމާ ޢިމާރާތްތައް 50 އަހަރަށް ޖާބިރަށް ވެދުންކުރީ ހަމަ ޤާނޫނީ އިމުގެތެރެއިންކަމަށްވީތީ އެތަން ހިންގުމުގެ ހުއްދަ ނުލިބިގެން އުޅެނީ ބިމަކީ ރަށުގެ ބިމުގެ ބައެއް އެކަމކު ކައުންސިލަކަށްނޭނގޭ 50 އަހަރަށް ޖާބިރަށް ވެދުންކުރިކަމެއް މިހާރު މިއަންގަނީ ކައުންސިލުން އެޕުރޫވްކޮށްދޭށޯ ކިހާމޮޅު ދަކާ ވާހަކަ ކޮރަޕްޝަން ކީއްކުރަން އެހިޔާލުވެސް ނުހުންނާނެ ތީ މިޤައުމުގަހުރި އެންމެ ނަޒާހަތްތެރިޔާ އެކަން ދިވެހި އެންމެހާ ރައްޔިތުން ލޮލުން ބޮލުން ޤަބޫލްކުރޭ

  37
 11. ކަނަމަނަ

  ޢަޑިހާވާލީމައެގޭނީ

  28
 12. އައިސް

  ކަލޯ ތިފެންނަނީ ރައީސްޔާމީން ތިދާއިރާ ކުރިއަރުވަން ކުރެއްވި މަސައްކަތުގެ ނަތީޖާގެފޮނި މީރުކަން ރައީސްޔާމީންގެ ކުރިން ވެރިކަން ކުރި ޖައްބާރުންނަށް ނުކުރެވުނު ތަރަށްޤީ ރައީސްޔާމީން ކޮއްދެއްވީމަ އެކަންހަޖަމް ނުވެގެން ރަޔަތުންގެ ވޯޓުއޮޅުވާލައި ރައީސްޔާމީން ޖަލަށްލިޔަސް މިމުޅި ދިވެހިރާއްޖެއަށް އަންނަކޮންމެ ކުރިއެރުމަކާއި މުއްސަދިކަން ވަންނާނެ މަގުތައްކޮށައި ތާރުއަޅައި ބުރުޖުއަޅައި ރޭގަ ޑާއިދުވާލު ހޫނާއިވާރޭގައި ތެމިފޯވެގެން ތިޖައްބާރުންގެ އަނިޔާއާއި ޖެއްސުންކުރުމަކަށް ނުބަލައި ރައީސްޔާމީން ދިވެހިރާއްޖޭގެ ރަށްޔަތުންނައްޓަކައި ކޮދެއްވި ގިނަގުނަ މަސަކަތްކަތުގެ ނަތީޖާއެވެ. ﷲރައީސްޔާމީންއަށާއި އެމަނިކުފާނުގެ އަނބިދަރީނަށް ދުޝްމަނުންގެ އަނިޔާވެރިކަމުން ސަލާމަތް ކުރަށްވައި މަގުތައް އަމާން ކޮދެއްވާށި އާމީން

  31
 13. ހަނީފްބޭ

  ބަލަ އަންހެނުންގެ ބެސްޓްފުރެންޑް ޕީއެސް އަކައް ލައިގެން، ކިރިޔާވެސް ހަބަރެއް ބޭރުވެދާނެ ހެންހީވާ މީހަކު ބޭރުކޮއް، އުނދަގޫކޮއް ކަޑައި ކަނޑުވާ ހަދާމީހަކު ތިޔަހެން ބުނީމަ ހަމަހިނިއަންނަނީ. މިހާރު ވެސް ތިޔަމިނިސްޓްރީން 6 މީހުންވަޒީފާއިންކެޑިއްޖެ. ބޭރުކޮއް ކޮންސަލްޓެންޓުން ގޮތުގަޔާއި މުއައްޒަފުންގެ ގޮތުގަ އެކްޓިވިސްޓުންނާއި އާއިލާލުމުގެ މަސަތްކައްކުރަނީ އެ. ދެންނުފެންނާނެ ނުންކޮރަޕްށަނެއް. މަސަތްކަތްކުރަން ތަނުގަމުއައްޒަފުންނެއް ނެތް. އަމިއްލަ މުއައްޒިފުންނައް އިހާނެތިކޮން ހިތާމީހަކު އިންޑަސްޓްރީގެ މުއައްޒިފުންނައްކީއްކޮއްދެވޭނީ؟ ހުސްކެންޕޭނު ކުރުން. އަދި ތިމިނިސްޓަރުގޮވައިގެން ޓްރައިބިއުނަލްއައްވެސް ދާނެ، ބަލަންތިބޭ.

  22
 14. މުނާ

  އާދެ މަސާހިބާ. ދީބާޖާ އަކާ ނޫމަޑިއަކާ އެންޑީޕީގެ ބޮޑުންނަށް ރައްޔިތުންގެ ބައިތުލްމާލުން ރޯމާދުވާލު މުށްޖަހާފަ ނަގާފަ އެ ދެނީ ޢަދުލު އިންސާފު. އެއީ ރޯދި ބަރަކާތް. ޙައްޤުކަން ބޮޑު ޙަލާލު ރިޒުޤު. މަހިތަށްއަރާ މިކަލޭގެ ކޮންތާކުންބާއޭ 2 ތިން ގޯއްޗާ ފްލެޓާ ހޯދީ. އެވަރު މީހަކަށް އަދި ތިރީހަކަށް ބިލިޔަން ވަގަށް ނެގުނަސް ބުނާނެދޯ އަދި އެއްޗެއް ނުނެގޭތާއޭ!

  14
 15. ކިއްލިގޯތިވަގު

  ކޮރަޕްޝަނެއް ނެތް މުޅިންވެސް "ބަދަލު". އަދި މިވާހަކަ މިދެއްކީވެސް ވަރަށް "މާތް" ކިއްލިގޮށްޓެއް.

  13
 16. ވިޔަޡޯރު

  ވަހީދު ތިނޫން އެހެންގޮތަކަށް ވިދާޅުވެއްޖެއްޔާ މާދަން ނޫން ކަންނޭގެ ގޭގެ މަޑުކުރަން އަންގާނީ.މަގާމަށްޓަކައި ތިހެން ބުނަންވާނީ.އެކަމަކު ދިވެހި ރައްޔިތުންވެސް މިތިބީ ލޯހުޅުވައިގެން .ވާނުވާ އެބަ އިނގޭ.ތިޔަހެން ކަލޯމެން އެއްޗެއް ބުނެގެން ބޯކައެއް ނުލެވޭނެ.މިވެރިކަމަކަށް ދެންދޭނެ ވޯޓެއްނެތް.މިވަރުގެ ނުބައި ވެރިކަމެއް ނުދެކެން.

 17. ޕޮޓް

  މީހުން ކަލެޔޭ ކިޔާތޯ އަހާލީތަ؟

  11
 18. އައި

  މީ އެންމެ ނުބައި ވައްތަރު. ރިޟްވަތުން މުއްސަނދި ވެ، ގޯތިތައްގަނެ، މާ ރަގަޅު މީހަ ކަށް ހެދިގެން... ﷲ ތަޢާލާ ދެ ކެދެނެވޮޑިގެން ވާނެ

 19. ޑައެލޯގް

  ހޫން އެއްވެސް ކޮރަޕްޝަނެއްނެތް ކިއްލިތަޅައިގެން ގަތްގެ ހުއްޓިފައިހުރި ޢިމާރާތް އަލުން ޢިމާރާތްވާތަން ފެންނަނީ ދީބާޖާއަށް 348 ރުފިޔާ ދޭން ހުކުމްކުރުން ބަޖެޓަށް ވީގޮތްނޭގުން ރިޒާވްދަށްވުން ތަރައްގީއަށް ބޭންދި އެއްމެ ގަލެއްވެސް ނެތުން

 20. މިގޭ

  ހިތުން ކަރަޕްޝަން ނެތްވާހަކަ ބުނިއިރު ކޮބާ 33.5 ބިލިޔަން ރުފިޔާ

 21. މިއަދު

  ކުރިންވެސް ކޮރަޕްޝަނެއްނުނަގަމުއެއްނު އަދި އެއަކަށް އަތެއްވެސް ދިމަލެއްނުކުރަމުއެއްނު މަންމަ ކަނަމަދު ފަޅައިގެން އެވިއްކައިގެން ލިބުނު ލާރިކޮޅުންވިއްޔާ މާލެއިންބޮޑެތި ބިންތައްގަނެގެން ތިހުރީ އެއިރުނެތް ކޮރަޕްޝަނެއް ވަކި މިހާރު އޮންނާނީ ކިހިނެއް

 22. ޒީރޯ

  ތިވާހަކަ އެހެން ބަޔަކު އަދި އޯޑިޓް އޮފީހާއި އޭސީސީން ބުނީމަ ބަލާގަނެވިދާނެ. އަދި ނޯ

 23. އަހުމަދު

  އަލީ ވަހީދަކަށް މިފަހަރު ބާރެއްނެތް އޮތީ ބޯގަން ވިލާ ގެއަށް ހުސެން އިސްމާއީލް ދެން އޭނާގެ ބޭބެ ޓްރޭޑް މިނިސްޓަރ ފައްޔާޒަށް ....ރައްދެވެނީ އެދެމީހުން ނަގަން ޖެހޭ ކަޓަނު ނެގީމާ މެލޭސިޔާގެ ބޮޑު ކުންފުންޏަކުން 3 މިލިއަން ޑޮލަރ ނަގަން ދިޔައީ އަލީ ވަހީދެއް ނޫން މިސަރުކާރުގެ ކަލެކްޓަރ އެވޯޑް ލެޓަރ ދޭނީ 3 މިލިއަން ޑޮލަރ ދިނީމައޭ ކަލެކްޓަރ ބުނީ އެމީހުން ބުނީ ރާއްޖޭގައި ދުވަހަކުވެސް ދެން އިންވެސްމަންޓެއް ނުކުރާނަމޭ ދުނިޔޭގެ ބޮޑު ކުންފުންޏަކުން މި އެއް އަހަރު ތެރޭ ރާއްޖޭގައި ފެށި ބޮޑު ކަމެއް ބުނެދީބަލަ ރަށް ދެވިދާނެ އެކަމު ފަހަތުން ގޮސް މިލިއަން ޑޮލަރ ނަގަނީ އެހެން މީހެއް ހެހެ މިކިޔާދިނީ ހަގީގީ ވާހަކަ