ކިރިތި ރަސޫލާއަށް ސަލަވާތްފުޅު ކިޔަވަން ނުޖެހޭ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ކަމަށް ވިދާޅުވެ، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިލް އިލްޔާސް ހުސައިން ހެއްދެވީ ބުހުތާނު ދޮގެއް ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، "އާސްކް ސްޕީކަރ"ގެ ނަމުގައި މިރޭ ރައީސް ނަޝީދާއި ސުވާލު ކުރެއްވުމަށް އާންމުންނަށް ހުޅުވާލި ޕްރޮގްރާމުގައި، މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރަސޫލާއަށް ސަލަވާތްފުޅު ކިޔަވަން ނުޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް ބުނެ، ޝެއިޚް އިލްޔާސް ހެއްދެވީ "ބުހުތާނު ދޮގެއް" ކަމަށެވެ.

މި ވާހަކަފުޅުގައި ރައީސް ނަޝީދު އިޝާރާތް ކުރައްވާފައި ވަނީ، 2013 ވަނަ އަހަރު އޭރުގެ އިދިކޮޅުގައި އޮތް އެމްޑީޕީން ކުރިޔަށްގެންދިޔަ ހަރަކާތެއްގައި ބައިވެރިވެވަޑައިގެން، ނަޝީދު ޙަމްދު ސަލަވާތް ވިދާޅުވީ "އެކޮޅުކޮޅުން" ކަމަށް އިލްޔާސް ތުހުމަތު ކުރެއްވި ކުރެއްވުމަށެވެ.

ނަޝީދުގެ ނަންފުޅު ސީދާ ވިދާޅުނުވި ނަމަވެސް އެމަނިކުފާނަށް އިޝާރާތްކުރައްވާ އިލްޔާސް އެދުވަހު ވިދާޅުވީ، ﷲ އަށް ހަމްދުކޮށް ރަސޫލާ އަށް ސަލަވާތް ކިޔެވުމަށް އެދިވަޑައިގެންނެވުމުން ބައެއް މީހުންގެ ކައިރީގައި "ލޭ ކެކި، ލަގޮނޑިއަށް އަސަރު ކުރާ" ކަހަލަ ޖަވާބު އެމަނިކުފާނު ދެއްވާފައި ހުރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހުސެން

    އިލްޔާސެއް ނޫނޭ ދޮގު މިހަދަނީ ،ކަލޭ ދޮގު ހަދަނީ ،ދެން ކީއްވެ ﷲ އަށް ހަމްދުކުރުމަށް ފަހު އެ މާތް ނަބިއްޔާ رسول الله صلى الله عليه وسلم ސަލަވާތް ނުކިަޔނީ ކީއްވެ؟އިހަށް މިސުވާލަށް ޖަވާބުދީބަލަ،އިލްޔާސް އިހަށް ބަހައްޓާ،ކޮންމެހެން މަލަމަތި ރީތިކުރަން އުޅޭނެ ކަމެއް ނެތް،އިން ޟާ ﷲ ނިކަން ހިތިކޮށް ކަލެއަށް ދިވެހިން ނޯ ޖަހާފަ ސައްޕަށް ޖަހާފަ ޔޫކޭ އަށް ގޮނޑީދުއްވަން ފޮނުވާލާނެ،ދިވެހިންނަކީ ދިވެހިން،ހަނދާންކުރާތި.އެއްފަހަރު ދޯކާ ދެވޭނީ،ދެނެއް ނުދެވޭނެ.ދޮގުހަދާ މީހާ ،

    155
    5
  2. އަނދިރި ދައުލަތުގެ ރައީސް މުހަންމަދު ނަސީދު

    ކަލޭ އޮއްނާނީ ބުނެފަ ކަލޭތީ އެފަދަ މުރުތައްދެއް

    126
    2
  3. Anonymous

    ކޮބާ ތާހިރުވެއްޖެތޯ. އިލްޔާސޫ. އަދި ވެސް މީހަކު ތަނެއްގައި ވޯޓް ހޯދަން އުޅެންޏާ ދުޢާދެއްވާފަ އޭ ބުނެ ރައްޔިތުން ލައްވާ ވޯޓް ލައްވާތި. ދީނާއި މިނިވަންކަން ނަގާލާ އިރުވެސް ހަނު ރައްޔިތުން ކިބައިން މާފަށް އެދެންޖެހޭ

    114
    1
  4. މާޒީ

    މީ ތެދެއް ބުނާމީހެއްތަ؟؟

    84
  5. Anonymous

    މިީ ހަމަ މިޤައުމަށް ޖެހިފައިވާ ބަލާފުޅެއް.

    114
  6. އަސީ

    މަޖުލިސްރިޔާސަތުގަ އިންދެގެން ދޮގުހެދީމަ އަންނިޔައްހީވަނީތަ ސަލާމަތްވާނެކަމައް ހީ ކުރުންއެއީ މިހާރުހަދަމުންދާ އެންމެބޮޑުގޯސް

    74
    2
  7. އަނދިރި އަނިދިރިން

    ދައުލަތުގެ މުދަލާ ވަސީލަތް ބޭނުންކޮއްގެން އަނދިރި ދައުލަތުގެވެރިޔާގެ ނަފްސް ޕްރޮމޯޓުކުރަނީ...މިއީ އޮޅުވާލައިގެން ހިންގާ ކޮރަޕްޝަން..މިއަށް ޒީރޯޓޮލަރެންސްކިޔާނީ؟؟؟ރައްޔިތުންގެތެރޭގަ މިކަލޭގެނަން އަބަދު ކިޔަންޖައްސަނީ..މިއީ މަކަރުވެރި ހީލަތްތެރިއެއް..

    71
  8. އުމަރު

    ނުބުނަމޭ ބުނެފިއްޔާ، އޭގެ މާނައަކީ ބުނީމޭ.

    49
  9. މިގޭ

    މިކަލޭގެ ހާދަ ފެންމަތިވެގެނޭ މިއުޅެނީ. ކިހާވަރަކުން ދާނެބާ

    16
  10. ވަޒީރެއާލާ

    މީނާމީ ސިއްދީގެއް. ދުވަހަކު ދޮގެއް ނުބުނާނެ.

    16
    1
  11. ހިނގާ ދެފައި

    މީގެކުރިންވެސް އެތަކެއް غير مسلم ން އިސްލާމްދީން ޤަބޫލުކޮށް ހެޔޮމަގު ޚިޔާރުކޮށްފައިވާކަމީ އެއްމެން ދަންނަ حقيقة އެއް! އަންނިވެސް އެ މަގު خبار ކުރީކަމަށްވެސް ވެދާނެ ތޯއްޗެއް! އެކަމަކު އަދިވެސް ބަސްމަގާއި عمل ހުންނަ ގޮތުން ހެޔޮ ހިތުން اخلاص ތެރިކަމާއިއެކު ކުރި ކަމެއް ކަމުގައި قبول ކުރަން ހާދަހާ އުދަގުލޭ!!!!!!