ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލީ، ރައީސް މުޙައްމަދު ނަޝީދުގެ ކާފަ ދެއްކި ވާހަކައެއް ދައްކައިގެން ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، "އާސްކް ސްޕީކަރ"ގެ ނަމުގައި މިރޭ ރައީސް ނަޝީދާއި ސުވާލު ކުރެއްވުމަށް އާންމުންނަށް ހުޅުވާލި ޕްރޮގްރާމުގައި، މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މި ސުވާލު ހުށަހެޅި ފަރާތުން ރައީސް ނަޝީދާއި ސުވާލު ކޮށްފައި ވަނީ، އެމަނިކުފާނު އިސްލާމް ދީނާއި ފުށުއަރާ ބައެއް ކަންކަމުގެ ވާހަކަފުޅު ދައްކަވާކަން ފާހަގަކުރެވޭތީ އެއީ ކީއްވެގެންތޯ އާއި، ބައެއް ބޭފުޅުން ނަޝީދުގެ ދީންވެރިކަމާއި މެދުވ ސުވާލު ކުރައްވާ ސަބަބަކީ ކޮބައިތޯ ކަމަށެވެ.
މި ސުވާލުގެ ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ޒިކުރުވެސް ކިޔުއްވާ ކަމަށާއި، އެފަދަ ކަންކަމަކީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި ކުރެވެމުން އައި ކަންކަން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އިސްލާމް ދީން އޮންނަ ގޮތް ކަމަށް ފަހުން އަނެއްކާވެސް އާ ގޮތަކަށް ވާހަކަ ދައްކަވަން ފެއްޓެވި ކަމަށާއި، ދީން އޮތް ގޮތަކީ އެއީ ކަމަށް ބުނަމުން ގެންދިޔަ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ ވެގެން މިދިޔަ ގޮތަކީ، މިދިޔަ 30 ވަރަކަށް އަހަރު ތެރޭ، 40 ވަރަކަށް އަހަރު ތެރޭ، ޚާއްސަކޮށް އަޅުގަނޑުމެން ބޮޑުވަމުން އައިއިރުގައި، މިހާރު މިސާލަކަށް އަޅުގަނޑުގެ ކާފަ ދެއްކި ވާހަކަ ދައްކައިގެން ޑރ. އަފްރާޝިމް މަރާލީ ... މިސާލަކަށް އަޅުގަނޑުމެން ގޭގައި ސަލަވާތް ކިޔަވާ، މާލޫދުކިޔާ އަދި އަޅުގަނޑުމެން ޒިޔާރަތެއް ހުރިއްޔާ ހުރަސްކުރާއިރު އަމްދު އަޅާ އަދި އަޅުގަނޑުމެން ނަދުރު ބުނެވެސް އުޅެން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ރާއްޖޭގައި ކޮންމެ ދިހަ ވަރަކަށް އަހަރު ފަހުން އާ، ބާރު ހަރު އަޑުން އެހެން ގޮތަކަށް އިސްލާމް ދީން އޮންނަ ވާހަކަ ކިޔާދޭތަން ފެންނަ ކަމަށެވެ.
"އަޅުގަނޑަށް އެއްބަސް ނުވެވިގެން މި އުޅެނީ ހަމަ ގައިމުވެސް ކާފަ ކިޔާދިން އެއްޗެއް ނޫން އެއްޗެއް ޤަބޫލުކުރުން އެކިއެކި ފެންބަރުގެ ބޭފުޅުން އެބަތިއްބެވި އެކިއެކި ތަންތަނުން ކިޔަވާވިދާޅުވެގެން ކަމަށް ވިދާޅުވާ. ދެން އަޅުގަނޑަށް ފެންނަ ގޮތުގައި ރަނގަޅު ދީނީ އިލްމުވެރިއެއް ވިއްޔާ އެއްކުރާ ގެއްލުމަށްވުރެ ތަންކޮޅެއް ފުންކޮށް ހިސާބުވެސް ދަންނަން ޖެހޭނެ. އަދި އެހެން ބަސްބަސް ވެސް ދަންނަން ޖެހޭނެ. އަދި އެހެން މުޖުތަމަޢުތަކާ އެހެން ސަޤާފަތްތަކާ ދުނިޔަވީ ކިތަންމެ އިލްމަކާ ކަންކަން ހިނގާ ގޮތްގޮތާ މި ހުރިހާ އެއްޗެއްވެސް އެނގެން އެބަ ޖެހޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަކީ އެއްގޮތަކަށް ވެސް އިސްލާމް ދީނާއި ދުރު ބޭފުޅެއް ނޫން ކަމަށައި، އެމަނިކުފާނު ދަންނަ މީހަކުވެސް އެގޮތަށް އެވާހަކަ ނުބުނާނެ ކަމަށެވެ. އަދި ދީނުގައި އޮތް ކަމެއް ކަމަށް ބައެއް ބޭފުޅުން ކިޔުއްވިއެއް ކަމަކު، "އެހެނ ތިބެފައި އަޅުގަނޑުމެން ކައިރީގައި އެއްޗެއް، ބުނާތަނުން" ޤަބޫލުކުރަން އުނދަގޫ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެއީ ވެރިކަމަން އަންނާނެވާހަކަބުނުމުން އަފްރާސީމް ވެސްބުނިވެރިކަމަންކުރިމަތިލެވިދާނެއެވެ އެހެންދޯ
މީނަގެ ދުލުން މިބޮޑު ޖަރީމާ ހިނގާދިޔަ ގޮތް ކިޔާދޭކައް މާގިނަ ދުވަހެއް އޮތް ކަމަކައް ނުބެލެވެ ފުރަތަމަ ބުނީ އެއީ މެދުއިރުމަތީ ބައެކޭ ދެން ކަނޑާލީ ޔާމީން ބޮލައް މިހާރު ކާފަގެ ބޮލައް އަމިއްލައައް މެޅެން ނޫޅޭ އެހެން ނޫނަސް ތި ފެމިލީއަކީ ބަޤާވާތުގެ ފެމިލީއެއް ދައްކާނީވެސް ދައްކާފަހުރީވެސް އެޒާތުގެ ވާހަކަ ދެން މަރުހޫމް ސަހީދު ޑޮކްޓަރ އަފްރާސީމް އަކީ ދީން ފެތުރުއްވެވުމުގަ އަވަދި ނެތި އުޅުހްވި ސާލިހް އަޅެއް
ކާފަޔޭ މާމަޔޭ އަމައޭ ކިޔަކަސް އަހަރެމެން ތިވާހަކަ ގަބޫލެއް ނުކުރަން. މިބުނީ ހަމަ ނުކުރަން ގަބޫލެއް. ކެނެރީގޭ ނަޝީދު ދައްކާ ވާހަކައެއް ގަބޫލެއްނުކުރަން. އިސްލާމުން ގަބޫލުކުރަންވާވަރުގެ ވާހަކައެއްނޫން އެމީހާ ގިނައިން ދައްކަނީ.
ކާފަދެއްކިވާހަކަ އެނގޭނީ ކާފަކިޔާ މީހަކަށް. އެވާހަކަ އެހެންބުނީވެސްހަމައެމީހަކު
އެހެންވީމަ މިކަލޭގެޔަށް އެނގޭނެ އަފުރާސީމް މަރާލިމީހެއް ކުރިންބުނީ އެބަޔަކު ރާއްޖެދޫކޮށް ހިނގައްޖެއޭ މިހާރު އެބުނަނީ ކާފަދެއްކިވާހަކަ ކިޔައިދިނީމައޭ ދެންމިވާހަކަ ދެންއަންނަ ރައީސަކު ތަހުގީގުކުރަން އެބަޖެހޭ މިއީ އެއްގޮތަކަށްވެސް ދޫކޮށްލައގެން ފަރުޖެހޭނެ ވާހަކައެއްނޫން.
ކާފަޔަކީ އަބޫޖަހުލު ތޯ؟އަބޫ ޖަހުލު ދެއްކި ވާހަކަ ގަބޫލުނުކުރެވޭނެ.ކަލެޔަކަށް ދީން ނޭގޭ
ހަމަ ސީދާ ލާދީނީ މީހެއްކަމަށް އަމިއްލައަށް ތިޔަ އިޢުތިރާފް ވެވުނީ މޮޔަޔާ!!!
ޜ ނަޝީދުއަކީވެސް ކާބަފައިން އުޅުއްވިގޮތްނޫންއެހެން ގޮތެއްގަބޫލް ނުކުރާ އަބޫޖަހުލުމެންޒަމާނުގެ ބުދެއް