ދީނީ އިލްމުވެރިއެއް ކަމަށްވާނަމަ، ހިސާބާއި އެހެނިހެން ބަސްތައް އެނގެންވާނެ ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، "އާސްކް ސްޕީކަރ"ގެ ނަމުގައި މިރޭ ރައީސް ނަޝީދާއި ސުވާލު ކުރެއްވުމަށް އާންމުންނަށް ހުޅުވާލި ޕްރޮގްރާމުގައި، މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިރޭގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި ކޮންމެ ދިހަ ވަރަކަށް އަހަރު ފަހުން އާ، ބާރު ހަރު އަޑުން އެހެން ގޮތަކަށް އިސްލާމް ދީން އޮންނަ ވާހަކަ ކިޔާދޭތަން ފެންނަ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ރަނގަޅު ދީނީ އިލްމުވެރިއެއް ނަމަ، ތަންކޮޅެއް ފުންކޮށް ހިސާބު ދަންނަން ޖެހޭ ކަމަށާއި އެހެން ބަސްބަސްވެސް ދަންނަން ޖެހޭ ކަމަށެވެ. ހަމަ އެހެންމެ އެހެން މުޖުތަމަޢުތަކާއި އެހެން ސަޤާފަތްތަކާއި ދުނިޔަވީ ކިތަންމެ އިލްމަކާއި ކަންކަން ހިނގާގޮތް އެނގެން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ދެން އަޅުގަނޑަށް ފެންނަ ގޮތުގައި ރަނގަޅު ދީނީ އިލްމުވެރިއެއް ވިއްޔާ އެއްކުރާ ގެއްލުމަށްވުރެ ތަންކޮޅެއް ފުންކޮށް ހިސާބުވެސް ދަންނަން ޖެހޭނެ. އަދި އެހެން ބަސްބަސް ވެސް ދަންނަން ޖެހޭނެ. އަދި އެހެން މުޖުތަމަޢުތަކާ އެހެން ސަޤާފަތްތަކާ ދުނިޔަވީ ކިތަންމެ އިލްމަކާ ކަންކަން ހިނގާ ގޮތްގޮތާ މި ހުރިހާ އެއްޗެއްވެސް އެނގެން އެބަ ޖެހޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަކީ އެއްގޮތަކަށް ވެސް އިސްލާމް ދީނާއި ދުރު ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނު ދަންނަ މީހަކުވެސް އެގޮތަށް އެވާހަކަ ނުބުނާނެ ކަމަށެވެ. އަދި ދީނުގައި އޮތް ކަމެއް ކަމަށް ބައެއް ބޭފުޅުން ކިޔުއްވިއެއް ކަމަކު، "އެހެނ ތިބެފައި އަޅުގަނޑުމެން ކައިރީގައި އެއްޗެއް، ބުނާތަނުން" ޤަބޫލުކުރަން އުނދަގޫ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ......

    މައްސަލައެއްނެތް...ނަޝީދު އިސްލާމްދީނުގެ ކަންކަން އޮންނަން ޖެހޭ ގޮތްތައް ކިޔާ ދީނީ ގޮތުން މީހުން ދަރަޖަ ތަކަށް ބަހާ ބައިބަޔަށް އަޅަނީ ތިޔަބުނާ ހުރިހާ އިލްމެއް ނަޝީދުގެ ކިބައިގަ ހުރެގެންތޯ.....ނުވަތަ ދީނީ އެއްވެސް މިންވަރެއް އުނގެނިގެންތޯ...ނުވަތަ ކުޑަމިނުން އަރަބި ބަސް އެނގި ހުރެތޯ...
    އަަދި އެއްސުވާލު...ނަޝީދު އިލްމުވެރިންގެ ބަހަށް ބޯނުލަބައި ޔަހޫދީންނާއި ނަޞާރާއިންގެ ބަހަށް ބޯލަނބަނީ އެމީހުން ދީނީ އިލްމު އޮޅުވާނުލާނެ ކަމުގެ ކޮން ޔަގީން ކަމެއް އޮވެގެންތޯ....
    މުސްލިމެކޭ ކިޔަނީ ވަކި ކަންކަމެއް ފުރިހަމަވީމަ...ތިމާ ބޭނުންގޮތަކަށް އުޅެފަ މުސްލިމެކޭ ބުނުމުން އަދި މުސްލިމަކަށް ނުވާނެ...އަދި ކިއެއްތަ ކާބަފައިން އުޅުނު ގޮތަށް އުޅުމަކީ މުސްލިމަކަށް ވެވިދާނެ ޝަރުތެއް ނޫން....އަދި ސަބަބެއްވެސް ނޫން...
    ނަޝީދު ބުނަމުން އައީ އަދުލު އިންސާފު ގެ ވާހަކަ އަބަދުވެސް...މިއަދުވެސް ފެންނަމުން ދަނީ އެއްފަޅިއަށް ޝަރީޢަތް ހިނގާތަން...ނުވަތަ އެއްކުށެއްގެ އެއް ދައުވާ ރައްދުވާ 2 މީހުންނަށް ތަފާތު ކުރެވެމުންދާތަން...އަދުލު އިންސާފު ގެނައުމަށް ބަޔަކު ކޮޕީކުރަމުންދާއިރު އެބައެއްގެ ތެރެ އޮތް ގޮތަށް ނުބަލާ އެބަޔަކު ދޭ ފައިސާ ފޮށްޗަށް ބަލައިގެން އަދުލުވެރިކަން ހޯދާނީ ކޮން މިސްރާބަކުންތޯ....
    ނަޝީދުއަށް އެނގިގެންވިޔަސްް ނޭނގިވިޔަސް ތިޔަ ކުރަމުންދާ މަސައްކަތުން ގެނެވޭނެ އަދުލެއް ނޯންނާނެ...
    ދެން އޮތީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިިިލޭ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކާ ޓެކްސް ނެގުން ނޫން ގޮތެއް ނެތް ވާހަކަ...ކޮންބައެއްތޯ ޓެކްސް ދައްކަނީމި...ހަމަ ރައްޔިތުން...ދެން ހިތަށް އަރާ އެހެންވީއިރު ބައިތުލްމާލާއި ގައުމުގެ ހުރިހާ ހަރުމުދަލަކުން ރައްޔިތުންނަށް ކޮށްދެނީ ކޮންކަމެއްތޯ...އޮޅުވާލިޔަސް ބޮޑުވަރު...ޓެކްސް ނަގައިގެން ފަގީރުކަން ނައްތާލެވިފަ އޮތް ގައުމެއް ދައްކަބަލަ...އެއްވެސް ދުވަސްވަރަކުން...
    އެހެނަސް ޓެކްސް ނުނަގާ ހަމަ އެކަނި މުދަލުގެ ޒަކާތް ނަގައިގެން ކުރިއަރާ ދިޔަ ހަޟާރާތް އަންދަލޫސްގެ ވާހަކަ އެއީ ސިއްރެއް ނޫންދޯ....
    އިސްލާމީ ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށް ދިވެއްސެއްގެ ހައިސިއްޔަތުން ގޮވާލަން.....

    46
  2. Anonymous

    މިހިރަ ބީތާޔާ ކަލެޔައް ތަންދޮރު ނޭގުނަސް ދީނީ އިލްމު ކިޔަވަނީ ފުރަތަމަވެސް ގރޭޑް 12 ނިންމައިގެން ކަން ކަލެޔައް ނޭގުމަކީ ދެރަ ކަމެއް ނޫން.

    28
    1
  3. ސަކަރާތް

    2018 ގެ އިންތިހާބުގަ ރައްޔިތުން އިބޫ އެރުވީ. އެކަމަކު މިހާރު މިވާގޮތެއް ކަމަކު ނުދޭ. ދަލު ބޭރުން އަމިއްލައަށް ޖެހިގެން. މަޖިލިހުގެ މެޖޯރިޓީގެ ނަހަމަ ބޭނުން ހިފައިގެން މީނަ ބޭނުން ހާކަމެއް ކުރަމުން އެދަނީ. ހެޔޮ ނުވާނެ. އަހަރުމެން ވެރިކަން ހަވާލުކުރީ އިބޫ އާ. އިބޫ ވެރިކަންކުރިޔަދީބަލަ. އަލަކަށް ނޫން މަޖިލިހަށް ރައީސް އަކު ހޮވީކީ. ތައްޔިތުން ބޭނުމެއްނުވޭ ބަރުލަމާނީ ނިޒާމެއް. ރައްޔިތުން ބޭނުމެއް ނުވޭ ދީނީ އިލްމުވެރިންނަށް ބަދުބަސް ބުނާކަށް. މިމީހުން ބުނާ ގޮތުން ދީނީ އިލްމުވެރިންނަށް މުޅިދުނިޔޭނެ ހުރިހާ ބަހެއް އިނގެން ޖެހޭ. އެކަމަކު މިމީހުންގެ ޕާޓީން މަޖިލިހަށް ހޮވާފަ ތިބި މީހުންނަށް ކިރިޔާ އަސާސީ ތައުލީމު އިނގޭމީހުން ވެސް އެބަތިބި. ޝިފްލާމެން ކަހަލަ ދާއިރާއިން ކިޔަވައިގެން ތިބި މީހުން ނުހޮވާ ޕާޓީގެ އެކްޓިވިސްޓުން ހޮވާފަ. މިހާރު އެމް.ޑީ.ޕީ ކަމަކު ނުދޭ.

    20
    1
  4. ހުސެން

    ކަލެޔަށް އަރަބި ބަސް އެނގޭތަ؟އެންމެ ކުޑަމިނުން ތިޔޮތް ޤުރުއާން ދިވެހި ތަރުޖަމާ ވެސް ކަލެޔަކަށް ނޭގޭތީތާ އެއާ އެއްގޮތަށް ވެރިކަމާއި މަޖުލިސް ހިންގަން ނޭގެނީދޯ؟ކަލެޔަށް ދިވެހިބަސް ވެސް ނޭގޭ ބޮޑުބީތާ؟ވެރިޔަކަށް އަންނަން ހިސާބާއި ދީން ވެސް އެގޭކަށް ނުޖެހޭތަ؟

    13
    1
  5. ރާފާޅާ

    ކޮން މޮޔައެއްގޮވާ ގޮލައެއްތަ މީ

    10
    1
  6. ކަބުލޮ.

    ހަޥޞޤިޤަތުގަވެސް ގަމާރެއް

    8
    1
  7. މަނިކު

    ދީނީ ޢިލްމުވެރިންތެރޭ ގިނައީ ނަޝީދަށްވުރެ ހިސާބު ޢިލްމާއި އެހެނިހެން ބަސްތަކަށް މޮޅުމީހުން

    15