2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާޙީމް މުހައްމަދު ޞާލިހު އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތާޢީދު ނުކުރައްވަފާނެ ގޮތަކަށް ވާހަކަދައްކަވައިފި އެވެ.

"އާސްކް ސްޕީކަރ"ގެ ނަމުގައި މިރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއި ސުވާލު ކުރެއްވުމަށް އާންމުންނަށް ހުލުވާލި ފުރުސަތުގައި، އާއްމުންގެ މީހަކު ކުރި ސުވާލަކަށް އެމަނިކުފާނު ދެއްވި ޖަވާބުންނެވެ. އާއްމު ރައްޔިތަކު ރައީސް ނަޝީދު އަށް އަމާޒު ކުރި ސުވާލަކަށްވީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި އިބްރާހީމް މުހައްމަދު ޞާލިހުއަށް ދެވަނަ ދައުރެއް ދޭނީތޯ ނުވަތަ ރައީސް ނަޝީދު ކުރިމަތިލައްވާނީތޯ ކަމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް އިރެއްގައި ރިޔާސީ ނިޒާމަކަށް ތާޢީދު ކުރައްވާ، އަދި ތާޢީދު ކުރައްވާނެ ބޭފުޅެއްވެސް ނޫން ކަމަށާއި، އެހެންނަމަވެސް އަދި އުމުރުން ވަރަށް ޒުވާން ކަމަށާއި، ސިޔާސީ ކަންކަމުން ދުރަށް ދާން ވެސް އަދި ނުވިސްނަވާ ކަމަށެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އަދި އަޅުގަނޑު ނުވެސް ވިސްނަން. އަޅުގަނޑަށް ފެންނަ ގޮތުގައި މިހާރު ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ، ރައީސް ޞާލިހު އާ އެކީގައި އަޅުގަނޑުމެން ދެމީހުންނަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވޭ. ދެން އަޅުގަނޑު ދެކޭގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑަށް ކުރެވޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އާއްމުންނަށް މަޖިލީސް ރައީސް އާއި ސުވާލު ކުރައްވަން ހުޅުވާލި އެ ބައްދަލުވުން ހޯސްޓު ކުރަން ހުރި ޕްރެޒެންޓަރު، ޒިޔާ، ވަނީ ތަކުރާރުކޮށް ރައީސް ނަޝީދު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހު އަށް ތާޢީދު ކުރައްވާނެތޯ އައްސަވާފައެވެ. ނަމަވެސް، ރައީސް ޞާލިހުއަށް ދެވަނަ ދައުރެއް ދޭން ނިންމާފައިވާ ކަމެއް ނުވަތަ، އެ އިންތިޚާބުގައި ރައީސް ޞާލިހުއަށް ތާޢީދު ކުރައްވާނެ ކަމަކަށްވެސް މަޖިލިސް ރައީސް ވިދާޅެއް ނުވިއެވެ.

"އަޅުގަނޑު މިދަންނަވާ ވާހަކައަކީ އަޅުގަނޑު އަބަދުވެސް އިބްރާހީމް މުހައްމަދު ޞާލިހު އަށް ތާޢީދު ކުރާނެ، އަދި ރައީސް އިބްރާހީމް މުހައްމަދު ޞާލިހުވެސް އަބަދުވެސް އަޅުގަނޑަށްވެސް ތާޢީދު ކުރާނެ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެން ދެމީހުންގެ ތެރެއިން ކާކުތޯ ކުރިމަތިލާނީ، އަދި އަޅުގަނޑުމެން ކިހިނެތްތޯ ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރާނީ، ހަމަ ގައިމުވެސް އަޅުގަނޑުމެން އެއްބަސްވާ ކަމެއް ކުރާނެ، އެއަކު އަޅުގަނޑުގެ ހިތަކު ޝައްކެއް ނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވަނީ ތަކުރާރުކޮށް، އެމަނިކުފާނަކީ ބަރުލަމާނީ ނިޒާމަކަށް ތާޢީދު ކުރައްވާ ބޭފުޅެއްކަން ހާމަކޮށްފައެވެ. ވެރިކަމުގެ ނިޒާމަކަށް އެންމެ ރަނގަޅީ އެ ނިޒާމް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށަން ޖެހެނީ އެމަނިކުފާނު ރައީސް ކަން ކުރައްވާ، އެމްޑީޕީގެ ތެރެއިން ކަމަށާއި، އެޕާޓީގެ ގިނަ ބަޔަކު އެކަމަށް އެއްބަސްވެގެން، ކަންކަން ތަރުތީބު ވެގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ޛިލޮޑް

  ބުއްޅަބޭ

  36
  4
 2. ޢަބްދުއްލާ

  ވަނަ އަހަރު ރައީސް ޞާލިހު އަށް ނަޝީދު ތާޢީދެއް ނުކުރައްވާނެ!

  34 މިނެޓް ކުރިން ( ޑިސެމްބަރު 7, 2019 )

  ކޮންއިރަކު ކާކައްތަ ކަލޭތާއީދުކުރީ . ކަލެއަކީ އެއަށްވުރެ އަމިއްލައެދުން ބޮޑު މީހެކޭ ؟

  އެންމެފަހުންވެސް ގޮތްހުސްވެ އެހެން ގޮތެއްނެތްކަން ޔަންވުނުން ސޯލިބޭއަށް ދޫކުރީ.

  އަޑޫ ހުވަދޫ މީހުނަށް އެކަމަކު އަދިވެސް ހުވަފެންދެއްކޭނެ.

  47
  2
 3. ނަޝީދު

  ޖަސްޓް ޝަޓް އަޕް އޯލްރެޑީ. އިނަފް ބުލްޝިޓް ފޯ ވަން ނައިޓް.

  36
  2
 4. ދުނާމަ

  ދެން ތިޔަ ޕްރޮގުރާމަށް ޖާބިރު ގެނެސްދީބަލަ. އަޅެ ޕްލީޒް

  48
 5. ޝައްކު

  ހޫނ ތިޔައީ ވަރަށްބޮޑު ޒުވާނެއް އަދި 16 އަހަރުނުފުރޭ .

  42
  1
 6. އެންދެރި

  ވެރިކަމާ.ހެދި ބޫތު ކައިފަ އެވެ.

  16
  1
 7. ހުއްޓުވާ

  މިއީ އަސްލު ކޮރަޕްޝަން، ސަރުކާރުގެ ވަސީލަތްތަކާއި ސަރުކާރުގެ ނިޒާމާއި މަޤާމުގެ ނުފޫޒު ބޭނުން ނަހަމަގޮތުގައި ބޭނުންކޮށް އަމިއްލަ މީހާގެ އަހައްމިއްޔަތު އިސްކޮށް އަމިއްލަ ފައިދާއަށްޓަކައި ތިމާ މަޝްހޫރުވުމަށާއި ތިމާ ޕްރޮމޯޓްވުމަށާއި ތިމާ މީ މާމަޤްބޫލު މީހެއްކަމަށް ދެއްކުމަށްޓަކައި ތާއަބަދު 24 ގަޑި އިރު ތިމާ ނޫން މީހެއްގެ ހަބަރު ނޫސްތަކުގެ ފަލަ ސުރުހީތަކުން ނުދެއްކުމަށް ރޭވިގެން ހިންގާ ޖަރީމާއެއް. ކެމްޕެއިން ކުރުމުގެ ނިޔަތުގައި ކުރާކަމެއް. މިކަން ޖެހޭ ހުއްޓުވަން އަދި މިފަދަ އަމަލުތަކަކީ ޖިނާއީ ކުއްތަކަކަށް ހަދައި އަދަބު ލިބެންޖެހެ. ސަބަބަކީ މިފަދަ ކަމަކުން ރައްޔިތުންނަށް އެއްވެސް ފައިދާ އެއްނުވާއިރު ރައްޔިތުންގެ ފައިސާ އެ ބޭކާރުގޮތުގައި ހަރަދު ކުރަނީ އަމިއްލަ މަސްލަހަތައް. މިއީ ކޮރަޕްޝަންގެ އަމަލެއް. މިއީ ބަންޑާރަ ކަފަ އަމިއްލަ ބާލީހަށްލުން. އޭ.ސީ.ސީ އިން މިކަން ހުއްޓުވަންޖެހޭ.

  20
  1
 8. ހަވީރު

  ވަގުތަށް ދަންނަވަން. މީނަގެ ހަބަރު މި ނޫހުގެ ފަލަ ސުރުހީތަކުން ގެނެސް ދިނުން ހުއްޓާލަން ވެއްޖެއޭ.،

  20
  2
  • މޯމޯ

   މީނަގެ ހަބަރު ހުރިހާތާކު ވަގުތު ބްރޭކިންގް ގަވެސް. ރައީސުލްޖުމްހޫރިޔާއަށް ވުރެ މީނަގެ ނުފާޒު ބޮޑު

 9. އަނދިރި

  އަވަސްކުރޭ ބަރުލަމާނީ އަވަސްކުރޭ.

  1
  15
 10. އިންތިހާޒް

  2023 ވަނަ އަހަރުގަ އަހަރެމެންވެސް ކަލޭމެން ދެމީހުންނަކަށް ތާއީދެއް ނުކުރާނަން. ޕަކާސް

 11. Anonymous

  ރައްޔިތުން ހަނދާން އެބަހުރިތަ މިލާދީނީ ކަލޭގެ އެންމެ ކުރިން ދެއްކިވާހަކަ. މައުމޫން ރައީސްގެ ވެރިކަން ވައްޓަށް މިކަލޭގެ ޑިމޮކުރަސީ ނުގެނެވިގެން މަގުތަކަށް އަންހެންވެރިން ނެރެގެން. އޭރު ކީލަވައަކީ ތިމަންނަ ވެރިކަމެއް ބޭނުމެއްނޫނޭ. ރައްޔިތުން ނަށް ހެޔޮއެދިގެން ނޭ މިއުޅެނީ. މިހާރު އެބައެނގެއެންނު ވެރިކަން ބޭނުން ނޫންކަން. ލަދުހަޔާތް ވެސް ކުޑައީ ހަމަ

 12. ކެރަފާ ބީތާ

  ތީ އިބިލީހެއް.....