ރިޔާސީ އިންތިޚާބާއި ހަމައަށްދާއިރު، ޕާޓީތަކުގެ މަސައްކަތުން ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭނެ މިންވަރަށް ކަންކަން ކުރާނެ ކަމަށް އިދިކޮޅު ފަރާތް ތަކުން ބުނެފިއެވެ.

އެމްޑީޕީ ހަރުގެ ސަރަހައްދުގައި އިއްޔެ އިދިކޮޅު ޕާޓީތަކުން ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ އިސްލާހީ މަސައްކަތް މަޑު ނުޖެހޭނެކަމަށާ އިސްލާހީ މަސައްކަތް ދާނީ ބާރަށްކުރިއަށްކަމަށެވެ.

" ކުރިއަށް އޮތީ ރަމަޟާންމަހާއި، ވޯލްޑްކަޕްގެ އީދު ނަމަވެސް އެދުވަސްތަކުގައިވެސް އިސްލާހީ މަސައްކަތް ކުރިއަށްގެންދާނެ, ނަމަވެސް އެދުވަސްތަކުގައި ހަރަކާތްތައް ކުރިއަށްދާނީ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ގޮތަކަށް " ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ އިސްލާހީ މަސައްކަތް ނިންމާލާއިރު، އިންތިޚާބު އޮންނާނީ ބޯމަތިވެފައިކަމަށެވެ.

"އިރާދަކުރެއްވިއްޔާ އިންތިޚާބާއިހަމައަށް އަންނައިރު، ރައީސް ޔާމީނަށް ވާދަނުކުރެވޭގޮތަށް އަޅުގަނޑުމެންނަށް އެ އިންތިޚާބާއި ހަމައަށް ގެންދެވޭނެ މަސައްކަތް އަޅުގަނޑުމެންނަށް ކުރެވޭނެ." ހަސަން ވިދާޅުވިއެވެ.

އިއްޔެ އެމްޑީޕީ ހަރުގޭގައި ކުރިއަށްގެންދިޔަ ހަރަކާތަކީ ތޮއްޑޫގެ ރައްޔިތުންގެ ފަރާތުން އިސްލާހީ މަސައްކަތުގައި ތިއްބެވި ރައްޔިތުންނަށް ދެއްވި ޙާއްސަ ސައިފޮދެއްގެ ހަރަކާތެވެ.

އިދިކޮޅުން މިހެން ބުނެފައި ވާއިރު ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަ އިރު އިދިކޮޅު ފަރާތް ތަކުގެ މިހާރުގެ ހާލަތާއި ގުޅޭ ގޮތުން " ވަގުތު" ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުﷲ ރަހީމް ވިދާޅުވީ އިދިކޮޅު އޮތީ ވަރަށް ބޮޑަށް ރޫޅި ބައިބައިވެފައި ކަމަށާއި އެބޭފުޅުންގެ ވަކި މިސްރާބެއް ވަކި ލީޑަރެއް ނެތް ކަމަށެވެ.

"އިދިކޮޅު އެއްވެސް ޕާޓީއެއްގައި މިވަގުތު ލީޑަރެއް ނެތް , އިދިކޮޅު އެމްޑީޕީގެ އަދި ޖޭޕީ , އަދާލަތު ޕާޓީގަވެސް ލީޑަރެއް ނެތް ,އިދިކޮޅުގައި އިސްކޮށް ތިއްބެއްވި ބޭފުޅުންގެ ތެރޭގައިވެސް މިވަގުތު ވަނީ ބައިބައިވުން އުފެދިފައި, ރިޔާސީ ޓިކެޓާ މެދު އެބޭފުޅުންގެ ތެރޭގައި ދަނީ ކޯޅުން ބޮޑުވަމުން " އަދުރޭ ވިދާޅުވިއެވެ.

އަބްދުﷲ ރަހީމް ވިދާޅުވީ ރިޔާސީ ޓިކެޓް ބޭނުން ނުވާ ހަމަ އެކަކުވެސް އިދިކޮޅުގައި ނެތް ކަމަށާއި , އިދިކޮޅުން ނެރޭން އުޅޭ ކެންޑިޑޭޓުން އަކީ އިންތިހާބުގެ ގާނޫނީ ސަރުތު ހަމަވާ ބައެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަކީމު

    ލީޑަރުން ޖަލަށް ލާފަ ކަލެޔާ ކަލޭގެ ބުދާ ކޮންވާހަކައެއް ދައްކަނީ، މިހުރިހާ ކަމެއްކޮށްގެންވެސް ކަލޭމެން ﷲ ބަލިކުރައްވާނެތެވެ. އާމީން

  2. ޜަސީދު

    ރައީސް ޔާމިން ކުރިމަތިނުލެވެނެ ، ވެރިކަމުންބާލާނަން، ވެރިކަން ވައްޓާލާނަން ، ވެއްޓެނީ މިހެން ކިޔަކިޔާތިއްބަ ޥޯޓުލާ ޔާމިނު ދެވަނަ ދައުކައް އޮއްނާނީ ހޮބިފަ

  3. އުޝާމް

    މީހާރު ވޯޓަކައް ދީޔަޔަސް ޔާމީނަކައް މެޖޯރީޓީ ނުލީބޭނެ.. އޭނަ ހީކުރީ ހުރީހާ ލީޑަރުން ޖަލައް ލީމަ ދީވެހީރައްޔީތުންގެ ވީސްނުން ބަދަލުވެ އޭނާ އައް ތާއީދު ކުރާލެއް ބޮޑުވެގެން ދާނެ ކަމައް.. އެކަމަކު ކަން ވަމުން އަންނަނީ ދީމާ އީދީކޮޅައް..

  4. ހުސޭނުބޭ

    ހުކުރުދުވަހުގެ ރޭ މުޅިން އާ އާ ލަވައެއް ނުކުމެއްޖެ. މިހާރު ނުކުމެ އުޅޭ ލަވައަކީ "ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭވރުކުރުން". ކުރީގެ ބާ ލަވަތައް އަޑުއަހާ ފޫހިވެފައި ތިބި މީހުން އަނެއްކާވެސް މިލަވަ އަހާފައި ބާރަށް އަތްޖަހާ!

  5. މުއާވިއަތު

    އެމް.ޑީ.ޕީ. ވެރިކަމުގަވެސް ،، ވެރިކަމުގަނޫނަސް ،، އަބަދުވެސް މަސައްކަތްކުރަނީ ޤައުމުގެ ހަލާކަށް ،، ތިޕާޓީ އުވާލުމަށްވުރެ ރަގަޅު ގޮތެއްނެތް ،، މަށަށް ވެރިކަންލިބިޖެއްޔާ ވަގުތުން އެމް.ޑީ.ޕީ އުވާލާނަން ،، އއ

  6. އެމް ޔޫ އޯ ޑިސްކޯ ކުލަބު

    ހަކީމު ބުނަން ވާހަކައެއް
    މި ރާއްޖޭ ގެ ހުރިހާ ރައްޔިތުންނަކީ 24 ގަޑި އިރު ޑިސްކޯ ވެފަ ތިބޭ ނެ ބައެއް ނޫން.

    ތިމާމީހާ ޖެހުނު ގުއި ރޯނުގަ ދެން ތިބި ލީޑަރުން ޖެއްސުމަކީ އަމާޒަކީ ބުނެލި ނަމަ

    ތާހިރު ވީސް

    އެހެން ވީމަ ދެން ވެސް އަވަހަށް ޑިސްކޯ ކުލަބުން ނުކުމެވޭ ތޯ ބަލާ

  7. އަޙްމަދް

    ގުނބޯ ހެއްދުމުގައި މިވަރެއް ނެތް!

  8. ނުރަބޯ

    ހުސްއަތާ ފަރުބަދަ އަކަށް އަރާނީ ކިހިނެތްތޯއެވެ؟ ތިމާމެންގެ އެއްވެސް އާރެއް ބާރެއް ވިސްނުމެއް އިޚްލާޞް ތެރިކަމެއް ނެތްއިރު ރައީސް ޔާމީން ކަހަލަ ކުރުމުއްދަތެއްގައި ގައުމަށް ތަރައްގީ އާއި ފާގަތިކަމުގެ އިންގިލާބެއް ގެނެސްދެއްވި ވެރިއަކާ ކަލޭމެންކަހަލަ ތާކުންތާކުނުޖެހޭ، އަބުރުގެއްލިފައިތިބި ސޮހޮލުން ދިމާކުރާނީ ކިހިނެތްހޭ؟ ޔަޢުނީ ކަލޭމެންނަކަށް އިންޝާﷲ އެކަމެއް ނުވާނެއޭ.....!!!