ދިރިއުޅުމުގައި ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބަކީ އެމަނިކުފާނު އިންދަވާ ގަސްތައް "ރޯނުވުން" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރޭ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ގެނެސްދިން "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ގަހެއް އިންދަވައިފި ނަމަ އެގަހެއް ރޯވާކަމަށެވެ.

"އިހަކަށް ދުވަހު ވެސް އަޅުގަނޑު ދެގަސް ގެނެސްފިން. އަދިވެސް ވަރަށް އުނދަގޫ އަޅުގަނޑު އަމިއްލައަށް އިންދާ ގަހެއް ރޯކުރަން. ހަމަ ލައިލާ ޖެހީ އެ ރޯވޭ. ދެން އަޅުގަނޑަކަށް ނޭނގެ އެ ކޮންމެވެސް އެހެން ގޮތެއް ހައްދަވަނީ ނޫންކަމެއް ވެސް. އެކަމަކު މިހާރު އަޅުގަނޑު އެންމެ ފަހުން ހޯދައިގެން ގެނައި އެއް ގަސް އެބަ ރޯވޭ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް ނާކާމިޔާބީތައް ހުންނާނެ ކަމަށާއި އެމަނިކުފާނަކީ ވަރަށް ގިނަ ކަންކަމުގައި ނާކާމިޔާބު މީހެއް ކަމަށެވެ.

ނަޝީދުގެ އެންމެ ބޮޑު ކާމިޔާބަކި އަދި ނާކާމިޔާބަކީ ކޮބައިތޯ ސާފުކުރަން މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެންމެ ބޮޑު ކާމިޔާބެއްގެ ގޮތުގައި ދެކެވަޑައިގަންނަވަނީ ރާއްޖެއަށް ސިޔާސީ ޕާޓީތަކުގެ ނިޒާމެއް ގެނައުމަށް ކުރި މަސައްކަތުގައި ބައިވެރިވެވުން ކަމަށެވެ.

"ގިނަ ޕާޓީތައް ބައިވެރިވާ ސިޔާސީ ނިޒާމެއް ގެނައުމުގައި އަޅުގަނޑަށް ވެސް މަސައްކަތް ކުރެވިއްޖެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަމާއި އެކަންކަމަކީ ގައުމިއްޔަތެއް ބިނާކުރުމުގައި ވަރަށް ބޭނުންތެރި ކަންކަން ކަމުގައި އަޅުގަނޑަށް އަބަދުވެސް ދެކެވިފައި އޮތީ. އެކަންކަމުގައި މިދިޔަ ވިއްސަކަށް އަހަރު އަޅުގަނޑަށް ވެސް އުޅެވިއްޖެ. އެއީ ކުރެވުނު ކަމެއްގެ ގޮތުގައި ބައެއް ފަހަރަށް ހިތައް އަރާ." ނަޝީދު ވިދާޅުވިއެވެ.

ރޭ ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު އާއްމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ކުރިއަށް ގެންދިޔަ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހުސެން

    ދީނާ ދެކޮޅޫ ގަސްދެއްގަ ސަބަބުން އެއީ.ތި ގަސް ނުހެއްދޭނެ.

    40
    2
  2. ބޮޑު ހަސްންބެ

    ގަސްތަކަށް ވެސް އެނގޭ މަނިކުފާނަކީ ކޮންކަހަލަ މީހެއްކަން. އެހެންވެ އެއީ.

    52
    2
  3. ސައްހަ އަޤީދާ

    ގަސްގަހާގެއްސައްވެސް އެގޭ ހު ރިހާ މަހުލޫޤެއްވެސް އުފެއްދެވީ ޚާލިޤްވަންތަ އިލާހުކަން ، އެވަ ރުނުދަން ޗޮހޯޔަކު އިންދީމަ ރޯވާންނުޖެހޭނެކަން....

    26
  4. ޚަރުން

    މީނަ މިކިޔަނީ ސިހުރެއްގެ ވާހަކަ ތޯއްޗެއް .އިންޑިޔާގެ ހާމުދުރުން ލައްވަ ސިހުރު ހައްދައިގެން.އިންޑިޔާގެ ޖާސޫސީ އިދާރާޔާ ގުޅިގެން ބުއްޅަބޭމެން އިންތިހާބު ކާމިޔާބު ކުރީ..ޔާﷲ އިބަރަސްކަލާނގެ ހުސްތާހިރުވަންތަކަމާއެވެ.އެބައިމީހުންގެ އަތުން އެބައި މީހުން އެދަނީ މިވެރިކަމުގަ ސިއްކަ ޖަހަމުންނެވެ.މުނާފިގުުން ފާޅުވަނީ。。ކުރިއަށް އޮތީ މުއުމިނުންނަށް ނަސްރު...އިންސާ ﷲ

    27
    2
  5. ގުއިރޯނު

    "ގިނަ ޕާޓީތައް ބައިވެރިވާ ސިޔާސީ ނިޒާމެއް ގެނައުމުގައި އަޅުގަނޑަށް ވެސް މަސައްކަތް ކުރެވިއްޖެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަމާއި އެކަންކަމަކީ ގައުމިއްޔަތެއް ބިނާކުރުމުގައި ވަރަށް ބޭނުންތެރި ކަންކަން ކަމުގައި އަޅުގަނޑަށް އަބަދުވެސް ދެކެވިފައި އޮތީ. އެކަންކަމުގައި މިދިޔަ ވިއްސަކަށް އަހަރު އަޅުގަނޑަށް ވެސް އުޅެވިއްޖެ. އެއީ ކުރެވުނު ކަމެއްގެ ގޮތުގައި ބައެއް ފަހަރަށް ހިތައް އަރާ." ނަޝީދު ވިދާޅުވިއެވެ.
    މިހެންވެތޯ އެމްޑީއެން އޮވާލަންކުރި ސުލްހަވެރި އެއްވުންތައް ކަލޯ ހުއްޓުވީ؟ ކަލޯ އޮޅުވާލާނީ ރީދޫބައިގަނޑަށް. އަހަރެމެން ކަލޯގެ ހިޔަޅުކަން ދަންނަމު، ރުނޑޔާ!

    21
    1
  6. އިބްރާހިމް

    ކަލޭ މިގައުމުގައި އިންދާގަސް ނުހެދެނީ މިގައުމަކީ އިސްލާމްދީނަށްޓަކައި ބަޔަކު ލޭއޮހޮރުވާލާފައިވާ ގައުމަކަށްވީމަ ކަމުގައިވުމަކީ އެކަށީގެންވާ ކަމަކަށްވެދާނެ.

    28
    1
  7. ކަންނެލި އޮޑި

    އަތުގެ ބަރަކާތް ކެނޑި ގެއްލި ހަލާކުވެފަ.

    23
    2
  8. މއާޒު

    ވެރިކަންކުރަން ނޭންގިގެން އަތައްގޮވާ ވެރިކަމުން ދުރުވިކަން ކީއްވެބާ ނުބުނީ ވެއްޓުނީ މަ ކައިރީތިބި މީހުންބޮޅުގަޔާ ދުރުގަ ތިިބި މީހުންގެ ބޯލުގަ އެޅުވީ މީނަޔައްކުރެވުނު ކަމެއް ނެތް އަޖައިބެއްތާ

  9. އަސްލަމް

    ބަލަ ފެނުގެ ބަދަލުގައި ރާފޮދު ގަސްބުޑަށް އެޅީމަ ވާނެއެތި ތިޔަވަނީ. ގިނައިން ގެންގުޅޭ އެއްޗެއްތާ އެޅޭނީ.

  10. ...

    މީނަ ވެރިކަމާ ހަވާލުވީމަ ޤައުމުވެސް ވަނީ މަރު

  11. ިޮފަލިިިޔަ

    ގިނައިން ފެން އަޅަބަލަަ އަންނިބެ ?

  12. މުހައްމަދު

    އެއީ މިގޮލާއަށް ދުޢާލައްވަވާފާނުވާތީ. ސޯލިހްބޭ އިންދާގަސް ރޯވެޔޯ

  13. ހަމަހަމަ

    ޢަންނި ގެ ނާގާބިލުކަމުން ފެއިލްވާ ކޮންމެ ކަމެއް މިވަނީ ބަގާވާތަކަށް. ދެން ބުނޭ ގަސް ވެސް ނުހެއްދެނީ ބަގާވާތަކުންނޭ.

  14. ގަސްއިންދާ

    އެހެންނޫނަސް ތިއިންދާގަހަކީ މިބިމުގަހެދޭކަހަލަ ގަހެއްނޫން އެގަސްތައް ހެއްދޭނީ އެހެން ބިންތަކުގަ ގަސްއިންދާފަ އެއައް ފެންދީ ބޭނުންވާކާނާއާ ސާފުވަޔާ ބޭހާ ނުލިބި ބޭނުންހާގޮތަކައް ގަސްހައްދަން އުޅުނަސް ގަހެއްނުހެދޭނެ