މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ހިނގައިބިނގައިވެ ނޫޅެވި މަގުމަތީގައި ބިއްޖެހިފައި، ނުވަތަ ކުރިއަށް ނުދެވި ގުދުވެފައި ތިބޭ ޒުވާނުންގެ އަދަދު މާލޭގައި ވަރަށް ބޮޑަށް އިތުރުވުމާއި ގުޅިގެން މީސް މީޑިއާގައި ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުންތައް ހިއްސާ ކުރަމުން އެބަގެންދެއެވެ.

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސްތުވެގެން ބިއްޖެހިފައި ތިބި ހައެއްކަ ޒުވާނެއްގެ ވީޑިއޯ މީސް މީޑިއާގައި ދައުރުވެފައި ވެއެވެ. އެ ވީޑިއޯތަކާއި ގުޅިގެން އާއްމުން ގެންދަނީ މަސްތުވާތަކެތީގެ މައްސަލަ އަނެއްކާވެސް އިތުރަށް ބޮޑުވެގެން ދިޔައީތޯ ސުވާލު ކުރަން ފަށާފައެވެ.

ނަމަވެސް މިކަމާއި ގުޅިގެން ފުލުހުން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

https://twitter.com/thyyms/status/1203371583173091328

ބައެއް މީހުން މީސް މީޑިއާގައި ބުނެފައި ވަނީ މަސްތުވެގެން މަގުމަތީގައި އުޅޭ މީހުންގެ އަދަދު އިތުރުވެފައި ވަނީ ޖަލުތަކުގައި ތިބި މަސްތުވާތަކެތި ބޭނުންކުރާ ކުށްވެރިން ދޫކުރަމުން ގެންދާތީއެވެ.

އަނެއްބަޔަކު ބުނާ ގޮތުގައި އެފަދަ މީހުން މަގުމަތީގައި ގިނަވެފައި ވަނީ މަސްތުވެގެން ތިއްބާ ފެންނަ ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ބައެއް ފަހަރު ގެންދިޔަ ނަމަވެސް ވަރަށް އަވަހަށް އެމީހުން ބަންދުން ދޫކޮށްލާތީއެވެ.

މީގެ ކުރިން ވެސް ދޭތެރެދޭތެރެއިން މަސްތުވެގެން މަގުމަތީގައި ތިބޭ މީހުން ގިނަވުމުން އާއްމުންގެ ޝަކުވާތައް އިތުރުވެފައި ވެއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރާ މަސައްކަތުން ނަތީޖާއެއް ނުފެންނަ ކަމުގެ ޝަކުވާ އަކީ ވެސް އާއްމުންގެ ގިނަ ދުވަސްވީ ޝަކުވާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. .......

    ބަޑިބޭހެއް މިގައުމަށް އެތެރެ ނުކުރެވޭ....އެކަމަކު މަސްތު އެތެރެ ކުރުން ނުހުއްޓުވޭ....އިހްލާސްތެރިކަން އުތުރި އަރަނީ...
    ޕޮލިޓިކްްްސް ގޭމް ތައްް ކުޅެެން ފުރުސަތު ދީގެން ވަރިހަމަ ޖަހައިގެން ތިބި ރައްޔިތުންގެ ހަރާންކޯރު ކަމާ އެވެ...

    60
    2
    • މަންޖެ

      ބަޑިބޭހުގެ ޑިމާންޓް އޮވޭތަ؟؟ ބޮޑު އަގުގައި ވިކޭތަ؟؟ ހަމަ ޚިޔާލެއް ފިކުރެއް ނެތި ކޮމެންޓް ކުރިއަސް ކަމަކުނުދާނެ.

  2. ހަމީދު

    އެއް ހަފްތާ ކުރިން ނުވަތަ ހަމަ ދެއްމެ ދެއްމެ ގެ ގޮތަށް މާ މޮލަށް ފުލުހުން ހޯދާ އިންޓަލެޖެންސް ރިޕޯތެއް އޮއްނަކަމަށްވޭ ހަމަ އެކަނި އެބަލާފާސްކުރާބަޔަކަށް 15 ވަރަކަށް ފުލުހުންތިބެ. އެކަމު މަގުމަތީގައި ބޭނުންކުރާ އެއްޗެއްބޭނުންކޮއްގެން ރޯމާދުވާލު ހާމައަށް ފެންނަން ހުއްޓަސް އެއްކަލަ (އިންޓަލް) އަކަށް ނުފެނެ އަދި ނުވެސް އަރާ. ވުންގާތް ކެމެރާގެ ލެންސް ހަލާކުވެފަ އިނީކަމަށްވެސް. އެއްމެ ފަހުން މަރާލި ޑުރައިވަރު ގެ ގާތިލުން ނުވަތަ ސައްކުކުރެވޭ ޒާތެއްގެ މީހެއްވެސް (އިންޓަލް) އަަކަށް ނުލިބެ ސިޔާސީ މީހުންފަހަތުންދުވެ ނަގަނީ

    37
  3. ހަސީބް

    އެމްޑީޕީ ވެރިކަމުގަ އޮންނަ ދުވަސްވަރު ތިޔަ މަންޒަރު އިތުރުވޭ.. މިއީ ތޯތޯ ވާހަކައެއް ނޫން.

    73
    6
  4. މާޗް

    މިއީ އަނެއް ދިވެހިރާއްޖެ.

    60
    2
  5. ބޮއްޅަބެ

    އެޖެންޑާ19 ތަފާތުވާނެ

    ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ

    65
    2
  6. ިޮފަލިނަރަ

    މިމީހުން ނަށް ފަ ރުވަަ ދޭން ޖެހެ

    23
    5
  7. އިންސާފް

    ވަގުތު ނޫހުން އިސްނަގައިގެން ޑުރަގާ އިދިކޮޅު ކެމްޕެއިނެއް ހިންގެވުން ވ.މުހިންމު. މި ސަރުކާރުގެ ހުރިހާ ބާރެއްއޮތްއިރުވެސް ރަނގަޅުކުރަން ބޭނުންނުވާކަމެއްތިއީ، ބޭނުން ވީމަ ސުޕުރީމުކޯޓާވެސް ކުޅެވޭ، ބޭނުން މީހަކު ޖަލަށްލެވޭ އެކަމަކު ގޭންގެއް ނުހުއްޓުވޭ މަސްތުވާތަކެތި އެތެރެވުން މަދެއްނުވޭ.

    25
    1
  8. Anonymous

    އެޖެންޑާ 19 ބޯން ޖެހޭނެ ބޮވެން ޖެހޭނެ. ކަލޭމެން ވޯޓް ދީގެން ގެނައި އެ ގަންޖާ 19 ތާހިރެއްނު

    36
    1
  9. ސަލާމަތީ ބިންތް ހަސަނިން

    ވަގުތު ކުދިން ކީވެތަ މަގޭ ކޮމެންޓް ނުޖަހަނީ ސަބަބު ބުނެދީބަލަ އޭރުން ގޯހެއް ވާނަމަ މިހިރީ ރަނގަޅު ކުރަން.

    15
    1
  10. އެޖެންޑާ 19

    ޗިޗަންޑާ 19 ވަރަށް ތަފާތުވާނެ. ބޯން ޖެހޭނެ ބޮވެންވެސް ވާނެ. އަބަދަކު އެންމެން ހަމައިގަ ތިބޭކަށް ނުޖެހޭ.

  11. އައިސާން

    މިއޮތީވާ ގައުމެއް.. ރައީސަކައް ހުރީ ބުދެއް.. ދެން މަޖިލީގުގެ ރައީސް ހީކުރަނީ ތިމާއަކީ ރާއްޖޭގެ ރައީސްކަމައް.. މުޅި ސަރުކާރުގައި ހުސް ލާދީނީ މީހުންނާއި ދީންގަބޫލު ނުކުރާ މީހުން.. ވެރީންތައް އަމިއްލަ އެދުމުގައި ޔަހޫދީންނާއި އަދި ގައުމުގެ ދުޝްމަނުންތަކަކާއި އެކު އެއްވަސްވުންތައް ހަދާ ގައުމުގެ ކުރިއެރުމާއި ދީން ވިއްކާލާފަ.. ރައްޔިތުން މިމީހުންގެ ލާދީނީ ކަމުންނާއި ލާދީނީ ހަރަކާތްތަކާއި ބަސްތަކުން ސަލާމަތް ނުވެވިފަ.. ގައުމުގެ އެންމެ އިސް ފަނޑިޔާރުންނައްވެސް ހަމަ އޭގެ މީހުން ލާފަ.. އިސްލާމީޝަރީއަތް ފުރަތަމަ ގަބޫލުކުރާ ބަޔެއްވެސް ނޫން.. ފުލުހުންނައް މީހަކު ކޮށާލިޔަސް 4 ކިލޯމީޓަރު ހަމަނުވާ މި މާލޭ ސަރަހައްދުން އެކަން ކުރިބަޔަކު ނުހޯދޭ.. ގައުމުގެ ޕާލިމަންޓުގެ ރައީސް ހުރެގެން ގައުނު ބަދުނާމުކޮއް މިތާގައި އަލްގައިދާ ޖަލު ހިންގަނީއޭ ކިޔާ ވާހަކަ ދައްކަނީ. މާތް ﷲ މި ނުބައިކަމުން ރާއްޖެ މިންޖު ކުރައްވައިފާނދޭވެ..

    2
    1
  12. ޢާދިލް

    އެންމެ ފަހުން ކީޚުތުބާގައި އޮތީ މަގުމަތީގެ އަދަބެއްގެ ގޮތުގައި ބެލުން ތިރިކުރުމަށް، އެހެންވެ އެކުދިން ބެލުން ތިރިކޮށްގެން އެތިބެނީ. ޢެކިމީހުންނަށް ބެލުން ތިރި ކުރެވޭނީ އެކިގޮތަށް. އެނީހުންނަށް ބެލުން ތިރިކުރެވެން އޮތްގޮތަކީ އެއީ.

  13. ހުސެން

    އެންމެނަށް އަބަދަކު ހަމަޔަކު ތިބޭނެކަމށް ހަމައިގެ ތިބި މީހުން ނުވިސްނާށޭ ބުނީ ކާކު ؟އެ ކުދިންނަށް މިކަމަށް ހިތަވަރުދޭ ބޮޑުވަޒީރު ގަންޖާބެއްޔާ ގެ ބަސް

  14. ވަޒީރެއާލާ

    ތިޔަވާހަކަ ދެއްކީމާ ރައީސް ސޯލިހު ކޯފާވެދާނެ. މިހާރު މަގުތައް އަމާންވެއްޖެ. ތިޔަވާނީ ޔާމީނުގެ ސަރުކާރުން ދޫކުރި ބަޔަކަށް.

  15. ޕީޖޭ

    ފުލުުހުން ކީކޭ ބުނާނީ؟؟ ޤާނޫނު އޮންނަ ގޮތުން ބޮއެގެން ހުރިކަމަކު އެއީ ކުށެއް ނޫން..ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވިޔަސް މީހާ ދޫކޮށްލަން ޖެހެނީ އެއްޗެއް ނެތިއްޔާ..ޤާނޫނު ތަކުން ފުލުހުންގެ ބާރުތައް ލިމިޓްކޮށްފައި ފުލުހުންގެ ވަރަ ބިންދާލާފައި ދެން ކީކޭ އެމީހުން ކިޔާނީ...ނުވިތާކަށް ޑްރަގް ބޯމީހުންނަށް މާފުދީ އެމީހުން އިވަލުއޭޓް ކުރާނެ ނިޒާމެއް ނެތި ދޫކުރަމުން އެގެންދަނީ އިންތިހާބަށް..

  16. ޖައިލަމް

    އިބޫ... ކީއްތަ ތިކުރަނީ ... މަގުމަތި އާންމު ރައްޔިތުންނަށް އަމާންތާކަށް ހަދައިދީ.... މީ ޑްރަގީންގެ ރަށަކަށް ހަދައިފި.... އެމްޑީޕީގެ ވައުދެއްނު ޑްރަގް ކޮންޓްރޯލް ކުރުން އެއީ...

  17. ޖ

    ބޭ ރުގައުމުތަކުގައި ގައިމުން މިކަހަލަގޮތަކައް އުޅޭމަންޒަރު ތަކެއްނުފެނޭ މިއޮއްކުޑަދިވެހި ރާއްޖެ މުސްލިމުގައުމެކޭބުނަން ލަދުވެސް ގަނޭ ޕޮލިހުންގެ ހު ރިނާގާބިލުކަން މިފެންނަނީ

  18. ރާޅުބިސް

    ބިރަކާނުލާ މަސްތުވުން އެޖެންޑާނަވާރަތަފާތުވާނެ އެޖެންޑާނަވާރައައް ވޯޓުދިންހުރިހާފަރާތަކައް ޝުކުރުކުރޭ އެއީ މިޤައުމުހަލާކުކުރަން ވޯޓުދިންފަރާތަކީ