މާލޭގެ ފިހާރައެއް ފަޅާލި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފިހާރައިގެ ތަޅު ހަލާކު ކޮށްލާފައިވާ މަންޒަރު ފެންނަ ފޮޓޯއަކާއި އެކު ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ ބޮޑުފުއްގަނޑު މަގުގައި ހުރި ފިހާރައެއް ފަޅާލަން މަސައްކަތް ކުރި 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ރޭ 03:00 ކަންހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި ވައްކަމުގައި އޭނާ ފިހާރައިގެން އެއްވެސް އެއްޗެއް ވަގަށް ނަގާފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފިހާރަތައް ފަޅާކުމާއި ވައްކަން ކުރުމަކީ އާއްމު ކަމެއް ނަމަވެސް ފިހާރަތައް ފަޅާލުން ފަދަ މައްސަލަތަކުގައި ބިދޭސީއަކު ހައްޔަރު ކުރުމަކީ އާއްމު ކަމެއް ނޫނެވެ.

ނަމަވެސް ރާއްޖޭގައި އުޅޭ ބިދޭސީން ވެސް އެންމެ ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ ގިނަ މައްސަލަތަކެއް މީގެ ކުރިން ވެސް ފާހަގަ ކުރެވިފައި ވެއެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު މިހާރު ދެލައްކަ އަށް ވުރެ ވެސް ގިނަ ވާނެ ކަމަށް ބެލެވޭއިރު އެމީހުން ރެގިއުލޭޓް ކުރެވޭނެ، އަދި އެމީހުންނަށް ޒިންމާވާނެ މީހަކު ނެތުމަކީ ގިނަ ބައެއްގެ ބޮޑު ކަންބޮޑުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތަކުރުބޭ

    ރައްޖޭގައި ތިބި ހުރިހާ ބަންގާޅިންތައް ޑީޕޯޓްކުރޭ!
    އެމީހުންނާ ހެދިި ދިވެހިންނަން ބޮޑު މުސީބާތަކައް ވެއްޖެއެއްނު!
    އިހައްދުވަހު ބަންގާޅިއަކު ދޮގުހަދައިގެން ސިފައިންގެ ގޮއްވާލާނެމޭ ބުނެ
    ގަވައިދާ ޙިލާފަށް ޕިކަޕަކާއެއްކޮއް ސިފައިންގެތެެރެއަށް ވަދުނީ! މިއަދު ބަންގާޅިއެއް ފިހާރަ ދޮރު ތަޅާލާފަ ވައްކަން ކުރަން އެ އުޅުނީ! އޭގެ އަނެއްދުވަހު މާލޭގައި ބަންގުރާ ކައްކަނިކޮއް ކިރިޔާ ގެ އަލިފާާނާ އެއްކޮއް ގެ ބޮޑައް ރޯ ނުހިފީ!
    ބަންގާޅިންނާ ހެދި ދިވެހިންގެ ފުރާނަޔައް ނުރައްކާވަނީ!

  2. މާމިގިލީ މީހާ

    މިއީ ސަރުކާރުގެ ކަޑަކަން. މުޅި މާލެއައް ބަލާލިޔަސް، މާލޭ މީހުންނައް ވުރެ ބަނގާޅީން ގިނަ. މާލޭ ސިޓީ ކިޔާނެ ކަމެއް ނެތް. ބަންގާޅީ ސިޓީ ކިޔާންވީ.

  3. ށުމަން

    މި ރާއްޖޭގައި ހިންގާ ބޮޑެތި ހުރިހާ ކުއްތަކެއްގެ އަޑީގަ ބަނގްލާދޭޝް މީހުން. ކުދި ވިޔަފާރި ތައް އެއްކޮއް ބަނގުރޫޓް ވަނީ. ޢަޅާލާނެ ފަރާތެއް ނެތް. ޥިޔަފާރީގެ އެއްވެސް ޓެކްސެއް މީރާ އަށް ދައްކަނީ އެއްނޫން.