އިދިިިކޮޅު ފަރާތް ތަކުން ޔާމީން ހުއްޓުވުމަށް ކުރިޔަށްގެންދާ ހަރަކާތް އިތުރަށް ވަރުގަދަ ކުރުމަށް ގދ.ފިޔޯރީ އެމްޑީޕީ ގޮފިން މަސައްކަތް ފަށައިފިއެވެ.

އިދިކޮޅު އެމްޑީޕީ ފިޔޯރީގެ ގޮފި ކަމަށްވާ "ގުޑިސަންފާ" ގޮފިން ވަނީ އެ ރަށުގައި ހުންނަ އެމްޑީޕީ ހަރުގޭގައި އިދިކޮޅު ހަރަކާތަށް ތާއިދުކުރައްވާ އެ ރަށު ރައްޔިތުންނާއެކު ހާއްސަ ބައްދަލުވުމެއް ބާއްވާފައެވެ.

"ގުޑިސަންފާ" ގޮފިން ބުނެފައިވާ ގޮތުގައި މި ބައްދަލުވުމާއެކު ރައީސް ޔާމީންގެ ސަރުކާރު 'ހުއްޓުވުމަށް' ފިޔޯރީގައި ގިނަ ހަރަކާތްތަކެއް ކުރިޔަށްއޮތް ތަނުގައި ހިންގާނެއެވެ.

މި ބައްދަލުވުމަކީ އިދިކޮޅު ފަރާތް ތަކުން ރައީސް ޔާމީން 'ހުއްޓުވުމަށް' ކުރިޔަށް ގެންދާ މަސައްކަތުގައި ފިޔޯރީގެ ބައިވެރިވުން އިތުރުކޮށް ފިޔޯރީގައި ރައީސް ޔާމީނަށް ތާއިދު ނެތްކަން ހާމަކޮށްދިނުމަށް ހިންގާނެ ހަރަކާތްތަކާ ގުޅޭގޮތުން ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އިދިކޮޅު ފަރާތް ތަކުން ސަރުކާރު ވައްޓާލަން ހަރަކާތް ތަށް ވަރުގަދަ ކުރަމުންދާއިރު ދިގު މެދުކެނޑުމަކަށް ފަހު ގުޅިފައިވާ އިދިކޮޅު ފަރާތަކުން ޖުމުހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް ޝިފާޒު ވިދާޅުވީ ބޮޑު މުޒާހަރާ އަކަށް ތައްޔާރު ވުމަށާއި އެދުވަހު ރައީސް ޔާމީން ކުޑަ ކަކޫ ޖައްސުވާނެ ކަމަށެވެ.

އިދިކޮޅުން ފަރާތް ތަކުން މިދިޔަ ފެބުރުއަރީ 16 ވަނަ ދުވަހު މުޅި ރާއްޖެއިން މީހުން ގެނެސްގެން "ހުއްޓުވާ" ނަމުގައި ބޮޑު އެއްވުމެއް މާލޭގައި ކުރިއަށް ގެންދިޔަ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައީ ގެޔަށް ވަންނާނީ ރައީސް ޔާމީން ހުއްޓުވާފައި ކަމަށެވެ. ނަމަވެސް އެރޭގެ މުޒާހަރާ ވަނީ ވަރަށް ފަސޭހައިން ރޫޅިގެން ގޮސްފައެވެ.

ސަރުކާރު ހުއްޓުވާ ސަރުކާރު ވައްޓާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ފެބްރުއަރީ 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާ އަށް ފަހު ޖެހިގެން އައި ދެރޭ ވެސް މުޒާހަރާ ކުރިއަށް ދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އިއުލާން ކުރި ނަމަވެސް ރޭ އެއްވެސް ވަރަކަށް މުޒާހަރާ ކުރިއަކަށް ނުދެއެވެ. އެރޭގެ މުޒާހަރާ އަށް އިދިކޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވެސް ވަޑައެއް ނުގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. Anonymous

  ގދ . ފިޔޯރީން ތިޔަ ހަރަކާތް ނުފަށާއިގެން މި ސަރުކާރު ނުވެއްޓި މިއޮތީ. ލޮލް

 2. ބުއްޅަބޭ

  ބޮޑޭ ކުރީގަ ހުރެގެން ރައްޔަތުން ގުބޯ ހައްދަނީ! ޕާޓީތަކަށް ލާރިދިނުން މަޑުޖައްސާލަންވީ! ޢަދި ސްޕްރީމް ކޯޓުން އެމްޑީޕީ އުވާލަންވީ!

 3. ލާހޫރޭ

  ގުޑި ސަންޕަ އޮޅާލަން ވީނުން މޮޔަގުނބޯ

 4. ފަސާދަ

  ލާދީނީފިކުރު މިރާްޖެއިން ހުފެލުމުގެ ހަރަކާތެއް ހިންގުން މާބުއްދުވެރިވެރިވާނެ. ޚާއްޞަކޮށް ފިޔޯރީއިން.

 5. ދަގަމާރުންތޭ

  ތިޔާ ފިޔޯރީގައި ތިބި ތެޔޮ ބިޑި ބޯ ދަ ލާދީނިއަނޭ މެން ކުރާ ކަމެއް އިތުރަށް ތެޔޮ ބިޑި ބޯން ވެގެން. ދެން ރަންރީނދޫ ޓްވިޓަރޭ މެން އައްޑޫ މަގުން ތެޔޮ ބިޑި ފޮނުވާނެ އެމެންނަށް ތިޔާއީ މަމެންނަށް ނޭގޭ ކަމެއް ނޫނޭ. ދަ ގަމާރުން އޮފް ދަ ރާއްޖެތެރެ އޭ މަމެން ބުނަން ނެތީމު ދޯ.

 6. ހުސޭނުބޭ

  ބުނަންތަ ރަގަޅު ވާކައެއް. ދުވެދުވެ އޮތް ބަހެއްގެ ނަގުލަކު ނުހިފޭނެ. ވީމާ ތިކަން ކަލޭމެން ހުއްޓާލުން ބުއްދިވެރި.