ބަންގްލަދޭޝްގައި ކިޔަވަން ހުއްޓާ މަރުވި ރައުދާ އާތިފްގެ މަރާއި މެދު އޭނާގެ ބައްޕަ ޑރ.މުހައްމަދު އާތިފް ދައްކަމުން ގެންދާ ވާހަކަތައް އަނެއްކާވެސް ތަކުރާރުކޮށް، ރިޔާސީ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އާތިފް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ރައުދާ މަރުވެފައި އޮއްވާ ކަރުން ނަގާފައިވާ ފޮޓޯތަކެއް ވެސް އާއްމު ކޮށްފައެވެ. އެ ފޮޓޯތަކުގައި ރައުދާގެ ކަރުގައި ހުރި ނިޝާންތައް ވެސް ފެންނަން ހުއްޓެވެ.

އާތިފް ފޭސްބުކްގައި ކުރި ޕޯސްޓްގައި ބުނެފައި ވަނީ ރައުދާ ދަންޖެހިފައި ހުއްޓާ ފެނުނު މީހަކު އަދި ޕޮޓޯއެއްވެސް ނުދެއްކުނު ކަމަށެވެ.

"އަހަރެންގެ މާމައަށްވެސް އެނގޭނެ ރޯނު ޖޯއްޔެއްގައި ގިނައިރު އޮތުމުން ބުރަކައްޓަށް އަރާނީ ރޯނުގެ ގެތުންކަން. ނަމަވެސް މަރު ކަމިޝަނުގައި ތިބި މީހުނަށް ނޭންގެނީތޯ ރައުދާގެ ކަރުގަހުރީ ސްކާފެއްގެ ނީޝާން ނޫންކަމެއް." އާތިފް ލިޔެފައި ވެއެވެ.

އާތިފް ބުނީ ރައުދާގެ ކަރުގައި ހިފާ މަރާލުމުން ކަރުގައި ހިފި މީހާގެ ތިން އިނގިއްޔާ ބޮޑުވާއިނގިލީގެ ނިޝަން ހުރިކަމަށް ރާޖްޝާހީ ޕޮލިސް އިންކުއެސްޓް ރިޕޯޓްގަވާކަމަށެވެ. "ރައުދާގެ މޫނުގައި އަނިޔާގެ ނިޝާން ވޭ. ޕޯސްޓް މޯޓަމް އޮޓޮޕްސީ ޕޮޓޯތަކުންވެސް މިކަން ޕްރޫވް ކޮށްދޭ. ރައުދާއަށް ޕޮނުވިކަމަށް ސީއައީޑީ ފުލުހުންބުނި ޓްވީޓާ މެސެޖު އައި އެކައުންޓް ހޯދުނުކަމަށް ހުސްނު ސޫދު ބުނޭ." އާތިފް އިތުރަށް ލިޔެފައި ވެއެވެ.

މިހުރިހާހެކި ހުރި އިރުވެސް މަރު ކޮމިޝަނުން ބުހުތާން ދޮގުހަދާ ރައުދާގެ މަރުގެ ހަގީގަތް އޮޅުވާލާ އާއިލާއަށް އިތުރު ހިތްދަތިކަމެއްދީ ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށް އާތިފް ބުންޏެވެ.

ރައުދާ ދަންޖެހިފަ ހުއްޓަ ފެނުނުމީހަކު އަދި ޕޮޓޮއެއްވެސް ނުދެއްކުނު.އަހަރެންގެ މާމައަށްވެސް އެނގޭނެ ރޯނު ޖޯއްޔެއްގަ...

Posted by Mohamed Athif on Saturday, December 7, 2019

ރައުދާގެ މަރާއި ގުޅޭ ރިޕޯޓް ރިޔާސީ ކޮމިޝަނުން ވެސް އަދި އެހެން އިދާރާއަކުން ވެސް މިހާތަނަށް އާއްމެއް ނުކުރެއެވެ. ނަމަވެސް ދައުރުވަމުންދާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ބަންގްލަދޭޝްގެ ފުލުހުން ހޯދި އަދި ތަޙްޤީޤުގައި ނިންމި ނިންމުންތަކަށް ބަދަލެއް އަންނަ ވަރުގެ ހޯދުމެއް ރިޔާސީ ކޮމިޝަނަށް ލިބިފައެއް ނެތެވެ.

ރައުދާގެ މަރާއި ގުޅިގެން ބަންގްލަދޭޝް ފުލުހުން ކުރި ތަޙްޤީޤާއި މެދު ވެސް އާތިފް އަންނަނީ ސުވާލު އުފައްދަމުންނެވެ. އާތިފް ރައުދާގެ މަރާއި މެދު ސުވާލު އުފައްދާތީ ރައުދާގެ ގަބުރު ނަގައިގެން ވެސް އޮޓޮޕްސީއެއް ހެދިއެވެ. ނަމަވެސް ހުރިހާ ރިޕޯޓަކުން ވެސް ދެއްކީ ރައުދާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ފިލާވަޅު

  އެއްވެސް ނަޔަކައް ތިޔަމީހުންނަކައް އިންސާފެއް ނުދެވޭނެ، އިންސާފު ކިޔާފަ ގުބޯ ހެއްދީ މޮޅު ކަމިޝަންތައް ހަދައިގެން. އެއްވެސް ރިޒަލްޓެއް ނުފެނޭ ނަތީޖާ ނުފެއްނަ އިންސާފު ތިޔައީ ނުވާކަންކަމުގެ ވަޢުދު ނުވާނީ

  124
  8
 2. މިއަދު

  ދިވެހިންގެތެރެއިން މަދަބަޔަކު ޤަބޫލުކުރިއަސް ރައިސްސާލިހު މަރުކޮމިޝަންގެ ނަމުގައި ކޮމިޝަނެއްއުފެއްދީ އެފަދަ މައްސަލަތަކުގައި ފުލުންނަށް ނުކުރެވިފައިހުރި އައުކަމެއްކުރާކަށްނޫން އެއީ ޕާޓީއަށްސުޢޫދުކޮށްދިންމަސައްކަތަށް ކޮރަޕްސަނާއި ރިސްވަތުނުހިމެނޭގޮތަށް ފައިސާއިން ބަދަލުދިނުމަށް މިއީ އެއްއަހަރެއްހާދުވަހުން އެކަންއެވަނީ ކޮށްދެވިފައި އަދި ސިޔާސީ އެކުޓިއުސްޓެއްގެގޮތުގައިހުރެ ފުރަތަމަފަހަރަށް ސުޢޫދު އެވަނީ ސްޕްރިންކޯޓްގެ ފަޑިޔާރަކަށް އައްޔަންކޮށްފައި ރައުދާގެ މަރާބެހޭގޮތުން އާޠިފް އެދައްކާ ވާހަކަތައް އެއީ ޙަޤީގަތްކަން ފޮޓޯތަކުން ސާބިތުވޭ

  29
  2
 3. ވަސީމާ ހުސައިންފަހުމީ

  އޭނަވަނީ އަމިއްލައަށް ދަންޖެހި މަރުވެފައި އާތިފުއާއި އޭނާގެ ބިޓުގެ ސަބަބުން ދިމާވި ހިތްދަތިކަމުގެ ސަބަބުން. އެހެންމީހެއްގެ ބޮލުގައި އިލްޒާާމް އަޅުވަންނޫޅެ ދެންވެސް މައިތިރިވެ އާތިފު ހުރެވޭތޯބަލާބަލަ، ދަރިއަށް އެއްވެސް އަޅާލުމެއްދިން މީހެއްނޫނެއްނު.

  12
  18
 4. ބޯކިބާ

  އާއިލާއިން ބޭނުންވާ އިންސާފަކީ ކޮބައިތޯ. ބޭރުގައުމެއްގަ ހިނގި ކަމެއްގަ އެގައުމުގެ އިދާރާތަކުން ގޮތްނިންމާފަނޫންތޯ އެއޮތީ. ހުސްނުއްސުއޫދު ތީގަ ވަކި ކީއްތޯކުރާނީ. ތިޕޮޓޯތައް ދައްކަންވީ ބަންގާޅު ފުލުހުންނަށްނޫންތޯ.

  9
  21
 5. ހިތާމަ

  ތިޔަ ސޫދަކީ، ޕަޕެޓެއްކަން މިހާރު ކަލޭމެންނަށް ކަށަވަރުވާނެ. ދެން އިންސާފު ހޯދައިދޭން އެ ޕަޕެޓު އެ ލަނީ އެންމެ މަތީ ކޯޓަށް. ދެން ކަލޭމެން ވިސްނަންވީ މިގައުމުގައި އިންސާފު ހޯދޭނެ މަގު ބަންދުވީކަން ހުޅުވުނީކަން. ސޫދަށް ތުހުމަތުކުރާ އެއްވެސް ކަމެއްވެސް ބެލޭނެ އެއްގޮތެއްވެސް ދެން ނޯންނާނެ. ބަލާނެ ބަޔަކު ދެން މިގައުމަކު ނެތް. ސިޔާސީ އެކްޓިވިސްޓެއްކަން އެންމެންނަށް އެނގި ފާޅުވާއިރުވެސް އެކަކުވެސް އަޅައެއްނުލާ ތި ތިބެނީ ދޮޅީގައި އަތްވިއްދައިގެން އަނގަބަންދުކޮށްގެން. އެ ސޫދަށް ތުހުމަތުކުރާ ބޮޑެތި މައްސަލަތައް އެނގި ފާޅުވާއިރުވެސް ސަރުކާރުން އޭނަ އެ އައްޔަނުކުރަނީ މަތީ ކޯޓަށް. ގައުމަށް ސަލާން.

  20
  2
 6. އިންސާފު

  އިންސާފު ލިބޭނީ މަހުސަރު ބިމުގައި މިދުނިޔޭގައި އިންސާފު ހޯދަން ނޫޅޭ މޮޅު ނަންނަމުގައި ތަންތަން ހަދާނެ ވާނެ ކަމެއް ހަރާމް ފްލެޓް ކޮމެޓީން ތޮލާލު އަދި މުއިއްޒު އިސްތިއުފާ ދިނީ ކުރިއަށް ވުރެ ގޯސްކޮށް ލިސްޓް ތައްޔާރު ކުރާތީ އަދި ދެން ހުރި މީހާ ވެސް ވަރަށް އަވަހަށް އިސްތިއުފާދޭނެ.... އިސްތިއުފާ ދެއްވި ތަނުން އެއް ބޭފުޅަކު ވިދާޅުވި ކުރިންއޮތް ލިސްޓް ވެސް މާރަނގަޅޭ.... މިހާރު ތައްޔާރު ކުރަނީ ސީދާ އެމް ޑީ ޕީ މީހުންނަށް އިސްކަން ދޭ ލިސްޓެކޭ ... ހުރި ހިތާމައެއްގެ ބޮޑު ކަމާ...... އިންސާފުގެ މަގަށް މިހިރަގެންދަނީ ......

  17
 7. ހަމީދު

  މަށްސަލައެއްނެތްތާ ރައްޔިތުންނަށް އެއިރު ދަށްކަމުން ގޮވަމުން އައީ ސިޔާސީ ފަރާތްތަކުން ކޮމިސަންތަށް ހަލާކުކޮއް ވަކިމީހަކު ބުނާގޮތޭހަދަނީ! މިހާރު މިކިހިނެތް މިވަނީ، މަރުކޮމިސަންގެ ބޮޑަށް ހުރި ސިޔާސީ އެކްޓަރ މިއަދު މިވަނީ އެކޮމިސަނުން ދެމުންދިޔަ 50،000 ބޮޑު މުސާރައިން އެކަހެރިވެ ފެށުނީންސުރެ ތަހުތުގެ ހުވަފެން ދެކެމުން އައި އަޅިކަން ސްޕްރީމްކޯޓްގެ ފަނޑިޔާރުކަން ލިބި 77000 ގާތްކުރާވަރު ކަށަވަރުކޮއްފަ. އަނެއްކާ ބޮރޮޑްކޮމް އަށްވެސް ސިޔާސީފަރާތެއް.

  13
 8. ބަރުކޮމިޝަން

  އެ އުޅެނީ ބަންގްލަދޭޝްއާ ދިވެހި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވެދާނެތީ. އެހެންވެ އަމިއްލަ އަށް މަރުވީއޭ ކިޔާފަ އަވަހަށް ރިޕޯޓު ނެރުނީ، މިއީ އާދައިގެ ކަމެއް ނޫން

  17
  3
 9. ޖަހާންގީރު

  ވޯޓް ވަގު ސެކިއުލަރ ސަރުކާރުން ހެޔޮ ކަމެއް ކުރާނެތަ

  13
  4
 10. އައޫފް

  ވެރިކަން ހޯދުމަށް ކުރި ވައުދު ތަކެއްގެ އަވައި ގައި ޖެހިފަ ޤަވްމަށް ގައްދާރުވީ ގިނަ ރައްޔިތުން.

  45
  4
 11. ނިކް

  ދެން އާތިފްވެއްޖެއްނު ތިތަ މައްސަލައިގަ ތިޔަ ހުރި ހެކިތަކާއެކު ކޯޓަކަށް ހުށަހަޅާނަ އެއީ ދަންޖެހިގެން މަރުވީކަމަށް ކަނޑައަޅައިދޭން..

  4
  7
 12. އައިސް

  އައޫފް ރަށްޔަތުންނެއް ނޫން ގައްދާރުވީކީ ރަށްޔަތުމްގެ ވޯޓު އޮޅުވާލައި ރަށްޔަތުން ނަށް މިހާލުޖެއްސީ އީސީޝަރީފް އޭނަޔަށް ހައްޤުއަދަބު ދިނުމަށްޓަކައި ދިވެހިރާއްޖެއިން ހަވަރުނިކުތުމަކީ ދިވެހިގަޤައުމާއި އިސްލާމްދީނުގެ ހައްޤުގައި ކުރެވޭޖިހާދެއްފަދައެވެ.

  10
  2
 13. އަބޯ

  މި ކޮމިސަނުން ނެރުނު 3 ރިޕޯޓަކީ ހަގީގީ ގާތިލުން ފޮރުވަން ނެރުނު ރިޕޯޓް ތަކެއްކަމ،ަށް ސައްކުކުރެވޭ .އަފްރާސީމާ ރިޒްވާން އެއީ މިހާރު ބާރުގާ ހުރި މީހެއްގެ އޯޑަރަށް ހިންގާފައިވާ ޖަރީމާ އެއްކަމަށް ތުހުމަތު ކުރެވޭ. ސަބަބަކީ ރިޕޯޓް ނުކުތުމާއެކު ރިޕޯޓް ގަ ނުބުނާ ވަހަކަތަކެއް އަމިއްލަޔަށް ބޭފުޅަކު ތައްޔާރު ކޮށްގެން ކުރަމުންދިޔަ ކަންކަން .އަފަރާސީމް ގެ ގާތިލު ހުމާމު އެބަބުނޭ އފަރާސީމް މަރަން އެދުނުމީހުން އޭނަގާތު ބުނިކަމަށް އޭނަމަރަނީ ނަސީދުއާދެކޮޅަށް އަފްރާސީމް ދެއްކި ވާހަކަތަކުގެ ސަބަބުންކަމަށް. އެ ވީޑިޔޯ ނޫންނަމަވެސް ނަސިދާ ދެކޮޅަށް އަފްރާސީމް ވާހަކަދައްކާފަ ހުރި ގިނަ ވީޑިޔޯތަކެއް ޔޫޓިއުބުގަ އެބަހުރި އަދި ހުމާމް ގެ ހަށިގަޑުން އަފްރާސީމްގެ ލޭއާއި ޑިއެންއޭ ވެސް ފުލުހުން ހޯދާފަ ވަނިކޮށް އަދި ހުމާމް އިއުތިރާފްވެފާ ވަނިކޮށް ހުމާމަކީ އަނިޔާލިބޭ މައުސޫމް މީހެއްކަމަށް ދައްކަން އދ ވޯކިންގްރޫޕަށް ހުށަހަޅައިގެނ1ގެންދިޔަގެންދިއުމާ އަފްރާސީމް އަވަހާރަކުހަން އުސްފަސްގަނޑުގާ ލިޔެ ބަހައްޓާފަ ހުރިކަމަށް މިހާރު މަރުކޮމިސަނުގާ އިންނަވާ ބޭފުޅަކު ސީނެން އެމް ނޫހުގެ ލިއުއްވި ހަބަރެއްގާވެސް އޮތް ވީމާ މަރުކޮމިސަނުން ބަޔަކު ސަލާމަތް ކުރަން ރާވައިގެން އުޅެނީކަމަށް ސައްކުކުރެވޭ ވަރު ނުވޭބާ؟

  18
  1
 14. މަރުއުއްތަމަ

  ނޮވެންބަރު 1 ގަ ބުނި "މި ހަފްތާ" އަދި ނާދޭ. އައީމަ ރިޕޯޓް އާންމު ކުރާނެ.

 15. އައިސް

  ރައުދާގެ މަރުގައި ރީދުލާއި ގުޅުމެއްވާނަމަ މަރުކޮމިޝަނުން ނިންމާނީ ރައުދާ އަމިއްލަޔަށް މަރުވިކަމަށެވެ. ޢެހެންކަމުން ރައުދާ އަމިއްލަޔަށް މަރުވި ސަބަބު މަރުކޮމިޝަނުން ބުނެދޭންޖެހޭނެއެވެ. ހަމަޔަޤީނުންވެސް ރައުދާއަކީ އުންމީދު ތަކަކާއެކު ކުރިޔަށް ދިއުމަށް މަސަތްކަތް ކުރަމުންދިޔަކުއްޖެކެވެ. ފޮނިއުންމީދުތަކެއް އޮވެއެއުންމީދުތައް ހާސިލްކުރަން މަސަތްކަތް ކުރާ ކުއްޖަަކުއަމިއްލަޔައްމަރެއްނުވާނެއެވެ. ﷲ ރައުދާގެބައްޕައަށް ކެތްތެރިކަންދެއްވައި ރައުދާގެ މަރުގެ ސިއްރުވެރިޔާ ހޯދޭނެމަގެއް ﷲ މެދުވެރި ކުރަށްވާށި އާމީން

  20
  1
 16. ާއައްޑޫ އަލިބެއްޔާ

  ޢާތިފޫ. ސޫދައް އެއްޗިސް ނުގޮވާ. ކަލޭ ވެސް ވޯޓު އެޅީ ސަދޫމު ކޯޓު ބައިގަަޑަށް. ޔާމިން ކަމުނުގޮސް ގެން . ދެން ވެސް ވިސްނާތީ 2023 ގަ ވޯޓު ނުދޭން ...

  7
  5
 17. އައިޝ

  ނިކް ތިބޭފުޅާގެ ދަރިޔެއް ނޫނީ އާއިލީ ބޭފުޅެއް އެގޮތަށް ދަންޖެހި މަރުވެފައި ހުއްޓާފެނުމުންއަދިޝައްކުވާ ނިޝާން ތަކެއް ފެންނަން ހުރިޔަސް އަޅާނުލައި އަމިލަޔަށް ދަންޖެހުނު ކަމަށްނިން މާނީތޯ ތިފަދަ އިންސާނުންނަށް ﷲ ހެޔޮވިސްނުން ދެއްވައި ތެދުމަގު ދައްކަވާށި އާމިން

  10
 18. ރައްޔިތުން

  މަރު ކޮމިޝަނުން ހަދާފައި އެވަނީ ރޯމަރުގޯސް ތަހުގީގެއް. އަދި މަރުގޯސް ރިޕޯޓެއް.

  10
 19. ފާއިޒް

  ރައުދާ ބޮޑުވަމުން އައީ ހަމަ އެކަނި އޭނަގެ މަންމަ ގުލާނު ކޮއްގެން އޭނަ ފުރާ ފުރިހަމަވެ ހެޔޮވިސްނޭ ވަރު ވުމުން އާތިފް ނުބައި ނުލަފާ މަކަރުވެރިކަން ހިތައްއަރާ އަމިއްލަ އައް މަރުވީ ދެން މަރުވީމަ ދަރިންދެކެ މާލޯބިވާކަމައް ހެދޭނެ ކަމެއްނެތް