ސުޕްރީމް ކޯޓުގެ ފަނޑިޔަރުކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ، ހުސްނުއް ސުއޫދު، މަރުތަކާއި ބެހޭ ކޮމިޝަންގެ ރައީސްކަމުން އިސްތިއުފާދެއްވައިފިއެވެ.

އެ ކޮމިޝަންގެ ރައީސް ކަމުން ސުއޫދު އިސްތިއުފާ ދެއްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު "ވަގުތު"އަށް ކަށަވަރުކޮށްދެެއެެވެ.

ބެލެވޭގޮތުގައި، ސުއޫދު އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާއި ގުޅިގެންނެވެ. އޭނާ ފަނޑިޔާރު ކަމަށް ގެންނަން މަޖިލީހުން ފާސްކޮށްފައި ވަނީ އިއްޔެ އެވެ.

ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ފާސްކޮށްފައި ވަނީ، 64 މެންބަރުން ވޯޓުންނެވެ.

ހުސްނުއް ސުއޫދަކީ ސިޔާސީ ބޭފުޅެކެވެ. އޭނާ ވަނީ ސިޔާސީ ބައެއް ބޭފުޅުންގެ ކެމްޕޭން ތަކުގައި ބައިވެރިވުމުގެ އިތުރުން، ސިޔާސީ ބޭފުޅުންނާއި ދެކޮޅަށް ޓްވީޓްވެސް ކުރައްވާފައެވެ.

އޭގެ އިތުރުން އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ސުއޫދު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަނައިބު ކަން ވެސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކިބޫ

    ކިހިނެއްވީބާ؟ އަނެއްކާ އެމް.ޑީ.ޕީ ވަރިކުރީތަ؟

    2
    1
  2. ހަސަންބެ

    ކޮބާ ހޯދާދެވުން އިންސާފަކީ؟ އަމިއްލަ އެދުމުން ފޯވެފަ. ގައުމު ހަލާކުވެއްޖެ

  3. ލައިކާ

    އިސްތިއުފާ ދީފަ ގެޔަށްދޭ... ސުއޫދަކީ ދިވެހިރާއްޖެ ފިތުނަ ކުރަން އުޅޭ ވަރަށް އަމިއްލަ އެދުމަށް އެކަނި އުޅޭ ލޯޔަރެއް... މީނަ ދިވެހި ރާއްޖޭގެ އާންމު ރައްޔިތަކަށް ކޮށްދިނީ ކޮންކަމެއް.... މީނަ މިމަގާމުގަ ހުރެގެން އަޅެ ނުހައްގުން މަރާލި އެއްވެސް އާދައިގެ ދިވެހި ރައްޔިތެއްގެ ނުހައްގު މަރު ބެލިތަ... ރިޕޯޓެއް ލިއުންތަ.... އިންސާފެއް ހޯދައިދިންތަ

  4. ސަންގުމަރު މަރު ކޮމިޝަން

    އަޅުގަޑު ހިތަށް އަރާ މި މީހުން މަގާމުތަކަށް މީހުން ހޮވާ އިރުގަ ދެލޯ އަދިރީ ބާއޭ.... މަރު ކޮމިޝަނުގަ ހުރިއިރު އެއްވެސް ކަމެއް ކުރެވުނީކީ ނޫން... ދެން މިހޮވީ ފަޑިޔާރުކަމަށް... ތިޔަށް ވުރެން ރަގަޅުވާނެ ނުކުޅެދޭ ކުއްޖަކަށް ތި މަގާމު ދިނުން.... ސުއޫދު ގޮތަށް އެ މީހާވެސް ހުންނާނެ ... ނުކުޅެދޭ ކުއްޖަކަށް އެ ލާރިކޮޅު ދިނުން މާ ރަގަޅު ރައްޔިތުންގެ ޓެކްސް ލާރިން

  5. ކޮޔާލޮލް

    މުޅިޤައުމު މަރޭމަރޭ ކިޔައި ހަނާ އެރުވުމަށްފަހު ދެން އިތުރު ގޮތެއްނެތީމާ ވަކިވީ ދޯ މަނުދެކެން މިވަރުގެ ބޮޑު ދޮގުވެރިއެއް

  6. މުހައްމަދުބެ

    ތިއޮތީ ފަންޑިޔާރުގެ އިސްލާހު ކުރެވިފަ؟ ހަމަ އެމީހުންގެ ބޭނުން ކަންކަން ނުވާތީ ފަޑިޔާރުގެ ގޯހީ. މަކަރުވެރި ބައެއްމީ.

  7. ސަންތިމަރިޔަބު

    ހަމަ ހީޙީ ހަލާކުވެދާނެއެއްނު! މަރުކޮމިސަނުގެ ހުރިހާ މައްސަލައެއް ތަހުގީގު ކޮށްފީމޭކިޔާ ބަޔަކު އެއްތައް ދުވަހެއްގެ މަސައްކަތުން ހޯދާ އެކުލަވާލާފާވާ ރިޕޯޜަކަށް ފޮނިތޮށި ކާފޫރުތޮޅި އަޅާ ތިމަތިމާމެން ބޭނުން ވާބަޔަކު ހަށްޔަރުކުރެވޭގޮތަށް އަދި ތިމަތިމާމެން ބޭނުން ނުވާ މީހުން މިނިވަންވާގޮތަށް ރިޕޯޓެއް ތައްޔާރުކޮށްފާ އިސްތިއުފާދީފާގޮސް އެންމެ މަތީ ކޯޓްގާއި ތިމާ ތަހުގީގު ކުރިމަށްސަލަތަކަށް ހުކުމް ކުރަން އިނީމަ މިފެންނަނީ ދީންމުގުރާތީ ނިރާމުގެ ކިބަޅިފަރާތް ދެއްތޯ؟ ދެން ވިދާޅުވާނެ ތިމަން މަނިކުފާނު ތަނާޒުލްވަމޭ އެކަމަކު މުޅިއޮޑިގަ ހަސަނުގެ ދެފާއި ހަމަހިނި އަންނަނީ