މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް، އެމްޑީއެން އެމްޑީއެން ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅަކާމެދު ސަމާލުވެތިބުމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ރޭ ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމުުގައި ބައެއް އާންމުން ކޮށްފައިވާ ސުވާލުތަކަށް ޖަވާބުދެއްވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްއެންޑީއެން ފަދަ ޖަމިއްޔާތައް އުވާލަން ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

އިލްޔާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީއެން ދިފާއުކުރުމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި އެމްޑީއެން ދިފާއުކޮށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅަކާމެދު ސަމާލުވެ ތިބުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކޮށްފައި ވެއެވެ.

"އެމްޑީއެން އުވާލުމަށް ރައްޔިތުން ގޮވާލުމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ ޖަމިއްޔާ އުވާލަން ނިންމެވީމާވެސް، އެމްޑީއެން ދިފާއުކޮށް ވަކާލާތު ކުރާ ބޭފުޅަކާމެދު ރައްޔިތުން ސަމާލުވެ ތިއްބެވުމަށް އިލްތިމާސް ކުރަން. މުސްލިމުންނަކީ ފާޅުގައި ދީނާ ހިލާފް ފަލްސަފާ ފަތުރާ މީހަކަށް ތާއީދު ކުރާ ބައެއް ނޫން." ޝެއިޚް އިލްޔާސް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

"އާސްކް ސްޕީކާ" ޕްރޮގްރާމުގައި ރައީސް ނަޝީދު ވިދާޅުވީ ޖަމިއްޔާއަކުން އޭގެ ޒާތުގައި ކުށެއް ނުކުރާނެ ކަމަށާއި ކުށް ކުރާނީ އެ ޖަމިއްޔާއެއްގައި އުޅޭ މީހެއް ކަމަށެވެ. އެހެންކަމުން ޖަމިއްޔާއެއްގައި އުޅޭ މީހަކު ކުރާ ކުށެއްގެ އަދަބު ދޭން ޖެހޭނީ މީހަކަށް ކަމަށާއި އޭގެ ސަބަބުން ޖަމިއްޔާއަށް އަދަބެއް ދޭން ވިސްނުމަކީ ނުރައްކާތެރި ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ބީވާ

    ބުނަން ކަލޭ ފކ ނުކިޔާ. ޤައުމެއްގެ އިސްލާމް ދީނާ ވަހުދަތާއި ފޭރިގަތީ ރައްޔިތުންނަށް ތިޔަ މީހުން އޮޅުވާލުމަށްފަހު. އިމްރާން، އިލްޔާސް އަދި ޑަކުޓަރު އަޔާޒް. ﷲ ޙަޞްރަތުގައި މިކަމަށް ޖަވާބުދާރީ ވާން ޖެހޭނެ.

    61
    4
  2. ދިވެހި ފޭރާން

    ބުރަދަރ! ތިޔަބޭފުޅާ ތިޔަވާހަކަ ދެއްކުން މިހާރު ރީއްޗެއް ނޫން، ސެކިއުލަރިސްޓުން ވެރިކަމަށް ގެނައުމުގަ ފަރުދީ ގޮތުން އެންމެބޮޑު ރޯލެއް އަދާކޮއް މިއަދު އެކަމުގެ ޒިންމާ ނަގަންޖެހޭ ބޭފުޅަކީ ތީ ! ފުރަތަމަ ދިވެހި ރައްޔިތުން ކިބައިން މާފައްއެދިލައްވާ

    63
    2
  3. ަައަހްމަދު

    ހައްގު ބަސް ބުނަން ފަސް ނުޖެހޭ ޖަވާބު ދާރީ ވާން ޖެހޭނެ ދުވަހެއް އަންނާނެ

    32
  4. ސަމީ

    އެއީ އިލްޔާސްމެން ބައިޢަތު ހިފައިގެން ވެރިކަމަށް ގެނުވިބައެއް، މިޤައުމުގެ މިހާރުގެ ރައީސާ އަދި ކެނެރީގޭ ނަޝީދަކީ އެކައއްޗެއް އެކަން އަދިވެސް ނޭންގެނީތަ، ތިކަމުގެ ބޮޑު ޒިންމާ އެއް އަދާލަތު ގަ ތިބި ބޮޑުން ހިފަން ޖެހޭނެ

    33
    • ދޮގެއް؟

      ނޭނގެނީކީ ނޫން. ނުބައީ. ނުލަފައީ. ޖައްބާރީ. ލަދުހަޔާތް މަދީ. ގޮތްކުޑައީ.

      15
      1
    • ދޮގެއް؟

      ނޭނގެނީކީ ނޫން. ނުބައީ. ނުލަފައީ. ޖައްބާރީ. ލަދުހަޔާތް މަދީ. ގޮތްކުޑައީ

      12
  5. އެހެންތަ

    ނުކުރާނަން ދެފަހަރު މިހާރު ދެފަހަރު ލަނޑުދީފި

    16
  6. ސައިއްޓޭ ރ އުނގޫފާރު

    ހޭބަލިނުވޭ ﷲ ގެ ތަނަވަސް ރަހުމަތާއެކު މަމެން މިޤައުމް ހަމަ މަގައް އަޅުވާނީ ކަލޯއާއެކު މި ފަނާކުރަނިވި ދުނިޔޭގެދަޅާގައިޖެހި މުދަލާއި ފައިސާ އަދި މަޤާމްގެ ދަހިވެތިކަމުގަ ޖެހުން އިމްރާން އާއި ޒައިދް އަދި އިޔާޒް އާއި ކަލޭގެވެސް އެހީތެރިކަމާނުލާ ﷲގެ އިރާދަފުޅާއެކު މިހާރު ކަލޭގެ ވާހަކަ ޤަބޫލް ކުރާނެ މީހަކު މި ދިވެހި އުޑުދަށަކުނެތް އެންމެ ބޮޑު މުނާފިގު އަންނިވެސް ގަބޫލް ނުކުރެ

    26
    1
  7. Anonymous

    ބުނަން ޝޭޚޫ ތިބޭފުޅާ ފާޑުފާޑުގެ ޓްވީޓް ތައް ކުރުމުގެ ކުރިން ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދެން ޖެހޭ. ތިބޭފުޅާ ނޫންތަ ދުޢާދެއްވާފަ ވާ ވެރިޔެކޭ ބުނީ. . އެހެން ކިޔައިގެން ރައްޔިތުން ލައްވާ ވޯޓް އެޅުވީ. ލަދުކޮބާތޯ. އަހަރެމެންނަށް އޭރު ވެސް އެނގޭ ލަނޑަޔާވާނީ ލަނޑަޔާކަން. . ދެން ވެސް އިދިކޮޅާއި ގުޅިގެން މިޤައުމުގެދީނާއި މިނިވަން ސަލާމަތް ކުރަން ނުކުންނަށް ވީ

    20
    2
  8. Anonymous

    އަރެމެންނަށް އޭރު ވެސް އެނގޭ އެމްޑީޕީ ގެ ގޮތް. ނަމުން ސޯލިޙެއް ނިކުމެ މިޝޭޚުން ތައް ގަޅި ހައްދާލީއޭ ހާހާހާ. މިޝޭޚުންނަކާއި ހެދި ދިވެހި ރައްޔިތުން ނަށް ހުރިހާ ދެރައެއް. އެކަމުގެ ހިތިރަހަ ވ. ރަނގަޅަށް ލަމުންދާކަމަށް އަދިވެސް އެއްބަސް ނުވަން ދޯ ތިއުޅެނީ. މިނިވަން މުސްތަޤިއްލު ޤައުމެއް ފުޑާލުމުގައި ތިބޭފުޅާ މެން ފުރިހަމަ ޒިންމާ ނަންގަވާ. ޑރ.އިޔާޒް ފަހުން ވެސް ސޯލިޙް ބައްދަލު ކޮށްފައި ބުނި ނަމާއި އެއްގޮތަށް ސޯލިޙު ރައީސެއް ކަމަށް. . މުއުމިނުންގެ ގަޔަކަށް އެއް ހަރަކުން ދެފަހަރަކަށް ކަށި ނުޖެހޭނެކަންވެސް މިކަލޭގެ ނުދެނެ ހުރީބާ ޝޭހުނަށް ވ. ވެދުން

    14
    1
  9. ހަސަނު

    ކޮންމެމީހަކުވެސް އެމީހަކު ކުރިއަމަލަކަށް ޖަވާބުދާރީވާންޖެހޭނެ. ﷲ ޢާއި ރަސޫލާއަށް ފުރައްސާރަކުރާމީހުނަށް ފުރައްސާރަކުރަން ﷲޢާއި ރަސޫލާއަންގަވާފައެއްނެތް. މަހުޝަރު ދުވަހު އަމިއްލައަށް ސާބިތުކޮށް ނުދެވޭނެކަންކަމުގަ މީހުންގެ މޮޅަމަސް ކެއުން ބުއްދިވެރިއެއްނުން. ދީނީ އިލްމުވެރިއަކާ އެއްޗެއް ނޭގޭމީހަކާ އެއްގޮތްނުވާނެ

  10. ?ރޮނޑާ

    ކަލޭމެމެންތީ ލަދު ކުޑަ ބައެއް. ރައިއްޔަތުން ވޯޓު ނުދިނީމަ ކަލޭ މެން ރުޅިގަނޑު ބާލަނީ ޝެއިހު އިލްޔާސް އައް. ކަލޭ މެން ބަވާބަލަ ރައިއްޔަތުންނައް. އަހަރެން ވޯޓު ދިނީ އަހަންނަ ފެންނަ މީހަކައް. ދެން ވެސް ވަކި މީހަކު ބުނީތީ މަމީ ވޯޓެއް ދޭނެ މީހެއް ނޫން. އަހަރެން ދިންވޯޓަކާ އިލްޔާސަކާއި އެއްވެސް ގުޅުމެއް ނެތް. ކީއްވެ އިލްޔާސްވއާއި ދިމާކުރަނީ. ކަލޭ މެން ތީ މޮޔަ ބަޔެއް ދޯ.

  11. ލާލު

    އިލްޔާސް ތަދައްކާ ދޮގަވާހަކަ އަޑައާހަކައް ނިހިނގަމާ ތޭމުނާފިގައް ތޭބަހުލޫލައް

    3
    1
  12. ދޮންބެ

    މުސްލިމުންނަކީ ފާޅުގައި ދީނާ ހިލާފް ފަލްސަފާ ފަތުރާ މީހަކަށް ތާއީދު ކުރާ ބައެއް ނޫން ކަމަށް އިލްޔާސް ވިދާޅުވާއިރު، ރަސޫލާ ދުއާ ދެންނެވި މީހުންނޭ ކިޔައިގެން ރައްޔިތުންނަށް އޮޅުވާލައިގެން ލާދީނީ މީހުންނަށް ވެރިކަން ހޯދައިދޭން މަސައްކަތްކުރީ ކޮންބައެއްބާ؟