ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިނިވަން ކޮށްދިނުމަށް އެދި، އިދިކޮޅު ކޯލިޝަނުގެ ލީޑަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމާއި ގުޅޭ ގޮތުން އިދިކޮޅު ކޯލިޝަންގެ ފަރާތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އެނގިފައިވާގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވިގެންދިޔައި ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ދިޔަ ގޮތާއި، އެމަނިކުފާނު މިނިވަން ކުރުމާއި ގުޅޭ ގޮތުންނެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރުން ރައީސް ސާލިހާއި ބައްދަލުކުރެއްވުމަށްފަހު ރައީސް އޮފީސް ކައިރީގައި - ވަގުތު އިމޭޖްސް

މަނީ ލޯންޑަރިންގ ގެ ކުށް ސާބިތުވެ ރައީސް ޔާމިން އަންނަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. ރައީސް ޔާމީނުގެ މައްޗަށް ހުކުމް އިއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރުން ރައީސް ސާލިހާއި ބައްދަލުކުރެއްވުމަށްފަހު ރައީސް އޮފީސް ކައިރީގައި - ވަގުތު އިމޭޖްސް

ރައީސް ޔާމީނަށް ހުކުމް އިއްވުމާއި ގުޅިގެން އެމަނިކުފާނު މިނިވަންކުރުމަށް އިދިކޮޅު ކޯލިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމަނިކުފާނަށް އިއްވި ޖަލު ހުކުމާއި ގުޅޭ ތަފްސީލް ބައިނަލްއަގްވާމީ ފަރާތްތަކާއި ވަނީ ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މަހާރެހެންދި ވިތް ޓިނުވަގު?

    ޔާގުންޑާ ޖަލުން ދޫނުކުޜާތި.?????????????????

    15
    65
  2. ހޭކެނޑޭ

    މާލޭގެ ޖަލު ތަކުގައި ތިބި ހުރިހާ ކުއްވެރިންވެސް މިނިވަން ކުރަންޖޭނެ ކަމަށް ދެކެން.

    13
    46
  3. ނޫރީ

    ރައީސާ ބައްދަލްކުރަން ލަދު ނުގަނޭތަ؟
    ކަމަކާ ނުލައި ރައީސް ޖަލަށްލީ މީހާ ޖަލުގައި ހުރެ މީހުން ފޮނުވަނީ.
    ހަފުތާވީއިރު ކެތްނުކުރެވިގެން. ކުރިީގެ އިދިކޮޅު މީހުން ޖަލުގައި ތިބިއިރު، ބައްދަލްވެސްނުކޮށް ޔާމީނު ވިދާޅުވީ ކޯޓުން ހުކުމްކުރީމާ ތިމަންނަ ބުނާނެ އެއްޗެއް ނެތޭ.
    ބޭރަށް ދިޔާމާ ރައީސަށޭ ތިކަންކުރެވޭނީ ބުނީތޯއްޗެއް.
    އިހަށްރޭވެސް ބުނީ ތިމަންމެން ދައްކާނަމޭ ޔާމީނު މިނިވަންކޮށްފަ ރައީސް ސާލިހަށް.

    17
    40
    • Anonymous

      އެއީ އެމްޑީޕީ މީހުންގެ ރައީސްދޯ

      27
      4
    • އައިޝާ

      މޮޔަނުވޭ އެއީ މިގައުމުގެ ރައީސޭ ކިޔާމީހެއް
      ނުޖެހޭ ލަދުގަންނާކަށް

      20
      4
    • އަހްމަދު

      ރައީސްކަމުން އިސްތިއުފާ ދިނީމަކާ ސޯލިހަކާބައްދަލެއް ނުކުރާނަށް.

  4. ދޮންބެ

    މަނީ ލޯންޑަރިންގ ގެ ކުށް ސާބިތުވެ ރައީސް ޔާމިން އަންނަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. ކުއްސާބިތުކުރުވީ

    29
    8
  5. ?ރޮނޑާ

    ލައިގެން ތިބި ހެދުމައް ބަލާކީމަ ވަރައް ކޮޕީ ކުރާ ބައެއް ވައްތަރު ޖަހާ.

    9
    36
    • އައިޝާ

      ލާދީނީ ބައިގަނޑު ކިބު ރުވެ ރި ވިޔަސް ތީ ބޮޑުވަޜު

      13
      1
  6. ޔނ

    ނުކުރާތި ވަގު ކަލޭގެ ޔާނު

    13
    32
  7. ބަރުގޮނު

    ކަމަކާ ޖެހުނީމާ "ގަޓް" ހުރިކަމަކަށްނުފެނޭ. އިސްތިއުނާފުގެ ފުރުޞަތުވެސް ގެއްލުނީއެއްނޫން.

    10
    23
  8. ކެނެރީ ބޮވުނު މަހާރަދުން.

    ސާބަސް ޓީމް ޕީޕީއެމް ޕީއެންސީ...

    17
    3
  9. ރަޝީދު

    އެހެންދުވަހެއްއަތުވެއްޖެދޯ؟
    ދެންވެސް ގަޓުގައޮވޭތޯބަލާމީއަދިފެށުމެއް ތީސައިޒުކޮއްލީ ހޭނެތޭވަރުކުރާނެ ފަސްއަހަރުގެ ހުރިހާ
    ޖަރީމާތަށްކޮބާ ޤައުމުއެއްކާލީމަ ސަމާސާއެއްނުކުރެވޭނެ
    ދެންފެދޮރުދޭތެރޭ ހަޅޭއްލަވަލަވާ ތިބޭ. ކޮބާގަޓު؟

  10. މިއަދު

    އޮޅުވާލިވޯޓުންވިއަސް ރައިސްކަމަސްއައިސްގެން ރަޢިއްޔަތުންގެ ޓެކުސް ފައިސާއިން މުސާރައާއި ބޮޑެތި ޢިނަޔަތްތައްނަގައިގެން ހުރި އިބުރާހިމް މުޙައްމަދުސާލިހަކީ އެމްޑީޕީގެ ހަމައެކަނި ރައީސެއްނޫން މުސާރައާއި ޢިނަޔަތް ދެނީ ހަމައެކަނި އެމްޑީޕީ މެމްބަރުންގެ ޓެކުސްފައިސާއަކުންނޫން ވީއިރު ކީއްވެ ބައްދަލުނުކުރަންވީ ކުރަންޖެހޭނެ