ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ޙުސެއިން ޝަމީމް އައްޔަން ކުރައްވައިފިއެވެ.

މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔަތެއްގައި، އެ މަގާމަށް ޝަމީމް އައްޔަން ކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.

ޕީޖީގެ މަގާމް ހުސްވެފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި، އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ބިޝާމް އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާ އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލިއެވެ. އެ ފުރުސަތުގައި ޝަމީމްވެސް އެ މަގާމަށް ކުރިމަތިލާފައި ވެއެވެ.

ޕީޖީގެ މަގާމަށް ޝަމީމް އައްޔަން ކުރެއްވިއިރު، އޭނާ ވަނީ ކުރިން ޑެޕިިޔުޓީ ޕީޖީގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެންދެރި

    ބާ މޫނެކެވެ.

  2. ާަާަަައަސްލު

    ސަހިންދާގެ ފިރިމީހާދޯ ސުބުހާބަﷲ...ގައުމުގެ ދުވަސްދިޔައީ..ﷲ މިލާދީނީމީހުންގެކިބައިން މިގައުމުސަލާމަތްކުއްވާންދޭވެ..