އުއްތަމަ ފަނޑިޔާރުކަމަށް އަހުމަދު މުއުތަސިމް އަދްނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޙުސްނުއްސުއޫދު އައްޔަންކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދެ ބޭފުޅުންނަށްވެސް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހެވެ

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ސުއޫދު އައްޔަންކުރައްވާފައިވަނީ ގާނޫނު އަސާސީގެ 148 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ. އަދި އުއްތަމަ ފަނޑިޔާރުކަމަށް މުއުތަސިމް އައްޔަނުކުރައްވާފައިވަނީ ގާނޫނު އަސާސީގެ 147 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ.

އުއްތަމަ ފަނޑިޔާރުކަމަށް މުޢުތަޞިމް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސުއޫދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ އިއްޔެ ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 68 މެންބަރުން ވޯޓާއެކުއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ސުއޫދު އައްޔަން ކުރަން 64 މެންބަރުން ވޯޓު ދެއްވާފައި ވެއެވެ.

ސުޕްރީމް ކޯޓަށް ސުއޫދު އައްޔަން ކުރާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. ސުއޫދަކީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ސިޔާސީ ބައެއް ބޭފުޅުންގެ ކެމްޕޭން ތަކުގައި ބައިވެރިވެފައެވެ. އަދި ސިޔާސީ ބޭފުޅުންނާއި ދެކޮޅަށް އޭނާ ޓްވީޓްވެސް ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގުއިދައިތަ

    ދިވެހި ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ކަޅު ދުވަހެއް

    3
    1
  2. ސްޕްރީމް އެކްޓިވިސްޓް

    ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މުނާފިގުކަން ބޮޑުވެގެންވާ ރިޕޯޓެއް ނެރެ މުޅިގައުމުގައި އެއިން ފިތުނަ އުފެެއްދުމަށްފަހު އެންމެ މަތީ ކޯޓަށް. އަދުލު އިންސާފް މިއަދު ދިވެހިންނަށް މިއޮތީ ފަސް ފަހެތިން ކަށްވަރުވެފަ.

    3
    1
  3. އެންދެރި

    ކޮމިޝަނުގަ އިނދެ ތަހުގީގް ކޮށް ނިންމާފަ ހުކުމް ކުރަން އައީއެވެ . ޑިމޮކްރަސީ ދޮން ވީ އެވެ.

    4
    1