ޓީޗަރުކަން ކުރުމަށް ހާއްސަ ލައިސަންސެއް ހޯދަން ޖެހޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

މަތީ ތައުލީމުގެ ނިޒާމަށް އިތުރު ބަދަލުތަކެއް ހުށަހަޅައި "މަތީ ތައުލީމާބެހޭ ބިލު" ހުށަހަޅައިފައި ވަނީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒެވެ. އެބިލުގެ ފުރަތަމަ ކިއުން އިއްވާފައި ވަނީ މި ދައުރުގެ ފަހު ޖަލްސާގެ ތެރެއިންނެވެ.

އެ ބިލުގައި ކިޔަވައިދޭ ތަންތަނާއި ޓީޗަރުން ރަޖިސްޓްރީ ކުރުމަކީ މަޖުބޫރު ކަމެއް ކަމަށް ވަނީ ހިމަނައިފަައެވެ. އެގޮތުން ރާއްޖޭގެ އެއްވެސް ސުކޫލެއްގައި ނުވަތަ އެހެނިހެން ތަނެއްގައިވެސް ރަޖިސްޓްރީ ނުކުރާ ޓީޗަރަކު ކިޔަވައިދިނުމަކީ މަނާކަމެކެވެ. އެ ބިލު ފާސް ވެއްޖެ ނަމަ ޓީޗަރުކަމުގެ ވަޒީފާ ދެވެނީވެސް ހަމައެކަނި ރަޖިސްޓްރީ ކޮށްފައި ތިބޭ ފަރާތްތަކަށް އެކަންޏެވެ.

ރަޖިސްޓްރީ ކުރުން ލާޒިމް ތަންތަނުގެ ތެރޭގައި ޓިއުޝަން ކުލާސްތަކާއި، ޓިއުޝަން ނަގައިދޭ އެހެނިހެން މަރުކަޒު ތަކާއި، ސްކޫލްތައްވެސް ހިމެނެއެވެ.

މި ބިލު ތަސްދީގު ކުރުމާއި އެކު ޓީޗާސް ރަޖިސްޓްރޭޝަން ކައުންސިލް ނަމަކަށް ކިޔަ ކައުންސިލެއް އުފައްދާނެއެވެ. އަދި އެއަށް ފަހު އެ ކައުންސިލުން ޓީޗަރުން ރަޖިސްޓްރީ ކުރުމުގެ އެންމެހާ ކަންކަން ބަލަހައްޓާނެއެވެ. އެގޮތުން ބިލަށް އަމަލު ކުރެވެން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރުމަށް އެބިލުގައި ވަނީ ލާޒިމް ކޮށްފައެވެ.

މިހާރު އޮންނަ ގަވައިިދުގެ ދަށުން އެއްވެސް ޓީޗަރަކަށް ވަކި ލައިސަންސެއް ދޫކޮށްފައެެއް ނޯވެއެވެ. މިހާރު ޓީޗަރުން ރަޖިސްތްރީ ކޮށްފައި ތިބެނީ އެޑިއުކޭޝަން މިނިސްޓްރީގައެވެ. އެހެން ނަަމަވެސް އެއްވެސް ޓިއުޝަން ސެންޓަރަކުން ނުވަތަ ކްލާހެއްގެ ޓީޗަރަކުވެސް އެކަން ކުރަމުންދަނީ ރަޖިސްޓްރީ ކޮށްގެނެއް ނޫނެވެ.

މި ބިލަށް ފަހު ގަވައިދާއި ހިލާފަށް ޓީޗަރުންނަށް ވަޒީފާއެއް ނުދެވެއެވެ. ޓީޗަރުން ރަޖިސްޓްރީ ކުރާ ކައުންސިލުން ޓީޗަރުންނަށް ލައިސަންސް ދޭނީ އެފަރާތްތަކުގެ ފެންވަރާ އެހެނިހެން ކަންކަމަށް ބަލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އެންދެރި

    ދީނީ ތައުލީން ދޭތަންތަން ގާނޫނަކުން ބަންދު ކުރުމުގެ ފުރުސަތު ހޯދަނީ އެވެ.

    32
    2
  2. ޢައިޝާ

    ދެން ތިކަން ކުރާނެކަމެއްނެތް... އެބަޔަކުބޭނުންބަޔަކަށްވަޒީފާދީނިންމައިފި...

    23
    1
  3. ާމުދައްރިސް

    ތި ރައްޔިތުންގެ މަޖިލިސް އުވާލާ.
    އުނދަގޫ ބޮޑު ބައެއް ހުވާ.

    40
    1
  4. ހިމޭން

    ވަރަށް ރަނގަޅު ވިސްނެވުމެއް

    5
    31
  5. ސައްޙަ

    ގޯހެއް. ޓީޗަރުްން އުފެއްދުމަށްވެސް އެޅޭ ހުރަހެއް. 32 އަހަރުގެ ޓީޗިންގ އެކްސްޕީރިއެންސް ޢާއި އެކު ބުނާބުނުމެއް.

    29
    1
  6. މާމިގިލީ މީހާ

    ބަލަ ކައުންސިލަރުކަމައް ކުރިމަތި ލެވޭ ތައުލީމީ ސަރުތެއް ކަޑައަޅާ ބަލަ. ނުކިޔަވާ ތިބި މީހުން މިހާރުވެސް ރަށް ރަށު ކައުންސިލަރުންނައް އެތިބީ. މާމިގިލީގަ ވެސް.

    36
    • ާއަހުމަދު

      މަޖިލިސް މެމްބަރުކަމުގެ ށަރުތު ކަޑައަޅާނީ ކޮންއިރަކު؟ރާއްޖޭގެ ރައީސުކަމުގެ ށަރުތު....

  7. ދެ

    ރަޖިސްޓްރީ ކޮށްފައި ތިބޭ ފަރާތްތަކުގެ އަތުން މަހަކު 1000 ރުފިޔާ ސަރުކާރަށް ނަގަންވާނެ..

    4
    3
  8. ރައްޔިތުމީހާ

    މަޖިލީހަށް ވަނުމަކަށް ތަޢުލީމީ ފެންވަރެއް ބޭނުމެއް ނުވޭ. އެކަމަކު ހުރިހާ ގާނޫނަކާއި ގަވާއިދެއް ހަދަންވަނީ މިމީހުން.

    15
  9. ފާއިޒު

    ތި ޖެހުނީ އަނެއްކަންތަކާ ކަންނޭނގެ. މިހެން މި ބުނީ ކޮންމެހެން ލައިސަންސް ނަގަން ޖެހޭތީއެއް ނޫން. ތިފަރަ އެހެން ކައުންސިލެއްވެސް އެ ބައޮވޭ. ކަންކަން ވާގޮތަށް ބަލާއިރު ވަރަށް ހެއްވާ. އެއީ ނާރސިން ކައުންސިލް. އުފައްދައިގެން އުޅޭތާ ދިހަ ބާރަ އަހަރުވަރު ވެދާނެ. ނަރުހުންވެސް ތި ލައިސަންސް ނަގަން ޖެހޭ. ކޮންމެ ފަހަރަކު ބޮޑު ފީއެއް ދައްކާ އުނދަގޫ ތަކެއްގައި އުޅެގެެން ލައިސަންސް އާކުރެވެނީވެސް. އެ ކައުންސިލްގެ މަޤްބަދަކީ ނަރުހުންނަށް ދިމާވާ ކަންކަން ހައްލުކުރުމޯ. އެކަމަކު ވާކަމެއް ހަރާމް. އައި ޖީ އެމް އެޗް ގައި އުޅޭ ނަރުހުންނާ ރަށް ފުށު އުޅޭ ނަރުހުންގެ ބައެއް އެލެވަންސްތައްވެސް ތަފާތު. ހަމަ މިހެން ބުނާއިރަށް އަވަހަށް ބުނޭ އައިޖީއެމް އެޗް މާބައިވަރުމީހުން ބަލާ ތަނެކޭ. މާ ބިޒީވާނޭ. ރަށްފުށު ހޮސްޕިޓާތައްވެސް އެހާ ބިޒީ ނަރުހުންވެސް މަދު އަދި ކޮންމެ ނަރުހަކީ ހުރިހާ ކަމެއް ހުރިހާ ބާވަތެއްގެ ޕޭޝަންޓުން ކައިރިއަށް ދާންޖެހޭ ބައެއް. އައި ޖީ އެމް އެޗްގައި ތަފާތު ވާނެ އެކި ޔުނިޓް ތަކުގައި ތިބޭނީ ވަކިވަކި ނަރުހުން. ދެން އަނެއް ކަމަކީ ސިވިލް ސާވަންޓުންންށް ދޭން ޖެހޭ އިނާޔަތްތައް ނަރުހުންނަށް ނުލިބޭއިރުވެސް ނާރސިންގ ކައުންސިލް އޮތީ ނިދާފަ. ޝިފްޓް އެލެވެންސް ނުލިބޭތާ އެތައް ދުވަހެއް ވެއްޖެ. އެކަމކު ވަޒީފާ ޤާނުނާއި ސިވިލް ޤާނޫނު ލާޒިމު ކުރޭ. އަނެއްކާ ތި ޓީޗަރުންނަށްވެސް އެކަހަލަ ހާލެއްބާ އެންމެފަހުން ޖެހޭނީ

    7
    1
  10. މިއަދު

    ގަބޫލުނުކުރިއަސް ޙަޤީގަތް ވާނީ ހަމަ ޙަޤީގަތަށް ކޮންމެގައުމެއްގަވެސް އެކިފެންވަރުގެ އެކިލެވަލްގެ މީހުންދިރިއުޅޭނެ ކަންކަމަށް ޤާބިލުމީހުންނާއި ނާގާބިލް މީހުންތިބޭނެ މުޒާހަރާކުރަން ފައްކާ ކޮންމެމީހަކީ ސިޔާސީ ގޮތުން ފުންނާބުއުސްމީހެއްނޫން ލަދުހަޔާތްކުޑަކޮންމެމީހަކީ ޒިންމާދާރުމީހެއްވެސްނުމެނޫން މިއަދު މިގައުމަށްދިމާވެގެންމިއުޅޭމައްސަލައަކީ މުޒާހަރާތަކަށްފައްކާއަދި ލަދެއްހަޔާތެއްނެތް މީހުންތަކެއް ވަދެ މަޖިލިހުގެ މެޖޯރިޓީ ލިބުނީމަ ހަމަޔެއް ލަމައެއްނެތި ބޮޑުސޯބު ބުނަހާގޮތަކަށް ކަންކަން ބަދަލުކުރަނީ އެއަކީ ގައުމީމަސްލަހަތަށް ބަލައިގެންވެސް ކުރާކަމެއްނޫން މިބިލުބޭނުމަކީ ކޮބައިކަމެއްނޭންގެ މިއަދު ރާއްޖެއަށް މިގެންނަ ދީނާއިދުރު ފިކުރުގެތެރެއިން ޕްރަމޯޓުކުރަންއުޅޭ އައުކަމެއްކަމަށްފެނޭ މިކަން މިހެންވުމުން ތުއްތުދަރިފުޅަށް އަލިފް ބާ ދަސްކޮށްދިނުމަށްފަށާ އެދުރުދައިތަވެސް މިސަކަރާތެއްޖަހަންޖެހޭނެ އެކަމު މިވަރުގެ ސަކަރައިގަނޑެއް ޖަހައިގެން އެކަނ ްކުރަންއެވެރިން ބޭނުން ނުވެދާނެ އެހެންވީމަ ޤްރުއަނުގެ ޢިލްމަށް ކުދިންގެ ޅަފަތުގައި ދުރުވެގަތުތުމުގެ ފުރުޞަތު ބިލުން ބޮޑުވެގެންނުދާނެބާ؟

  11. ވަޒީރެއާލާ

    މިހާރުވެސް ޓީޗަރުން މިތިބެނީ ރަޖިސްޓަރީ ވެގެން. ޓީޗަރ ކަމުގެ ސަނަދު އޮތް ކިތަންމެބައެއް އެޅޭ. އެކަމަކު ތަނެއްގާ ރަޖިސްޓަރީވެ ވަޒީފާ ލިބުނީމާ ޓީޗަރަކަށްވަނީ. މުސާރަވެސް ލިބެނީ . މިއުޅެނީ އިލްމާނީ ފިކުރު މިތާ ފަތުރަން ވެގެން ދުރާލާ ކުރާ މަސައްކަތް. މީގެ އުނަދަގޫ ބޮޑު ވާނީ ދީނީ ތައުލީމު ކިޔަވާދޭ ޓީޗަރުންނަށް. ވަކިބަޔަކު ފާހަގަކޮށް އެބަޔަކު ބޭރު ކުރަން ކުރާ ކަމެއް.

  12. ސޮނިފުހޭއިސްކިން ޓޯޓޯ

    ޓީޗަރުން މަސައްކަތްކުރަނީ މިނިސްޓުރީ އިން ހުއްދަ ދީގެން ރަޖިސްޓަރީ ވެފަތާ ތިބޭނީ އޭރުންދޯ އެވެރިންނަށް މުސާކޮޅުވެސްލިބޭނީ އެކަމަކުވެސް ޓީޗަރުންގެ ތެރޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކުށުގެރިކޯޑުތައްހުރި ކިތައްމެ ޓީޗަރުންނެއްއުޅޭ މީ ޒަމަާންތަކެއްވެއްޖެ ބޮޑު މައްސަލައެއް އަޑުގަދަ މީހާ ރުއްގިނަވާ އުސޫލުން ޓީޗިންދާއިރާއަށާއި ސިއްޚީ ދާއިރާއިން ވަޒީފާ ދޭނަމަ އެއީ ނުރައްކާތެރިކަމެއް .އުތުރުގެރަށެއްގައި އެކްޝަން އާ އެކު ތަހާރަތުކިޔަވައިދީ ވުޟުޫ ނުބައިވާގޮތް ކިޔަވަދިން ޓީޗަރަކުވެސް މުސްކުޅިވަންދެން އެދާއިރާގައިމަސައްކަތްކުރި އިސްކަންދަރު ސުކޫލުގެ ޓީޗަރަކުވެސް ކުލާހެއްގެހުރިހާއަންހެންކުދިން ހޭއަރުވާލުމުން ވަޒީފާއިންވަކިވިނަމަވެސް ހެންވޭރުސަހަރާ ކާރި ހިސާބެއްގައި ޓިއުޝަން ކުލަަަަާހެއް ގޭގައި ހިންގަމުން ގެންދިއަ އެގެެޭތަ މިއީ ވަރަށް ވާހަކަ ބެލެނިވެނިވެރިން ވިސްނާލަންޖެހޭ

    1
    5
  13. މުޙައްމަދު

    އެއުޅެނީ ދެން ލައިސެންސް ހޯއްދަން ޖައްސާގެންވެސް ރިޝްވަތު ލިބޭނޭ ގޮތެއް ބަލަން ކަންނޭނގެ. ގިނަ ކުދިން ބުނަނީ ސްކޫލުގަ ކިޔަވައިދޭ ޓީޗަރުން ކިޔަވައިދޭ އެއްޗެހި އެމީހުންނަށް ފަހުމް ނުވެއޭ. ދެން ސްކޫލުގަ މާސްޓާސް އަދި ޑިގްރީ ހޯދައިގެން އުޅޭ މީހުން އިސްލާޙު ނުކޮށް ވީ ޓިއުޝަން ސެންޓަރތަކުގައި އުޅޭ އެއްޗެހި ފަހުމް ކޮށްދެވޭ، އަދި ކިޔަވަމުން ގެންދާ ޓީޗަރުން ވަޒީފާއިން ކަނޑަން؟؟

    މުމްތާޒްގެ ސިކުނޑީގެ ކޮގްނިޓިވް ބާގަ ޓިއުމަރެއް އޮތްތޯ ބަލަން ކެޓް ސްކޭންއެއް ކުރަން ބިލެއް ފާހަގަ ކުރަންވީ.

    ސަރުކާރުގަ އުޅޭ މީހުން އެއުޅެނީ ސަރުކާރު ވައްޓާ ނުލެވިގެން.