ސާކްގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ޤައުމުތަކުގެ މެދުގައި ގުޅުންތައް އިތުރުކޮށް ފަންނީ ގޮތުން އެއްބާރުލުން އިތުރުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ފޮނުވި މެސެޖުގައެވެ.

ސާކު އުފެދުނުތާ 35 އަހަރު ފުރޭ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި ސާކްގެ ނިންމުންތައް ނިންމުމުގައި މިހާރަށްވުރެ ބޮޑަށް އަމާޒުތައް ކަނޑައެޅިގެން ޚަރަދުކުޑަގޮތްތަކުގެ ބޭނުން ހިފައިގެން ވީހާވެސް ބޮޑަށް ނަތީޖާ ނެރެވޭ ގޮތަށްކުރިއަށް ގެންދަންޖެހޭކަން ވަނީ ފާހަގަކުރެއްވާފައެވެ.

ސައުތު އޭޝިއަން އިކޮނޮމިކް ޔޫނިއަންގެ ސަބަބުން ސާކް ޤައުމުތަކުގެ މެދުގައި އިޤްތިޞާދީ ކަންކަން ކުރިއެރުމަށް އޮތް ހުރަސްތައް ނައްތާލެވި މުޅި ސަރަހައްދުގެ އިޤްތިޞާދު ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަންވެސް ރައީސްގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ފޮނުއްވެވި މެސުޖުގައި ސާކް އުފެދުމަށްފަހު މިވީ ދުވަސްތަކުގައި ސާކުގެ ޗާޓަރުގައި ފާހަގަކޮށްފައިވާ މުހިންމު ދާއިރާތަކުން ޤައުމުތަކުން މުހިންމު ކުރިއެރުންތައް ހޯދާފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި ރާއްޖެއިން ސާކްގެ މިނިސްޓަރސް އޮފް އެޑިއުކޭޝަން/ ހަޔަރ އެޑިއުކޭޝަންގެ ތިންވަނަ ބައްދަލުވުމާއި އާރޓިސްޓް ކޭންޕާއި ކުރެހުންތައް ދައްކާލުމުގެ މައުރަޒާއި، ދެކުނު އޭޝިޔާ ސަރަހައްދުގެ އިސްނެގުމާއެކު ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއިބެހޭ ގަވަރނިންގ ބޯޑުގެ ބައްދަލުވުން މިއަހަރުގެ ތެރޭގައި ބާއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުންވެސް ރައީސްގެ މެސެޖުގައި ސާކް އުފެއްދުމުގައި ހިމެނިވަޑައިގެންނެވި އެއްފަރާތްކަމުގައިވާ ކުރީގެ ރައީސް އަލް އުސްތާޛް މައުމޫން ޢަބުދުލްޤައްޔޫމް، ސަރަހައްދީ ތަރައްޤީއަށް ކުރެއްވި މަސައްކަތްފުޅު ފާހަގަކުރެއްވާފައިވެއެވެ. އަދި ރައީސް ވަނީ ކުރިޔަށް އޮތްތަނުގައިވެސް ދިވެހި ސަރުކާރުން ސާކް ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ސަރަހައްދީ ތަރައްޤީ ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުހައްމަދު

    މީކީކޭ ކިޔާމީހެއްތަ؟

  2. Anonymous

    ސާކުގެ ބޭނުން ރަނގަޅަށް ހިފޭތޯ ބަލާ، ރައްޔިތުން ތިބީ ކޮންހާލެއްގަތޯ ނުބަލާތި.

  3. ކަނޑާ

    މިގައުމުގަ ބޮޑެތި އެތައް މައްސަލަތަކެއް އުފަންވެ ރައްޔިތުން ބޯނުހިކިގެން އުޅޭއިރު ދޭތެރެއަކުން ހޮރުން ބޯދިއްކޮށްލާފަ ކޮން ބޭކާރު މުސްކުޅި އަނގައެއް ތަޅާކަށްތަ.

  4. ގަސަސް

    ކަލޭމެން ބުނާނެ މީނާއަކީ ނުކިޔަވާ ހުރިމީިެކޭ. ސާކް އުފެދުނު ފަހުން މިވީހާ ތަނަށް މިވަރުގެ ބަހެއްވެސް ބުނެލަން އެގުނު މީހަކު މިނޫނީ މިއިން އެއްވެސް ގައުމަގުން މަ ނުދެކެން. ސާބަސް ރައީސް ހާދަހާ މޮޅަ ކުއްދެކޭ މިއާއްކޫ