ދާދި ފަހުން ހިނގި އެކްސިޑެންޓެއްގައި ފައި ބިންދައި ގޮސްފައި އޮތް ޒުވާނަކު އައިޖީއެމްއެޗް ގައި އޮންނަތާ ހަތަރު ދުވަސް ވެފައިވީނަމަވެސް، އަދިވެސް އޭނާގެ އޮޕްރޭޝަން ކޮށްފައި ނުވުމުން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެކްސިޑެންޓްވެ ފަރުވާ ނުދެވި އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި އޮތީ އުމުރުން 22 އަހަރުގެ ލޭއަޅާ ކުއްޖަކަށެވެ. އޭނާގެ ފައި ބިންދައިގެން ދިޔައީ މީގެ ހަތް ދުވަސް ކުރިންނެވެ.

ނަން ހާމަނުކުރުމަށް އެދި އޭނާގެ އާއިލާއިން "ވަގުތު" އަށް މައުލޫމާާތު ދިން ފަރާތަކުން ބުނެފައި ވަނީ އެންމެ ފުރަތަމަ އޭޑީކޭ އިން އޭނާގެ ފައިގެ އޮޕަރޭޝަން ކުރެވެން އެތަނުގައި ނެތްކަމަށް ބުނުމުން ގެންދިޔައީ އައިޖީއެމްއެޗަށް ކަމަށާއި، ފަރުވާ މިހާރު އައިޖީއެމްއެޗްގައި އޭނާ ބާއްވައިފައި އޮންނަތާ ހަތަރު ދުވަސް ވެފައިވާ ކަމަށެވެ.

"މީގެ ކުރިން ހޮނިހިރު ދުވަހު ކުރާނަމޭ ކިޔާފަ ބާއްވާފަ، ކުޑަކަމު ނުދެވުނޭ ކިޔާފައި އިރުއޮއްސެންދެއް އޮތީ ބާއްވައިފައި. ދެން އެވަގުތު އޮޕަރޭޝަން ތިއޭޓަރު ކައިރިއަށް ގެންގޮސްފައި އަނެއްކާވެސް ބުނެފި ޓޫލްސް އެއް ނެތޭ،" އޭނާ ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި މިއަދުވެސް މިއީ އޮޮޕަރޭޝަމް ކުރާނެ ކަމަށް ބުނެފައިވާ ދުވަހެކެވެ. އެހެން ނަމަވެސް މިއަދު ތިއޭޓަރަށް ވެއްދުމަށްފަހު، ދެން އޮޕަރޭޝަން ކުރެވެން އޮތީ އަންނަ ބުދަ ދުވަހު ކަމަށް އަންގާފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.

އިތުރަށް މައުލޫމާތު ދެމުން އޭނާ ބުނެފައި ވަނީ މިހާރު އެގޮތަށް ފައި އިންނަތާ ހަފްތާއެއްހައި ދުވަސް ވެގެންދާއިރު، މައްސަލަ ހެލްތް މިނިސްޓްރީއަށް ވެސް ހުށަހަޅައިފައިވާ ކަމަށެވެ. ނަމަވެސް އެ މިނިސްޓްރީން ވެސް އެދެވޭ ބަހެއް އަދި ލިބިފައި ނުވާކަމަށް އޭނާ ބުންޏެވެ.

"އާއިލާއިން މިތިބީ ހަދާނެ ގޮތެއް ނެތިފައި، މާލޭގައެއްވެސް ނޫން އާއިލާ ތިބީ. އޭނަ ލަންކާއަށް ގެންދެވޭތޯ ޑޮކްޓަރު ލިއުމަކަށް އެދުނީމަވެސް ބުނީ އައިޖީއެމްއެޗް އިން ކުރެވޭނެއޭ" އޭނާ ބުންޏެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ، ހޮސްޕިޓަލްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ފަހަކަށް އައިސް އައިޖީއެމްއެޗްގެ ހިދުމަތުގެ ފެންވަރު ދަށްވާ ކަމުގެ ޝަކުވާތައް އަނެއްކާވެސް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. Anonymous

    މިމީހުން ވެ ރިކަމަށް އަންނަންވީމަ ރައްޔިތުން އު ރާލައިވެން ތިބޭނީ، ވެ ރިކަމަށް އައިމަ ރައްޔިތުން މަތިން ހަނދާންނެތިދާނެ، ރައްޔިތުން މިތިބީ ހު ރިހާ އަސާސީ ޙައްގުތަކުން މަހު ރޫމުވެފަ، މިސަ ރުކާ ރު މިއުޅެނީ ލާދީނީ މީހުންގެ ހައްގުތަށް ރައްކާތެ ރި ކު ރަން

    79
    2
    • ޔާމީނު

      5 އަހަރު ކީއްތަ ކޮށްފަ އެ ފޭބީ ދަޢުލަތުގެ މާލިއްޔަތުން އެތަށް ބިލިޔަނެއް ތަޅާ ބާލާފަ ނުވި ތާކަށް ބިލޮޔަން ޑޮލަރުނަ ލޯނު ނަގާ ޤައުމު ދަރުވާލީ ހައެއްކަ ކޮންކުރިޓަށު ސްޓްރަކްޗަރއަށްތޯ؟؟ ވައްކަން ނުކުރިނަމަ އައިޖީއެމްއެޗްގަ ތިޔަ ހުރިހާއެއްޗެއް ހަމައަށް ހުރީސް ދޯ 5 އަހަރެއް ނިމުނު އިރު..

      9
      177
      • Anonymous

        ރައީސް ޔާމީނު ވެ ރިކަމުން ފޭބިއި ރު ހު ރިހާ ފެސިލިޓީސް އެއް ގާއިމުކޮށްފަހު ރީ، މިމީހުންގެ އަނގަޔަކުން ނައަ ރާނެ، ދެން މިހާ ރުވެ ރިކަމުގެ ތިބިމީހުންގެ ޒިންމާއެއް ހުސްވާ އެއްޗެހި ހޯދުން.

        67
        3
        • ޒަކް

          އެއްވެސް ފެސިލިޓީއެއް ނެތް.. ރާއްޖޭގަ އެންމެ ހާލަތުދަށްކޮށް އޮތީ ސިއްޚީދާއިރާ.. ހާއްސަކޮށް އަތޮޅުތެރެ.. ތިޔަހެން ގުނބޯ ހެއްދޭނީ ކަލޭމެންނާއެކު ދެދޮރު ދޭތެރޭގަ އެތިބަ ދެވަން ފުރައިގެ ނުކިޔަވާ ގުރޫޕު.. މިދާއިރާގަ 18 އަހަރު ހޭދަކޮށްފަ ހުރި މީހެއްވީމަ ވަރަށް ރަނގަޅަށް އެބަ އެނގޭ މިވާނުވާ.. މި ސަރުކާރަކުންވެސް އަދި ނެތް މާ ބޮޑުކަމެއް

          1
          3
  2. ސާބަހޭ

    މިިފެންނަނީ ކޮމިއުނިޒަމްގެ ސީދާާ ޖަަޒީރާާ ޙަރަކާތްތައް. ދައުލަތުުގެ މާބޮޑުއެހީތެރިިކަމެއްނެތި އުޅެެންޖެެހިފަައިިވާ މިކުޑައާބާދީ ޒަމާނުުއްސުރެ އަމިއްލައަށް މެނޭޖުކުރި އެހީތެރިކަަމާއި، އާމްދަަނީގެ ވަޞީލަތްތަކުން ދައުލަތުގެ ދަހިވެތި ވެރިންނަށް ބޭނުންވާ ލަގުޒަރީދިއުޅުމުުގެ ޚަރަދުދޭ އަޅުންނަށް ހެެދުމަށް ފައިސާާހޯދާބައެއްގެެގޮތުގައި ޢާމުން ބޭތިއްބުމަށް މުޅިިގައުުމުގައި ބިލުއަޅުުވައި ހެދުުމުުގެ ބަދަލުގައި ޢާމުންނަށް އަސާސީ އެހީތެރިކަމެއްދެވޭތޯ އުޅުމަށް ގޮވާލަން. ފުވައްމުލަކު މީހުންގެ ތިމާމޮޅު އުނދަގުލަކީ މިޤައުމުގެ ރައްޔިތުންނަަށް ހުުރިގެއްލުމެއް.

    51
  3. Anonymous

    ރައީސު ޔާމީނު ވެ ރިކަމުގަ ހު ރިނަމަ ތިއޮޕަ ރޭޝަންވަގުތުން ކު ރެވޭނެ އިންތިޒާމް ހަމަޖައްސަދޭނެ، މިހާ ރުގެ ރައީސަށް ތިވާހަކަ އަޑުއިވުނު ކަމެއްވެސްނޭގެ، މިވާހަކަ ދެއްކީމަ ވަ ރަށް ރުންކު ރުވާނެ މީހުން ތިބޭނެކަންވެސް އިނގޭ، އެކަމަކު މިއީ ހަގީގަތް.

    82
    2
  4. ޝުކުރިޔާ

    ސިއްހީ ޚިދުމަތުގެފެންވަރު ދުވަހުން ދުވަހައް ރަނގަޅުވާކަމުގެ ނިޝާނެއް ހިންގުންތެރި މިނިސްޓަރައް ޝުކުރިޔާ

    54
    3
  5. އިކްލީލް

    ޞިއްޙީ ހާލަތު ހާދަ ދަށުގައި އޮއްވަޔޭ ރައީސް ޔާމީން އެ ދާއިރާ މެކްހަށް ޖެއްސެވީ! އެންމެ ފަސްއަހަރުން އެދާއިރާ ކުރިއަރައިގެންދިޔަވަރު ރައްޔިތުން ހެކިވާންޖެހޭނެ! މިއަދު އެމަނިކުފާނުގެ ވެރިކަން އޮތްނަމަ ސިންގަޕޫރުފަދަ ތަންތަނަށް ނުގޮސް ޞިއްޙީ މައްސަލަތަކަށް ޙައްލު އޮތީހީ ލިބިފަ! ޓްރީޓޮޕް ، ދަރުމަވަންތަ މިހުރީ ރައީސް ޔާމީން އެދާއިރާއަށް ގެނެސްދެއްވި ބޮޑަތި އިންޤިލާބުތައް!

    54
    1
  6. ޙސހސހ

    ޢިންޑިޔާ ޑޮކްޓަރުން ވަސީލަތްތައް ހަލާކުކޮށް ތަނުގެ ދުވަސްދުއްވާލައިފި

    48
  7. ާަޕޮގުބާ

    އެމްޑީޕީއަށް ވޯޓް ލެވޭތޮ ބަލާ

    46
    1
  8. ހަގީގަތް

    ޒުވާނާއަށް ޢަވަސްޝިފާއަކަށްއެދެން. މިސަ ރުކާ ރަކީވ މީހުންވ މަ ރާސަ ރުކާވ ރު

    34
  9. ފިނި

    ބޮޑެތި އިމާރަތްތައް ހަދާފަ ހުއްޓަސް ނުވޭ އެެއްކަމެއްވެސް..?
    ޓޫލްސް ނެތަސް ތަން ހުރިއްޔާ ރަނގަޅުވާނެ??

    5
    35
    • Anonymous

      ޓޫލްސް ފަދަ ކުޑަކުޑަ އެއްޗެއް ނުހޯއްދެއްޏާ ކީއްކުރަން ވެރިކަމަށް ހޮވި ރީދޫ ބައިގަނޑެއްތަ އެއީ. ރަންނަމާރީން ބޭރަށް ބުރުތަޅަން ފައިސާ ހަބޭހަށް ހުރޭ. ރައްޔިތުންނަން ހިދުމަތެއްދޭން ޖެހިއްޖިއްޔާ ފައިސާއެއްވެސް ނުހުރޭ. ކަމެއް ގޯސްކޮއް ދަންޏާ ކުރީ ސަރުކާރު. ރިބަން ކަނޑާ ބައިގަނޑަށް އިނގޭނީ ދޮގުހެދުމާއި ދީނަށް ފުރައްސާރަކުރުމާއި ލާދީނީ ބައިގަނޑު ހިމާޔަތް ކުރަން. ?

      59
      1
      • މަޖާ

        ކަލެއަށް ހާދަ ފޯރިއެކޭ ތިއަރަނީ. ދާންވިނުން އޮޕްރޭޝަން ކޮށްދޭން.

        1
        2
  10. އަބަދުވެސް

    2012 ވަނަ އަހަރު އުމުރުން ދުވަސްވީ މީހަކު ފައި ބިންދައިގެން ދިޔައީ މާލޭ ފަޅު ތރޭގަ އޮތް ދޯންޏެއްގަ ހުއްޓަ. ވަގުތުން އައިޖީ އެމް އެޗް އަށް ގެންދިޔައީ، އޮޕަރޭޝަން ކުރީ ދެ ހަފްތާއަށް ވުރެ ގިނަ ދުވަހު ބާއްވާފަ..ނިކަމެތިންން އަބަދުވެސް ނިކަމެތި ކުރާ ތަނެއް ތިޔައީ

    24
    4
    • އަލީ

      ވޯޓު ހޯދަންވީމަ ނިކަމެތިން ފެންނާނީ

  11. ރައްޔިތު މީހާ

    އައި.ޖީ.އެމް.އެޗް ގެ މެނޭޖްމަންޓް ބަދަލު ކުރަންވީ. އެއްޗެހި ހުސްވާއިރުވެސް އެމީހުންނަށް ނޭނގޭ

    35
    • ކީމިޔާ

      ވެރިންނަށް އެނގިގެން ކުރެވޭނީ ކޮންކަމެއް! ބަޖެޓް ނުލިބެންޏާ ވެރިން ކުރާނެ ކަމެއް ނެތް! ޤައުމުގެ ވެރިން ބަދަލު ކުރަންވީ!

  12. މޯޑް

    ތި އޮޕަރޭޝަނެއް ކުރަން ނިންމަނީ އެއްޗެހި ހުރިތޯ ނުބަލާތަ؟

    2
    2
  13. ދޮން މަނިކު

    ރާއްޖޭގަ ޑޮކްޓަރު އިހުމާލުވެގެން އެމީހުންނަށް އެޅޭނެ ފިޔަވަޅެއް ނޯވޭ... އެހެންވީމަ ހަދާނީ ހަދާނެ އެއްޗެއް

  14. Anonymous

    0 ޓޮލަރެންސްގަ ހެލްތް ސެކްޓަރ ފެއިލްވެފަ

  15. ކަޅުސޮރު

    ލިޔުމުގައި އޭޑީކޭ އިން ވެސް ނުކުރެވުނު ވާހަކަ އޮތީމަ ކޮންމެސް އެހެން ކަމެއް އުޅޭހެން ވެސް ހީވޭ އައި.ޖީ.އެމް.އެޗް ގެ ބަހެއް ނެތިފަ އެއްކޮޅުގެ ވާހަކަ ހުރީމަ ޙަބަރު ފުރިހަމައެއް ނޫން

    1
    3
  16. އާދަނު

    ބައެއްމީހުންގެ ސިކުނޑިއަށް މި ވަނީ އާދައާ ޚިލާފު ބައްޔެއް ޖެހިފަބާ. އެމްޑީޕީ ގެ ކޮންމެ ވެރިކަމެއްގައިވެސް ސިއްހީޚިދުމަތާއެކު ގައުމު އިނދަޖައްސާލާކަން ނޭގެނީބާ. އެކަމަކު ހަމަ އެމީހުންނަށް އެބަ ވޯޓުދޭ. މިއީ ހައިރާންވެ އަންތަރީސްވާވަރުގެ ކަމެއް.

  17. އަހްމަދު

    ހެލްތު މިނީސްޓަރު ވިދާޅުވި ނޫންތޯ، ކެތް ކޮށްލާށޭ، އަންނަ އަހަރު ރަނގަޅުވާނޭ.

  18. މީސްކިން

    ކޮބާ އެއްކަލަ 300 މިލިއަނުން ކުރި ކަންތައް؟

  19. އޭޑީކޭ

    އައިޖީއެމްއެޗް މިއީ ހަމަ ސުމެއްގެ ތަނެއް، އެޒުވާނާގެ ސަންދޯއް ނެރެންދެން އެތާގަ ބާއްވާފަ އޮންނާނެ ފަރުވާ ނުދީ

  20. Anonymous

    އައި.ޖީ.އެމް.އެޗް އެއީ ހެލްތު މިނިސްތްރީން ހިންގާ ތަނެއްނޫން. އެ ހޮސްޕިޓަލް ހިންގަނީ ރައީސް އޮފީހުންކަމަށްވަނީ. ހެލްތު މިނިސްޓަރުގެ ބާރުހިނގާ ތަނެއްނޫން އެއީ.

  21. ނަސްރު

    މިހާރު އައިޖީއެމްއެޗް ހާލަތު ރާއްޖެތެރޭ ހެލްތު ސެންޓަރެއްގެ ހާލަތަށް ވެއްޓިއްޖެ.ކިރިޔާވެސް ގޮތެއް އޮތްމީހަކު އެތަނަކަށް ނުދާނެ.އެތާގަތިބޭބަޔަކުވެސް އެއްވެސް އަޅާލުމެއްނުހުރޭ.ހެލްތު މިނިސްޓަރ އިސްތިއުފާދީފަ ގޭގަ މަޑުކޮށްލަންވީނުން.

  22. ރަޒީން

    މޮޔަކަމުން ގެނަވުނު ވެރިކަމެއް.މިވަރުގެ ވެރިކަމެއް ނުދެކެން އަދި.ޝާހިދު އެކުރާވަރަށް ދަތުރު ކޮށްގެން ކިހިނެއް އެހެންކަމެއްކުރެވޭނީ.ރާއްޖޭގަ ހުންނަދުވަހެއް ނާދޭ.އަބަދު ބޭރުގަ.ދިވެހި ހުރިހާ ރައްޔިތުންނަށް ގޮވާލަން މި ވެރިން ރީނދޫ ޕާޓީ މީހުންނަށް ވޯޓް ނުދިނުމަށް.ގައުމު ވިއްކާ ހުސްކޮށްފި.ދަރަނިވެރި ކޮށްފި.