ގައުމު ސަލާމަތް ކުރެވޭނީ ކައުންސިލް އިންތިޚާބުގައި ޕީޕީއެމް އަށް ވޯޓް ދީގެން ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ސުޖާޢު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ސުޖާޢު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަކީ ގައުމު ސަލާމަތް ކުރުމަށް ރައްޔިތުންނަށް ލިބޭނެ ރަނުގެ ފުރުސަތަކަށް ހަދަން ޖެހޭ ކަމަށެވެ.

"ޕީޕީއެމް އަށް ތާއިދުކުރައްވާ ލޮބުވެތި ރައްޔިތުން ތައްޔާރުވޭ. ލޯކަލް ކައުންސިލް އިންތިޚާބަކީ މިގައުމު ސަލާމަތް ކުރުމަށް ރައްޔިތުންނަށް ލިބޭނެ ރަނުގެ ފުރުސަތަކަށް ހައްދަވާ. އެމްޑީއެން ކޯލިޝަނަށް ނޫނެކޭ ބުނޭ. ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވާ. ސަލާމަތެއް ލިބޭނީ އޭރުން." ސުޖާއު ވިދާޅުވިއެވެ.

ޕީޕީއެމް އިން ކައުންސިލް އިންތިޚާބަށް ތައްޔާރުވަމުން އަންނައިރު މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާއި މިއަހަރު އޮތް މަޖިލިސް އިންތިޚާބު ޕީޕީއެމް އަށް ވަނީ ނާކާމިޔާބުވެފައެވެ. މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ކާމިޔާބު ކުރެވުނީ އެންމެ އަށް ގޮނޑިއެވެ.

ކައުންސިލް އިންތިޚާބު ކައިރިވަމުން އަންނައިރު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ފަސް އަހަރުގެ ޖަލު ޙުކުމެއްގައެވެ.

އަންނަ އޭޕްރީލް މަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ލޯކަލް ކައުންސިލް ތަކުގެ ދައުރު ފަސް އަހަރަށް ދިގު ކުރަން ޤާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ތަސްދީގު ކުރައްވާފައެވެ. ކައުންސިލަރުން ދެން ދައުރަކަށް އިންތިޚާބު ކުރާއިރު ކައުންސިލަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    މިޤައުމުގެދީނާއި މިނިވަންކަމަށްޓަކައި ހަމައެކަނި މަސައްކަތް ކުރާބަޔަކީ ރ. ޔާމީންގެ ޓީމް. މިޒަމާނުގެ ބޮޑުތަކުރުފާނުގެ ޓީމް. ދީނަށް ޤައުމަށް ކުލުނެއް ހުރިއްޔާ މިޓީމާ ގުޅިވަޑައިގަންނަވަން ވީ. މަގޭ މިނިވަން ޤައުމު. މަގޭ އިސްލާމްދީން. ހިމާޔަތް ކުރަން އެބަޖެހޭ. ޤާސިމް އިބްރާހީމްމެން ހަދާގޮތެއްއެނގިދާނެތާ މިފަހަރު.

    18
    10
  2. ނަސީދު

    ހަމަގައިމުވެސް މަގޭވޯޓް އޑޕ އަކައް ނުލިބޭނެ

    16
    7
  3. އަބޯ

    ޔާމީނުގެ މަސައްކަތުން ޕީޕީއެމް ވަނީ ބައިބައި ކުރުވާފަ އޭގެ ސަބަބުން މަޖިލިސް އިންތިހާބު އެމްޑީޕީ އަށް ލިބި ގައުމު މިވަނީ ފާލުންނެއްޓިފާ. . ޕީޕީއެމް ދޫކޮށްލާކަށް ޔާމީނު ބޭނުމެއްނުވޭ ރައްޔިތުންގެ ތާއީދު ލިބިފައިވާ އެއްވެސް ސިޔާސީ މީހަކު ޔާމީނާ ގުޅިގެން ކުރިޔަށްދިއުމަކަށް ބޭނުމެއްނުވޭ. ވީ،މާ ސިޔާސީ ފަރާތްތަކުގެ މިސްރާބު ހުރިގޮތަށް ބަލާއިރު ވޯޓް ބައިބައި ވެގެން ގޮސް ކައުންސިލް ތައް ފުލް ކޮށް އެމްޑީޕީ އަށް ދިއުން ވަރަށްގާތް ގައުމުދެކެލޯބިވާ ގައުމަށް އިހްލާސްތެރިވާނަމަ މިހާރު ވަގުތީގޮތުންނަމަވެސް ޕީޕީއެމާ ދުރަށް ޔާމީން ޖެހިވަޑައިގެން އިދިކޮޅަށް ގިނަޕާޓީތަކެއްޖެހި މިދަނޑިވަޅުގާ އެއްގަލަކަށް އަރްވުން ބުއްދިވެރި މިކަމާ ވިސްނާލައްވަވާ.

    9
    16
  4. ބޯގޯސް

    ސަލާމަތެއް އޮތީ ޕީޕީއެމާ ދުރަށް ޔާމީން ޖެހިވަޑައިގަނެގެން

    10
    15
  5. ނިކަމެތި އަޅާ

    ސަލާމަތެއް އޮތީ ޕީޕީއެމާ ދުރަށް ޔާމީނުޖެހި އިދިކޮޅަށް ގިނަޕާޓީ ތަކެއް އައިސް ކޯލިސަންވެގެން އެމްޑީޕީއާ ވާދަ ކުރެވިގެން .ޔާމީނާ ހިޔާލު ތަފާތު ވެފައި ވާލެއް ބޮޑުކަމުން އެއްގަލަކަށް އަތާކަށެއް އަދިނެތް

    7
    14
  6. ....

    އެހެންތަ!!!! ޕީޕީއެމް އަށް ވޯޓު ނުލިއްޔާ ސަލާމަތެއް ނުވެވޭތަ......ލޮލް

    13
    15
  7. ޕޕ

    ސުޖާއުގެ އުންމީދު ތައް މާތްﷲ ފުރިހަމަކޮއް ދެއްވާށި އާމީން

    21
    10
  8. ރައްޔިތުން

    މިއީ އަނެއްކާވެސް ޕީޕީއެމްގެ ފަހަރު

    20
    13
  9. ޙަަރުން

    ޢިންޝާ ﷲ

    19
    6
  10. ?ރޮނޑާ

    ތީ ކަލޭމެންގެ މައްސަލައަކީ. އަބަދުވެސް ކަލޭމެންނައް ވޯޓްދޭން ޖެހޭ ސަބަބަކައް މިއޮންނީ ގައުމާއި ދީނައްޓަކައި. ކަލޭ މެންނައް ވޯޓު ނުދީފިނަމަ ދީނެއް ނޮއޮންނާނެތަ؟ ، ގައުމެއް ނޮ އޮންނާނެތަ؟. .ކިހިނެއް ވާކަމެއް!
    މިދިޔަ އިންތިހާބު ތަކުގައި ވެސް އަހަރެން ކަލޭމެން ބުނާމީހަކައް ވޯޓެއް ނުލަން. . އަހަރެންގެ ދީނަކައް ބަދަލެއް ނާދޭ. އަހަރެން އުޅެނީ އަހަރެންގެވގައުމުގަ. އަނެއްކާ ކަލޭމެން ނުހޮވިއްޖެޔާމު ކަލޭ މެން ދީން ދޫކޮއްފަ ގައުމުން ބޭރުވަނީތަ؟ ކލޭމެން ނައް ތިވާގޮތެއް ރަގަޅައް ކިޔާދީބަލަ ކަލޭ މެން ނުއުޅެބަލަ ރައިއްޔަތުން ކަނޑު ކޮހުންނައް ހަދައިގެން ވޯޓުހޯދަން.ތިފާޑައް ތެޅޭބަޔަކައް އަހަރެންގެ ވޯޓެއް ނުދޭނަން. ކަލޭމެންގެ ބާރު އޮތްދުވަހު ކަލޭ މެން ކަންތައްކުރި ގޮތުގެ މަތިން ހަދާން ނެތޭހާ ދުވަހެއް ނުވޭ.ކަލޭމެން އުޅުނީ ވަރައް އައްޗީކޮޮއް.

    18
    12
    • ފަލަޑޭ ގެ ހިކިޑޭ

      ދީނަށް ޓަކާ އޭ ބުނަނީ ހަމަ ބުނަން ޖެހޭތީ. ޔާމިނު ދައުރުގަ މިހާ ފާޅުކަން ބޮޑު ގޮތެއްގަ ދީނަށް ފުރައްސާރަކޮށް ހަދާކަށް ނުކެރޭ. މިހާރުވެސް ފުރައްސާރަ ކުރާ ބައިގަނޑަށް ސަރުކާރުގެ އިސްމާގުތަށް ދީގެން އެއުޅެނީ..

      3
      1
  11. އަލްޖިބްރާ

    އެއްވެސް ކަމެއްގައި ޕީ.ޕީ.އެމްގެ މީހުނަށް ވޯޓުދީފިނަމަ ވާނެގޮތް އޮތީ މީގެ ކުރިންވެސް ތަޖްރިބާ ކޮށްފަ ! ދެން ކަލޭމެންނަށް އެއްވެސް ކަމެއްގައި ވޯޓެއް ނުލިބޭނެ !

    13
    12
  12. ޔާﷲޔާﷲޔާﷲޔާﷲ

    އަބޯ ގަންޖާ ބޯ ހިބަރަ ބޯ ޕޕމ ފިކުރުގައި ހުރި ހަމަ އެކަކުވެސް ތިނަޖިހުން މުޑުދާރުވެފައި ތިބިމައު މައުމޫން ބުރުމާ ގަންޖާ އަށް ވޯޓު ދީފިނަމަ އެމީހެއްގައިގަހުރި އިސްލާމްދީން ނެތިގެންގޮސް އެމީހުނީކާފަރުންގެ ތެރެއިން ވާމީހުންނެވެ. ﷲ ރައީސްޔާމީން ގެ އަދުއްވުން ކަމުގައިވާ ބާތިލް ޝަރިޔަތެއް ކޮއްރައީސްޔާމީން ގަލަށްލުމަށްޓަކައި ބައިވެރިވި ހުރިހާ ނުބައިނުލަފާ ޖައްބާރުންތައް ބައި ބައިކޮއް ނިކަމެތިކުރައްވައި އެ
    ވައްކަންު ކުރިމީހުނާއި އިންސާނުން ކަތިލާމެރި މީހުންގެ އަތްތަކަށް ދުވަހަކު ފަސޭހަވުމެއް ނުވާވޭންހުރި ބައްޔެއް ޖައްސަވާފާންދޭވެ އާމީން