އިއްޔެ ގއ.ވިލިނގިލީގައި ކަރަންޓްގައި ޖެހުނު ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

ފެނަކަ އިން ކުރި ޓްވީޓެއްގައި ބުނީ ކަރަންޓްގައި ޖެހުނު މުވައްޒަފު ރޭ ފަތިހުގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

އޭނާ ކަރަންޓުގައި ޖަހިފައި ވަނީ ކޯރެއް ކޮންނަން އުޅެނިކޮށް ކަމަށާއި ކަރަންޓް ޖެހުނީ އޭނާ ކޯރެއް ކޮންނަން އުޅެނިކޮށް ސުޕަވައިޒަރު ބްރޭކަރު ނެގުމުން ކަމަށް ވިލިނގިލިން "ވަގުތު" އަށް އިއްޔެ މައުލޫމާތު ދިން މީހަކު ބުނެފައި ވެއެވެ. މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕަވައިޒަރު ބްރޭކަރ ނަގައިފައިވަނީ އޭނާ ކޯރު ތެރޭގައި އޮތްކަން ނޭންގިއެވެ.

ފުލުހުން ގެންދަނީ މި ހާދިސާ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

މީގެ ކުރިންވެސް ވިލިނގިލީގައި ވަނީ އެފަދަ ހާދިސާތަކެއް ހިނގާފައެވެ. އަދި 2016 ވަނަ އަހަރުގެ ތެރޭގައި ހިނގި ކަރަންޓުގެ ހާދިސާއެއްގައި އެރަށުގެ މީހަކު ވަނީ ނިޔާވެސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސުޕަވައިޒަރ

    ފައްކާ ސުޕަވައިޒަރެއް ތީ....

  2. ޕޮގުބާ

    އަދިވެސް އެމްޑްޕ ޕީއަށް ވޯޓް ލެވޭތޮ ބަލާ

    7
    3
  3. ޢައިސަ

    ހިންގުންތެރިކަން މާމޮޅީތާ
    އެއްބަޔަކު އަނެއްބަޔަކަށް ވާނުވާނޭގެނީ

  4. ދަންސޫރަ

    އެމްޑީ ޕީގަ ނުހުންނާނެ ހަމަޖެހޭ އެކަކުވެސް ބުރޭކަރ

  5. ތިންސިކުނޑި

    އެޖެންޑާ 19 ހަމަ ތަފާތީ؟

  6. ގއ.މާމެންދޫ

    ގއ.ވިލިނގިލިގައި ސުޕަވައިޒަރުގެ އިހުމާލުން މީގެ ކުރިންވެސް ހަމަ ތިގޮތަށް ކަރަންޓުގެ މަސައްކަތެއް ކުރަނިކޮށް އިންޖީނުގޭގެ މުވައްޒިފެއް ނިޔާވެފައިވޭ.. އަދި ކަރަންޓުގައި މީހަކު ޖައްސައި މަރާލާފައިވެސް ވޭ.. ސުޕަވައިޒަރު ޒާތީ ކަމެއްގައި ހަސަދައެއް ފިލުވާލީތަ؟؟؟ އަހަންނަގެ އަހަންމަދާ މަރަން ކޮޅެ ކަމެކެ އެނެއްކާއި؟؟؟

  7. ސްނޯމަތީދޫނި

    ފެނަކަ މިއީ ކޮރަޕްޝަނުން ފުރިފަ އޮތް ތަނެއް، ކަރަންޓުގަ ނުޖެހުނީއާ ދެރަ

  8. ކުއްލި

    ހިތާމަ ހުރި ކަމެއް އިންޖީންގެއިން ސޭފްޓީ ގަނޑެއްވެސް ނުދެނީ އޭ އަޑުއެހިން ... އަދި މީގެ ކުރިން ހާދިސާގަ ނިޔާވި ކުއްޖާވެސް ހުރީ ސޭފްޓީ ނުލާ އޭރުވެސް ހަމަ އެހާދިސާ ހިގާ ދިޔައިރު ތިޔަބުނާ ސުޕަވައިޒަރު ހުރިކަމަށްވޭ...

  9. Usaidh

    Fenaka in muvazifunge rakkaatherikama beynunvaa echehi hodha nudhi masaka kuruvani. E shakuva kuraa ira bunaane bida laagen ehfaharaa hurihaa eche hoadhanshey. Muvazifunge rakkaatherikan sarukaarun kashavarukuran ithuru haadhisaae higumuge kurin sarukaara govaalan