މާލޭގެ ގޯޅިތައް ފުރިއްޖެ ކަމަށާއި، އިތުރަށް ޕާކުކުރާނެ ތެނެއް ނެތްކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ޓެގް ކުރައްވާ މޭޔަރު ޝިފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވަނީ މާލޭގެ ގޯޅިތައް ފުރިފައިވާ ކަމަށާއި، އަދި އެކަމުގައި މާލޭ ސިޓީ ކައުންސިލްގެ ނިންމުން ވަރަށް ސާފު ކަމަށެވެ. މީގެ އިތުރުން ހުރިހާ މުއައްސަސާތައް ގުޅިގެން މާލޭ ސިޓީއަށް އެތެރެވާ ވެހިކަލްތަކަށް ހައްލެއް ހޯދަން ޖެހޭ ކަމަށްވެސް ޝިފާގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

"ހުރިހާ މުއައްސަސާތަކެއް ގުޅިގެން މާލެ ސިޓީއަށް އެތެރެވާ ވެހިކަލްތަކަށް ހައްލެއް ހޯދަންޖެހޭ. ގޯޅިތައް ފުރިއްޖެ. ކައުންސިލްގެ ނިންމުން ވަރަށް ސާފު. އިތުރަށް ޕާކް ކުރާނެ ތަނެއްް ނެތް." މޭޔަރު ޝިފާގެ ޓްވީޓުގައި ވެއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މިފަދައިން ޓްވީޓްކުރައްވާފައި ވާއިރު، މާލޭ ސިޓީގައި ދުއްވާ އުޅަނދު ފަހަރު އިތުރުވެ ތޮއްޖެހުމުގެ މައްސަލައިގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.

މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަކީ މި ސަރުކާރުގެ ވައުދެކެވެ. ޕާކިން ސްޓިކާ ޖެހުން ހުއްޓާލުމަކީ ވެސް ސަރުކާރުގެ ވައުދެކެވެ.

ނަމަވެސް ފަހަކަށް ކޮންމެ ހަފްތާއަކު ސްޓިކާ ޖަހައިގެން ދައުލަތައް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދައެވެ. ޕާކް ކުރާނެ ޖާގަ ނުދައްކާ، ޕާކިން ސްޓިކާ ޖެހުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު ޝަކުވާއެކެވެ.

ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް ޕާކިންގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދައި ދެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ބޯބުޅި

    ކަދުރުކަޅުދައްތަމެން ސްޓިކާ ޖަހައިގެން ރައްޔިތުން ފެލަން މަރެއްނު.

    14
  2. ކިނބޫ

    ވަގުކަދުރު ފޮރުވާނެ ތަންތަން އެބަހުއްޓެއްނު. ރާއްޖެއަށް މިއަހަރު ރޯދައަށް ލިބުނު ކަދުރަށް ވީނުވީއެއް ނޭނގުނީ އެހެންވެތާ.

    15
  3. ޖަހާންގީރު

    ނަމާދު ގަޑިއަކަށް ވެސް ބެލުމެއްނެތި ސްޓިކަރ ޖަހަމުންދަނީ

    11
  4. ?ރޮނޑާ

    ކަން ކަން ރަގަޅައް ކުރެވޭނީ ބުއްދި އިސްކޮއްގެން. ލޯކަލް މާރކެޓް ގުރައުންޑު ަ ސަރަހައްދު ޕާކު ކުރެވޭ ގޮތައް ހަދާފަ މަތީގަ ފިހާރަތަކައް ދޫކުރޭ. ރަގަޅު ގޮތުގައި ބޭނުން ނުކުރެވޭ އެތައްތަނެއް އެބަހުރި މާލޭގައި. . ސްޓީއޯ ސުޕަރ މާޓު ޕާރކިން ޒޯނަކައް ހަދަން ސްޓީ އޯ އަން އަންގާފައި މަތި އެމީހުންނައް ދޫކުރޭ. ކަންތައް ކުރަން ނޭގެނީ

  5. ާަޕޮގުބާ

    މޭޔަރު ސިފާ ދެފައިދޭތެރޭ ޕާކުކުރަންވީ ދެން

    11
    1
  6. ކެޔޮޅު

    ޕާރކުކުރާނެ ތަންތަންނުހަދާވެސް ބަލާ މަގުތައްހުސްކުރެވޭތޯ އެއިރުން ވަރައްރީތީވާނޭ ތަނެއް ހަދަންނޫޅޭތި؟

  7. ާލި

    ޕާކް ކުރާނެ ޖާގަ ނުދެއްކެނީ ވިއްޔާއަސްޓިކާ ޖަހައިގެް ނުވާނެ މީގެ ފަހުން

  8. ޝަމާއު ޝަރީފް

    ޝިފާމެންގެ ޅަ ސިކުނޑިތަކަށް ޕާރކުކުރާނެ ތަން ނުވަތަ ގޮތްތައް ހޯދަން ނޭނގެންޏާ އިސްތިއުފާދީފަ ގެއަށްދިޔައީމަ ނިމުނީ. ޕާރކިންގ ޒޯންތައް ގްރައުންޑް ލެވެލްގައި އެކަނި ހުރުމުގެ ބަދަލުގައި ފްލޯރތަކަކަށް ހަދައިގެންވެސް ޖާގަ އިތުރުކުރެވޭނެ.

    4
    1
  9. މަންމި

    ޝިފާ ދައްތަ އުޅުއްވާ ގެކޮޅު ތަޅާލާފަ ޕާކިން ލޮޓެއް އަޅުއްވަން ވީނުންތޯ

  10. ކަދުރުވަގު

    Male cityah etherevaa vehicalethakah މަޖިލިސް ދޮރުމަތީ ޕާކު ކުރަންވީ އޭރުން އޮންނާނީ ރަނގަޅު ހައްލެއް ގެނެވިފަ

  11. ާހުަޅުމާލެ ބޮޑުމީހާ

    ޕާކު ކުރާނެ ތަންނުދައްކާ ޕާކުކުރެވެން އޮންނަ ތަންކޮޅުގަވެސް މިހާރު އޮންްނަނީ ޕާރކުނުކުރެވޭގޮތް ހަދާފަ
    ސަރުކާރުގެ ބޮޑެތި ބޭފުޅުންނަން ނުފެންނަނީތޯ؟
    ނޫނީ އަޅާ ނުލައްވަނީތޯ؟

  12. ގޯސްމީހާ

    ޝިފާމެން ބޮޑު މުސާރަ ނަގައިގެން ވާ ކަމެއް ހަރާން.. ކޮންމެ ތާކުން ތަނެއް ލިބޭއިރަށް ގާކޮޅެއް އަތުރާލިޔަސް ނުވާނެ ތިލަމެއް ޕާކިން އިމާރާތް ހަދާފަ ކުއްޔަށް ޕާކު ކުރެވޭ ގޮތް ހަދާބަލަ ނިކަން

  13. ފިލާވަޅު

    ކަލޯ އަލްޓަރނޭޓިވް ސޮލިއުޓަނެއް ނުދައްކާ ކީއްވެބާ ފައިން ކުރަނީ؟ ގަސްތުގަ ކުރާކަމެއް ކަމައް ބެލެވެނީ ސްޓިކާ ޖަހާ ފެލުން ދެން ކީކޭބާ ފުލުހުން ބޫނާނީ ޕާކިންޒޯނުގަ ޕާކްކުރާށޭ.
    2 މީހުންގެ ބޮއްކުރާއަކއް އަރުވާފަ މިބުނަނީ 100 މީހުންކައިރީ ދަތުރުކުރާށޭ.
    މިއީ އަނިޔާއެއްނު ތިދެނީ ހެސްކިޔާފަ މަސައްކަތްކޮށްފަ ހޯދާ އެލާރިކޮޅު އަދި މިނަގަނީ ބަހަނާ ދައްކާފަ

  14. އަލްޖިބްރާ

    ޕާރކް ކުރާނެ ތަންތަން ނެތީވިއްޔާ އެއްގަމު އުޅަދުފަހަރު އިންޕޯރޓް ކުރުން ކޮންޓްރޯލް ނުކުރެވެނީ ކީއްވެތަ ؟

  15. އަލްޖިބްރާ

    ކޮންމެހެން ޕާރކް ކުރާނެ ޖާގަ މާލޭގައި ހަދަން ބޭނުންނަމަ މާލޭގެ ބައެއް ގޯތި ސަރުކާރަށް ނަގަންވީ ! އެ ނަގާ ގޯތީގެ ބަދަލުގައި ހުޅުމާލެއިންހަމަ އެވަރުގެ ގޯތި ދޭނީ ! ގެހަދާފައި ހުރި ފެންވަރަށް ހަދާފަވެސް ދެވޭނެ ! އެވަރުގެބިން ހުޅުމާލޭގައި އެބައޮތް ! ކަންތަށް ކުރެވޭނީ ކުރަން އުޅުނީމަ ! ނެތޭ ކިޔާފަ އަތް އުރާލައިގެން ތިއްބަސް ކަންތަކެއް ނުވާނެ !

    1
    1
  16. މަނިކު

    ޕާކުކުރާނެ ޖާގައަކީ ހެދީމާ ލިބޭ އެއްޗެއް.. 10 ހާސް އަކަ ފޫޓުގައި 30 ކާރު ޕާކު ކުރަން ބިންމަތީގައި ރޮނުގުދަމައި، ގޮޅި ހެދިޔަކަސް ޕާކިން މައްސަލައެއް ހައްލެއް ނުވާނެ.. އެހެން ބިން ތަދު ޤައުމުތަކުގައިވެސް ޢަމަލުކުރާ ބީދައިން، އޮޓޮމެޓިކް ސިސްޓަމްތައް ހަދައި، އެ ތަންތަނުގައި ޕާކުކުރުން މަޖްބޫރުކުރަން އެބަޖެހޭ.. ބްރިޖުއަޅައި، އެއްގަމު ދަތުރު މުހިއްމުކަން އިތުރު ވާއިރު، ޕްރައިވެޓް ދަތުރު ކުރެވެންޖެހޭނެ.. ހުޅުމާލޭގައި އެއް އޮފީސް، މާލޭގައި އަނެއް އޮފީސް ހުންނައިރު، އެކަމަށް އޮންނަ ޑިމާންޑް ކުޑައެއް ނުވާނެ..