ނިޔާވެފައި އޮއްވާ މިއަދު މާލޭ ގެއެއްގެ ޓެރަސް މަތިން ފެނުނު މީހަކީ ކާކުކަން އަދި ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ނިޔާވެފައި އޮއްވާ ފެނުނު މީހަކީ އެގޭގައި ދިރިއުޅޭ މީހެއް ނޫންކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އެ މީހާ ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނީ." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މާލޭ ގެއެއްގެ ޓެރަސްމަތީގައި ނިޔާވެފައި އޮއްވާ ފެނުނު މީހާ އެމްބިއުލާންސަށް އަރުވަނީ - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 11:18 އެހާކަންހާއިރު މައްޗަންގޯޅީ ގެއެއްގެ ޓެރަސް މަތީގައި ފިރިހެނަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ.

"މައުލޫމާތު ލިބިގެން ފުލުހުން އެގެއަށް އެޓެންޓްވިއިރު އެމީހާގެ އަނގައިން ފޮނު އަރާފައިވޭ. އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކު އޭނާ ތިރިއަށް ބޭލުމުގެ މަސައްކަތް ކުރަމުން ދަނީ." ފުލުހުން ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޕޮގުބާ

    ނޭންގޭނެ ތަނެއްދޮރެއްވެސް އެގޭކަމަށް ނުވެސް ހަދާނެ ގާސިމްގެ މަރު ވީނުއެއްވެސް ވާނުވާއެއް ނޭންގެ

    48
  2. ކެޔޮޅު

    އަވަހައް މަރުކޮމިސަނާ ހަވާލުކުރޭ ފުލުހުންނަކައް ތިކަންވާނެހެނެއް ހިޔެއްނުވޭ ދެރައީ ސުއޫދު ނެތްކަން!

    36
    3
  3. ކޮބާކަލޭ

    ޔާމީނު ވެރިކަމުގަ ގޮތްނޭތްއިގޭ މަރުތައްވާކަމައްބުނެ އައިސަރުކާރުގައި ގޮތްއެނގޭމަރެއް މިހާރަކުނެތް!

    54
    2
  4. އެންދެރި

    ދެނެ ގަތުމަށް އާއްމުންގެ އެހީ ހީދަން ވީ އެވެ.

    27
    1
  5. ޥަނެެޖޔެި

    ފޮޓޯއެއް ހިއްސާ ކޮށްބަލަ

    35
  6. މަރުކޮމިޒަން

    މިހާރު ވެއްޖެދޯ މީހުންގެ ފޮޓޯ ސްކޭނު ކޮށްގެން ޕާސްޕޯޓާ މެޗު ކުރެވާ ފަދަ އެޕެއް އުފައްދަން ފުލުހުން، އޭނަގެ ހަށިގަނޑު ކުނިވާ އިރުވެސް ބުނާނީ ނޭނގުނޭ ކާކު ކަމެއް.

    36
  7. އެލެކުސް

    ނޭނގޭ ކަމައް ޕޮލިހުން ބުނަންޏާ ކަލޭމެން ނައް ކަލޭމެންގެ ނަފްސުވެސްނޭގޭނެ

    30
    2
  8. މާޔާ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎

    38
  9. މިއަދު

    ދެންފަހެ ކޮންމެ 5 މިނެޓަކުން 5 ފަހަރު ތިހެންބުނުމަކުން ނުފުދެ އެއްމެކުޑަމިނުން އެގެއަކާއި އެމީހެއްގެ ގާތްގަނޑަކަށް އުމުރުފަދަ ލިބެންހުރި މަޢުލޫމާތެއް އަޅެފަހެ ޢާއްމުކުރިއްޔާކީއްތަވީ

    33
  10. ރިނދަލި

    ދެންއެހެންވިއްޔާ އެމީހާ އެގެއައްދިޔައީ ކީއްކުރަންށޯ އަނެއްކާ އެއީ ފަޅުގެއެއްތަ ނުވަތަ ހަދަމުންދާތަނެއްތަ

    22
  11. މަނިކެ

    މޮޅު ޑިޜެކޮޓިވް ކޮސް ގޮވާ ސުއޫދު ކޮބާ.. ސްޕައި ސުއޫދު.

    23