ލިލީ ބީޗް ރިސޯޓް ގައި މަސައްކަތް ކުރަމުންދާ މީހަކު، ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަރުވެފައި އޮއްވާ ފެނުނީ އެ ރިސޯޓު ގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފެކެވެ.

އޭނާ މަރުވެފައި އޮތްކަން އެނގުނީ ނިދާ ނުހޭލައިގެން ގޮސް ބެލިމުންނެވެ.

ފުލުހުން ވިދާޅުވީ، މަރުވެފައި ވަނީ އުމުރުން 38 އަހަރުގެ އިންޑޮނޭޝިއާ މީހެއް ކަމަށެވެ. ފުލުހުން ވިދާޅުވިގޮތުގައި، އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުއްބުލް ވަތަން

    ރައްޔިތުންނޭވެ ގައުމަށް މިޖެހިފައިވާ ރޯގާއިން ސަލާމަތް ވުމަށްޓަކައި މާތްﷲ އާއި އެކަލާންގެ ރަސޫލާއަށް ފުރައްސާރަކުރުން ހުއްޓުވުން މުހިންމު އަދި މިލާދީނީ ފިކުރު މިގައުމުން ފޮހެލާންޖެހޭ.

    44
  2. އދ

    ގައުމުގައި މަރު އާންމުވުން މީވަރަށް ބޮޑު ކޯފާއެއްގެ ނިޝާނެއް، ރައްޔިތުންނޭވެ އަވަހަށް މިކަމާހޭލާށެވެ. މި ލާދީނީ ސަރުކާރު އެއްފަރާތްކުރަން އެބަޖެހޭ.

    35
    4
    • ޙިޔާ

      މަރުވާނެ. މަރަށްތައްޔާރުވެ ތިބެން ގޮވާލުމުގެ ބަދަލުގަ ދެންވެސް އުފެދެން އޮތްފިތުނައެއް އުފެދޭތޯ މަސައްކަތްކުރުމަކީ މުނާފިގުން ގިނަވެފެތުރިފައިވާކަމުގެ އަލާމާތެކެވެ

      25
      4
    • މަރުވާނެ ޔަޤީން

      ދެލޯފުޅާ! ގުދުރަތީ މަރަކީ މުޅިދުނިޔޭގައި ވެސް، ހުރިހާ ޒަމާނެއްގައި ވެސް ޢާއްމު ކަމެކެވެ. އެންމެ ޔަޤީން ކަމަކީ ވެސް މަރެވެ. ހާސްވާން ޖެހޭ ކަމަކީ، މިރާއްޖޭގައި، ވައްކަމާ، ޒިނޭ އާ، ޙަރާމެއް ޙަލާލެއް ނުބަލާ ފައިސާ ހޯދުން ޢާއްމުވެފައި ވުމެވެ. އަދި ފާއިތުވީ ވެރިކަމުގައި ގިނަ ބަޔަކު ކަތިލެވިފައި ވާތީއެވެ.

      5
      10
  3. ާއަލީ

    މީ ލިލީ ބީޗު ރިސޯޓް ގެ 2 ވަނަ މަރު

  4. ނުރަށްކާ

    މަރު ސަރުކާރު ހަމަމިހާރުން މިހާރަށް މިލާދީނީ މުސީބާތެއް ފަދަ ޖައްބާރުން ވެރިކަ މަށް ގެނަން ކޯލިޝަން ހެދިމުނާފިޤު ން ތައް ހަމަމިހާރުން މިހާރަށް މިދިވެހި ރާއްޖޭގެ ސަލާމަތާއި ރަކާތެރިކަމައް ޓަކައި ތިލާދީނީ ބައިގަ ޑު ރާޖެ ދޫކޮއް ދިއުމަކީ މިރާއްޖެއަށް ހަމަޖެހުން ލިބި ﷲ ރާއްޖެ އަމާންކޮއްދެއް ވާނެކަމެކެވެ.

    9
    1