އެބައެއްގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ޢާންމުވުމަކީ ޤައުމީ ތަރައްޤީއަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ޚިޠާބުގައެވެ.
ރައީސް ވިދާޅުވީ، ޤައުމެއްގެ މުއްސަނދިކަމާއި ވަސީލަތްތަކުން، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، ރައްޔިތުންނަށް މަންފާ ލިބުމަށް އޮތް އެންމެ ބޮޑުހުރަހަކީ އެބައެއްގެ ތެރެއިން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާއި ޚިޔާނާތްތެރިކަން ޢާންމުވުން ކަމަށެވެ.
އަދި ކޮރަޕްޝަންގެ ވަބާއަކީ ދައުލަތުގެ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލި، އިޖްތިމާޢީ ޢަދުލުވެރިކަން ނެތިގެން ދިޔުމުގެ މައިގަނޑު ސަބަބުކަމަށްވެސް ރައީސް ސާލިހުގެ ޚިޠާބުގައި ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ސިޔާސަތުގެ ދަށުން، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން ޢާންމުކުރަން ފައްޓަވާފައިވާ ކަމަށާއި، މިކަމުގެ ބޭނުމަކީ، ސިޔާސީ މަޤާމުތަކަށް ޢައްޔަންކުރެވޭ މީހެއްގެ މާލީ ޙާލަތު ޢާންމުކޮށް އެނގުމާއެކު، އެ މަޤާމުގައި ހުރެގެން ނުޙައްޤު މުއްސަނދިކަމެއް ހޯދާކަން ނުވަތަ ނޫންކަން އާންމުންނަށް ދެނެގަތުމުގެ ފުރުޞަތު ފަހިކޮށްދިނުންކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ވެބް ޕޯޓަލެއްވެސް ސަރުކާރުން މިހާރު ޤާއިމުކުރައްވާފައިވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ގުދޯ ގުދޯ ގޮވާތީވެ ހިނި އަންނަނީ 0 ޓޮލަރެންސްގައި ހަހަހަހަހަހަހަ
ރައްޔިތުންނޭވެ ގައުމަށް މިޖެހިފައިވާ ރޯގާއިން ސަލާމަތް ވުމަށްޓަކައި މާތްﷲ އާއި އެކަލާންގެ ރަސޫލާއަށް ފުރައްސާރަކުރުން ހުއްޓުވުން މުހިންމު އަދި މިލާދީނީ ފިކުރު މިގައުމުން ފޮހެލާންޖެހޭ
ހެއްލިގެން އުޅޭ ކާޕެޓް ގަނޑު ހޯދަބަލަ
ތި ބުނާ އެއްޗެއް ހިބަރު ވަދަކު އަޅައިގަނެގެން އުޅުނު ވާހަކަ އަޑުއެހިން!
ބަލަ ދައުލަތުގެ މާލިއްޔާތުން ނުހައްގުން ދޫކުރިދެބިލިއަން ރުފިޔާ ކޮބައި؟؟އެއީތޯ ޒީރޯ ޓޮލަރެންސް ޓު ސަރުކާރުނުހިންގޭ ނަސީދު ސަރުކާރުހިންގަނީ؟؟
ވެރިކަމަށް އައުމާއެކު ފުރަތަމަވެސް ހޯރަ އިއްބެ ދޫކޮށްލީ! ބޮޑެތި ވަގުންނާއި ފަނޑިޔާރުން ވަގަށްނަގާ މީހުން ދޫކޮށްލައި ޓެކްސްއަށް މަކަރުހަދަން ހާޓް އެޓޭކެއް ޖެހުނުކަމަށް ހެދުނު ސޭޓަކު ދޫކޮށްލީ! މިއީ ވެރިކަމަށް އެރިތާ 3 ދުވަހުން ކޮށްލިވަރު! 32 ބިލިއަން ރުފިޔާގެ ބަޖެޓެއް ދުމަށް އަރައިގެން ދިޔައިރު ރައްޔިތުންނަށް ކޮށްދިން ކަމެއް ހަރާމް! އެކަމަކު ޕާޓީގެ ބޮޑުންގެ ކުންފުނިތަކަށް ސަރުކާރުން ދާދި ފަސޭހައިމް މިލިއަނުން ބިލިއަނުން ބަދަލުދިން! މިވަރުގެ ބޮޑު ވަގަކު ވެރިކަމުގައި ހުންނައިރު ދެން ކަރަޕްޝަން އޮންނާނެވަރު ވިސްނާލާ!
ވަރަށް ބޮޑުތެދެއް. ކޮރަޕްޝަންގެ ވާހަކަ އެންމެ ބާރަށް އެދައްކަނީ މިސަރުކާރުގަ ކުރާ ބޮޑެތި ވައްކަންތައް ފޮރުވަން.
ބޭކާރު ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. ކުރަންވީ ކަމަކީ ކާކު ކިހިނެއް ނުގަވާއިދުން ކުރި ކަމެއްގެ ސަބަބުން ތޯ ބަދަލު ދޭންޖެހުނީ . އެމީހަކު ޒިންމާ ކުރުވަންވ،ި. އެމީ ހެއްގެ އަތުން ބަދަލު ނަގާ ދޭންވީ. އެއިރަކުން ދައުލަތުގެ ހަޒާނާއިން ފައިސާ ދޭތީ ކަންބޮޑު ވާކައްނުޖެހޭނެ އެއްނުން. ސަރުކާރު ބަދަލު ވިއަސް ކުޅިބައި ހިލުވަން އުދަގޫ ވާނެ އެއިރުން.
އިންސާފު ހޯދަމޭ ކިޔައިގެން އައިސް ކުރަމުންދާ ކަންކަން ރައްޔިތުންނަށް ސާފު އަވަހަށް އިސްތިއުފާ ދިނުން ރަނގަޅީ
ރައީސޫމަމެން އަޑުއަހަނީލޯނަށްއެދޭމީހުންގެ ލޯނުތަށްވެސް ލިބޭނެ މީހުނާއި ނުލިބޭނެމީހުންވެސް ކަޑައަޅަނީ ޝާޒްބެއޭ ކިޔައިގެން .ޝާޒްބެ ބޭނުންވާމީހަކަށް ށޯލޯނު ދޫކުރަނީ ރައިސްގެ ގެއިންނޯހުރިހާކަމެއްވެސް ނިއްމަނީ މިހާރު އެބަކިޔާފުލެޓްދެނީވެސް ރައިސްގެ ގެކޮޅުން ނޫރާނީއާގެއިން ކަނޑައަޅާބަޔަކަށްށޭ . ރައިސޫ މަބުނީ ނުލާހިކު ލޯނަށް ކުފޫހަމަވާމީހުންވެސް ލޯނު އެބަޔަކަށް ނުދީކަޓުވާލައިފިއޭއެބަކިޔާ . ރައިސަށްވެސް ހައްގު ވާތީކީނޫނެއްނުން މާތް ރަސްކަލާގެ ވެރިކަން ހަވާލު ކުރެއްވީ ތިއީ ގައުމުގެ ވެރިކަމަށް އެންމެ ކުފޫ ހަމަވާނެ ރައްޔިތުމީހާއެއްނޫނެއް ނުއް އެހެންވީ ރައިސަކަށްވެސް ނުނިއްމޭނެދޯ ކުފޫ ހަމަވަނީ ކޮންބައެއްކަމެއް .ވަކި ބަޔަކަށް ކަންކަން ކޮއްދޭކަށެއް ނޫނެއް ނުއް ވެރިކަން ހަވާލު ކުރި ބަޔަކު ވެރިކަން ހަވާލު ކުރީކީ ދޯ . ތިހެންވީމަ މަމިބުނީ ކަޓުވައިލެވޭނީ އެންމެ ހައްގުވާމީހާއޭ .އެއީ އިންސާފުން ކަންކަން ނުކުރާތީ .
އަސްލު ބުނަށް މަނޫލެއް ރައިސަކާ ހަސަދަލައިގެން އެކަމަކު މަށަށްއެގޭރައިސަކީއިންސާފު ކިޔަންވެސް ނޭގޭނެ ދިވެހިރައްޔިތެއްކަން
ދޮންކަލޯ އިލާހީ ގާނޫނު އެއޮތީ ފެންނަން އެއަށް އަމަލުނުކޮށް އިތުރު ގާނޫނުތައް ހަދާ އެއަށް އަމަލުކުރާނަމަ ހަމަނުޖެހުމާ ހިތާމަ ކުރިމަތިވާނެ
އަންނަނީ ހިނި! ޒީރޯ ޓޮލަރެންސް!
މިއަދު ކޮރޮޕްޝަން ދުވަސް ފާހަގަކުރަނީ ރައްކުލާއިގެ އަގުބޮޑު މޮރޮކޯ ކާޕެޓެއްގެ މަތީގަ ކޮރޮޕްޝަން 0 އައްދިއާމަ ވާނީމިހެން ދެންއަޑު އިވޭނީ ބޭރުގައުމެއްގެ އަގުބޮޑު ހޮޓަލެއްގެ ބެޑްޝީޓް ރޫމްބޯއި ހަދިޔާއައްދިން ހަބަރް ވައްކަންކުރާ މީހުނައްނުނިދޭނެ ފަޅުތެރެއި މުރަކައައްވިއަސްނަގާ ގެއައްނުވައްދަނީސް
ރަގަޅު ވާހަކައެއް. ކާރޕެޓް އޮތްތަނަކުން މަގުމައްޗައް ނެރެންޖެހޭނެ.
ކަލޭގެ ތިވާހަކައެއް ނޫން މިހާރު މުހިންމީ. އެތައް މަރެއް، އެތައް ގޮތްނޭންގޭމަރެއް އިތުރުވާއިރު މިސަރުކާރު އިސްތިއުފާދޭކަށް ނުޖެހޭބާ؟ މީގެކުރިން މިހަކަލަ ކަންކަން ވީމަ ސަރުކާރު އިސްތިއުފާދޭންގޮވާ ތިބައިގަނޑު މުޅި މަޖީދީމަގު ކުޑަކުރޭ.
ޖަޒީރާރާއްޖެ މީހުންނަކީ މިގައުމުގެ ތަރައްގީއަށް އޮތް ހުރަސް
މާނައަކީ ކޮރަޕްސަނަށް މަގުފަ ހިވާގޮތަށް ބޭރުކުންފުނިތަކަށް ރާއްޖެތަރަށްގީކުރަން މަސްރޫޢުތަށް ދިނީމަ ފަޅާއަރާތީ ކަމެއް ނުކުރެވޭނެ
މިހާރު ދިރުވާލަނީ ދައުލަތް ގާނޫނުގެ ތެރެއިން ރޯމާދުވާލު.
ރައްޔިތުންގެ ލާރި "ބަދަލު" ދިނުމުގެ ނަމުގައި ވެރިކަމައް އަންނަން އެހީތެރިވެދިން މީހުންނައް ބަހައި ހުސްކުރުމަކީ ކޮރަޕްޝަނެއްނޫންތޯ.
އިއްޔެ ބަޖެޓަށް ވޯޓުނުދީ މުޒާހަރާކުރީ އެއީ ތަރައްގީއަށްއޮތް ސަޕޯޓެއްވީމަތަ
ޢިހަށް ކިޔައިދީބަލަ 32 ބިލިއަން ބަޖެޓަށް ޖެދިގޮތް.
މަގޭ ސުވާލަކީ މިމީހާހޭ، ދައްޖާލަކީ؟ ޖަސަދަކީ އަމިއްލައަށް ވިސްނުމުގެ ބާރުނެތް އިންސާނުން މަގުފުރައްދަން ދުނިޔޭގައި ލައްވާފައިވާ އެއްޗެއް، ވިސްނުމެއް ފިކުރެއް ކަންބޮޑުވުމެއްނެތް. ހަމަ ހުސް ހަސިގަނޑެއް. ކަންކަން ޗާނެގޮތަކަށްވާންވީ. މީނަކިޔާނެ އެއްޗެއް ކިޔަކިޔައި ހުންނާނެ.
ޒީރޯޓޮލަރަންސް ގެ ދަށުން2018/11/17 ގެ ފަހުން މިގައުމުގާ ކަރަޕްޝަންގެ އަމަލެއް ނުހިގައެއް ނޫންތޯ؟ ކީއްވެތޯ ތަރަށް ގީޔަށް ހުރަސް އެޅެންވީ ވޯޓަރ މެލަން ވިދާޅުވިނޫންތޯ މިސަރުކާރަށް އަހަރުވީ އިރު ކަރަޕްޝަންގެ އެއްވެސް އަމަލެއްނެތޭ ހިންގާފަކާ ދެންކޮން ބަހަނާއެއްތޯތިދަށްކަވަނީ ކަރަޕްޝަން ގެސަބަބުން ތަރަށްގީއަށް ހުރަސް އެޅެޢޭ ވިދާޅުވެ މާތާހިރުވާނެ އުފަންރަށަށް ވަޑާއިގެން ކައުންސިލަރެއްގެ މަގާމަށް ކުރިމަތިލެއްވިއްޔާ! ހަމަހިނިއަންނަނީ
ކޮބާ ކަލޭކާލި 1.8 ބިލިޔަން ރުފިޔާ ވީގޮތް ރައްޔިތުންނަށް ނިކަން ކިޔާދީބަލަ ކެރެންޏާ
ޖާބިރު ބުނީ ރައީސް ވެސް ކޮރަޕްޝަން ފައިސާގެ ހިފިޔޯ..
ކަރަޕްޓް އެއީ ކޯޗެއްތޯ އެގޭތަ މިސަރުކާރަށް ނޭގޭތީ ހިތާމަކުރަން ހުސްކަޕުޓް މީހުންތލބީ މިސަތުކާރުގައި
ކަލޭ ވަރަށް ރީތި ތިވާހަކަ ދައްކަން! އަދީބުއަތުން އެމްއެމްޕީއާރުސީގެ ލާރިގަނޑުން ކަލެޔަށް ދިން 37 މިލިޔަން ރުފިޔާއަކީ ކޮންކަމަކު ދިން އެއްޗެއް؟
32 ބިލިޔަން ރުފިޔާޔައް ވީގޮތަކީ ފެންފޮދަކާނުލާ ދިރުވާލެވުނީމަ އުކުނޑި ކޮއްޓާވަރުން މިހުރިހާ އެއްޗެއް މިކިޔެނީ
ބަލަ ޔާމީން ދައުރުގަވެސް ތަރައްގީވި. ތިކިޔާ ކޮރަޕްށަން އޭރުވެސް އޮތް.
ކޮރަޕްޝަން ހުއްޓުވޭނީ މިވަގުވޯޓު ސަރުކާރުގަ ގައިތިބި ހުރިހާ ކެރަފާތައް މިދިވެހި ރާއްޖެެއިން ނައްތާލައި ގެންއިގޭތޯ އެރީދޫ ކާފަރުންތައް އެބަޖެހޭ ދުނިޔޭންބޭރަށް ފޮނުވައިލެވިގެން ނޫނީ މިރާޖެއަށް ހަމަޖެހުމެއް ނުލިބޭނެއެވެ.