ޕާކް ހަޔާތު މޯލްޑިވްސް ހަޑަހާ ރިސޯޓުގައި ސްނޯކްލިންގއަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މަރުވެފައި ވަނީ ސްނޯކްލިންގ އަށް ގޮސް އުޅުނު އެމެރިކާ ގައި 62 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ، އޭނާ މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ކަމަށެވެ. އޭނާ ފެނުނީ މިއަދު މެންދުރެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިއަދު މެންދުރު 13:50 ހާއިރުއެވެ.

ފުލުހުން ވިދާޅުވީ، އެ މީހާގެ ހަށިގަނޑު މިހާރު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި، މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންގެންދާ ކަަމަށެވެ.

ޕާކް ހަޔާތް ރިސޯޓުގައި ސްނޯކްލިންގއަށް ދިޔަ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނުނުއިރު، ފިހާޅޮހި އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާ ފަތުރުވެރިއަކުވެސް މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. އަދި ލިލީ ބީޗް ރިސޯޓް ގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކުވެސް މަރުވެފައި އޮއްވާ މިއަދު ވަނީ ފެނިފައެވެ. މަރުވެފައި އޮއްވާ ފެނުނީ އިންޑޮނޭޝިއާ މީހެކެވެ.

މީގެ އިތުރުން، މިއަދު ހެނދުނު މާލޭ ގެއެއްގެ ޓެރަސް މަތީގައިވެސް މަރުވެފައި އޮތް ފިރިހެނެެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ިޮފަލިނަރަ

    ފަ ހުޒަމަނުގެ އަލަމަތް ތަައް މިފެންނީ

  2. ލަޔާގާތު

    ކޮބާ ތޯ މަަރުތަ އް ބަލާ ކޮމިސަން.....

    6
    2
  3. ާއަފްލާ

    ދިރި ތިބީންނައް ޢިބްރަތެއް އަވަހައް ﷲ ގެ މަގު ޚިޔާރު ކުރޭ

    42
  4. Ahmed Adil

    انالله وانا اليه راجعون