ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލިހުގެ ތިރިގެ، ލޮކް ސަބާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭގަތަށް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރައީސް ނަޝީދެވެ. އަދި ލޮކް ސަބާގެ ފަރާތުން ސޮއިކުރެއްވީ ލޮކް ސަބާގެ ރައީސް އޯމް ބިރްލާއެވެ.

މަޖިލީހުގެ އިދާރާއިން ވިދާޅުވީ، މިއެއްބަސްވުމަކީ ދެ އިދާރާގެ ދެމެދުގައި ގުޅުން ވަރުގަދަކޮށް، ތަމުރީން ފުރުސަތުތައް ފަހިކުރުމުގެ މަގްސަދުގައި ސޮއިކުރެވުނު އެއްބަސްވުމެއްކަމަށެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ އެންމެފަހު ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އެ އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ބަދަހި ކުރުން ކަމަށާއި، މި އެއްބަސްވުމާއެކު، ދެ ފަރާތުން ވެސް ބަރުލަމާނީ ގުޅުން ބަދަހިކޮށް ރަނގަޅު ކުރުމަށް ބާރުއަޅާ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފަލަޑޭ ގެ ހިކިޑޭ

    ބަލަ ދިވެހި ރާއްޖެޔަކީ ރިޔާސީ ވެރިކަމެކޭ ދެން މީނަ މީހަކު ތަމްރީނު ހޯދަން މި ދަނީ އިންޑިޔާ އަށް. މީނަ ހިތުން މިތަން ބަރުލަމާނީ ކޮށް ނިމިޖެ މިހާރު. މިކަމަށް ކިތަށް ބިލިޔަން ހަރަދުވޭބާ ...

  2. No ކީލި

    ތިއީ މިރާއްޖޭގެ ހަލާކު
    ޢިބޫ އަށް ލަޑެއްދޭން އުޅޭހެން ހީވަނީ .

  3. ގާޒީ

    ތިޔަގުޅުން ކައިވެންޏަކަށް ވާނީ ކޮންދުވަހަކުންބާ؟ ބޮއެ ހަލާކު!

  4. ވީޕީއެން

    އާންމު ރައްޔިތުން ގުއިރޭނެ ވަރު ވެސް ނުކޮށްދެވޭ ބައެއްގެ ކައިރިން ރާއްޖެ އެހީ ހޯދަނީތަ..
    ރައްޔިތުން ބޯނެ ފެން ނެތި ކާނެ އެއްޗެއް ނެތި މަގުމަތީ ނިދާފަ.. މިނެޓަކު އަންހެނަކު ރޭޕް ކުރަމުން ދުވާއިރު ވެސް އިންޑިޔާއިން ރާއްޖެއަށް އެހީވާތީ ވަރަށް ބިރުގަނޭ.. މުޅިން އެހެން މަގުސަދެއްގައި އުޅޭ ބުއެއްހެން ހީވަނީ..