ޓްވީޓު ކޮށްގެން ފުލުހަށް ހާޒިރު ކުރާނަމަ، ދެން ސަސްޕެންޑު ކުރާނީ ފުލުހުންގެ ޓްވިޓަރ އެކައުންޓު ކަމަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިގޮތަށް ވިދާޅުވީ، ފުލުހަށް އޭނާ ހާޒިރުވާން އަންގައި ފޮނުވާފައިވާ ޗިޓް، ޓްވިޓާ މެދުވެރިކޮށް ޢާންމު ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. އެ ޗިޓް ޢާންމު ކުރައްވާ މަހްލޫފް ވިދާޅުވެފައި ވަނީ، ފުލުހަށް ހާޒިރުވާނީ ވަރަށް ކެރިގެން ކަމަށާއި، ހައްޔަރުކޮށް ޖަލަށް ލިޔަސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.

މާދަމާ މެންދުރު 15:00 މަހުލޫފް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާއިރު، އޭނާ ހާޒިރުކުރަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު، އޭނާ ބޭނުން ކުރަމުން އަންނަ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގެ މައްސަލައިގައި ސުވާލުކޮށް ބަޔާން ނެގުމަށެވެ.

ކުރެއްވި ޓްވީޓަކާ ގުޅިގެން މީގެކުރިން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް ފުލުސް އޮފީހަށް ހާޒިރުކުރިއިރު، ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ވެސް ފުލުހުން އަތުލާފައި ވެއެވެ.

ފުލުހަށް ހާޒިރު ކުރުމަށް އެންގުމާއި ގުޅިގެން ދެން ސަސްޕެންޑު ކުރާނީ ފުލުހުންގެ ޓްވިޓަރ އެކައުންޓު ކަމަށް މަހުލޫފް ވިދާޅުވިއިރު، ޕީޕީއެމްގެ ރަސްމީ ބައެއް ޓްވިޓާ އެކައުންޓްތަކާއި، ޕާޓީގެ ބައެއް އެކްޓިވިސްޓުންގެ އެކައުންޓުތައް ވަނީ ސަސްޕެންޑު ކޮށްފައެވެ.

ކުއްލިއަކަށް ޕީޕީއެމްގެ ގިނަ މީސްމީޑިއާ އެކައުންޓުތަކެއް ސަސްޕެންޑް ކުރި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. މި އެކައުންޓުތަކެއް ސަސްޕެންޑް ކުރިއިރު މި ދުވަސްވަރަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދުވަސްރެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ނަރުގިސް

  އަޅެފަހެ މިމަހުލޫފު މިއުޅެނީ ރާކަނި މަސްކައިގެންތަ މީނާވެސް ސަސްޕެންޑުކުރަން ޖެހޭ

 2. އިއްތިހާދު

  ކަލޭތީކާކު ކަލެއަކީ މަންކީ ބުރޭންޑުގެ މީހެއް

 3. Anonymous

  ކަލޯ ކިތައް މިލިއަންޑޮލަރު ރީލޯޑުކޮއްލީ. ބޮޑުވަގެއް

 4. ާއަލީ

  މީނައަކަށް އެއްވެސް ކަމެއްނުވޭ ބޭނުންހާއެއްޗެއް ގޮވާއިރުވެސް މަގޭބައްޕަ ސަރުކާރަށް އެއޗެއްބުނެގެން ޖަލައްލާފަ ދެއަހަރު ބޭންދި

 5. Anonymous

  ކަލެއައް ރޓވ އައް އަރާއިނދެ މީހުންނައް ވަގައް.ގޮވަންޏާ އަހަރެމެންނައްވެސް ގޮވޭނެ
  ތިޔައީ ބޮޑު މުޅިވަގު
  ފަސްމާމުލުންގެ ބޮޑުވަގު
  ޜީލޯޑުބޮޑު ވަގު
  ހެއްދެވިހާ ދޮގުހަދާ ބޮޑުވަގު
  ދޮގުޓުވީޓު ބޮޑުވަގު
  ރޓވ ގަ ދޮގުހަދާ ބޮޑުވަގު
  ދުނިޔޭގަ ހުރި އެންމެ ނުލަފާ ބޮޑުވަގު
  ބުރޯއަތުން ލާރިގަނޑު ކާލި ބޮޑުވަގު

 6. Anonymous

  ނަރަކަ ހުރީ ކަލެއައް ތައްޔާރައް