ކޮރަޕްޝަންގެ އެތައް އަމަލުތަކެއް ހިންގާފައިވާކަަމަށް ބުނެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ ޕާޓީ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށް ފާޑު ކިޔައިފިއެވެ.

އެމްއާރްއެމްއިން މިގޮތަށް ފާޑުކިޔާފައި ވަނީ ބައިނަލް އަގްވާމީ އެންޓި ކޮރަޕްޝަން ދުވަހާއި ގުޅުވައިގެން، މިއަދު ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަދަައްކާފައެވެ.

އެމްއާރްއެމްއިން ބުނީ، ގާނޫނު އަސާސީގެ ދަށުން އުފައްދާފައިވާ މިނިވަން މުވައްސަސާތައް މުސްތަގިއްލު އަދި ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވުމަށް ބާރުއެޅުމަށް ގާނޫނު އަސާސީން ބަޔާންކޮޮށްފައިވާކަމަށެވެ. އެހެން ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި ކަންކަން ނިމިގެން ގޮސްފައި ވަނީ ވަކި މީހަކު ބުނާ ގޮތަކަށް ކަމަށް އެމްއާރްއެމްގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ނިމިދިގެން ދިޔަ ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ނަގާފައިވާ ކަމަށާއި، އެ ބާރުތައް އަލުން ދެއްވީ މި ސަރުކާރުން ކަމަށެވެ.

"ގާނޫނުއަސާސީން ކަނޑައަޅާފައިވާ ލާމަރުކަޒީ އުސޫލުން ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށް ހިންގުމުގައި ލިބެންޖެހޭ ބާރުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކައުންސިލްތަކާއި ރައްޔިތުންނަށް ހޯދައިދިނުމަށް ގާނޫނުއަސާސީގައި ބުނެފައިވާއިރު، އެ ބާރުތައް ނިމިދިޔަ ސަރުކާރުގައި ވަނީ ވަރަށް ބޮޑަށް ހިފެހެއްޓިފައެވެ. މިކަން މިހެން އޮއްވާ މިހާރުގެ ސަރުކާރުން އެ ބާރުތައް ކައުންސިލްތަކަށް ދެއްވައި، އަދި ލާމަރަކުޒީ ގާނޫނަށް ބޭނުންވާ އިސްލާހުތައް ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ އަދި އެބިލު ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީގު ކުރައްވާފައެވެ. މިކަމަކީ މިސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރައްވާކަމުގެ ޔަގީންކަން ދިވެހިރައްޔިތުންނަށް ލިބިގެން ދިޔަކަމެކެވެ.". އެމްއާްއެމްގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މިދިޔަ ސަރުކާރުން ދައުލަތުގެ ބަޖެޓުގައި ނުހިމެނޭ އެތައް ޕްރޮޖެކްޓެއް ހިންގާފައިވާ ކަމަށާއި، އެފައިސާ ހޯދައިފައިވަނީ ކިހިނެއްތޯ ބަލައި، ޒިންމާވާން ޖެހޭ ފަރާތްތައް އެކަމުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި ނަންގަވާފައިވާ ނުވާއިރު، އެއީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާފައިވާ އެތައް ޕްރޮޖެކްޓްތަކެއް ކަމަށެވެ.

"މިހާރުގެ ސަރުކާރުން އެކަން ކަން ބަލައިި ފިޔަވަޅު އެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރަމެވެ. މިގޮތުން ބައެއް މައްސަލަ ތަކުގައި ފިޔަވަޅު އެޅިފައިވާކަމީ، މި ސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރަމުން ގެންދަވާކަން ދިވެހި ރައްޔިތުންނަށް ފެނިގެންދިޔަކަމެކެވެ.". އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، އެމްއާރްއެމްގެ އަކީ އަބަދުވެސް ކޮރަޕްޝަނާއި ދެކޮޅަށް އަޑުއުފުލާނެ ޕާޓީއެއް ކަން ފާހަގަކުރައްވަމުން އެ ބަޔާނުގައި ބުނެފައި ވަނީ، ކުރީގެ ސަރުކާރުން އެމްއާރްއެމްގެ އިސްވެރިން ގާނޫނާ ހިލާފަށް ބަންދުކޮށް ޖަލަށްލައި އެބޭފުޅުންނަށް އެތައް އަނިޔާއެއް ދީފައިވަނީ، ކޮރަޕްޝަނާ ދެކޮޅަށް ވަކާލާތު ކުރެއްވުމުން ކަމަށެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ، ސަރުކާރުގެ ކޮންމެ މަގާމެއްގައި ހުރި މީހެއް ކަމުގައިވިޔަސް، ކޮރަޕްޝަންގެ އަމަލެއް ހިންގުމަށް ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީންކަން ދީފައިކަމަށްވެސް އެމްއާރްއެމްގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. 30 އަހަރު

    ކަޅޯ މައުމޫނާ 30 އަހަރު ވަންދެން ނެޕްކުރީމް ކިޔައިގެން ކަލޭކެއީ ކިތަށްބިލިއަން ރުފިޔާތަ މުސްކުޅިވީމާވެސް ގުދޯގުދޯ އަމިއްލައަށް ތިގޮވަނީ ހަހަހަހަހާ މޮޔަގެރި

    64
    1
  2. ހުސޭނުބޭ

    އަސްތާ! ކަރަޕްޝަނޭ މިކިޔަނީ އަނެއްކާ ކާކުތަ؟ އަނެއްކާ ކާފަގެ ޒަމާނުގެ ކަރަޕްޝަންތައް މުސްކުޅިވީމާ ޝިފްޓް ޑިލީޓް ވީތަ؟

    62
    1
  3. ހަލީމާ

    ޙަޔާތް ކުޑަޔަސް ތީ ބޮޑުވަރު.

    70
    1
  4. ާއަފްލާ

    ކޮރަޕްޝަން ނެތިއްޔާ އޯކޭ އިސްލާމް ދީނައް ކިތަންމެ ހަޖޫޖެހިޔަސް ބުރާންތި ޖާމިޢުލް އަޒްހަރުން ކިޔެވީ ބުރުގާ އަޅަން ނުޖެހޭކަމާއި ގްރްއާނަކީ ހުއްޖަތެއްނޫންކަމައް މީ ކަލެއައް އިނގޭ ދެކަންތައް ބުރާންތި

    75
  5. ބަކަމޫން ދަ ހަސަދަކިންގް

    ސާބަހޭ ބަކަމޫން. ކަލޯމެން ހަމަ ފަނޑިޔާރުން ގަނެގެން ޖަރީމާ ހިންގީމަ ބަންދުކުރީ. ކޯންޗެކޭކިޔާކަށް. ކަލޯގެ ހަގުދަރި އެއީ ދިރިހުރި ހެކިވެރިއެއް މިކަމުގަ. ގަދަޅާއެއް އެއީ. މިއަދު ޔާމީނު ޖަލަށްލީމަވެސް ސާބިތުކަންމަތީ އެހުންނެވީ. ސާބަހޭ ގައްސާނޫ. ހައްގުއެއީ ހަމަ ހައްގު. އަމާބަފާ ވިޔަސް އެބަދަލެއްނުވާނެ. ގައުމިއްޔަތާއި އިސްލާމަދީނަށްވުރެން މަތީގަ އެކަކަށްވެސް ނުހުރެވޭނެ، ހުއްޓަސް އެއީ ވަގުތީ އަވާމެންދުރެއް. ކަލޭމެން އެންމެންގެ ހަގީގަތް އިންޝާﷲ އަދި ދިވެހިން ނަގައިގަންނާނެ. އަދި ކަލޭމެން އެންމެން މިދައުމުން ޑީޕޯޓްކޮށްލެވޭނެ، އިންޝާﷲ

    61
    1
  6. އިކްލީލް

    ބާރަށް މާފަތިތައް އަމުނާފައި ބަހައްޓާ! ވަގުންގެ ސަރުކާރުގައި ދެމިހުރެވޭނީ ސަނާކީ މިންވަރަކުން. ޙަޤީޤަތް އޮތީ އެހެން ގޮތަކަށް!

    66
    1
  7. ޤަމަރު

    ހާދަ ލަދުކުޑަ މީހެކޭ ދޯ މީ؟

    63
    2
  8. ނަރީ

    މިކަލޭގެ މިހުރީ ދޮން ބޮނޑިބަތުގެ ސިޙުރު ގަދަޔަށް ޖެހިފަ!

    63
    1
  9. އާހް

    މައުމޫނު ދައުރުގެ އެފް ޕީ އައިޑީއާއި އެއަރ މޯލްޑިވުސް ގެ ކަރަޕްޝަން ހިނގިގޮތް ރަށްޔިތުންނަށް ކިޔާދޭން މިބައިގަނޑަށް ކެރޭނެބާ. ލަދުހަޔާތު ކަންފުޅެއް ހުރިނަމަވެސް މިބައިމީހުންނަށް މިފަދަބަޔާނެއްނެރޭކަށް ނުކެރޭނެ. ލަދުހަޔާތުގެ ކަންފުޅެއްވެސް ހަމަނެތީއވެ.

    62
    1
  10. އަހުމަދު

    އެފްޕީ އައިިޑީގެ ލާރިގަނޑު ކެއީ ޅިޔަންސޮރުވީމަ ނެތޭ ތިކަމައްޖަވާބެއް ދެވޭކައް ސޮރީ

    27
    1
  11. މާކުންބެ

    ހަމަރަގަށްވެސް މިބޭގެ ސިކުނޑި ރަގަޅެނޫން..

    55
    1
  12. މުފައްކިރު.

    30 އަހަރު ވަންދެން ރައްޔަތުން ލައްވާ ކުޑަ ކާފު ބޮޑު ކާފު އަޅުވާ ވެރިކަން ކުރި އިރު ނުވި ތަރައްޤީ ޔާމީން 5 އަހަރުން ކޮށް ދެއްވީމާ މިކަލޭގެ އަށް އޮތް ސަޕޯރޓް ގެއްލި ރައްޔަތުން މިކަލޭގެ ބާކީ ކުރީމާ އަނެއްކާވެސް ސަޕޯރޓެއް ލިބޭތޯ އުޅެނީ. މިއޮތްގެން އޮހޭ ލާދީނީ ޚިޔާލާ މެދު މިސަރުކާރަށް ފާޑުކީނަމަ ތަންކޮޅެއް ތާހިރުވީސް . ކޮންމެވެސް ވަރަކަށް ބަލައި ގަންނާނެ. ދަންނަވަން ޖެހެނީ ހޯހޯއޭ މިގައުމުގެ ސިޔާސަތުން ދެންނެތޭ ފުރުސަތެއް.

    26
    1
  13. ރަސީދު

    މިގޮނޑި ކޮއްކޮ ސަރުކާރު ރުއްސުވަން ފާޑުފާޑުގެ މޮޅުވާހަކަ ނުދައްކާހަނުރިބެވޭތޯ ބަލާތި. 30 އަހަރު ވެރީކަން ކުރިގޮތްﷲދެކެވޮޑިގެން ބަލަވާވޮޑިންވެ އެވެ.

    26
  14. Juhaa

    މައުމޫން ކުރެން އަހހާބަލަ، ތީމުގޭ ބަޖެޓުން އަނބިދަރިންނަށް ރަނުގެ ގަހަނާ ގަނެދިނީ ޔާމީނުގެ ސަރުކާރުންތޯ؟ މައުމޫނުގެ ލަދުކޮބާ؟

    34
  15. މިއަދު

    މަޤާށްދަހިވެފަތިއްބަސްތިއީބޮޑުވަރު ރަޢިއްޔަތުންދެޔާއިދައުއޮހޮރުވައިގެން ހޯދިލާރިކޮޅުއަތުލައިގެންބޭނުންކުރީ ކޮންސަރުކާރަކުން 32 ބިލިއަންރުފިޔާގެ ބަޖެޓެއް ވީނުވީއެއްނޭންގި ބައިމީހުނަށްބަދަލުދީހުސްކުރީ ކޮންސަރުކާރަކުން ފަޑިޔާރުންނާއި މިނިވަންމުއައްސަސާތަކުގެވެރިންނަށް އެއްމެގިނައިން ރިސްވަތުދިނުމުގެ ތުހުމަތުއޮތީ ކޮންބައެއްގެބޮލުގަ މިއީދިވެހިން ޕާތީވީމަވެސް ކޮސްނުގޮވާ

    21
  16. ބަލާ

    ޤާނޫން އަސާސީގައި އިސްލާމްދީން ހިމާޔަތްކުރުމަށް ބާރުއަޅަާފައެއް ނުވޭތަ ތިއީހަމަ މުނާފިޤުގެ ތެރެއިންވާ ނުބައި ނުލަފާ ޖައްބާރެކެވެ

    22
  17. ވަގު

    އެހަރެން މިއީވެސް ދިވެހިރައްޔަތެއް އަހަރެން ޤަބޫލެއް ނުކުރަން މިވަގުވޯޓުން އައިހަރާން ސަރުކާރު ކޮރަޕްޝަން ހުއްޓުވަން އެއްވެސް މަސައްކަތެއް ކުރާކަމަ ކަށް ކަލޭ ކުރި ވައްކަން ފޮރުވުމަށް ޓަކައި މިސަރުކާރު ދިފާާއުކޮއް ވާހަކަދެއްކި ޔަސްކަލެޔަކަށް ވާނެމާބޮނޑު ފައިދާއެ އް ނޯންނާނެއެވެ.

    19
  18. ހިތްވަރު

    އެމް އާރު އެމް އަކީ ކޮރަޕްޝަންގެ މައި ތަނބު މައުމޫން ކަލޭ ލަދެއްނުގަނޭތަ ކޮރަޕްޝަނޭކިޔާކަށް ކިރިޔާވެސް ލަދެއްހަޔާ ތެއްހުރިމީހެންަނަމަކަލޭ ކަލޭލަދުގަންނަންޖެހޭނެ ކޮރަޕުްޝަނޭ ކިޔާފައި އަނގަ ފޭކުރަން ތިއީދެންކާކުތަ ކެރަފާ އަންނި ފަހަތުން ކަލޭކޮރަޕްޓ ވެގެން ގޮސްފައި ދެންކޮން ކޮރަޕްޝަނޭކިޔާކަލެއާއި ގާސިމް އެވާހަކަ ދެއްކީމަ އޭތިކަނޑައޭ މައުމޫން ދިވެހިރާއްޖޭގެ ގިނަރަށްޔަތުން ތިދެމީހުން ބަލައެއް ނުގަނޭމިހާރަކު ރަށްޔަތުން މިތިބީ ކަލޭމެން ތިދައްކާ ބޮ ޑުމަންޒަރު ވަރަށްރަނ ގަޅަށް ބަލަން ރަށްޔަތުންނަށް ނޭގޭ މަންޒަރެއް ދެންނުދެއްކޭނެއެވެ. ﷲރައީސްޔާމީން އަށާއި އަނބިދަރީންނަށް ހިވަރާއި ކެއްތެރިކަން ދެވައިމަގުތައް އަމާންކޮ އްދެއްވާށިއެވެ.އާމީން

    އަނިޔާވެރިންގެނުބައިރޭވުންތައް މުޅިދުނިޔެއަށް ބޭޒާރު ކޮއްބައިބައިކޮއް ނިކަމެތިކުރަށްވާދޭވެ އަދިހަމަ ކަށަވަރުން އަނިޔާވެރިން ކުރާ ހުރިހާކަމެއްގެ އަޛާބު އެބައިމީހުންގެ މައްޗަށްކޯފާއެއް ގެގޮތުގައި ފޮނުއްވާށިއެވެ. އާމީން

    21
  19. ހިތާމަ

    ކޮރަޕްޝަނުގެ ވާހަކަ ނުދައްކާ ނުހުރެވުނީތޯ؟ ކާކަށް ނޭނގެނީ ގަތްގަނޑު. ހުރިހާމީހުންލައްވާ ވައްކަންވެސް ފާޅުގައި ކުރުވާފައި ދެންކޮންކަމަކާ މިހާރު ތިއުޅެނީ

    11
  20. ހިނި ހިނި

    މަގާތަށް އަންނަނީ ހަމަ ހިނި ހިނި ހިނި

    11
  21. މޫސާ މަނިކު

    މި ދިޔަ ސަރުކާރުގެ ހިނގި ހުރިހާ ވައްކަމުގައި ކާފަ ބައިވެރިވުން އޮތް. ކާފަ ބުނެބަލަ ފެނަކަ ކޯޕްރޭޝަނުން އިންޖީނުގެ ތަކަށް އެޅި ތެލުގެ ކަންކަން ބަފައިބެ ކިޔާ ސޮރު ހެދި ގޮތް. އެ މައްސަލަ ޔާމިނަށް އެގިގެން އެތަނުން ބޭރުކުރީމަ އެއީވެސް އަނިޔާ ވެރިކަމެއް. ކާފަ ކިޔަންވީ ދިމާކުރާތީ ނިޒާމް

    13
  22. ޢަބްދުއްލާ

    ކޮރަޕްޝަނާއި ގުޅުވައިގެން އެމްއާރްއެމްގެ ފާޑުކިޔުންތައް ކުރީގެ ސަރުކާރަށް

    18 ގަޑިއިރު ކުރިން ( ޑިސެމްބަރު 9, 2019 )

    ''އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މިދިޔަ ސަރުކާރުން ދައުލަތުގެ ބަޖެޓުގައި ނުހިމެނޭ އެތައް ޕްރޮޖެކްޓެއް ހިންގާފައިވާ ކަމަށާއި، އެފައިސާ ހޯދައިފައިވަނީ ކިހިނެއްތޯ ބަލައި، ޒިންމާވާން ޖެހޭ ފަރާތްތައް އެކަމުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި ނަންގަވާފައިވާ ނުވާއިރު، އެއީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާފައިވާ އެތައް ޕްރޮޖެކްޓްތަކެއް ކަމަށެވެ.''

    ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް 80 މިލިއަން ރުފިޔާ ޚަރަދު ކުރިން - ޖާބިރު

    5 ދުވަސް ކުރިން ( ޑިސެމްބަރު 5, 2019 )

    "ހުސްނު ސުއޫދާކީ ބޮޑެތި މުޖުރިމުން އަތުން ފައިސާ ނަގާފައިވާ ބޭފުޅެއް"

    ފައިސާ ހޯދަން މައުމޫން ގޮވައިގެން ޖާބިރު ކޯޓަށް ދަނީ

    1 ހަފްތާ ކުރިން ( ޑިސެމްބަރު 2, 2019 )

    32 ބިލިޔަންރުފިޔާއިން ކުރި ކަމެއް ނެތެވެ.