ކޯޓު އަމުރެއްގެ ދަށުން ލ. ގަމުގެ ގެއެއް ބަލާ ފާސްކޮށް ސިހުރުހަދަން ބޭނުންކުރާ ފޮތްތަކެއް އަތުލައިގެންފިއެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިއަދު ހަވީރު 15:00 ހައިރު ކޯޓު އަމުރެއްގެ ދަށުން ލ. ގަން މަތިމަރަދޫ ގެއެއް ބަލާ ފާސްކޮށް ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ފޮތްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ އެ މައްސަލަ ތަހްގީގް ކުރަމުންނެވެ.

މި މައްސަލާގައި ފުލުހުން ބަލާ ފާސްކޮށްފައިވަނީ ކޮންގެއެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝަމާއު ޝަރީފް

    ކޮބާތަ މަހުލޫފުގެއިން ފެނިގެން ނަޒޫ ޓްވީޓްކުރި ކުރުނބާ ސިހުރު؟

    12
    2
  2. ާުަަކަކުން

    ތަނެއްގަ ފޮތްތަކެއް ހުރިއަކަސްއެއަކީ ސިހުރުހަދަނީކަމެއްނޭނގޭނެ އެ ހަދާކަން އެނގުނީމަ މިގޮތައް ނޫހުގަޖަހަންވާނީ މީހުން ބަދުނާމުކުރުމަކީމިހާރުވަރައްގިނަކަމެއް

    1
    1