ޒުވާން ފިރިހެނަކަށް ޖިންސީ ގޯނާކުރި ފިރިހެން ފުލުހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރޭ 22:50 ހާއިރު 42 އަހަރުގެ ދިވެހި ފިރިހެނަކު 18 އަހަރުގެ ދިވެހި ފިރިހެނަކަށް ޖިންސީ ގޯނާ ކުރަން އުޅެ އެކަމުގެ ތެރެއިން މާރާމާރީއެއް ހިންގި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
"މިމައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަކީ ފުލުހެއް. އޭނާ ވަނީ ވަގުތުން ހައްޔަރު ކުރެވިފައި. ނަމަވެސް މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ އަށް ޝަރުތުތަކެއް ކޮށް ބަންދުން ދޫކޮށްލާފައި." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިމައްސަލައިގެ ޖިނާޢީ ތަޙްޤީޤު ދަނީ ކުރަމުން ކަމަށާއި އަދި އޭނާގެ ޑިސިޕްލިނަރީ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ދަނީ ތަޙްޤީޤު ކުރަމުން ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ފުލުސް މީހާ ހުރީ މިހާރު ސަސްޕެންޑް ކޮށްފައެވެ.
އެއޯކޭ.އެޖެންޑާ19
ފުލުހެއްވީމަ ޝަރުތުތަކެއްކޮށްފަ ދޫކޮށްލީ... ފުލުހެއް ވިޔަސް ކުށެއްވިއްޔާ ވާނީ ކުށަކަށް.
ޟަހީކުރީ ގުރްއާން މުދައްރިސެއްކަމަށް
އެޖެންޑާ 19 ތަފާތުވާނެ
ށަރުތުތަކެއް ކޮއްފަ ދޫކޮށްލާނެ ދޯ ތިކަ ހަލަ ކަންތަކުގަ، މިއީ ފައްކާ ސަދޫމު ސަރުކާރެއްވިއްޔާ.
ރަޖަމު ކުރަން ޖެހޭނީ
އެއީ އޭނައަށް ލިބިފައިވާ އިންސާނީ ހައްގެކޭ ކިޔާފަ ދޫކޮށްލާ
އެެެެެެެެެެެެންކިޔާތަ ކިޔާކޮންމެއެއްޗެއް ތެދަކަށްވާނަމަ ކޮންމެވެސް ރުބެލްއެއްގެވާހަކަވެސް އެއީ ހަމަތެދެއްބާ ކޮންމެކަމަކުން ސަރުކާރާ ޖައްސާލަން އުޅުނަސް ނިމިދިޔަ ސަރުކާރުގެ މަތީފަޑިން އަޑުނާރާ އެއްކަމެއްވެސް ނެތް މާތާހިރުބައެއްކަމަށް ހެދިގެން މީހުންނަށް އިނގިލި ދިއްކުރާއިރު ފެންނުވަރާ ހުރީމަަ ކިއްޕަތިން ލަޑާނި ނުބައިވަސްކަން ނޭންގޭތަ
ވާގޮތަކީ ސަމޫދުޣަކީ އެޖެންޑާ 19
ސަމޫދު
ވެރިކަން މިތަނުގައޮތީ
ސާބަހޭ ޕޮލިސް
އެމްސީ ހަމީދުގެ ޑިސިޕްލިން ހިފެހެއްޓުމުގެ ފެންވަރު މިފެންނަނީ. މީލާދީނީ ފިކުރު ފެތުރުމަށް ނުކުމެ އުޅޭ ބައިގަނޑެއް.
ފުލުހެއް ވީމަ ދޫކޮށްލެވޭތަ.. ތީ އިންސާފެއް ނޫން