ރާއްޖޭގެ ދެކުނުގެ ރަށްތަކަށް އުދަ އަރާނެކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ސަމާލުގައި ބުނެފައިވަނީ މިރޭ 23:15 އިން ފެށިގެން މިރޭ ދަންވަރު 2:15 އާއި ހަމައަށް، ދެކުނުގެ ރަށްތަކަށް އުދައަރާނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓު އޮފީހުން ނެރުނު ސަމާލުގައި އުދަ އަރާނޭ ކަމަށް ލަފާކޮށްފައިވާ އަތޮޅުތަކަކީ ލ.އަތޮޅާއި، ހުވަދު އަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއެވެ.

މިރޭގެ 20:00ން މާދަމާ ރޭގެ 20:00އާއި ހަމައަށް މުޅި ރާއްޖޭގެ މޫސުން ލަފާ ކުރެވޭ ގޮތަށް ބަލައިލާ އިރުގައި މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ގުގުރުންވެސް އެކަށީގެންވެއެވެ. އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވެއެވެ.

ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެންހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.

އުދައަރާނެ ކަމަށް ލަފާކޮށް 5 އަތޮޅަކަށް ހުދު ސަމާލު ނެރެފައިވާއިރު، ކަނޑުތަށް އުތުރާއި މެދުތެރޭގެއި ގަދަވާނެއެވެ. އަދި ދެކުނުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުން އެދެވިގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު