މަހާތުމާ ގާންދީގެ މަގުބަރާއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ކުރެއްވި ޒިޔާރަތުގައި މަގުބަރާގައި ހުރެ ދުޢާ ކުރި ފޮޓޯތަކެއް އާއްމުވުން ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިލްމުވެރިން ވިދާޅުވާ ގޮތުގައި ޣައިރު މުސްލިމެއްގެ މައްޗަށް މުސްލިމަކު ދުޢާ ކުރާކަށް ނުޖެހޭނެއެވެ.

ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި އެކު ނަޝީދު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގާންދީގެ މަގުބަރާއަށް ޒިޔާރަތްކޮށް މަގުބަރާގައި މާބޮނޑިއެއް ބޭއްވެވިއެވެ. މާބޮނޑިއެއް ބޭއްވެވުމަށް ފަހު ނަޝީދު ދުޢާ ކުރެއްވިއިރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވެސް ދެއަތް އުފުލައިގެން ދުޢާ ކުރަން ހުރި މަންޒަރު ފޮޓޯއެއް ފެނެއެވެ.

ނަމަވެސް ނަޝީދު އަރިހުގައި ތިއްބެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ދުޢާ ކުރާ މަންޒަރެއް ނުފެނެއެވެ.

ބައެއް މީހުން މީސް މީޑިއާގައި ބުނެފައިވާ ގޮތުގައި ގާންދީގެ މަގުބަރާގައި މިގޮތައް މުސްލިމުން ދުޢާ ކުރަން ތިބި މަންޒަރު ދުވަހަކު ވެސް އެމީހުންނަށް ފެނިފައެއް ނުވެއެވެ. ހިންދޫން ވެސް އެތަނުގައި އެއްވެސް ބާވަތެއްގެ އަޅުކަމެއް ނުކުރާކަމަށް އެ މަގުބަރާ އަށް ޒިޔާރަތް ކޮށްފައިވާ މީހުން ބުނެއެވެ.

https://twitter.com/Saajid_R/status/1204083564033134594

ގާންދީ އަކީ ސަނަޓާނީ ހިންދޫ އެކެވެ. ގާންދީ އަކީ ވަރަށް ބޮޑަށް ހިންދުއިޒަމް ޕްރޮމޯޓް ކުރަން މަސައްކަތް ކުރި، އަދި ހިންދުއިޒަމްގެ އަސާސްތަކުގައި ހިފަހައްޓަން ވަރަށް ގިނައިން މީހުންނަށް ނަސޭހަތް ވެސް ދިން ބޭފުޅެކެވެ.

މަގުބަރާއަށް ކުރި ޒިޔާރަތުގައި ނަޝީދު ވަނީ ގާންދީއަށް ތައުރީފްކޮށް ބަޔާނެއް ވެސް ލިޔުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

107 ކޮމެންޓް

  1. މކކޖ

    އަތް ނަގައިގެން ހުއްޓަސް ދުއާ ނުކޮއްފާނެ ދޯ... އެކްޓް ކަމަށްވުންވެސް ވެދާނެ

    35
    305
    • Anonymous

      އެއީ މުޝްރިކުން ރުއްސުމައްޓަކައި ކުރެވޭ ކަމެއް ކަމުގައި ވިޔަސް ކުރުމަކީ މީހާ މުރުތައްދުވާނެކަން ނޭގުމަކީ އިސްލާމްދީނުގެ އެއްވެސް އިލްމެއް ނެތް ކަމުގެ ހަގީގަތެއް. ނަވާގީތުލް އިސްލާމް ނުވަތަ އިސްލާމްކަން ގެއްލޭ ކަންކަމަކީ ކޮބައިކަން މިއުޅޭ ގިނަ މީހުންނަކައް ނޭގޭ.

      268
      1
      • މޮޔައެނޮނިމަސް

        ކަލޭގެ ހާބީ ފިކުރު ހިފަ އިގެން ކަލޭ ދާން ވީ އެއ އްނު ސަ އުދީ އަށް

        9
        147
        • ޢެކަލޭގެ

          ލާދީނީމީހުން ކިޔާނީތިހެން. ޙާބީފިކުރޭފަޅޮލޭނުކިޔާ. ކައެދާންވީ އިޒުރޭލަށް!!

          83
          3
          • މޮޔައެނޮނިމަސް

            ސައުދީ އަށް ވުރެ މާ ބޮޑު ތަނަކުން ރަނގަޅު ތަނެއް

            1
            26
        • ޙަމަހަމަ

          މޮޔައެނޮނިމަސް ދެން ކިޔާދީބަލަ ށާފިއީ މަޒުހަބުގަ އޮތީ ކީކޭތޯ ތަފާތުތޯ ބަލައިލަން.

        • Anonymous

          ވާނުވާ ނޭގުނަސް އަނގަތަޅާތި. ރޯނު އެނދުރު

    • ނިކް

      ގާންދީގެ އަސްލު ދީނެއްވެސް ނޭނގޭ.. އެހެންވީމަ ކާފަރެކޭ ސީދާ ބުނެވިގެން ވެސް ނުވާނެ.. އަވަހާރަވީއިރު ކޮޓަރިކޮޅުމް ކީރިތި ޤުރުޢާނާ ހަދީޘްގެ އެތަށް ފޮތްތަކެއް ފެނިފައިވޭ..މުސްލިމުންނަށް ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދެއްވަށް އެތަށް މަސައްކަތެއް ކުރެއްވި..

      25
      176
      • Anonymous

        ސުވާލަކީ އިސްލާމަކައް މުސްލިމަކައް ވުމުގެ ޝަރުތު ތިބޭފުޅާއައް އެނގޭބާއޭ. ނޭގޭކަން ވަރައް ރަނގަޅައްވެސް އެނގިއްޖެ. ފުރަތަމަ ތިމާ ހޯދުން މުހިންމު މިމައުލޫމާތު. އިސްލާމް ކަމުގެ ރުކުންތަކާ ވާޖިބުތައް ހޯދުން މުހިންމުކަން ހާމަކޮއްލަން.

        71
        1
      • ޢަލިބެ

        އަބޫޖަހުލު އުޅުނީވެސް އިސްލާމްދީން އަޅުތަކުންނަށް އަންގައިދިނުމަށް ފޮނުއްވި ރަސޫލާ (ޞޢވ)އުޅުއްވި ރަށުގައި. މީހާ އުޅޭގޭގައި ޤުރުއާން އޮތުމަކީ އެމީހެއްގެ އިސްލާމްކަން ކަށަވަރުވާނެ ކަމެއްނޫން.

        91
        1
        • ނިކް

          އަބޫ ޖަހުލު އަބޫލަބު މި މީސް މީހުންނަކީ ސީދާ ކާފަރު ނަރަކަވަންތަ ވެރިންކަން އަންގަވާފަ ތިބި މީހުން އެމީހުންނާ އެހެން މީހުން އަޅާނުކިޔޭނެ.. އެ ނޫމް މީހެއްގެ ކާފަރުކަން ކަލޭ ކަނޑައަޅަނީ ކިހިނެއް؟؟ އީމާންކަމަކީ ހިތުތެރޭގަ އޮންނަ އެއްޗެކޭ.. އެކަމު ބުނަން ތިޔަ ދީނީ ކާޑު ސިޔާސީކޮށް ޖަހައިގެން ދެމް މި ޤައުމުގަ ކުރި ނުހޯދޭނެ.. ތިޔަ ގޭމު ދަސްވެ ބާވެއްޖެ

          13
          • ޙަމަހަމަ

            ޙިތަށް ހުކުމް ކުރައްވާނީ މާތް ﷲ. ޢިންސާނުން ހުކުމްކުރާނީ ބޭރުފުށުން ފެންނަ އަމަލަށް. ޢީމާންތެރިކަން އޮތީ ހިތުގައޭ ބުނެ ބޭނުންކަމެއް ނުކުރެވޭނެ.

          • މި ޖަހާދީބލަ

            ކަލޭ ބުނެފާނަން ދޯ ނަތަންޔާހޫ ހިތުގަ އޮތް އެއްޗެއް ވެސް ނޭގެޔޭ އެވެސް މުސްލިމެކޭ

          • Anonymous

            ނިކް ކިޔާ ރޯނު އެނދުރައް ބުނެލަން އޮތީ 3 ކަމެއް އިސްލާމީ ޝަރިއްޔާގައި ބަލަނީ ނިޔަތާ އަމަލާ ބޭރުފުށުން ފެނުން. މި 3 ކަމުން ކުރެ ކަމެއް އުނިވެއްޖެ މީހާގެ އިސްލާމްކަމާއި އީމާންކަން އެނގޭނެ. އިސްލާމީ ޝަރިއްޔާގައި ނުބަލާނެ ހިތުގަ އޮންނައެއްޗެ. އަމަލައް ރިއާޔަތް ކުރާނީ . ބޭރުފުށައް ހުކުމް ކުރަނީ އެތެރެ ފުށަކައް ނޫން. މިވަރު ނޭގޭ ޖާހިލުންނައް ވުމަކީ ދެރަކަމެއް

      • ދޮން ބަބުރު ސޮރު

        ޖާހިލް ވީމމ މަ ގޮވޭ ނުވޭ ނުގޮވޭ އެއްޗެއް ނޭގޭނެ، ބަލަގަ އެއް މެ ބޮޑެތި ކާފިރިންވެސް ޤުރުއާން ދިރާސާ ކުރޭ. ނޭގު މަކީ ތިބާގެ އެއް މެ ބޮޑު ޢަދުއްވު، ތަންކޮޅެއް ގިނަން ފޮތް ބެލީ މަ އޯކޭ ވާޅެ..

    • ޛސޖސހސ

      އޭނާ އަކީ އަބަދުވެސް މުސްލިމުންށް ކުޑައިމިސް ވާނޭ ކޮންމެވެސް ކަމެއް ކުރާހިތްވާ ލާދީނީ ގޮލަޔެއް. އޭނާ އަށް ހެޔޮވިސްނުން ދެއްވާ އިސްލާޙް ވުމުގެ ތައުފީޤ މިންވަރު ކުރައްވާށި އާމީން

      149
      4
  2. ސފގ

    ދުއާގަ ކީކޭބާ ކީ.

    149
    4
    • ފާއިޒު

      ދުޢާ ގައި ކިޔާނީ "ޤާންދީއާއެކު މަވެސް ސުވަރުގެ ގެންދަވާންދޭވެ. ގާންދީ ގެ ޤައުމުގައި އޮތް ފަދަ ވެރިކަމަކާއި ދީނެއް ތިމަންމެން ޤައުމުގައިވެސް ލައްވާންދޭވެ. " ހެން ހީވަނީ

      37
      5
  3. ހުސޭނުބޭ

    ބުއްޅަބޭގެ މިއްލަތައް ތަބަޢަވާ އެހެން މީހަކުވެސް އެބަހުރި ދުޢާއަށް އަތްނަގާގެން އާމީން ކިޔަން! އަނެއްކާ ކޮން އިލާހަކަށްބާ ފަރަންޖީއެއްގެ މައްޗަށް މި މީހުން މި ދުޢާކޮށްދެނީ!

    206
    2
  4. ސާބަސް

    މިހަކު ލާދީނީ ވާނީ މިވަރަށްކަންނޭގެ އެކަމަކު ސޯލި ބުނަނީ އަމާގެ ބަނޑޭ....

    220
    2
    • ޒޭނީ

      ކަލޭމެން ހީކުރަނީ ސޯލިހަކީ ވަކި މީނަޔާއި ތަފާތުމީހެއް ކަމައްތަ.. މީހަކު ދެނެގަނެވޭނެ ނިކަން ފަސޭހައިން އޭނާގެ ގާތް ރަހުމަތްތެރިންނަކީ ކޮންކަހަލަ ބަޔެއްތޯ ބެލީމަ. ސޯލިހަކީވެސް ކަމްބަޅި ބަކަރީގެ ފޭރާން ލައިގެން ހުރި މިނިކާވަގެއް.

      18
      2
  5. ޖީޖީ

    ތިޔަ ޖީއަށް ސުވަރުގެ އަށް ވަދެވޭނެތާ ތިޔާ ކުރި ދުޢާ އިން. އަހަރެން ދަންނަނީ ކާފަރުކަންމަތީ މަރުވެއްޖެ މީހަކަށް ދުޢާ ކުރުން ނޯންނަ ކަމަށް. މިތާ ކޮމެންޓް ކުރާ މީހުން ބުނަނީ އެއީ ރޫހާނީ ލީޑަރު އެކްޓް ކުރަނީ ޔޯ.

    82
    3
  6. ޓިނު ވަގު

    ނަމުން މުސްލިމް ކަމުން ކާފިރު... ނަކައްޗާރު..

    137
    1
    • ޙާ

      އަނދުންް ހުސެއިން ހަމައިގަ ބާ؟ އަންނި ކޮޕީ ކުރީމަ ހުސޭނަށްވެސް ފަހަރެއްގައި މި ގައުމުގެ ވެރިކަން ކުރެވިދާނެ ނަމަށް ހީފުޅުވީ ތޯއްޗެ! ?

      44
  7. Anonymous

    މި ވެރިކަމަކީ ލާދީނީ ވެރިކަމެއް

    148
    4
  8. މަންބެ

    ދެރަވީ މަގޭދާއިރާމެމްބަރއަކީ މިހާތަންދޮރު ނުދަންނަމީހެއްކަން ކުރިންނޭގުން. އަނދުންހުސެން

    153
  9. ތުއްތު

    މީ ބޮޑުވަރެއްގެ މަޖިލީހެއް ދުޢާ ކުރަން އަންގަވާފައިވާގޮތް މިކަލޭގެއަކަށް ނޭނގެއި. މިފަހަރު ގެނައީ އެތާ ކާންހުރި އޫކޮޅު ކަންނޭގެއި

    93
  10. Alibe

    ކޮން ކަމަކަށް އެދި ކޮން ފަރާތަކަށްތޯ ދު އާކުރީ، މިބުނީ ޣައ އިރު މުސްލިމުންގެ ކަލާނގެ އަށްތޯ. ދުޢާގަ އި ކީ ކީކޭބާ.

    81
  11. ހިތާމަ

    އަނދުން ހުސެންމެންވެސް މީނަގެ މަޅީގައި ޖެހިފިތި ބާރުވެފަ. ހާދަ ދެރައޭ. ކިހިނެއްވެފައިތަ ބީތާވެފައިތަ މިތިބެނީ. އިސްލާމުންގެ ވަސްވެސް ނެތީދޯ

    106
  12. ފުއާދު

    ނަސީބެއް ނަސީދު ގާންދީ މަގުބަރާގަ ކަށު ނަމާދު ނުކުރިކަން

    130
    2
  13. މިލާ

    މޯދީގެ އަތް ދަށުވިޔަސް މިދެން ބޮޑުވަރު..އެގަމުގެ މީހުން ގާންދީގެ މަގުބަރާގަ ދުއާ ނުކުރާއިރު މިދެން ކޮން ސްޓަންޓު އެއްބާ..

    104
  14. ސޮމެޮނެ

    ތާރީޚް ބަލާބަލަ، ތިޔަތަނަށް ވަޑައިގެން ތިޔަކަންކުރީ ކިތަށް ދިވެހި ބޮޑުންތޯ!؟؟

    39
    17
    • ސަނާ

      ދިވެހިންގެ ވަރަށް ގިނަ ވެރިން އެތަނަށް ދިޔަ އަދި އެމީހުނަށް އިހްތިރާމް ކުރުމުގެ ގޮތުން ބާ އްވާ މާބޮނޑި އެ އް ބާ އްވާހަދާފަ ހުރީ އެކަމަކު ދެ އަތް ނަގަ އިގެން ދުޢާ ނުކުރާ ކަން ޔަގީން

      32
  15. ަސދަސ

    އައްޑޫ މީހުންނަށް ތިއީ ގޯހެއްކަން އެނގުމުން ތިކަމުގައި ބައިވެރި ނުވި.
    ނަމަވެސް ދެރައީ އެކަން އެނގިތިބެ އެކަލޭގެ ކައިރީ ނުބުނީމަ

    77
    2
  16. ހަހާހަހާ

    މީ މޮޔައެއް ސަހާދެއް ?

    83
    4
  17. އަސްލަމް

    ދިވެހި އެންމެހާ މުއުމުން ފިރިހެނުންނާއި އަންހެނުން މިކަލޭގެ ކިބައިން ބަރީއަ ވާންޖެހޭ. ކޮންމެ ހާލަތެއްގައި ވެސް މިކަލޭގެ 1000 ދޮގުގެ މައްޗަށް ދިވެހި އެންމެހާ އިލްމުވެރިންގެ އިއްތިފާގުން ނެރިފަ އޮތް ފޮތާއި މިކަލޭގެ އާއި ބެހޭގޮތުން މީގެ ކުރިން އިލްމުވެރިން އެކި މައިދާން ތަކުގައި ދައްކަވާފައިވާ ވާހަކަތަށް އެއް އިރަކުވެސް އަހަރެމްން ދޮގެއް ނުކުރަން. މީ ހަމަ ދިވެހި މުސްލިމުންގެ މައްޗަށް ފާޅުވެގެން ހުރި އަދުއްވެއް. މިކަލޭގެ އާއި އެކު ނޫޅޭނެ ފުރިހަމަ އަގީދާގެ ވެރި މުސްލިމަކު.

    113
    1
    • ައަޙްމަދު

      މިކަހަލަ ދީނުގެ ކަންފުޅެއް ނޭނގޭ މީހުނަށް ދީނުގަ އެކި ކަންކަން އޮންނަގޮތް ޝޭޚުން ކިޔައިދިނީމާ ރުޅިގަދަވެގެން އަލުން ދީނަށް ވައްދަން ނުޖެހޭނެޔޭ ގޮވަނީ، ކީކޭ ބުނާނީ؟ ޝޭޚުން ހަމަ މިކަހަލަ މީހުނަށް ދީން ކިޔަވަދޭންޖެހޭ. ކާފަރެއްގެ މަހާނައިގަ ދުޢާ ކުރުމަކީ މުސްލިމުންނަށް ހުއްދަވެގެން ނުވާ ކަމެއްކަންވެސް ނޭނގޭ ޙާލު ވެސް މި ލާދީނީ މީހުން އުޅެނީ މާބޮޑަށް ދީން އެނގޭ ބަޔަކަށް ވެގެން. ލަދުންވެސް ބޯހަލާކު!

      32
      1
  18. ޖަހާންގީރު

    މުރުތައްދު އަންނި

    87
    3
  19. ޙަަރުން

    ކެކެކެ...ބޯ ހަލާކު...

    74
    1
  20. މުހައްމަދު

    ގާނދީގެ ހަނގު ދަރި މަ އުލާ ނަޝީދުޖީ ސަހާބު.
    ރާޖޭގެ ބު އްދާޖީ...

    65
    3
  21. އަލިބެއްޔާ

    އަދުން ހުސައިން މާ މަތީ ނަސަބަކުން އައިސް ހުރީމަ ނޭނގުނީ ކަމަށް ވާނީ.. ހެހެހެހެ

    69
  22. ނަޖްވާ

    ބަލަގަ ކޮންމެ އިންސާނަކަށް ވެސް ރަހްމަތް ލެއްވުން އެދި ދުޢާ ކުރެވޭނެ!

    5
    112
    • މނ

      Surah At-Taubah, Verse 113:
      مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَن يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَىٰ مِن بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ

      It is not (proper) for the Prophet and those who believe to ask Allah's Forgiveness for the Mushrikun (polytheists, idolaters, pagans, disbelievers in the Oneness of Allah) even though they be of kin, after it has become clear to them that they are the dwellers of the Fire (because they died in a state of disbelief).
      (English - Mohsin Khan)

      via iQuran

      24
      • ރަތްބޯ

        ޢިބްރާހިމްގެފާނުވެސް ބައްބާފުޅަށް ދުއާކުރެއްވިއެވެ. އެކަމމު އެއީ މަރުގެ ތުންފަތްމތީގައި ބަލި އެނދުގަ އޮއްވާ....

        4
        3
        • އިރަމް

          އިބްރާހީމްގެފާނު ދުއާ ކުރެއްވި ހިނދު اللهތައާލާ އެކަލޭގެފާނަށް ދުޢާ ނުކުރެވޭނެކަމަށް އެންގެވި

    • ޙަމަހަމަ

      ޢަދި ކިޔަވާލާ ކުޑަކޮށް.

      16
    • Anonymous

      ނުކުރެވޭނެ ކާފަރުންނާއި މުޝްރިކުންނައް. ތަންދޮރު ނޭގުނީމަ ހޯދައި ބަލައިގެން އޮޅުން ފިލުވަންވީ. ރޯނު އެނދުރު

      35
      2
    • ކަނބާ

      ތީ ސީދާ ދޮގެއް ކާފަރުންނަށް ރަޙްމަތްލެއްވުން އެދި މުސްލިމުން ދުޢާކުރުމަކީ އޮތްކަމެއް މޫނެވެ.

      34
      1
  23. ފަތޯ

    މަހާތުމާ ގާންދީ އަންޑިއާގެ ބޮޑު ވަޒީރުކަން ކުރި އަހަރު ވެސް ބުނެލިނަމަ

    26
  24. ބާބޫ

    ދެން އަތް ޖަހާ

    41
    2
  25. ސީބޯ

    ދެންވީ ގޮތަކީ ގާދީގެ 7 ވަނަ ޖަނަމް ކުއްލިޔަކަށް ކާޅެއްގެ ސިފައިގާ ފާޅުވެ އަންނި ކައިރީ ބުނީ އިންޑިއާ އަށް އަލުން އެއަރޕޯޓް ދޭށޯ އަދި ބަދަލުގެ ގޮތުގަ އިތުރު 500 މިލިއަން ޑޮލަރާއި އޭރުން ހިލޭ އެހީގެ ގޮތުގާ ދޯސާ ފިހާ 30 ތަވާ ދޭނަމޯ އެކަމު 5 ރަށް ދޭންވާނެޔޯ.

    61
    2
  26. Anonymous

    Hama mikan kollumaai eku Gandhi 7 vana janam (kalhu kaalhu gothugaa faalhuvaa phase-7) ais bunefi GMR ah badhalugaa alun airport aai ithuru 300 million dollar ves dheysho emeehun dhosa fihaa 30 thaas hadhiyaa kuraanamo 5 rah dhineema ekamu

    22
  27. މޯދީ

    ގާދީގެ ގުނަވަންތަކުގެބަދަލުގަ ގެރިއެއް ވަޅުލާފަ އޮތީ!

    31
  28. ރަޝްފާ

    އޭ ބަޣުވާނު! ޔޭހޭ މޮހޮއްބަތުހޭ! ޔޭހޭ ފާދިރީހޭ! ޔޭހޭ ގާންދީހޭ! ތުމޭ މުޖޭ ޕަކަޅުލޭހޭ! އުސްކޭ ބަޅާ ބާބޫހޭ! އުސްކޭ މުޖޭ ބައްޔާހޭ! ވޯތޯ ބޮހޯތު އައްޗާހޭ! މުޖޭ ބީ ބަޅާ ބާލާހޭ!

    29
    4
  29. Anonymous

    މާލެ އާއްސަ ގާނދީގެ ކަށުނަމާދު އަނެއްކާ ބާއްވަފާނެ. ދިވެހިން ކުރިމަތީ އޮރިޔާންވެ ފަޟީހަތްވެ ނިމެނީ. ލަދާ ޙަޔާތާ ކެނޑިފަ. ވެދާނެ މާލޭގެ ގަދަރުވެރި އަނދުން ނުކިޔަވާ ހުސެއިނާ ދެމީހުން ހެޔޮވަރު ވަރަކަށް ކަރުދިގު ފުޅި ހިއްޕަވައިގެން ތިބީމަ ކަމަށްވެސް.

    59
    1
  30. މަރުބަލި

    އޯމް ސާންތިއޯ ކީ.....

    13
    2
  31. Anonymous

    ގާންދީ އަށް ލައުނަތް ލައްވާތޯ ދުއާ ކުރީބާ؟

    11
    2
  32. އަލީ ރާޖާ

    ކެނެރީގޭ ބުއްޅަހޮއްކޮ ފަރާތުން ތިޔަފަދަ އަމަލެއް ފެނުން މަ ހައިރާން ވާވަރުގެ ކަމެއް ނޫން

    26
    1
  33. ޗިއްޕެ

    މުސްލިމަކު އަދި އެހެން ދީނެއްގެ މީހަކަށް ހެޔޮދުއާ ކުރިއަސް ދީނުން ބޭރެއްނުވާނެ މުރުތައްދެއް ނުވާނެ މީކާކު ނެރުނު ފަތުވާއެއް؟ އެހެން ދީނުގެ މީހުންނަށް ދުއާކުރުން މަނާވެދާނެ އެކަމު ދީނުން ބެރުވޭތަ؟ ތިގޮތަށް ދީނުން ބޭރުވަންޏާ ދިވެހިރާއްޖޭގަ ނޫޅޭނެ އެއްވެސް މުސްލިމެއް

    5
    19
    • ސަމާހު

      މުސްލިމަކައް ކާފަރުކަންމަތީ މަރުވެފައިވާ މީހެއްގެ މައްޗައް މަރުވުމައްފަހު ދުއާ ކުރުމެއް ނުވޭ.. އެކަމަކު ދުނިޔެމަތީގަ ހުރި ކާފަރަކު އިސްލާމްވުމައް އެދި މުސްލިމަކައް ދުއާކުރެވިދާނެ. މިވަރު ނޭނގޭ މީހަކައް ދީނުގެ އަސާސްތަކެއް ނޭނގޭ.. އަދި ދީނުގެ ހަމަތަކެއް ނޭނގޭ..

  34. ޢަލި ފުތު

    ސޫލާސަރާބް ހިއްޕަވައިގެން ހިދުކޯލުގައިބާ އައީ.

    20
  35. ހައިރާން

    މަޖިލީހުގަ ނުތިބޭނެ މުސްލިމުނެއް..އެމީހުން ނަކީކާފަރުން..ﷲ ގެ ގާނޫނުތަކުގެ މައްޗަށް ގާނޫނު ހަދަން ތިބޭތަ މުސްލިމުން. ދެން މިކާފަރުން ތަންތަނަށް ގޮސް އެހެން ކާފަރުންނަށް ހެޔޮއެދިގެން އިބިލީހަށް ކުރާ ދުއާ އާ މެދު ތިޝައްކު ކުރަނީ..

    13
    2
  36. ބަރުގޮނު

    ދުޢާ ނުކޮށް ހުއްޓަށް މުސްލިމުން ދުޢާކުރުން ރަމްޒުވާ ގޮތަށް އަތްއުހުލައިގެން ހުރުމަކީ އައިބުކަމެއް. އަދި ނަޝީދުގެ މިޢަމަލުގެ އައިބުކަން ބޮޑަށް ފާޅުވަނީ ވަފްދުގެ އެހެން ބައިވެރިން އަތް ނުހުލާ ހަމަ އެތާންގައި ތިބީތީ.

    11
  37. ނަން

    ވަރަށްވެސް ވާނުވާ

    8
    1
  38. ައަޙްމަދު

    މިކަހަލަ ދީނުގެ ކަންފުޅެއް ނޭނގޭ މީހުނަށް ދީނުގަ އެކި ކަންކަން އޮންނަގޮތް ޝޭޚުން ކިޔައިދިނީމާ ރުޅިގަދަވެގެން އަލުން ދީނަށް ވައްދަން ނުޖެހޭނެޔޭ ގޮވަނީ، ކީކޭ ބުނާނީ؟ ޝޭޚުން ހަމަ މިކަހަލަ މީހުނަށް ދީން ކިޔަވަދޭންޖެހޭ. ކާފަރެއްގެ މަހާނައިގަ ދުޢާ ކުރުމަކީ މުސްލިމުންނަށް ހުއްދަވެގެން ނުވާ ކަމެއްކަންވެސް ނޭނގޭ ޙާލު ވެސް މި ލާދީނީ މީހުން އުޅެނީ މާބޮޑަށް ދީން އެނގޭ ބަޔަކަށް ވެގެން. ލަދުންވެސް ބޯހަލާކު!

    11
  39. ސައްތާރު ކެނެރީގެ

    ސައްތާރަށއވެސް އާބިދާގެ ބަނޑުން ވިހޭ ދަރިއެއް އެބަހުރި މުހުންމަދެކޭކިޔާ. ލާދީނީ ވިޔަސް ބޮޑުވަރު ދެން އެންޑީޕީކުދިން މީތި ޖަސްޓިފައިކޮށްދީ

    16
  40. މުހަނު

    ކޮށްފަ ނުކުރާނެކަންތައް ހިތަކަށްވެސް ނާރާނެޔޭ ބުނިހަނދާން ހުރީ ކިތައް ދިވެހިންބާ؟ އިއްޔެވެސް މިއަދު ވެސް އަދި މާދަންވެސް އެއީ ހަމަ އާބިދާގޭ މުހައްމަދު. އެހެން ވީ ދިވެހިރައްޔުތުން ފަތުއަޑު ގޮއްވާފަ ހަތަރެސްފައި ޖަހަންވީ.

    13
  41. ދުންމާރި1

    އިސްލާމް ނަމެއް ކިޔަސް މާ ދީން ދަންނަ ކަމަށް ހެދިގެން އުޅުނަސް ދީނަށް ފުރައްސާރަކުރާ ޖާހިލުން ކޮށްފަ ނުކުރާނެކަމެއްނޭނގޭނެ މީގެ ކުރިން ބުނެފަ އޮތީ ތިމަންނަ ކޮށްފަ ނުކުރާނެކަމެއް ނޭނގޭނޭ ކަނާއަތުންކުރާކަންތައް ވާތައް ނޭނގޭނެޔޯ މިފަދަ ޖާހިލުން ދީން ހިމާޔަތްކުރާނމޯކިޔާފަ މިކުރާ ކަމަކީ ދީނައް ފުރައްސާރަ ކުރުން މިފަދަ މީހުން ހިފާ ހައްޔަރުކޮށް ޤާނޫނުގެ ކުރިމައްޗަށް ގެންނަން ޖެހޭ މިހާރު އެ ވެއްޓެނީ ޣައިރު މުސްލިމުންނަށްވުރެ ދަށު ދަރަޖައަށް ދެން މިފަދަ ޖާހިލުންގެ ވާޙަކަ އަޑުއަހަން ހެޔޮވާނެތަ؟

    17
  42. ގާބެ

    އެމްޑީޕީގެ ލީޑަރު މިހިރީ ގަންދީއަށް އަޅުކަންކުރަން

    15
  43. އަލީ ހަމީދު ބެ

    ޖަސްޓު އެކުޓް

    17
  44. ދޮހިކަރު

    މަށަށް ދެރައީ މީނާ މިހާ ތަންދޮރު ނޭނގޭ މީހަކަށް ވެ ހުރެ އިސްލާމް ދީނޭ ކިޔައިގެން އަނގަ ހުޅުވާތީ.. ދެން ވެސް މީނަ އަށް އަޅުވެތިވާ މީހުން ބުނާނެ ތި ފޮޓޯ އެޑިޓް ކޮއްފައޭ ތިހުރީ...

    19
    1
  45. ސަމީ

    ދެން ފެންނާނީ ގެރިއަކަށް އަޅުކަން ކުރާ ތަން ކަންނޭގެ

    18
  46. ދުރުމި

    މަހާތުމާ ގާންދީ އަކީ އެއް ނަޒަރިއްޔާތަކުން ބުނެވޭ ގޮތުގައި ބޭރުފުށަށް ސިއްރުކޮށް އެތެރެފުށުގައި ވަރުގަދަ އީމާންތެރިކަމެއް ހުރި ސިއްރުވެގެން ހުރި މުސްލިމެއް. އެކަމަކު ބޭރު ފުށުން މުސްލިމެއްކަން ނޭގޭފަދަ ގޮތަކަށް އުޅުނުމީހެއް. އޭނާގެ ކާމިޔާބީ އަކީ މި ސިއްރު ކަމުގައި ބެލެވޭ.

    4
    21
  47. Anonymous

    ނަޝީދު އަކީ ވަރަށް ބޮޑަށް އިސްލާމް ދީންދެކެ ލޯބިވާމީހެއް ތީބަޔަކު މީހުން ހަދާފައިވާ ފޮޓޯއެއްކަމަށްވާނީ. ތިކަން ވާނީ އެމަނިކުފާނު ދަންނަ އިސްލާމް ދީނިގައި އޮންނަ ކަމަކަށް!

    1
    18
  48. ކެޔޮޅު

    ހަރުބީ ކާފަރަކައް ކުރަންވީ ކޮންދުއާއެއް؟

    20
  49. ލޮލް

    ދެން ކާފިރުންނަށް ދުޢާ ނުކުރާނެ ކަމަށް 100 ފަހަރު ލިޔަން ފެނޭ

    16
  50. އަބޯ

    ނަސީދު ކުރި ދުއާގެ ސަބަބުން ގާނދީ އަށް އަޒާބު އިތުރު ވާނެތަ ؟

    1
    9
  51. ނަޒީރާ

    ހަހަހަހަހަ...ހީހީކެކެކެެ...ހަހަހަހަަހާ... މިކަލޭގެ ބުރާންތި.. ރައްޔިތުންނޭ އެބަފެނޭތޯ.. ދީނުގެ އެންމެ އަސާސީ ކަންކަންވެސް ނޭނގޭ ބަޔަކައް ވެރިކަން ދީގެން މިތިބެވެނީ..

    16
  52. ހަދީޖާ

    މީނާ ހުރެދާނެ އަބޫޖަހުލު މަހާނަކާރީގަ އޭނަޔައްވެސް ދުއާ ކުރަން.. ބަލަގަ ނަސީދޫ.. ކަލެޔައް ނޭނގޭތަ ގާންދީއަކީ މުސްލިމެއް ނޫންކަން.. ކަލެޔައް ނޭނގޭތަ އިސްލާމްދީނެއް.. އެދުރު ގެޔައްގޮސް އެދުރުބޭކާރިން ކިޔަވާ.. ޝަހާދަތުގެ ދެކަލިމަވެސް އަލުން ދަސްކުރަންފެނޭ..

    19
  53. އިއްބެ

    އަބޫޖަހުލަށްވުރެސް މާބޮޑަށް ކުރިއަރާފައިވާކަމަށް ފާހަގަވެއެވެ.

    14
  54. ބުރޯ

    މަހާތުމާ ގާނދީ އަކީ އިންޑިޔާގެ އެއްވެސް މަގާމެއްފުރުއްވި ބޭފުޅެއްނޫން . ގާނދީ އަކީ ލޯޔަރެއް . ހިންދޫ އެއް ސައުތު އެފްރިކާގަ ލޯޔަރުކަން ކުރެއްވި އިންޑިޔާ އަށް އައީ އިންޑިޔާ އިގިރޭސީންގެ އަތްދަށުގާ އޮތްދުވަސވަރު އެދުވަސވަރު ގާނޑި މަސައްކަތް ކުރެއްވީ ހިންދޫންނާ މުސްލިމުން ގެ ކުރިމަތިލުންތައް ހުއްޓުވުމަށާ އޭރު އޮތް އިންޑިޔާ މިހާރު [ބަންގްލާދޭސް ޕާކިސްތާނު އިންޑިޔާ]އެއް ގައުމެއްގެ ގޮތުގާ ބައިވެގެން ނުގޮސް އޮވެ އިގިރޭސީންގެ އަޅުވެތި ކަމުން އިންޑިޔާ މިނިވަން ކުރުމަށް. މުސްލިމުނނާ ހިންދޫންނާ ބުޑިސްޓުންނާ ސިކުންނާ ކްރިސްޓިއަނުންގެ ތެރޭގަ ގާނދީގެ މިފިކުރު ވީ ވަރަށް މަގުބޫލް ފިކުރަކަށް ނަމަވެސް އިންޑިޔާގެ ބާރުގާ އޭރުތިބި އިގިރޭސި ލަސްކަރަކަށް މުސްލިމުންނާ ހިންދޫންގެ ކުރިމަތިލުން ކޮންޓްރޯލް ނުކުރެވުމުން އިންޑިޔާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހިރުލާލް ނެހްރޫއާއި ޕާކިސްތާނުގެ ގާއިދު އައުޒަމް މުހަންމަދު އަލީ ޖިނާހު ނިންމެވުމުގެމަތިން ހންދޫންގެ ދައުލަތް އިންޑިޔާގެ ނަމުގާ މުސްލިމްދައުލަތް ޕާކިސްތާނުގެ ނަމުގާ މިނިވަންކަން އިގިރޭސިން އިއުލާންކުރީ އޭރު އެއްބަސްވީ މުސްލިމުން ގިނަ ހުރިހާ ސްޓޭޓް ޕާކިސްތާނަށް ދިނުމަށް ނަމަވެސް އިގިރޭސިން ނިންމީ ކަސްމީރު ގާމުސްލިމުންތިއްބަސް ކަސްމީރު ދެބައިކުރުމަށް ކަސްމީރު ރައްޔިތުން ބޭނުންވަނީ މިނިވަން ދައުލަތެއް. އިގިރޭސިން ވަނީ އިންޑިޔާ ޕާކިސްތާން ހަމަޖެހުމުގެ ނޭވާ ލެވުނަނުދިނުމަށް ކަސްމީރު ގާއިމް ކޮށްފާ. ފަހުން ވަނީ ޕާކިސްތާނު ދެބައިވެ ހިގި ހަގުރާމައަކަށްފަހު ޕާކިސްތާނު ބައިވެ ބަންގްލާދޭސް އުފެދިގެން އައިސްފައި ކަސްމީރުގެ މައްސަލާގަ އިންޑިޔާ ޕާކިސްތާނުން ދެހަގުރާމަ ކޮށްފި މިހާރުވެސް އެތިބެނީ ހަގުރާމައިގެ ހާލަތުގަ

    14
    2
  55. ދޮންބެ

    މިވަރުގެ ނާގާބިލު ތަންދޮރު ނުދަންނަ މީހުން. ވެރިކަމުގާ

    9
    1
  56. ސައްޕޭ

    މައްސަލައަކީ މިމީހާއަށް ދީން ނޭގޭއިރު ދީނޭކިޔާގެން އަގަ އަރުވާތީ، ނޭގެނީ ހަމަ ނޭގެނީ، ތިޔަ ދެމީހުންނަށް ހިދާޔަތުދެއްވާދޭ! އިސްލާމީ އިލްމު އުގަންނަވާފައިދޭ!

    9
    1
  57. ދާލު

    މޯލްޑިވިއަން "ޕީކޭ" އިން އިންޑިއާ

    3
    1
  58. ބުރޯ

    މިހާރު އިންޑިޔާގެ ގާނދީ އާއިލާ ނިސްބަތްވަނީ އިންޑިޔާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހިރުލާލް ނެހްރޫ އަށް .އިންދިރާ ގާނދީ އަކީ ޖަވާހިރުލާލް ނެތްރޫގެ ދަރިކަނބަލެއް އިންދިރާގެ ފަހަތަށް ގާނދީ މިނަން އައިސްފައިވަނީ ގަނދީގެ ފިރިކަލުން ކަމުގައިވާ އީރާނަށް އުފަން ފީރޯޒް ގާނދީ ގެ ނަން ހިމަނައިގެ. އިންދިރާގާނދީ ކިޔަނީ މިހެންވެ .މިހާރުގެ ގާނދީ މިކިޔާ ރާހުލް ގާނދީއާއި ޕްރިޔަންކާ ގާނދީއަކީ ރަޖީވް ގާނދީގެ ދެދަރިކަލުން މިދެކުދިން މަންމަޔަކީ އިޓަލީ އަންހެނަކު ކަމުގައިވާ ސޯނިޔާ ގާނދީ ރާހުލް އައި ޕްރިޔަންކާގެ މާމަ ކާފަޔަކީ އިންދިރާ ގާނދީއާއި ފީރޯޒް ގާނދީ އިންދިރާގާނދީގެ ބައްޕަޔަކީ އިންޑިޔާގެ ފުރަތަމަ ބޮޑުވަޒިރު ޖަވާހިރުލާލްނެހްރޫ .މަހާތުމާ ގާނދީއަކީ މުޅި އިންޑިޔާ އެމީހަކަށް ފަހުރުވެރިވާ މިނިވަންކަމުގެ ބައްޕަ ގާނދި ޖީ މަހާތުމާ މިކިޔަނީ ހިންދީންގެ ދީނުގަ މާތްކަމަށް ނިސްބަތް ކުރުމަށް ކިޔާނަމެއްގެގޮތުގަ މަހާތުމާގާނދީ މިކިޔަނީ މިހެންވެ .މަހާތުމާގާނދީ އަވަހާރަ ކޮށްލީ އިންޑިޔާ ބައިނުވެ އެއް އިންޑިޔައެއްގެ ގޮތުގަ ހިންދުންނާ މުސްލިމުން އެއްބަނޑު އެއްބަފަ ބައެއްގެ ގޮތުގަ ބެތިއްބުމާ އިދކޮޅި ހައްދުފަހަނަޅާތިބި ހިންދޫންގެ ބަޔަކު ގާނދީގެ ގަޔަށް ބަޑިޖަހައިގެން މަހާތުމާ ގާނދިއަކަށްވީ އެހެންވެ.

    6
    1
    • ގާންދީ

      މަ މިތާ މަޑުން އޮތަދީ

  59. މޯދީގެ ކާފަ

    ގާދީގެ ގުނަވަންތަޢްކަމަށް ހީވާ އެއްޗެހިތަކެއް ފެނުނު އެއިގަ ބަދަލުގަ ގެރިއެއްގެ ބައިތަކަކާއެކު އަންދާލީ. ދެން އަޅި ގަންގާ ކޯރަށް އަޅާލީ! ދެން ކޮން މަގުބަރާއެއް؟

    4
    1
  60. މަކިނބޫ އެޓް ދުބާއީ

    ގާނދީ އަކީ ކާފަރެއްކަން ނޫނީ އޭނަ މަރުވީ ﷲގެ ރަހުމަތުން މުސްލިމުވެގެން ކަމެއް ނޫނީ ނޫން ކަމެއް އަހަރުމެންނަކަށް ނޭނގޭ. އެހެންވީމާ މިއަށް އެއްޗެއް ކިޔުމަށް ވުރެން ރަނގަޅީ ނުކިއިއްޔާ.. އަމިއްލަ ނަފްސު ސަލާމަތް ކުރަން ދޫ ރައްކާތެރި ކުރަން އިސްކުރުން މުހިންމު.. އެހެންކަމުން މަ އިތުރު އެއްޗެކޭ ނުކިޔާނަން. ..

    5
    10
    • Anonymous

      މަކިނބޫ އެޓް ދުބާއީ އައް ބުނެލަން އޮތީ މުސްލިމް ޖަޖް ކުރަނީ ބޭރުފުށައް .އެތެރެ ފުށަކައް ނޫން. މުރުޖިޔާއިން ބަލަނީ އެތެފުށައް.

  61. ކަލާ 123

    މި ލިޔުން ފައްޓަމުން "އިންޑިއާގެ ބޮޑުވަޒީރު މަހާތުމާ ގާނދީ" އޭ ލިޔެފައި އެބަ އޮވޭ. ލިޔުންތެރިޔާ އާއި އަދި ކިއުންތެރީންގެ މައުލޫމާތަށްޓަކައި ދަންނަވާލަން. މަހާތުމާ ގާނދީއަކީ
    އެއް އިރެއްގައި ވެސް އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވި ޒައީމެއް ނޫން!

    6
    1
  62. އައްޑޫ މީހާ

    މިގުރޫޕްގަތިބި މީހުންގެ މޫނުމަތިން ވަރަށް ބޮޑަށް މާޔޫސްކަން ފެނޭ ދިވެ އްސަކު މަރުވެގެންވެސް މިހާ ހިތާމަވެރިކޮށް މިބަ އިގަނޑު ނުތިބޭނެ

    10
    2
  63. ޔސރ

    އެއީ ކޮންމެހެން ދުޢާ ކުރަން ވެގެން ކުރާ ކަމެއް ނޫން، ﷲ ހަޒްރަތުގަ އެއްވެސް ފައިދާއެއް ނުކުރާނެ، މުޝްރިކުންނަށް ކުރާ ދުއާ، އެކަމު މީ އެ ގައުމުގެ ބޮޑުން ރުއްސަން ކުރާ ކަންކަން. ރާއްޖޭގެ ވެރިކަމަށް އާދެވޭތޯ. މިހިރަ ފާޅުވަނީ މިމީހުންގެ ހަގީގަތް.

  64. ހަސަން

    ރީދޫ މީހުން ތިޔަ ނަޝީދު ފައްޅި އެއްގެ ތެރޭގައި އަމިއްލަ ސޮލީބަށް އެރުވިގެން ނުނީ ފިރިހެނާކާއި އެކު އެއްޖިސުން ގުޅުން ހިންގަން އޮތްވައި ނޫނީ އަންހެނަކާއި އެކު ޒިނޭކުރަން އޮށްވައި ނޫނީ ބަނގު ރާފުޅިއެއްހިފައިގެން އެބޯންއޮތްވައި ނޫނި ތެޔޮބިޑިއެއް އަބުރައިގެން އެބޯންއޮށްވައި ނޫނީ ހަކުރު ބޯން އޮވައި ފެނުނަސް އެއީ މާބޮޑުކަމަކަށް ނަހަދާނެ. ބުނާނީ ތީ އެންމެވެސް ކުރާކަމެއްނޫންހޭ.

    7
    1
  65. މުހައްމަދު

    މަގުބަރާގެ މާނައަކީ އެތާނގައި އެމީހެއްގެ ގަބުރު އޮންނަތަން. ހިންދޫންނަކީ ހަށިގަނޑު އަންދާލާ ބައެއް. އެއަށްފަހު އަޅިތައް އުކާލަނީ ގަންގާ ކޯރަށް. ވީމާ ތިޔަތަނަށް މަގުބަރާއެކޭ ނުކިޔޭނެ. ހަނދާނީ ބިނާއެކޭ ކީދާނެ.

    5
    1
  66. عبد الله

    މީނަ އަކީ ދީނާ ދުރު މީހެއް ކަމަށް އަޅުގަނޑު ޤަބޫލު ކޮށްފިން

    8
    1
  67. އަބްލޯގާޒީ

    ކާފަރުންގެ މައްޗަށް މަރުވުމުން ދުޤާ ކުރުމެއް ނޯވޭ..އޭގެ ހެއްކަކީ ރަސޫލުﷲ ގެފާނަށް އެކަލޭގެފާނުގެ ބޮޑުބޭބޭފުޅުގެ މައްޗަށް (ނިޔާވުމުން) ހެޔޮދުޢާ ނުކުރައްވަން އެންގެވުން.. އެކަމަކު ކޮންމެ މަހާނައެއް ކައިރިއަށް ދެވުނަސް ކުރަންވާ ދުޢާއެއް އޮވޭ.. އެއީ ތިމާގެ އަމިއްލަ ނަފްުސަށްޓަކައި ކުރެވެ ދުޢާއެއް.. ނަޝީދު ދުޢާކުރީ ކޮންގޮތަކަށް ކަމެއް އިނގެނީ އޭނައަށް..ކާފަރެއްގެ މައްޗަށް ދުޤާ ނުކުރެވޭނެކަން އެނގިހުރެ ދުޢާ ކުރުމަކީ އިސްލާމްކަން ގެއްލިދާފަދަ ކަމެއް..ﷲ (ސވ) މޮޅަށް ދެނެވޮޑިގެންވަނީ..

    4
    1
  68. މއާޒު

    އަހަ އަބްދުﷲ ރިޔާޒުވެސް މިކަމުން އަންގައިދެނީ ރިޔާޒު އަކީ ވަރައް އޮޕްޗުނިސްޓިކް މީހެއްކަން. ވަރައް ކޯޝަސް ކަވަޑިކް މީހެއް މިނަގެ ކައިރީގަ ހުއްނަމީހަކައް ނުލިބޭނެ ރަގަޅެއް

  69. ސޭކީ ނިއުސް

    ނަސީދު ގާންދީއަކީ ސޭކުސްތާނުގެ ގާންދީ.. އޭނާ ގާންދީކަން ކުރާތާ އެތަކެއް އަހަރު..

  70. ޙެހެހެ

    އެެއީ މޮޔައެއްކަންނޭގެ. އަޅެކީކޭފަހެ ބުނާނީ

  71. ޢަލީ

    މީހަކު ދެއަތް މަެްޗހަ ނަގަނޫ ދުއާކުރަން އެކަނިތަ ދުއާނުކުރިޔަސް ކުރިޔަސް ެ އެއްކަމެއްވެސް ނުވާނެ ހަހަހަހ ފޭކް

    1
    4
  72. ސައިފާ

    އަބޫޝަމާޝް ނެތުމުން ހުިރ ހިތާމަޔެއްގެ ބޮޑުކަމާ އަބޫޝަމާސް..

    3
    1
  73. ދޮން ބަބުރު ސޮރު

    ދެން ކިހާ ދެރަކަ މެއް! ކޮން މެ މީހަކުވެސް އެ މީހެއްގެ ކަލާނގެއާއި އެއް މެ ކުއްތަން ވާވަގުތު ދުޢާ ކުރާނެ ނޫންތޯ؟؟؟

  74. ނަޝީދާއި އޭނާގެ ބައިވެރިންނަށް

    މާތް ﷲ މި ބައިމީހުންނަށް ނުބައި ބައްޔެއް ޖަސްސަވާ ނުބައި ގޮތަކަށް އަވަހަށް މަރު ގެންދަވާށި. އާމީން

    3
    1
  75. ދަވްތޫރް އަބުދުލް އަޒީޒް

    ތިޔާވެސް ރިކޯޑެއް މިހާތަނައް އެއްވެސް މީހަކު އެތަނައްގޮސް ދުއާކުރިކަމައް ބުނާމީހަކުނެއް އެހެންވީމާ ރިކޯޑް މުގުރާލީ ކަމައް ވެސް ވެދާނެ މިގައުމަކީ ހުރިހާކަމެއްގަވެސްރިކޯޑް ހޯދާގައުމެއް ކުއްވެރިންވެސް ހިފާހައްޔަރުކޮއްފައި ވަނަވަރު ކިޔާލާއިރު އެކުއްވެރިޔާގެ އުމުރައް ވުރެ ގިނަ ކުށުގެ ރެކޯޑް އޮންނަކަމަށް ޙަބަރުތަކުން ފެންނަނީ އެމީހުން އެދޫކޮއް ލަނީ ދުނިޔޭގެ ރިކޯޑް މުގުރާލާ ރަން މެޑަލް ހޯދަން ކަމައް ވާނީ ވދނ

  76. ޖޫ

    ހަތީމު ގޭގަ އޮތުމުން މުސްލިމަކަށް ނުވައްޔާ، ދެއަތް މައްޗަށް ނެގިޔަސް ދުއާ ކުރިކަމަށް ނުބެލެވޭނެ. ދީނާ ދުރު މީހުން ދުޢާ ކުރޭތަ؟

  77. އިއްބެ

    މީނަ އިހަށްދުވަހު ދަޢުވާކުރީ ތިމަންނާއަށް އިތުރަށް އިސްލާމްދީން އޮޅުންފިލުވައިދީ ނަސޭހަތްދޭކަށް އިޔާޒް އަކަށް ނުޖެހޭނެޔޭ ކިޔައިގެން. އަދި ތިމަންނާ މިހުރީ އޮސްލާމް ދީނުގައޭ ކިޔައިގެން. މިފެންނަނީ މީނާއަށް އިސްލާމްދީން އެނގި, އެދީނަށް ތަބަޢަވާ މިންވަރު. ޔާﷲ, މި ނަޝީދުގެ ރޯނުއެދުރު ވިސްނުންތަކާއި އިސްލާމްދީނާ ބީރައްޓެހި, ނާތަހުޒީބު ޢަމަލުތަކުން ދިވެހި ޤައުމާއި ރައްޔިތުން އަބަދުގެ އަބަދަށް ސަލާމަތް ކުރައްވާނދޭވެ! އާމީން.

  78. ???

    ???????????????