އައްޑޫގައި އަލަށް ހުޅުވުމަށް ތައްޔާރުވަމުން އަންނަ އައްޑޫ އިކުއެޓޯރިޔަލް ހޮސްޕިޓަލުގެ ކޮށި ވަށައި ޖޮގިން ޓްރެކްއެއް ތަރައްޤީކުރުން ނިންމައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ އައްޑޫގައި އަލަށް ހުޅުވުމަށް ތައްޔާރުވަމުން އަންނަ އައްޑޫ އިކުއެޓޯރިޔަލް ހޮސްޕިޓަލުގެ ކޮށީ ވަށައި ޖޮގިން ޓްރެކްއެއް ތަރައްޤީކުރުމަށް ބޭނުންވާ ކަމަށާއި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިހިނގާ ޑިސެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 14:00ށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ޑިސެމްބަރ 26 ވާ ބުރާސްފަތި ދުވަހުގެ 14:00ށް ބިޑް ހުށަހެޅުއްވުން އެދޭކަމަށެވެ.

ހޮސްޕިޓަލްގައި ކެންޓީނެއް ހިންގައިދޭނޭ ފަރާތެއް ހޯދުމަށް ވެސް މިހާރު ވަނީ އިއުލާން ކޮށްފައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ އައްޑޫ އިކުއެޓޯރިޔަލް ހޮސްޕިޓަލުގައި ކެންޓީނެއް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިހިނގާ ޑިސެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 13:00ށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ޑިސެމްބަރ 26 ވާ ބުރާސްފަތި ދުވަހުގެ 13:00ށް ބިޑް ހުށަހެޅުއްވުން އެދޭކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އައްޑޫގައި ތަރައްގީ ކުރަން ފެށި އައްޑޫ ޓާޝަރީ ހޮސްޕިޓަލް މިމަހު ތެރޭގައި ހުޅުވޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

އައްްޑޫ ޓާޝަރީ ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް ނިންމައި، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެލިއާ ކޮންސްޓްރަކްޝަނުން ހޮސްޕިޓަލް ސަރުކާރާ ހަވާލުކުރީ އޮގަސްޓް ފަހުކޮޅުއެވެ.

ހޮސްޕިޓަލްގެ މަސައްކަތް އެލިއާއާ ހަވާލުކުރީ ނޮވެމްބަރު 14، 2016 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އައްޑޫ މީހާ

    ތިޔަތަން ހުޅުވަބަލަ ފުރަތަމަ !

    18
  2. ަައަލީ

    ހުސް ކޮރަޕްޝަން

    16
  3. އިކްލީލް

    މާފަރު އެޔަރޕޯޓް ދިގުކުރަން ނިންމައިފި ، އައްޑޫ ހޮސްޕިޓަލްވަށައިގެން ޓްރެކް ހަދަން ނިންމައިފި ، ހުޅުމާލޭގައި ހަދާ 7000 ފްލެޓް 3000 ފުލެޓަށް މަދުކުރަން ނިންމައިފި ، ދަރުމަވަންތަ ހޮސްޕިޓަލްގެ ދޮރުތައް ފުޅާކުރަން ނިންމައިފި ، މިހުރީ މުޅިންވެސް ދެއުޅިއެއްނުވާ ވާހަކަތަކެވެ. ރައީސް ޔާމީންގެ ތަރައްޤީފެނި ސޮނިވެއްޓި ދަނޑި ބާނާނޭގޮތެއް އޮތްތޯ ބެލުންފިޔަވައި 32 ބިލިޔަންރުފިޔާއިން ކުރި ކަމެއް ނެތެވެ.

    27
  4. މަބޭ

    ވަށަ އިގެން ޖޮގިންޓްރެކް އެއ އް ހަދަންނިންމި އިރު ނޭންގެނީތޯ ހޮސްޕިޓަލަ އް އެމެޖެންސީގަ އި އުޅަންދުފަހަރު ވަންނަންޖެހޭނެކަމެ އް އެހެންނޫނަސްމިހާރުތިޔައުޅެނީ ބަޔަކަ އް އަނެ އްކާވެސް ލާރިގަންޑެ އް ދޭނެގޮތެ އްހޯދަން

    20
  5. ކަންބުލޮ

    ފުރާޅުބަދަލުކުރަން ކަ އްވާލިލާރިގަންޑުން ނުފުދުނީތޯ ޢެގެފަހުން އަދިވެސް ފުރާޅުންފެންލީކުވުން ނުހުއްޓޭ

    19
  6. ?ރޮނޑާ

    ހޮސްޕިޓަލް ވަށައިގެން އަޅަނީ އޮވަރ ޓުރެކަރ އަކާއި ބޮޑައް ވައްތަރީ. ރައިއްޔަތުންގެ ފައިސާ ބޭކާރު ކޮއްނުލާތި

    7
    1
  7. ދެން ނެތް ސަލާމަތެއް

    ދިވެހިރާއްޖޭގައި ޓެކްސް ދައްކައިގެން އުޅެނީ އައްޑޫ މީހުން އެކަނިތަ، ދިވެހި ސަރުކާރުން ތަރައްޤީ ކުރަނީ އަބަދުވެސް އައްޑުއާއި މާލެ، މިދެން އަޖައިބެއްނު

    5
    2
  8. ޖ

    އަދިވެސް ހޮސްޕިޓަލެއް ނުހުޅުވޭ އައްޑޫ މީހުން ޑޮކުޓަރައް ނުދެއްކިގެން އުޅޭހާލު ބަލާބަލާ އަދިވެސް އުޅެނީ ޖޮގިން ޓުރެކެއް ނުހެދިގެން މީހަކު މޮޔަނުވާނެތަ

    8
    2
  9. ގުނ ބޯ

    ކައުންސިލް އިންތިހާބަށް އައްޑޫ ރަށްޔަތުން ގުނބޯހައްދަން މިސަރުކާރުން ނިންމައިފިއެވެ.

  10. ޒ

    ކޮބާ މުއިއްޒު! އެގޮލާ ކާރީ އަހާލަނިކޮށް ތިކަން ވެދާނެ. އެކަމަކު ދެތިން ފަހަރު އެއްކަމެއް ކުރަން ޖެހިދާނެ

  11. އައްޑޫ މީހާ

    މިއަށްވުރެ މޮޔަކަމެއް ނުފެނުނީތަ ކުރަން؟ ދެން އިމަޖެންސީގަ އަންނަ އެމްބިއުލެންސް ވެސް އޮންނަންވީ ދުވާމީހުންނާހެދި ނުވަދެވިފަ.

    4
    1