ގއ.މަރަންދޫ ކައިރިން 13 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ރޭ ހޮނުއެޅި މަސްދޯނީގައި ތިބި ދެމީހަކަށް ހޮނުއެޅުމުގެ ސަބަބުން އަނިޔާވި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މަރަންދޫ ކައިރިން 13 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏަކަށް ހޮނު އެޅިކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 12:55 ހާއިރު ކަމަށެވެ.

އެ ހާދިސާގައި ދޯނީގައި ތިބި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެން އެ ދެމީހުންނަށް ކޮލަމާފުށި ސިއްހީ މަރުކަޒުގައި ފަރުވާދީފައިވެއެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ދޯންޏަށް ހޮނު އެޅުމުގެ ސަބަބުން ފުރަތަމަ ދޯނި ދިޔަވެ އަޑިއަށް ދާން ފެށި ނަމަވެސް އިރުކޮޅެއް ތެރޭގައި ވަނީ ދިޔަވުން ކޮންޓްރޯލް ކޮށްފަ އެވެ.

ހޮނު އެޅުމުގެ ސަބަބުން ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.

ހޮނު އަޅައި ދޯންޏަށް ދިޔަވާން ފެށުމުން އެދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނީ އެސަރަހައްދުން އެވަގުތު ދަތުރު ކުރަމުން ދިޔަ ކޮލަމާފުށީ ދޯނިތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖޫލިޔާނާ

    ގއ މާރަންދޫ އޭ ..

    3
    1
  2. ހަސަނު

    ގއ މާމެންދޫ ރަގަޅުގޮތަކީ

  3. ކާފަ

    ހޮނަކީ އޭގެ ބާރުމިނުގައި ކޮންމެ ތާކަށް ޖެހުނަސް އެތަނެއް ފޫއަޅުވާލާނޭ ވަރުގަދަ އަލިފާނެކެވެ. ކަނޑަށް އެޅިޔަސް ބިމުގަ ޖެހެންދެން ނުނިވި މިނެޓަކު 600 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރާނެއެވެ.

  4. ލޮލަ

    ނަގާފަ ހުރި ދިދައިގެ ގޮތުން ކަމަށް ވެދާނެ

    5
    1
    • ބޯހޫރާ

      ކިހިނެއް އިނގެނީ ދިދަ ނަގާފަހުރި ދޯޏައްކަމެއް ހޮނުއެޅީ.....

  5. ބުގިސް

    އެއްޗެއް އޮޅުންފިލިތަ؟ އެހެންޏާ ފަހެ! ހޮނުއެޅި ކޮން ރަށަކަށް ނިސްބަތްވާ ދޯންޏެއްކަން ވެސް ނޭނގުނުތާ ގއ. މަރަންދޫއޭ ކިޔަނީ ފަޅުރަށަކަށް ކަމެއް ކަނޑެއް ކަމެއް ފަޅެއް ކަމެއް ގިރިއެއްކަމެއް ހަލެއް ކަމެއް ވެސް ނޭނގުނު ވިއްޔަ!

  6. އަލީ

    މިކަން ވެދާނެ މާތްﷲ ގެ ޢަޒާބަކަށްވެސް