ރައްޔިތުންގެ މަޖިލީހުގައި ސުކޫލުތަކެކޭ އެއްފަދައިން ޕްރިންސިޕަލް އެއް ހުންނަން ޖެހޭ ކަމަށާއި، އެއީ މަޖިލީހުގައި "ބަސް އަހާތޯ ބަލަން ކަމަށް ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ. ޖަމީލް މިހެން ވިދާޅުވެފައި ވަނީ ރައީސް ނަޝީދު އާއި މަޖިލީހުގެ އެހެން ބައެއް މެންބަރުން ދުއާ ކުރެއްވުމަށް އަތް ނަންގަވައިގެން ތިއްބެވި ފޮޓޯއެއް ހިއްސާ ކުރަމުންނެވެ. އެހެން ނަމަވެސް އެ ފޮޓޯ އިން ފެންނަ އެހެން ބައެއް މެންބަރުން ދުއާގައި ބައިވެރިވެފައެއް ނުވެއެވެ.

ޑރ. ޖަމީލް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިރާރާއިން ޕްރޮކްޓޮކޯލް ގައި އޮންނަ ގޮތް އެބޭފުޅުންނަށް ކިޔައި ދީފައި ވޭތޯ ސުވާލު އުފައްދަވާފައެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައި ވާއިރު، މަޖިލީހުގައި މިހާރުވެސް ކަންކަން ކުރެވެމްުން ދަނީ ސުކޫލެއްގައި ދަރިވަރުންނާއި މެދު ކަންކަން ކުރާ އުސޫލުން ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ. އަދި ދާދި ފަހުން މަޖިލީހުގައި އެގޮތަށް އަމަލުވެސްކޮށްފައި ވެއެވެ.

އެގޮތުން މަޖިލީހުގެ މެންބަރަކު ގަވައިދާ ހިލާފުވުމުން "ފާރަށް މޫނުލައިގެން" ބޭރުގައި ކޮޅަށް ހުރުމަށް ނަޝީދު އަމުރު ކުރިއެވެ. ވަކިކަމެއް ނުކުރާނެ ކަމަށް 100 ފަހަރު ގަނޑެއްގައި ލިޔެފައި ނަޝީދަށް ހުށަހެޅުމަށް އެންގުމާއި، އަދި އެހެނިހެން ބައެއް ކަންކަންވެސް 19 ވަނަ މަޖިލީހުގެ ތެރެއިން ފެނިގެން ގޮސްފައި ވެއެވެ.

މީގެ އިތުރުން އެއްވެސް މެންބަރަކު އަމިއްލަ އަށް މަޖިލީހަށް ވަނުމަކީވެސް މިހާރު މަނާކަމެކެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވާފައި ވަނީ މަޖިލީހަށް ވަންނަ ކަމުގައިވާނަމަ އެމަނިކުފާނުގެ ހުއްދަ ހޯއްދަވައިގެން ވަނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރައްޔިތުން

    ޕްރިންސިޕް ނޫން. ކިޔަންވީ އެނދުރުބެ އަދި ނާށި ކޯރެއް ދީފަ ބަސްނާހަ ކުދިންގެ ކަރުގައި އަޅުވަން، ހާޒިރީއަށް ބެލި ނާންނަ މީހުން ވަރަށް ގިނަ ވީމާ ހުޅުވިގެން ފުރަތަމަ ބައްދަލުވުމުގައި އެމީހުން ބޭރަށް ނެރެ އަވީގައި ބައިތިއްބާ ކަރުގަ ނާށި ފަތި އަޅުވަންވާނެ.

    17
  2. ނަޝީދުކަންނޭނގޭތަ؟

    ޕްރިންސިޕަލް އަކީ ނަޝީދުކަންނޭނގޭތަ؟

    5
    3
  3. އަތޮޅުސަމްސާ

    އޭބަލަ މިހިރަ ޑރ. ޖަމީލް .....މަޖަލެއް ނޫނޭ..އެއްވެސް ވަރަކައް މަޖަލެއް ނޫން.ދެންގުޅެން އުޅޭނެކމެއް ނެއް.

    2
    4
  4. ޚެހެހެ

    ކުލާހަށް ދަރިވަރުން ވަންނަނީ ޓީޗަރުގެ ހުއްދަ ހޯދައިގެން އެހެންވެ. މެމްބަރުކަމުގަތިބީ ކުލާހެއްގަ ކިޔަވާ ކުދިބަޔަކަށްވުރެވެސް ތަނދޮރު ނުދަންނަ އަޚުލާގެއް ނެއްބައެކޭ އެބުނަނީ.. ކީއްކުރާނީ އެއީ ރައްޔިތުނގެ ހިތް. ބެލްޓް އަޅާ ބާރަށް އަތްޖަހާ.