ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ، ކުންފުނި އައިލެންޑް އޭވިއޭޝަންގައި މަސައްކަތް ކުރަމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ މުވައްޒަފަކު ކީރިތި ގުރުއާން ހިތުދަސް ކޮށްފިއެވެ.

ޤުރުޢާން ހިތުދަސްކޮށްފައިވަނީ މޯލްޑިވިއަންގެ އިދާރީ ބައިގައި މަސައްކަތް ކުރާ، މަރިއަމް މާހްއެވެ.

މިކަން ފާހަގަކޮށް މޯލްޑިވިއަން އިން ވަނީ ކުޑަ ހަފްލާއެއް ބާއްވައި މަރިއަމް މާހްއަށް ހިތްވަރު ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި، އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީއާއި ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނީފާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިކަމާއި ގުޅޭ ގޮތުން "ވަގުތައް" މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ އެމްޑީ މުހައްމަދު ރިޒްވީ ވިދާޅުވީ އަބަދުވެސް އެދެނީ މާހް އަށް ކުރިއެރުން ލިބުމަށް ކަމަށާއި، މުވައްޒަފުން ހޯދާ މިފަދަ ކާމިޔާބީތައް އަބަދުވެސް ކުންފުނިން ބަލައިގަންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ޤުރުއާން ކިޔެވުމުގެ ރޮނގުން މާޙު އަށް ގިނަ ކާމިޔާބީތަކެއް ލިބުމަށް އެދޭ ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.

ހަމައެހެންމެ އެމްޑީ ވިދާޅުވީ މޯލްޑިވިއަންގެ ޓީމަކީ ހިތްވަރުގަދަ ޓީމެއް ކަމަށާއި މާޙް ފަދަ އެތައް މުވައްޒަފުންނެއް ކުރިއަތް އޮތް ތަނުގައި ފެންނާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރައްޔިތުން

    މަރުހަބާ ! މަރުހަބާ މާހް

    42
    1
  2. ?

    މަރުހަބާ

    18
    1
  3. ަދސފރ

    ހާފިޒުންލައިގެންވެސް ތިޔަ ބޯޓް ގަޑިއަށް ފުރޭތޯ ބަލާބަލަ.

    3
    2
  4. ަސދަސ

    ތިދޭ ހިދުމަތުގެ ފެންވަރު މޑ އަމިއްލަޔަށް ވަޒަންކުރެވޭނީ ދެން އޮތް ދެއަރ ލައިން އައްޑޫއަށް ދަތުރު ފެށީމާ.

    3
    2
  5. މަމްދޫޙާ

    މާޝާﷲ !
    ވަރަށް ބޮޑަށް މަރުޙަބާ އާ ތަހުނިޔާކިޔަން.
    ދުޢާއަކީ ކީރިތި ޤުރުއާން އަބަދުވެސް މުރާޖަޢާކޮށް އެންމެ ފަހުނޭވަޔާ ހަމަޔަށްވެސް ހިތުގައި ތިޔަނޫރު ދިއްލިފައިހުރުން.

    13
    1
  6. ނަން

    ކިހާ ފައްކާ. އެކަމަކު މެދުމިނުން ނުނައްޓާ ހުރެވޭތޯ ބަލާތި ކޮއްކޯ

    1
    2
  7. އަހްމަދު

    ކޮންބޭފުޅެއްތޯ އައުރަނިވާނުކޮށް މިހުންނެވީ ؟

    6
    5
  8. ޝަމްސުއްނަހާރު

    ޤުރުޢާން ހިތުދަސްކުރީތީވެ މޯލްޑިވިއަންގެ އިދާރީ ބައިގައި މަސައްކަތް ކުރާ، މަރިއަމް މާހްއަށް ޝުކުރާއި މުބާރަބް ބާދު އަރިސްކުރަމުއެވެ. މާހުއަށް ހިތްވަރު ދިނުމަށްޓަކައި މޯލްޑިވިއަން އިން ކުޑަ ހަފްލާއެއް ބާއްވާފައިވަނީ އިޚްލާސްތެރިކަމެއް އޮވެގެނެއްނޫނެވެ. ޙާއްސަކޮށް މިހެން މިދަންނަވަނީ މިކަމުގައި ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނީފާ ބައިވެރިވެ ވަޑައިގެންނެވީމައެވެ. މީނާއަކީ އަބަދުވެސް ލާދީނީ ފިކުރަށް ފާޅުގައި ތާއީދުކޮށް އެކަމަށް ހިތްވަރުދޭ މީހަކަށްވާތީއެވެ.

    4
    2
  9. ކިނބޫ

    ތިކުދިން މުޖުތަމައުގަ އެކަހެރި ވެފައި ވަނިކޮށް އެކުދިން ބަލައިގަނެ ވަޒީފާ ދިނީ ޔާމީނުގެ ސަރުކާރުން.