ވޭތުވެދިޔަ 16 އަހަރުގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމީޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން އެ ކޮމިޝަނުގެ އެންމެ ފުރިހަމަ ޒިންމާ އަދާކޮސްފައި ނުވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރާ ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާއްސަބަތުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ސާލިހް ވަނީ މިއަދަކީ ރާއްޖޭގެ އެޗްއާރުސީއެމް އަށްވެސް 16 އަހަރު ފުރިގެން ދާ ދުވަސް ކަމުން އެމަުގެ ތަހުނިޔާ، އެކޮމިޝަނުގެ މެންބަރުންނަށާއި ރައްޔިތުންނަށް އަރިސްކޮށްފައެވެ.

ރައީސް ސާލިހް ވިދާޅުވީ މީގެ 16 އަހަރު ކުރިން އެޗްއާރުސީއެމް އުފެއްދީ ވަރަށް ހާއްސަ މަގުސަދު ތަކަކާއި އެކު ކަމަށާއި އެހެން ނަމަވެސް ވޭތުވެދިޔަ އަހަރުުތަކުގެ ތެރޭގައި އެކި ސަބަބުތަކާއި ހެދި ކޮމިޝަނުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރެވިފައި ނުވާކަމަށެވެ.

"މީގެ 16 އަހަރު ކުރިން ހިއުމަން ރައިޓްސް ކޮމިޝަން އުފެއްދީ ހަގީގަތުގައި ވަރަށް ހާއްސަ މަގުސަދެއްގައި. އެހެން ނަމަވެސް އެކި ސަބަބުތަކާއި ހެދި އެ ކޮމިޝަނުގެ ޒިންމާ އަދާކުރެވިފައެއް ނެތް" ރައީސް ސާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެހެން އެކަން ހިނގާފައި ވަނީ ކުރީގެ ސަރުކާރުތަކުގެ ނުފޫޒުގެ އިތުރުން ނުރަނގަޅު ބައެއް ނުފޫޒުތައް އެ ކޮމިޝަނަށް ވަދެފައި އޮތް ކަމުން ކަމަށެވެ. ރައީސް ގެ ވާހަކަފުޅުގައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ފުރިހަމަ އަށް ބާރުދީ އެކޮމިޝަނުގެ މަސްއޫލިއްޔާތުތައް އަދާކުރުމަށް މިސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އިންސާނީ ހައްގުތައް ފުރިހަމަ އަށް ހޯދައިދިނުމަކީ މި ސަރުކާރުގެ ބޮޑު ވައުދެއް ކަމަށާއި، އޭރެއްގައި އޮންނަ ސަރުކާރަކުން އެފަދަ ތަންތަނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމުގައިވާނަމަ އިންސާނީ ހައްގުތައް ނެގެހެއްޓުމަކީ ދަތި ކަމެއް ކަމުގައެވެ. އަދި މިސަރުކާރުން ރާއްޖޭގެ އެއްވެޒް ފަރުދަކު، ތަފާތު ނުކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ ރައްޔިތުންނަށް އިންސާނީ ހައްގުތައް ފުރިހަމަ އަށް ހޯދައިދޭނެ ކަމަށާއި، އެކަން ކުރުމަށްޓަކާ ދައުލަތުގެ އިދާރާތައް ޒިންމާދާރު ކުރުވައި ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތަކާއި ބަދަލުތައް ގެންއުމަށް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގާސިމު

    ތަފާތެއް ނުކުރާނަމޭ ތިގޮލާ އަނގައިން ބުންޏަސް އެގޮތަކައް ނުވާނެ. ތިޔައީ ވޯޓުން ވައްކަން.ކޮއްގެން ވެރިކަމައް އައިމީހެއް

    10
    1
  2. އިބޫ ހޯލިސް

    އެޗް އާރުސީއެމް މިދިޔަ 16 އަހަރު ތެރޭގައި އެއްވެސް މަސައްކަތެއް ނުކުރޭ. ސަބަބުތައް
    1. ރާއްޖޭގައި އެހެން ދީންތަކަށް އުޅުން ހުއްދަ ކުރެވިފައި ނެތުން
    2. އެއްޖިންސުން ކައިވެނިކުރުން ހުއްދަކުރެވިފައި ނެތުން
    3. އެހެން ދީންތަކަށް އަޅުކަންކުރާނެ ތަނެއް ރާއްޖޭގައި އެޅިފައި ނެތުން
    މިކަންކަން ކުރެވުނީމަ އިބޫ އެބުނާ މަގްޞަދު ހާސިލްވީ އެ

    2
    1
  3. ދިއްގާ

    16 އަހަރު ކަމެއް ނުވި. ދެން ނުކުިޔަވާ ހުރި ރުޑިއަކަށް 1 އަހަރުތެރޭ ހުރިހާ ކަމެއް ކޮށް ނިމުނީ ދޯ. ޖާހިލުކަންވެސް ހައްދު ފަހަނައެޅީ ދޯ