ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، އެކަންކަމުން ބޯދަމައިގެންފައި ކަމަށް ރައީސް އިބްރާހިމް މުހައްްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހް މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަ ކުރާ ބައިންލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ދުވަހުގެ ހާއްސަ މުނާއްސަބަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ވަނީ އިންސާނީ ހައްގަުތަކަށް އަރައިގެންފައި ކަމަށާއި، އަދި އަދަބަކާއ ނުލައި އެފަރާތްތަކުން އެކަމުން ރެކިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ވެރިކަމާ ރާއްޖެ ކުރިމަތި ލިއިރު، ރާއްޖޭގައި އަށަގަންނަމުން ދިޔަ ސަގާފަތަކީ އާރާއި ބާރުގައި ތިބެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ފަހު އެއްވެސް އަދަބަކާ ނުލައި ބޯދަމައިގަތުން" ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މި ސަރުކާރުގެ އިއްތިގާލީ އަދާލަތުގެ ތެރެއިން މި ސަރުކާރުން ދަނީ، އެ ނުބައި ސަގާފަތް ނެތިކޮށްލުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން މި ސަރުކާރުން އެންމެ އިސްކަމެއް ދެނީ އިންސާނީ ހައްގުތަކުގެ ތެރެއިން ދިރިހުރުމުގެ ހައްގު ހިމާޔަތް ކޮށްދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ވޭތުވެދިޔަ 16 އަހަރުގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމީޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން އެ ކޮމިޝަނުގެ އެންމެ ފުރިހަމަ ޒިންމާ އަދާކޮށްފައި ނުވާކަމަށް ވިދާޅުވެފައެވެ. ރައީސް ވިފދާޅުވީ އެޗްއާރުސީއެމް އިން އެކޮމިޝަނުގެ ޒިންމާ އަދާކޮށްފައި ނުވަނީ އޭރުގެ ސަރުކާރާއި އެހެން ނުބައި ނުފޫޒުތަކުގެ ސަބަބުން ކަމަށާއި މިސަރުކާރުން އެފަދަ ކަމެއް ވިޔަ ނުދިނުމަށް އެތައް މަސައްކަތެއް ކުރަމުން ދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޖާއިޒާ

    ކުރީ ސަރުކާރުގެ އިންސާނީ ޙައްޤުތަކަށް ކަލޭމެން އަރައިގަތް ވާހަކަތޯ ތިޔަބުނީ؟ ގައިމު ޔާމީން ވެރިކަމަށް އިންތިޚާބުވީއްސުރެ ފައިސާއާ މުދާ ހޭދަކޮށްގެން ކުރި ދުއްތުރާތަކާ އެކަންކަމުން ރައްޔިތުންނަސް ލިބުނު ވޭންތަކާ އަނިޔާތައް މިހާރުވެސް އެހުރީ ފެންނަން! ދެން ތިޔާ ވިއްދައިގެން މައުމޫނު ބަޔާނެއް ނެރުނީމަ ހަމަވާނީ!

    11
    1
  2. ޤައުމު

    ވޭތުވެ ދިޔަ އަހަރުތަކާ ނުބައްދަލުވާ މިންވަރަށް މިސަރުކާރުގެ ޝަރުޢީ ނިޒާމްވަނީ ބޮއްސުން ލާފަ ! އިންސާފެއްނެތް

    26
    1
  3. މުހައްމަދު

    އެއްވެސް މީހަކް ކިބްރުބެރިވެ ،ބޮޑަވެ ނުގަންނާށެވެ،

    25
    2
  4. އަލީ

    ޔާމީން ސަރުކާރުގައި ރައްޔިތުންނައް ދިން 7000 ފުލެޓް އެހެންވެގެން ދެއްތޯ ތިއުޅެނީ އަތުލަން އެވެސް ރައްޔިތުންގެ ހައްގެކޭ އިގޭތޯ ވަރައްތާހިރު

    10
    1
  5. އަފީ

    ރައީސް ޔާމީން ސަރުކާރުން އިންސާނީ ހައްގުތައް ނިއުޅާގަތް ވާހަކަ އިބުރާހިމް މުހައްމަދު ސޯލިހު ބުނެލީމަ އަންނަނީ ހިނި! ބަލަގަ އިންސާނީ ހައްގަކީ ކޮން އެއްޗެއްކަންވެސް އިބުރާހިމް މުހައްމަދު ސޯލިހަށް ނޭގޭނެ! މިކަން ކަން އެގޭނީ ތަންދޮރު ފިލާފައިތިބި ކިޔަވައިގެން ތިބި މީހުންނަށް! ރައީސް ޔާމީންގެ ހައްގުތަށް ނިއުޅާގަނެ ޕާޓީ މީހުން ހިންހަމަޖައްސަން ކޯޓްތަކުގެ ގާޒީންނަށް ރައީސް ޔާމީން ޖަލަށް ލާނެކަމުގެ ޔަގީންކަން ހޯދާން ފޯނުން ގުޅީމަ އިންސާނީ ހައްގުތަށް ތިޔޮތީ އެގިފަ! އަދިވެސް ބުނޭ ކުރީ ސަރުކާރު! ކުރީ ސަރުކާރު! 5 އަހަރު ނިމެންދެން ކުރީ ސަރުކާރު! ކުރީ ސަރުކާރު! ކުރީ ސަރުކާރު! މިހެން ކިޔާލަ ކިޔާލަ ތިބެ!

    9
    1
    • މަސްކް

      ޙަސަދަވެރި ވިއަސް ތީ ބޮޑުވަރު. ޔާމީނަށް ރައީސް ޔާމީނޭ ނުކިޔާނެ ހަމަބުއްދި ސަލާމަތުން ހުރިމީހަކު. ސަބަބަކީ ތިބުނާ މީހަކަށް ކަލޭމެން ވޯޓުދީގެން މިގައުމު ހިންގަން ހަވާލުކުރީމަ ހަމައާއި އިންސާފުން ބޭރުން މިގައުމުގެ ކަންކަން ގެންދިޔަދިއުމުން މިއުޅެނީ. ޢަރައި

  6. ސޯލިހު

    ޢިންސާނީ ހައްގުތަކޭ ކިޔަން އެންމެ ރަނގަޅީ ކަލޭ. ކުރީގެ ސަރުކާރޭ ނުކިޔާ ރައްޔިތުންނަށް ކަމެއް ކޮށްދެވޭތޯ އުޅުނިއްޔާ މާ ތާހިރުވާނެ.

    27
  7. ހުސޭނުބޭ

    ހަމަ އެހެންތަ! ހޯރައިއްބެ ދޫކޮށްލީ މިދިޔަ ސަރުކާރުންތަ! އެހެންވެއްޖިއްޔާ އަވަހަށް ކަލޭގެ ބޮލަށް ބޭސްކުރޭ!

    27
  8. އަހްމަދު

    މިސަރުކާރުންވަނީ އިސްލާމްދީނައް އަރައިގެންފައި ދެން ގޯހީ ކޮންސަރުކާރެއްބާ؟

    14
  9. ޙަނު

    ޓިކަން އެނގޭނެ 5އަހަރުފަހުން ޖަލުގަ ޮންނަންވީމަ

    11
  10. Anonymous

    އިންސާނީ ހައްގަކީ ކޯޗެއްކަން އެގިހުރެ ކަލޭ ތިވާހަކަ ދައްކާނަމަ މާތާހިރެއްނޫންތަ؟؟؟ވަގުވޯޓުން ވެރިކަމަށް އަރާހުރެވެސް ރައްޔިތުންނަށް ކަމެއްކޮއްދޭން ނެއެގޭއިރު ބަދަލުހިފުމުގެ ޝަރީޢައްހިންގާ ޢަދުލުއިންސާފު ނައްތާލަމުންދަނީ، ހަމައެކަނި އަނގަބަހުން ވެރިކަންކުރާ ސޯރު އިބޫ، ކުރީސަރުކާރޭ ކިޔަން ކަލޭ ލަދެއް ނުގަނޭތަ، ރ.ޔާމީނު ވެރިކަމަށްއަރާ ވަގުތުން މަސައްކަތްފެށީ ރައްޔިތުން ބޭނުންވާ ތަރައްގީ ހާސިލުކޮށްދޭން، ކުޑަދުވަސްކޮޅަކުން ތަރައްގީ ދައްކާދީފައިވަނީ.

    10
  11. ެއެޖެންޑާ 20

    ކުރީސަރުކާރެއް މިސަރުކާރެއް ނޯއްނާނެ. މިއީ އަބަދުވެސް ރައްޔިތުންގެ ސަރުކާރު. ސަރުކާރު ބައްކޮށްގެން ބޮޓެއްހެން އެނބުރެނީ...

  12. ޢަންސާރު

    ޢިސަތިއުފާ މަނިކުފާނު。。

  13. ވަޒީރެއާލާ

    ކުރީސަރުކާރުންވަނީ ރައްޔިތުންގެ ހައްގު ތަކަށް އަރައިގެންފާ. މާނައަކީ ކުރިންވެސް އަހަރެމެންގެ ވެރިކަމުގައި އިންސާނީ ހައްގުތަކަށްއަރާ ގާޒީއަކު ވަގަށްވެސް ނެގީމޭ. އެހެންވީމާ މިހާރުވެސް މިސަރުކާރުންވެސް މިދަނީ އިންސާނީ ހައްގުތަކަށް އަރާގަނެ ގާނޫނާޚިލާފަށް މީހުންނަށް ހުކުމްކޮށް ބަންދު ކުރަމުންނޭ