ފުޑް ކޯޓުގެ 22 ވަނަ ޔުނިޓު ކުއްޔަށް ހިފައި އެތަނަށް ދައްކަން ޖެހޭ ކުލި ނުދައްކައި އޮތުމުން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ނުވަ ލައްކަ ރުފިޔާ ދެއްކުމަށް ކުރީގެ ވިލިނގިލި ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން ނިހާންގެ މައްޗަށް ހުކުމް ކޮށްފައި ވަނީ މިއަދު އެވެ.

އެސްޓީއޯ އިން ނިހާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ އެތަނުގައި މިހާތަނަށް ދައްކަން ޖެހޭ ކުލި ދައްކަފައި ނުވުމުންނެވެ. އެސްޓީއޯ އިން ބުނެފައި ވަނީ މިހާތަނަށް އެތަމުގެ ކުއްޔާއި، ކުލި ނުދެއްކުމުން އަރާފައި އޮތް ޖޫރިމަނާ އާއި އެކު ޖުމްލަ 1.1 މިލިއަން ރުފިޔާ އަރައިފައި އޮތް ކަމަށެވެ.

އެތަނުގެ ކުލީގެ ގޮތުގައި ކޮންމެ މަހަކު ގާތްގަނޑަކަށް 76،0000 ރުފިޔާ ދައްކަން ޖެހޭ ކަމަށާއި މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން މިހާތަނަށް ނިހާން އެތަނަށް އެއްވެސް ކުއްޔެއް ދައްކާފައި ނުވާކަމަށް އެސްޓީއޯ އިން ކުރި ދައުވާގައި ވެއެވެ.

އެހެން ނަމަވެސް މިއަހަރުގެ ޖޫން މަހާއި ހަމަަޔަށް ކުއްޔާއި މެއިންޓަނަސް ޕީ ދައްކަފައި ނުވުމުން 893،901.97 އެއްބަސް ވުމާއި އެއްގޮތަށް ކުލި ދައްކާފައި ނުވުމުން 65،460.28 އަރައިފައިވާ ކަަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ ވަނީ ބަޔާންކޮށްފައެެވެ.

ސިވިލް ކޯޓުން ނިހާނުގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް ހުކުމް ކުރީ ހަމަސް ދުވަހުގެ ތެރޭގައި އެ ފައިސާ ކޯޓަށް ދައްކައި ހަލާސް ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަދުރޭގެ ހިސާބު

    ވަގަކަށް 1000 ދުވަސް، ވެރިއަކަށް 1 ދުވަސް!

    26
    2
  2. ވާނުވާ

    ނިއުޝާ ވިލިގިނލީ ދާއިރާއެއް ނޫނޭ ވިލިމާލެ ދާއިރާ އޭގެ ކުރިން ކިޔަނީ ވިލިމާފަންނު ދާއިރާ
    ވިލިގިނލި ދާއިރާ އޮންނަނީ ގއ ގަ

  3. ބުރުހުޒުހުނުވާނު

    ސިވިލް ކޯޓުން ނިހާންގެ މައްޗަށް ހުކުމް ކޮށްފައި މިމިގޮތައް ކީއްޖެ...ހީހީހަލާކު

    14
    6
  4. ނީނާ

    ހިތާމަހުރި ކަމެއް މިސަރުކާރަކީ ކުރިކަމަކަށް ނުބަލާނެ ބަލާނީ މީހާއަށް

    18
    8
  5. ޝާން

    ތިއީ މާބޮޑު ކަމެއް ނޫން. ތިކަންކަމަށް ހައްލުހޯދަން އަމިއްލަ އެދުމުން ފުރިގެންވާ ހާލު ޖޭޕީ އަށް ދިޔައީ ތިކަހަލަ ހުރިހާކަމަކަށް ހައްލު ހޯދަން. ސޭޓް އަތުން ތިލާރި ހޯދާފައި ދައްކާލާނެ. ސޭޓް ހައްދާފަ ވަޒީފާއާއި ފައިސާ ހޯދަން ނޫން އެހެން ބޭނުމަކު ތިއިން އެކަކުވެސް ޖޭޕީ އަކަށް ނުދޭ.

    12
    1
  6. ޖާއިޒާ

    ސޭޓް ގާގައި ފިތިފަހުރިއިރު ތިޔާއީ އެހާ ބޮޑު ކަމެއްނޫނެވެ. 2023 ގައި ސޭޓް ވެރިކަމަށް ގެންނަން ފޫގަޅާފަހުރިމީހެއްގެ ދަރަނި ފިލުވައިދެން ސޭޓް ޖެހިލުމެއް ނުވާނެއެވެ. އަނެއްކާ ނިޙާނަކީ ފަހު ނޭވަޔާ ހަމަޔަށްވެސް ރައީސް ޔާމީން ދިފާޢުކުރުމުގައި ހުންނެވި ބޭކަލެއްކަމަށް ކުރިން ބުނި ބުނުން ގެންގޮސްފަވާތީ އެއީވެސް އިނާމު ލިބޭނޭ ކަމެކެވެ.

    16
    1
  7. ސަދީ

    ކޮބާސޭޓު އަވަހައްލާރިގަނޑު ދައްކާދީ

    16
  8. ސޮމެޮނެ

    ވެރިކަން ހިންގާ ފަރާތަށް އެރީމަވެސް !!!!!!

    25
    2
  9. އަންތަރީސް

    އުނހު ކިހިނެއްމިވީ

    22
    2
  10. އަފީ

    ތިކަން ވެދާނެ! އަވަހާ ޖޭޕީ ގެ ޕޯޑިއަމް ކައިރީ ހުރެ ސޭޓް ވަރެއް ހަމަ ނެތޭ ގޮވާލާ! ވަގުތުން ތިކަން ވެދާނެ! ތި މީހުން ދިޔައި ސޭޓް އަތުން ތިގޮތަށް ހޯދައިގެން އުޅެން!

    16
    2
  11. ކުމާރު

    ކެފޭ އެެއް އޮތަސް އެހެން ތަނެއް އޮތަސް ހިސޯރު ކުޮއްގެން އެހެން މީހަކަށް ފައިދާ އެއް ވިޔަނުދީ ކަބަރި ތަށް ކިހާ ބޮޑު ލަބާއެއް މި ލާއާތުން ނާ ހެދި

    7
    3
  12. އައިސް

    މަހޭ މެން އެތިބީ ހިކިތަނުގަ....

    11
    1
  13. Anonymous

    މިކަލޭގެވެސް ހީކުރީ މިސަރުކާރުގެ ކޯލިޝަނާއާއި ގުޅި ބުރުމާސޭޓުގެ ފުލުބުޑަށްވަނީމަ މިމީހުންނަށް ކަމެއް ނުކުރެވޭނެކަމަށް، އަދިއޮތީ ވަގު އަދީބުއަތުން ނޮޅާއިގަތް އެމްއެމްޕީއާރސީ ފައިސާގަޑުގެ ޝަރީޢަތްވެސް، މި ކަލޭގެ އެކަންޏެއްނޫން، ރިޔާޒުރަޝީދުއާއި ޢަލީއާރިފުފަދަ ދެކޮޅުންކާމެން ވެސްމެ.

    13
    1
  14. ނަރެލް

    ވަގުންހިފާ ހައްޔަރުކުރަންފެށީމަ އެކަކު އަނެކަކަށް މާ މަޖާވެގެން ތިޔައުޅެނީ ވަގަކަށް ހާސްދުވަސް މުލުވަގުވެސް މިހާރު އެއޮތީ ސައިޒަށް ކެނޑިފަ