ހަތް ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް 258 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރުގެ ޑިޒައިންކުރުމާއި ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވަނީ އދ. މަންދޫ އާއި ނ. ލަންދުއެވެ. ލަންދޫގެ ބަނދަރު ހެދުމަށް 35 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅައިފައެވެ. އަދި މަންދޫގެ ބަނދަރަށް ހޭދަވާނެ ކަމަށް ލަފާކޮށް ދީފައިވާ ބަޖެޓަކީ 37 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މަންދޫގެ ބަނދަރު ނިންމުމަށް ދީފައިވާ މުއްދަތަކީ 14 މަސް ދުވަހެވެ. އަދި މަންދޫގެ ބަނދަރު ތަރައްގީ ކުރުމަށް ދީފައިވަނީ 11 މަސް ދުވަހުގެ މުއްދަތެކެެވެ.

މީގެ އިތުރުން އަލުން މަރާމާތު ކުރުމަށް ވަނީ ފަސް ރަށެއްގެ ބަނދަރު އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެ ރަށްތަކަކީ ދ. ހުޅުދެއްޔާއި، ފ. ދަރަބޫދުއާއި، ށ. ބިލެއްފައްސާއި، ރ. ރަސްމާދޫގެ އިތުރުން ށ. ޅައިމަގެވެ. މި ހުރިހާ މަޝްރޫއަކަށް ޖުމްލަ 183 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލ؛ަފާކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާ އެވެ.

މި ހުރިހާ މަޝްރޫ އަކަށް ޖުމްލަ ހޭދަވާނެ ކަމަށް ލަފާކޮށްފައި ވަނީ، 258 މިލިއަން ރުފިޔާއެވެ. ޕްލޭނިން މިނިސްޓްރީ އިން އަންނަނީ މިފަދަ ގިނަ މަސައްކަތްތަކެއް ކުރުމަށް ކުންފުނިތަކާއި ހަވާލުކުރަމުންނެވެ. އެގޮތުން ހަވާލުކުރަމުންދާ މަޝްރުއޫ ތަކުގެ ތެރޭގައި ކޯޒްވޭ އެޅުމާއި، ބަނދަރު ހެދުން އަދި ބައެއް ނަރުދަމާގެ މަސައްކަތްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަރެލް

    މިލިއުމަށް އެއްވެސްކުއްޖަކު ކޮމެންޓެއް ނުކުރާތީ ސަރުކާރުފަޅިން އިދިކޮޅު ސައިޒަށް ތިރިކުރީހެން ހީވާންފަށައިފި

  2. ކައްޕިތާން

    މިފެންނަނީ ކެންޕޭނު ސްޓަންޓް ދިގުރާސްތާ 30 އަހަރު ކަނޑަ ޖެހިހެން މޔޮއްގައުމެއްވާދޯ

  3. ޑައެލޯގް

    ޔާމީން 5 އަހރުގެ 2 އަހަރުދިޔައީ އިދިކޮޅު މުޒާހަރާއާ އުދަގުލުގަ ބާކީ 3 އަހަރު ތަރައްގީގެ އިންގިލާބެއް ގެނައި ރައްޔިތުންގެ އަތުން އިތުރު ޓެކުހެއް ނުނަގަ މިސަރުކާރު 1 އަހަރު ވީއިރު އެއްކަމެއްވެސް ނެތް ތަރައްގީއަށް ކޮށްފަ، އަންނައަހަރަށް ރައްޔިތުން ފެލަން އިތުރުޓެކްސްތަކެއް ނަގާ، ދެންމިފައިސާއިން ކައުންސިލް،އަދި ސިޔާސީމަގާމުތައް އިތުރުވާނީ ދީބާޖާކަހަލަ އެތައްބަޔަކަށް ބަދަލުދޭނީ ވަރަށް ސަލާމް