ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރާއްޖެ ތަރައްގީ ކުރުމަށް ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ސަބަބުން އިތުރުވެފައިވާ ދަރަނީގެ އެސެސްމަންޓު ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ނައިބު ރައީސް ވެންކައިއާ ނައިޑޫއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން ރައީސް ނަޝީދާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާއިން ދިން ލޯނުން ހިންގި ތަރައްގީގެ މަޝްރޫއުތަކުން ރާއްޖެއަށް އިތުރުވި ދަރަނީގެ އެސެސްމަންޓެއް ހަދަމުންދާ ކަމަށެވެ. އަދި ރާއްޖެއިން ޗައިނާގެ ލޯންގެ ދަންތުރައިން ސަލާމަތްވާން ތައްޔާރަށް އޮތް ކަމަށްވެސް ނަޝީދާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެ ބައްދަލުވުމުގައި އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޙެހެ

  ދަރަނިފިލުވަން ޔާންޕެއާ ގައުމު ހަވާލުކޮށްބަލަ. ޢަބަދުކިޔާއަޑުމިއެވެނީ ފައިސާއެއްނެތެވެ. ޢެކަމަކު ދެރިސޯޓުން ގައިމުހިންގެޔޯ. ޙިންގަންލިބުނީމަ ލަވަޔަކަށްވަނީ ފައިސާއެއްނެތް. ފައިސާއެއްނެތް.

  48
 2. މޮޔަ

  ބަލަ ހުޅު މާލޭގައި ބޮޑު ކުޅިވަރު ސްޓޭދިއަމެއް އަޅާދޭން ރޮއި ޢާ ދޭސް ކުރުމުން ޗައިނާ އިން ދޯ ޢަ ޅާދެނީ. ކޮބައިތަ އިންޑިޔާއިން ނެގި 1.9 ބިލިޔަން ޑޮލަރުގެ ދަރަނި

  50
 3. އަހްމަދު

  އަޅެމީހަކުއަޖާބުނުވާނެތަ މީނަމިއީ ފިނޭސް މިނިސްޓަރުތަ މީކިހިނެއްހިނގާސަރުކާރެއްތަ؟

  46
  2
 4. އެންދެރި

  އިންޑިޔާގެ ދަންތުރަ ވަކި ކުޑައެއް ނޫނެވެ.

  32
 5. ޚަރުން

  ސްޓަންޓް ނުޖައްސާ ކަލޭ އައި ތަނަކަށް ދޭބަލ.ޗައިނާ ހަމަ ރާއްޖެއަށް އުމޮރާނީ ތަރައްގީގަ އެހީތއރިކަން ބޮޑު..މީ ދިވެހިން ކަލޭ މެންނަށް ޖާސޫސް ކުރެވިދާނެ .ބަލިކޮށް ނުލެވޭނެ。.އިންޝާ ﷲ

  33
 6. ކަނަމަނަ

  ޢިންޑިޔާއައް ރާއްޖޭގެ ބައެއްވިއްކާލާ އެއިރައް ތިޔަވިދާޅުވާ އެސެސްމެންޓް ފޫބެދެދޭނެ

  29
 7. ވެރިން

  މީނަ ވެރިކަމުގަ ޖީއެމްއާރް އަށް އެއާޕޯޓު ދިނީމަ ވީ ގެއްލުމުގެ އެސެސް މެންޓު ހެދިއްޔާ މާ ތާހިރެއް ނޫން.އެމީހުން އެއާޕޯޓަށް ކުރި އެއްވެސް ނެއްވިއްޔާ

 8. ކާފަރ

  ބާކީ 3 އަހަރާ މަސްކޮޅެއް އޮތީ

  16
 9. ޑައެލޯގް

  ބަލަ ތިޔަހުރިހާ ދަރަންޏެއް ނަގާފައޮތްކަން އެގިހުރެ ރިޔާސީ ކެންޕޭނުގައި ރީދޫކުދިންބުނީ ތިމަންނާ މެނަށް ވެރިކަން ލިބިއްޖެނަމަ މާބޮޑަށްވެސް ތަރައްގީވެ، ދަރަނިނުވެ ހުރިހައިގޮތަކުންވެސް މޮޅުވާނެވާހަކަ، ދެންވެރިކަން ލިބުނީމަ މިކިޔަނީ ޔާމީން އޮތީ މާބޮޑަށް ދަރަނި ނަގާފައޭ، ބަލަ ޔާމީނުބުނިދޯ މިހުރިހައިކަމެއް ހުއްޓާވެސް ޔާމީނަށް އިތުރު 5 އަހަރު ދީފިނަމަ ތަރައްގީވާނެވަރު ޔާމީނު ލޯނުނެގިއަސް ޖީޑީޕީ، ރިޒާވް ދިޔައީމައްޗަށ ރީދޫކުދިން މިހުރިހައިކަމެއް ދިޔައީދަށަށް ދެން ރައްޔިތުން ފެލަން އިތުރު ޓެކްސް އެނަގަންފަށަނީ