1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ބަގާވަތް ހިންގަން މަސައްކަތްކޮށް ދިވެހި ސިފައިން ހިމެނޭހެން 17 މީހަކު ޝަހީދު ކޮށްލުމުގެ މޭސްތިރިއަކަށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލުމުގެ ތުހުމަތުގައި ޖަލަށް ލާފައި ހުރި ހުސައިން ހުމާމްގެ ގެ ތަޅައިލުމަށް ހައުސިން މިނިސްޓްރީ އިން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީ އިން އެ ގެތައް ތަޅައިލުމަށް ނިންމާފައި ވަނީ، އެތަންތަން ބާވެ ކޮންކިރިޓު ގަނޑު، ދޮރު ފަދަ ތަކެތި މަގުމައްޗަށް ވެއްޓި މީހުންނަށް އަނިޔާވަމުން ދާތީ، އެކަމަށް ފިޔަވަޅު އެޅުމުގެ ގޮތުންނެވެ.

ހާޖަރާގެ ތަޅާލުމަށް ނިންމާފައި ވަނީ މީގެ ދުވަސްތަކެއް ކުރިންނެވެ. ހައުސިން މިނިސްޓްރީ އިން ވަނީ 10 ގެއެއް ތަޅާލުމަށް ނިންމާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، ހ. ލޮބީ، ހ. ތަންބީ، ހ. އަސްފަރު، މ. އާޝިޔާމަންޒިލް، މ. ބުރަދަމާގެ، މ. ކައުސަރް، މއ. އެވާގްލޯރީ، މއ. ކަނބާލިފަރު، ހ. ރުއްދޮށިގެ އަދި މ. ރަބީއުވިލާ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އަހްމަދު

    ތީވަރައް ރަނގަޅުނިންމުމެއް ގެތައްސަރުކާރު ޚަރަދުގައި ތަޅާލައި ބިންސާފުކޮށް އެމީހުންނައް ޢިމާރަތްކުރަންލޯނުވެސް ސަރުކާރުންދީ

    149
    4
  2. ބޯކިބާ

    އަނެއްކާވެސް ބަޔަކަށް ރަނގަޅުވަރެއްގެ ބަދަލެއްދޭން އަނބުރާ ގޭސްގަނޑެއްތޯ!

    148
    2
  3. އިބްރާ

    ޑރ އަފްރާޝިމް އަލީ މެރުމުގައި ބައިވެރިވި އެންމެންނާއި ، އެމީހުންގެ ދިފާއުގައި ވަކާލާތުކުރި އެންމެންނާއި އެމީހުން ފޮރުވުމުގައި ބައިވެރިވި އެންމެންނާއި، ހުމާމު މެރުމަށް އިކޮޅުހެދުމުގައި މުގުލުގައިތިބި އެންމެންނާއި އަދި އެމީހުންނަށް ވަޒީފާދިން ފަރާތްތަށްވެސް ނިސްބަތްވަނީ އެމްޑީޕީއަށެވެ. އަދި ޑރ އަފްރާޝިމްގެ މަރު ރ ޔާމީނުގެ ބޮލުގައި އަޅުވައި 2018އ ރިޔާސީ އިންތިޚާބުގެ ފައިދާނެގީވެސް އެމްޑީޕީންނެވެ. އެހެންކަމުން ޑރ އަފްރާޝިމްގެ މަރާއި އެމްޑީޕީއާއި ގުޅުމެއްވެދާނެތޯއެވެ؟

    101
    6
  4. ދެރަކަމެއް

    މި ސުރުޚީ ކަމަކުނުދޭ

    63
    7
  5. ޙެހެހެ

    ލުތުފީގެ ގެ ހަދައިދެނވެގެން ހަދާ މޭސްތިރިއެއް ކަންނޭގެ. ޙައިރާމް ހައިރާމް

  6. Anonymous

    މިސަރުކާރުން އެހީތެރިވެ ފައިދާކޮށްދޭން ބޭނުންވާ ބަޔަކަށް ސަރުކާރު ޚަރަދުގައި ބޮޑެތި ބިލްޑިންގތައް އަޅާދޭތަން ލަހެއްނުވެ ފެންނާނެކަމުގެ މަލަނަތި!!! ތިޔަބުނާ 10ގެ އެކަނިތޯ ތިޔަގޮތަށް މި މާލޭގައި ބާވެ ވީރާނާވެފައިތިބީ، އަންނީގެ ކޮއްކޮގެ އަނބިމީހާއަކީ ބާޢީ ލިޠުފީގެ ދަރި މޫނިސާ ކަންވެސް އެނގެއެވެ.

  7. ޖޭބޮކި

    ތި ލިސްޓަށް އިތުރުކުރުމަށް ފެނޭ މ.މާމުޓާ

  8. ޙަބަރުގެޔާ

    ރައްޔިތުންނަށް ނުރައްކާވާފަދަގޮތަކަށްހުރިތަނެއް ރަގަޅުކުރުމަށް އެތަނުގެ ވެރިން އުޒުރުވެރިވާނަމަ ތިތަން ސަރުކާރަށް ނަގަންޖެހޭ ރައްޔިތުންގެ ފައިސާއިން ގޭސާފުކޮށްދޭކަށް ނުޖެހޭ

  9. ނަސީދު

    ކޮބާ މާމުޓާގެ

  10. Anonymous

    ޔާ މީނުގެ ގެވެސް ތަޅާލާ

  11. ބޯގޯސް

    އަފްރާސީމް ގެ މަރާ އެމްޑިޕީ ގުޅުން ވާކަން 100 ޕަސެންޓް ޔަގީން .އެއީ ހުމާމުގެ ބަޔާނުގާ އެބައޮތް އަފްރާސީމް މަރަން ތިޔަ އުޅެނީ ކީއްވެތޯ އޭނާ އެހިކަމަށާ އެމީހުން އޭނާގާތު ބުނީ ވެރިކަންބަދަލުވިދުވަހު ޓީވީއެމްގަ ނަސީދާ ދެކޮޅަށް އަފްރާސީމް ދެއްކި ވާހަކަތަކުގެ ސަބަބުން އޭނާ މަރަންޖެހޭ ކަމަށް އެމީހުން އޭނާގާތު ބުނިކަމަށް އަދި އަފްރާސީމް މެރުމުގާ ބައިވެރިވި އެންމެން ނިސްބަތް ވަނީވެސް އެމްޑީޕީއަށް .އަދި ބައިވެރިންގެތެރޭ އެމްޑީޕީ ގެ އިސް އެކްޓިވެސްޓުން ވެސް ހިމެނޭ .ސާން އަށް ބަލާބަލަ

    3
    1
  12. ގުނބޯ ކަލޯ

    ހ.އަސްފަރު އަށް ބަދަލުދީ ތަޅާލަން ނިންމިއިރު އެގޭގައި ގޭގެ ވެރިމީހާގެ ދޮށީ އަނބިމީހާ އާއި އޭނާގެ 2 ދަރިންނާއި ދަރިންގެ ދަރިންވެސް އެބަ ދިރިއުޅޭ.ނަމަވެސް ސަރުކާރުންވެސް އަދި ގޭގެ ވެރިފަރާތުންވެސް އަންގާފައެއްނުވޭ.

  13. ޑެއިލް

    ތިހިރީ މުޅިންވެސް އެމްޑީޕީ ކުދިންގެ ގެތައް. ސަރުކާރުގެ ހަރަދުގަ ގެތައް ތަޅާފަ. ތެޅިގެތައް އަލުން އަޅާދީ. ސާބަހޭ ސަރުކާރު.

  14. ބޮލި މުލައް

    ނޮވެމްބަރ 3 ގައި ޝަހީދުވީ ސިފައިންނާއެކު 17 ދިވެހިންތޯ؟

    6
    11
  15. ކުޑަ

    ނޮވެމްބަރުވ 3ގަވ 19 ދިވެހިންވ ޝަހީދުކޮށްލިކޮއްކޯވ!

  16. ޟ

    ކޮބާ ކުރީގެ ޑޮނާޑު މމިހާރުވެސް ބާތައް ބޮލަށް ފާބާއެަތަން

  17. ކުޑަބަޖަރާ

    މިސަރުކާރަށް ބަަލަދުއަރާ ގެތައް ސަރުކާރުގެ ޚަރަދުގައި ތަޅާދީ އަލުން އިމާރާތްވެސް ކޮށްދޭނެ. ތަޅާލަން އެންގި ގެތަކުގެ ތެރެއިން މ.ކައުސަރު އެއެންގުމާއެކުތަޅާ ތަންސާފުކުރި. އެގެއާޖެހިގެންހިރި ރަބީޢުވިލާ މިހާރު އެހުންނަނީ ބަންގާލީންނަށް ކުއްޔަށް ދީފާ. ބަންގާޅީން އުޅެން ރަގަޅު ދިވެހިން އެޅެން ކަމުނުދަނީ. ސިޓީކައުންސިލަކަށް މިތަންތަނެއް ނުފެނޭ.

  18. އަހްމަދު

    އެދެގެއަކީ އެމީހުންގެ ނަމުގައި ހުރި އެމީހުންގެ އަމިއްލަ ގެކަމަށްވަންޏާ އެތަންތަން ތަޅާލާން ޖެހޭނީ ސަރުކާރުން. ސަބަބަކީ އެދެމީހުންނަކީ ސަރުކާރުން ބަންދުކޮށްފައިވާ ދެމީހުން ކަމަށްވާތީ. ބަންދުގައި ތިބެގެން އެމީހުންނަކަށް އެތަންތަން ތަޅައެއްނުލެވޭނެ. އެހެންވީމާ ތިކަން ހަމަ ރަނގަޅުކަމުގައި ބަލަންޖެހޭ.

    1
    2
  19. އާދަނު

    ގެ ތެޅުމާ މި މީހުންނާ ކޮން ކަމެއް

  20. ބޯހަލާކު

    ވާނެތިތަންތަން ހަދާވެސް ދޭެން އިނގޭެ... ކަލޭމެންނަށޭޭެ ކަންކަންވަނީކޮށްބަލަ ...ް

  21. ސަޓޯ

    ކޮބާ ހަކުރުބޯ މ.މާމުޓާގެ ؟؟