މިދިޔަ މަހުގެ 27 ވަނަ ދުވަހު ހުޅުމާލެ ހޮސްޕިޓަލުން ހިތާނުކުރި ކުއްޖަކަށް ނުބައި ބޭހެއް ބޭނުންކުރުމުން ކުރިމަތި ފަރާތް ފިހުނު މައްސަލަ އާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުން އެކުއްޖާގެ އާއިލާގެ ކިބައިން މަފަށް އެދިއްޖެއެވެ.

27 ވަނަ ދުވަހު ޙިތާނު ކުރި 5 އަހަރުގެ ކުއްޖަކު، އޭނާ ގެއަށް ބަދަލުކުރުމަށްފަހު އޭގެ 1 ދުވަސް ފަހުން، މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ކުއްޖާގެ ކުރިމަތިފަރާތުން ލޭ އަންނާތީ ހޮސްޕިޓަލަށް ދިޔުމުން އެކުއްޖާ އަށް ފަރުވާ ދިނުމުގައި ވަނީ އިހުމާލުވެފައެވެ.

މިކަމާ ގުޅޭ ގޮތުން އެ ހޮސްޕިޓަލުގެ ސީއީއޯ މާރިޔާ ސައީދު ވިދާޅުވެފައި ވަނީ އެ ހާދިސާ ހިނގުމުގައި ހޮސްޕިޓަލުން އިހުމާލު ވެފައިވާ ކަމަށާއި، އެ ހާދިސާ އަށް ފަހު ކުއްޖާގެ މައިންބަފައިންނަށް ގުޅައިގެން ހާލު އޮޅުން ފިލުވާފައިވާކަމަށެވެ. އަދި އެކަމާ ކުއްޖާގެ ބެލެނިވެރިންގެ ކިބައިން މައާފަށް އެދިފައިވާނޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އޭނާ ވިދާޅުވެފައި ވަނީ މިހާރު އެކަމުގައި އިހުމާލުވި ހުރިހާ މުވައްޒަފުންގެ ބަޔާން ނަގައި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށާއި، އެ ބޭސް ބޭނުން ކުރުމުގެ ސަބަބުން ބޮޑު ވަރު ނުވެ މިހާރު ރަނގަޅު ވަމުން އަންނަ ކަމީ އުފާކުރާ ކަމެއް ކަމަށެވެ.

އެ ކުއްޖާގެ ބައްޕަ، ޖާދުﷲ "ވަގުތު" އަށް މަޢުލޫމާތު ދެމުން ބުނީ ކުއްޖާގެ ކުރިމަތިފަރާތުން ލޭ އަންނާތީ ހުޅުމާލޭ ހޮސްޕިޓަލަށް ގޮސް، އިމަޖެންސީ ރޫމަށް ދިޔުމުން އެތާނގައި ފަރުވާ ދިނުމަށް ތިބީ ދިވެހި އަންހެން ޑޮކްޓަރަކާއި، ފިރިހެން ޑޮކްޓަރަކު ކަމަށެވެ. އެމީހުންނަށް ދެއްކުމުން، ލޭ އަންނަނީ ޙިތާނު ކޮށްފައި ހުރީމަ އެތެރޭގައި ބްލޮކް ވެފައި ހުރި ލޭ ކަމަށް އެ ޑޮކްޓަރުން ވިދާޅުވިއެވެ. ޙިތާނީ ބޭސްގަނޑު ނައްޓަން ވެސް ޑޮކްޓަރުން ޢަމަލު ކުރީ ވަރަށް އިހާނެތި ކޮށް ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ.

ޖާދުﷲ ބުނީ ޑޮކްޓަރުން ބުނެގެން ނަރުހުން ބޭސްފުޅިއެއް ގެނައުމުން ކަފަ ބުރަކަށް ބޭސް އަޅައިގެން މުޅި ކުރިމަތީ ފަރާތުގައާއި، ހިތާނީ ފާރުކޮޅުގައި އެއްކޮށް އެ ބޭސް އުނގުޅި ކަމަށެވެ. އަދި އެއާއެކު އޭނާގެ ދަރިފުޅުގެ ކުރިމަތިފަރާތް ހަމަ އެވަގުތު އެއްކޮށް ހަންގޮސް، ފިހިއްޖެ ކަމަށް އޭނާ ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ބޭސް އަޅައި، ކުޑަ ކުއްޖާގެ ކުރިމަތިފަރާތް ފިހުނީމަ، އިމަޖެންސީ ރޫމްގައި ޙިދުމަތް ދިނުމަށް ތިބި 2 ޑޮކްޓަރުން ނުކުމެ ގޮސްފި ކަމަށާއި، ނަރުހުންވެސް ކައިރި ނުވި ކަމަށް ޖާދުﷲ ވަރަށް އަސަރާއެކު ކިޔާދިނެވެ.

ޖާދުﷲ ބުނީ އެ ހިސާބުން އޭނާ ހިތްދަތިވެގެން ހުޅުމާލޭ ހޮސްޕިޓަލުގެ އޮފީހަށް ގޮސް ޑޮކްޓަރުން ކަންތައް ކުރި ގޮތުގެ ވާހަކަ ބުނުމުން، އޮފީހުގެ 2 އަންހެން ކުދިން އައިސް ބަލާފައި، އެ ހޮސްޕިޓަލުގެ ހިތާނީ ޑޮކްޓަރަކަށް ގުޅި ކަމަށެވެ. އަދި ޙިތާނީ ޑޮކްޓަރު އިމަޖެންސީ ރޫމަށް ދިޔުމުން، އެ ޑޮކްޓަރަށްވެސް ލިބުނީ ކުއްލި ޝޮކެއް ކަމަށެވެ. "ކިހިނެތް ހަދާފަހޭ މިއޮތީ" އޭނާ އެހި ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު ޙިތާނީ ކޭމްޕެއް ކުރިއަށް އެބަދެއެވެ. މިއީ އެ ކޭމްޕުގެ ތެރެއިން ހިތާނު ކުރި ކުއްޖެއް ކަމަށް މައުލުމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މ . އ

    މައާފަށް އެދުމަކުން ނުފުދޭނެ.

    62
    2
  2. ދަންސޫރަ

    ބުލޮކްވެފަހުރި ލެޔެއް އާދޭތަ މަނަމަ ދަތްފިލަ ތަޅާލީމުސް ޔަގީން

    55
    2
  3. ތިމަންނަ

    ބާނީ ޔޫސޫފުޅު ހެދުން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އަޅާގޮތަށް ހެދުން އަޅުވާފަ ތިބެގެން ކުރާކަންތައް ހާދަހާ ގޯހޭ.

    28
    1
  4. ޣގ

    ޖާދުﷲ މީސްމީހުނަށް އަނިޔާ ދެމުން ދުވި އިރު. ތިކަން ނުވިސްނުނީމަ ދެރައީ.

    3
    29
  5. މޮޔަބެ

    ޑރ. ނޭކިޔާފަ ތިބޭ އާދައިގެ އެމްބީބީ އެސް ޑރ. މާބޮޑަށްފޮނީ، އަދި އިންސާނިއްޔައްތެރިކަން ކުޑައީ. މިޑޮކްޓަރުންގެ ފެންވަރުބަލާ ލައިސަންސް ސަސްޕެންޑްކުރަންޖެހޭ... ޑރ. ން ރާއްޖޭގައި. ޑޮކްޓަރުންގެ ވިޔަފާރި ބޮޑްވެ، ރެސްޓް ނެތި އެކުލިކް މިކްލިކަށް އަބަދުވެސް ދާންޖެހިފަ... ރާއްޖޭގައި ޚުލްގް ރަގަޅު، އޯގާތެރި ވަރަށް ރަގަޅު ދިވެހި ޑރ .ންތިބޭ، ނަމަވެސް މިފަދަ މީހުންގެ ސަބަބުން އިތުބާރު ގެއްލެނީ....

    33
    1
  6. ޢަބްދުއްލަޠީފު

    ދަރިފުޅަށް ލިބުނު ޖިސްމާނީ ގެއްލުމުގެ ބަދަލެއްގެ ގޮތުން 50 މިލިޔަން ދިވެހިރުފިޔާ ނަގާފަ މަޢާފު ކުރަން އެންމެ ރަގަޅު. އެނޫން ގޮތަކަށް މިކަން ކުރުމަކީ ކުޑަދަރިފުޅުގެ ޙައްގުތަކަށް އެއްވެސް ވަރަކަށް ބަލާލުމެއް ނެތުން.

    44
    2
  7. ގައިސް

    މާފަށް އެދެން ލަނދެއް ހަޔާތެއް ނެތްތަ؟މީހަކު މަރާފަވެސް ބުނަންވީތަ މާފުކުރާށޭ.އެއްގޮތަކަށްވެސް މާފު ކުރާނެ ކަމެއްނެތް.ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށްވެސް ދާންވީ.ތީވަރަށް ފަރުވާކުޑަބަޔެއް.ތިތަނަށް ދާން ހެޔޮވެސް ނުވާނެ.

    46
    1
  8. އައި ސީ!

    އެކުއްޖާއަށް ބަދަލު ދޭންޖެހޭނެ.

  9. ކުެއްޔު

    ތީވަރަށް ނާޒުކު ހިސާބެއް ވީމާ ފިހިފައިވާނަމަ ، ކުއްޖާ ބޮޑުވެ ފުރާވަރަށް އެރުމުން ތިކަމުގައި ތަކުލީފުތަކެއް ދިމާވެދާނެ، އެހެންވީމަ ކުއްޖާއަށް 25 މިލިޔަން ރުފިޔާގެ ބަދަލެއް ސަރުކާރުން ދޭންވާނެ

  10. މަޖޯ

    ހުޅު މާލޭ ހޮސްޕިޓަލުން ތިގޮތަށް މާފަށް އެދެންޖެހޭ ކަންކަން ވަރަށް ގިނަ. މެނޭޖް މެންޓުން ތަންކޮޅެއް ބޮޑަށް ކަންކަން ބަލަންވެއްޖެ.

  11. seema

    E aailaain ehaavara evaahaka dhekkeematha maafah edhen engineer,thimeehun beynunvegen maafah edhununama furathama ekan when dhimaav maves maafah edhunees,kandhakkan maafah edhuneema veytha???

  12. ޢަސިމާ

    ޢުނ މަރަށް ހުކު މް ކުރޭ

  13. އަޒްލީމް

    4ކެއްކަހަކަ ތަނެއްތީ ބަންދުކުރޭ.

  14. ޖޮންގޯ

    ބޮޑު ބަދަލެއް ނެގިދާނެ! އަޅުގަނޑު ހިލޭ ސާބަހަށް ތިކަމުގައި ވަކާލާތުކޮށްދޭނަން! ޕްލީސް ޑީއެމް އަސް ދަ ސަރވިސް ނަންބަރ ވީވިލް ގެޓްބެކް ޓު ޔޫ -ޝާ

  15. Anonymous

    badalu ދޭންޖެހޭ