ރިޟުވާނަށް އިންސާފު ލިބޭނީ ކޮން ދުވަހަކުން ހެއްޔެވެ؟ މިއީ، ގެއްލިފައިވާ އަޙުމަދު ރިޟުވާންގެ މަންމަ މިއަދުވެސް ކުރާ ސުވާލެވެ. އަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ، އިންސާނީ ހައްޤުތަކުގެ ދުވަހެވެ. ރިޟުވާންގެ ކިބައިން ދިރިއުޅުމުގެ ހައްޤު ނިގުޅައިގަނެ، އޭނާގެ މިނިވަން ކަމުގެ މައްޗަށް އަނިޔާވެރި ގޮތެއްގައި އަރައިގަނެފައިވާތީ، އެ މަންމައަށް މިއަދު އެ ސުވާލު ތަކުރާރު ކުރަން މަޖުބޫރު ވީއެވެ.

އުމުރުން 28 އަހަރުގެ ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. ހުޅުމާލޭގައި ދިރިއުޅޭ ރިލްވާން، 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު 12:45 އެހާއިރު، ހުޅުމާލޭ ފެރީ ޓާމިނަލުން ޓިކެޓު ގަނެގެން ފެރީއަށް އެރުމަށް ދާ މަންޒަރު މާލޭގައި ހަދާފައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގެ ސީސީޓީވީ މަންޒަރުތަކުން ވަނީ ފެނިފަ އެވެ.

ގެއްލުވާލަފައިވާ މީހުންނާއި، މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ އެއް ވަޢުދެވެ. އެގޮތުން، މިކަންކަން ބެލުމަށް ރައީސް އެކުލަވާލައްވާފައިވާ މަރު ކޮމިޝަނުން، ވަނީ މި މައްސަލައި ތަޙުޤީޤުކޮށްފައެވެ. އަދި އަޙުމަދު ރިޟުވާން މަރާލާފައިވާ ކަމަށާއި، އެކަން ކުރި މީހުންވެސް ހޯދިފައިވާ ކަމަށް، ރިޟުވާންގެ މަރާއި ގުޅިގެން އެ ކޮމިޝަނުން ޢާއްމު ކުރި ރިޕޯޓުގައި ވަނީ ބުނެފައެވެ.

މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހުޅުމާލޭގައި ރިލްވާން ދިރިއުޅޭ އެޕާޓްމެންޓް ކައިރިން އޭނާ ވަގަށް ނަގައިގެން ގޮސް ބޯބުރިކޮށްލައި މަރާލީ އެވެ. އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި އެކަމަށް ހިތްވަރުދީ ފާރަލީ މީހުން ކޮމިޝަނަށް އެނގޭ އިރު ފިޔަވަޅު ނާޅާއި ދޫވެފައި ތިބުމަކީ އާއިލާގެ ކަންބޮޑުވުން އޮތް މައްސަލަ އެކެވެ.

ރިލްވާން މަރާލީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ކޮމިޝަނުން ތުހުމަތުކުރެ އެވެ. އެ މީހުންނާ ފިކުރީގޮތުން ޚިޔާލުތަފާތުވާ މީހުން މެރުމުގެ ސިލްސިލާގައި އިސްކޮށް ތިބި ދެ މީހަކަށް މަރު ކޮމިޝަނުން ވަނީ ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިޟުވާންގެ މައްސަލަ އާއި ގުޅޭ މައުލޫމާތުތައް ހާމަކުރައްވާ ހުސްނުއްސުޢޫދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، ރިޟްވާން ރަހީނުކޮށްގެން ގެންގޮސް މަރާލާފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ރާއްޖޭގައި އުޅޭ ޖިހާދީ ފިކުރުގެ ބައެއް ކަމަށާއި، އެ ހާދިސާ ހިނގީ ދީނީ މިނިވަންކަމާއި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ މިނިވަން ފިކުރުގެ ބަޔަކާއި އެފަރާތްތަކާއި ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކެއްގެ ތެރެއިން ކަމަށް ހުސްނުއްސުޢޫދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ރިޟްވާނަށް އަލްޤައިދާއަށް ތާޢީދުކުރާ ބައެއްގެ ފަރާތުން ކުރިން އިންޒާރުވެސް ލިބިފައިވާ ކަމަށާއި، އެގޮތުން ބޭރުގައި ތިބި އެޖަމާޢަތަށް ވާގިވެރިވާ ދިވެހިންގެ ބަޔަކު ރިޟްވާނަށް އިންޒާރުގެ މެސެޖުތަކެއް ފޮނުވާފައިވާ ކަމަށާއި، ރިޟްވާނުގެ އިތުރުން އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ މިނިވަން ފިކުރުގެ މީހުން ހިމެނޭ ލިސްޓެއް، ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ މީހުން ތައްޔާރުކުރި ކަމުގެ މަޢުލޫމާތު ވެސް ލިބިފައިވާ ކަމަށް ހުސްނުއްސުޢޫދު ވަނީ މިކަމާއި ގުޅިގެން ވިދާޅުވެފައެވެ.

ރިޟުވާން ކިޑްނެޕްކޮށް، މަރާލާފައިވާ މައްސަލައިގައި ދަޢުލަތުން ވަނީ ބައެއްގެ މައްޗަށް ދަޢުވާ ވެސް އުފުލާފައެވެ. އެއީ، ގ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ނަމަވެސް މި ދަޢުވާ މި ދެ މީހުންގެ މައްޗަށް ޘާބިތުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ހަމީދު އަލީ

  ދައިތަގެ ދަރި އުޅުނުލެއް ލާދީނީ ކަމުން ކަންބޮޑުނުވީތީ އަޖައިބުވަމެވެ.މަޔެއް ވީމަ ދެރަވާނެ ކަން އެނގެއެވެ. އަދި މީހުންގެ އަނގަ ހުޅުވަން ފުރުސަތު ނުދޭށެވެ. މައްޔިތާއަށް ލަޢުނަތް ދޭނެ މީހުން މަދެއް ނުވާނެއެވެ. ދައިތަޔައް ހަމްދަރުދީވަމެވެ.

 2. ާަޕޮގުބާ

  އިންސާފް ތިހިރީ ލިބިފަ ގެއަށް ދޭ

 3. Anonymous

  މި ނިކަމެތި އަންހެން މީހާގެ ދަރިފުޅުގެ މަރުގެ ފައިދާ ނަގައިގެން ވެރިކަމަށް އައި ބަޔަކު ކޮންރަނގަޅެއް ވާނީ ރައްޔިތުންނަށް .

 4. Anonymous

  ރާއްޖޭގައި 65 މީހަކު މިހާތަނައް މަރާލާފައިވާއިރު ހީވަނީ ތިރިޟްވާނުއާ ޔާމީނު އެކަނިހެން މިރާއްޖޭގައި މަރާލާފައިވަނީ.
  ތިދެމީހުންގެ މަރުގެ ވާހަކަ ދައްކަނީ ލާދީނީ އެޖެންޑާ ފަތުރަން އަދި އެހެންދީންތައް ރާއްޖެއަށް ގެންނަން.

  1
  1
 5. ޢަހި

  ޢޭނާއަށް ހަމަ ޔަގީނުންވެސް ގިޔާމަތް ދުވަހުން އިންސާފު ލިބޭނެ. ޢެދުވަސް އޮތްކަން އޭނަގެ މަންމައަށް ނުވިސްނޭތީ ދެރަ. މަރުވެފަ ތިބި ކިތައް ކުދިންގެ މަންމަ ދުނިޔޭގަ އެބައުޅޭ، އެކަމް މިވަރަށް ށަކުވާކުރާ މީހަކު ނުފެނޭ. ޢަޑުތައް އަންގައިދެނީ ރިލުވާނަކީ މުރުތައްދުބެފައިވާ މީހެއްކަން

 6. Anonymous

  ފަރައްދޭ.