މޯލްޑިވްސް އިމިގްރޭޝަންގެ ގަވާއިދުތަކާ ޚިލާފުވި ބިދޭސީއަކު ހޯދަން އިއުލާންކޮށްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވި ގޮތުގައި ހޯދަމުން ދަނީ މުހައްމަދު އިގްބާލް ހޮސައިން ނަމަކަށް ކިޔާ 37 އަހަރުގެ ބަގްލަދޭޝްގެ ފިރިހެނެކެވެ. އޭނާ ހޯދުމުގައި އެހީތެރިކަމަށް އެދި އިމިގްރޭޝަނުން ވަނީ ފޮޓޯވެސް އާންމުކޮށްފައެވެ. އަދި ހޯދަން އިއުލާނުކޮށްފައިވާ މީހާއާ ބެހޭ މައުލޫމާތު ހިއްސާކުރާ ފަރާތްތަކުން ފޯރުކުރާ މައުލޫމަތުގެ ސިއްރު ހިފަހައްޓާނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުގެ ނަންބަރު 9199017 އަށް، ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އާ މައުލޫމާތު ހިއްސާކުރުމަށް އެ އިދާރާއިން އެދިފައިވެއެވެ.

މި ބިދޭސީ މީހާ ހޯދަން އިއުލާންކޮށްފައިވާއިރު އިމިގްރޭޝަނުން ދާދި ފަހުން ވަނީ ބިދޭސީން މާލޭގައި ގަވައިދާ ހިލާފަށް ހިންގާ ދެ "ގެސްޓްހައުސެއް" ރެއިޑްކޮށް، އެތަންތަން ހިންގުމުގައި އިސްކޮށް އުޅުނު ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ އިރު، ސަރުކާރުން ވަނީ އެމީހުން ގަވައިދުގެ ތެރެއަށް ފެއްތުމަށްޓަކައި ރީރެގިއުލަރައިޒޭޝަން ޕްރޮގްރާމެއްވެސް ފަށާފައެވެ. އެ ޕްރޮގްރާމުގެ ދަށުން ރަޖިސްޓްރީވާން މިހާތަނަށް 14،000 އަށް ވުރެ ގިނަ ބިދޭސީންނަށް އެޕޮއިންޓްމަންޓް ދޫކޮށްފައިވާ އިރު، އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި އޭގެ ތެރެއިން 90 ޕަސަންޓު މީހުންގެ އަތުގައި ޕާސްޕޯޓެއް ނެތެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހޮސޭނުގެ ވަތުކިބަ

    ހޮސޭނު ބޮރާބަރު ގޯސް ތިބެ. ކައިވެނިކޮއްފަ ، ބޮރާބަރު ޕާންޗް ދަރިން ދީފަ ފިލީ. އަހަރެން ބޮރާބަރު ދެރަތިބޭ.

  2. އަދާލަތު

    އެހެންވީމާ ރާއްޖޭގައި އެމިގްރޭޝަންގެ ޤަވަޢިދާޚިލާފަށް ރާއްޖޭގައި އުޅެނީ މީނާއެކަނިތާ؟ ެެެ އަނެއް 80 ވަރަކަށް ހާސް ބިދޭސީންނާއި، އެމީހުންގެ ވިޔަފާރި އޯކޭ ކަމަށްތޯ ޙަނަފީ ތިޔަވިދާޅުވަނީ.؟